ނަފުސު ތަރުބިއްޔަތުކުރުން
ނަފުސު ތަރުބިއްޔަތު ކުރުމަކީ
ވަރަށް މުހިންމު ކަމެކެވެ. މިކަން ކުރެވޭނީ ރަގަޅު އާދަތަކުންނާއި ރިވެތި އަޚްލާޤުންނެވެ. ޞާލިޙް
އަމަލުންނެވެ. އިންސާނާގެ ނަފުސް 3 ބަޔަކަށް ބެހިގެންވެއެވެ. އެއީ ޖިސްމާނިއްޔަތާއި
ނަފުސާނިއްޔާއި އަދި
ރޫހާނިއްޔަތެވެ. ނަފުސު ތަރުބިއްޔަތު ކުރުމަށް މަސައްކަތްނުކުރާމީހާ އަބާއްޖަވެރިވެގެންވެއެވެ.
މިއީ ނަފުސު ތަރުބިއްޔަތުގެ މައްސަރެވެ.
ކީރިތި ޤުރުއާނުގައިވެސް ނަފުސް
ތިން ބަޔަކަށް ސިފަކުރައްވައެވެ. އެއީ ނަފުސު މުޠުމައިން، ނަފުސު ލައްވާމަ އަދި ނަފުސު
އައްމާރަތެވެ.
ނަފުސު އައްމާތަކީ ނަފުސުގެ ޠަބީއަތެވެ. އެއީ ހިތްނުބައި ކަންތައްތަކާއި
ބާޠިލްކަންތައްތަކާއި
ޝައިޠާނީ އަމަލުތަކަށް ހިތްކިޔުމެވެ.
إِنَّ النَّفْسَ لَأَمَّارَةٌ بِالسُّوءِ إِلَّا مَا رَحِمَ رَبِّي ۚ إِنَّ رَبِّي غَفُورٌ رَّحِيمٌ {سورة يوسف 53 }
ހަމަކަށަވަރުން،
نفس އަކީ، ތިމަންކަލޭގެފާނުގެ
ވެރިރަސްކަލާނގެ رحمة ލައްވައިފިނަމަ، މެނުވީ،
ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ،
ގިނަގިނައިން ފާފަފުއްސަވާ، رحيم
ވަންތަ
ރަސްކަލާނގެއެވެ.
ނަފުސު ލައްވާމާއަކީ ތިމާއަށް ކުރެވޭ ކުށްތަކަށް ނަފުސު ކުށްވެރިކުރުމެވެ. އެފަދަ ކުށްތަކަށް ނަފުސަށް މަލާމާތް ކުރުމެވެ.
އަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓް: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ
(2)
ނަފުސު މުޠުމައިންނަ އަކީ ޞާލިޙް ހެޔޮ އަމަލުކުރުމުގެ ސަބަބުން ، މާތްﷲގެ ރުޙުމާއި އެކަލާނގެ ރަހުމަތް ލިބިގެންވާ ކަމުގެ ފުރިހަމަ ހިތްހަމަޖެހުން ލިބިގެންވާ ކަމުގެ ޔަގީން ލިބިގެންވާ ނަފުސެވެ.
يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ
﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً
مَّرْضِيَّةً ﴿٢٨﴾ فَادْخُلِي فِي عِبَادِي ﴿٢٩﴾ وَادْخُلِي جَنَّتِي ﴿٣٠﴾ (سورة الفجر 27-30)
އޭ
ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ!
(27) ރުހިގެންހުރެ، ރުހުން
ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ! (28) ފަހެ،
ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ!
(29) އަދި
ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ !
މާތް ﷲ ވަނީ އިންސާނާގެ ނަފުސު ފުރިހަމަކޮށްދެއްވާފައެވެ. އިންސާނާއަށް ބުއްދީގެ ޖައުހަރު ދެއްވާފައެވެ. ރަގަޅުގޮތާއި ނުބައި ގޮތް ވިސްނުމަށްޓަކައެވެ.
وَنَفْسٍ وَمَا سَوَّاهَا ﴿٧﴾ فَأَلْهَمَهَا فُجُورَهَا
وَتَقْوَاهَا ﴿٨﴾ قَدْ أَفْلَحَ مَن زَكَّاهَا ﴿٩﴾ وَقَدْ خَابَ مَن دَسَّاهَا (سورة
الشمس 7-10 )
"އަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ
ގަންދެއްވަމެވެ. (7) ފަހެ، އެކަލާނގެ އެ نفس އަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި)
ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ.
(8) އެ
نفس طاهر
ކޮށްފިމީހާ،
ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
(9) އަދި އެ نفس އަށް އުނިކަން ދީފިމީހާ،
ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.
(10)"
ކާމިޔާބާއި ބާއްޖަވެރިކަމާއި މަގުފިރަތު ލިބުން އޮތީ ނަފުސު ޠާހިރުކޮށްގެންނެވެ. މިކަން ކުރެވޭނީ ހެޔޮއަމަލުތަކުންނެވެ. ހިތް ރަގަޅުކޮށްގެންނެވެ. ހިތްރަގަޅުވެއްޖެ ނަމަ ހުރިހާ ޢަމަލެއް ރަގަޅުވާނެއެވެ. ހިތް ނުބައިވެއްޖެނަމަ ހުރިހާ އެހެން ސިފަތަކެއް ގޯސްވެ އަމަލު ފާސިދުވެއެވެ.
Comments