ޑިސެންބަރު 23 ގެ ބޮޑު މުޒާހރާގެ ކުރިން ދިވެހި ސިފައިން އޮޕަރޭޝަނެއް
ފެށިއެވެ. އޮޕަރޭޝަން ލިބަޓީ ޝީލްޑްގެ ނަމުގައެވެ. ޖަނަވަރީ 16 2012 ވަނަ
ދުވަހުއެވެ. ސިފައިން ތިބެނީ ތައްޔާރީ ހާލަތުގައެވެ. އިސްލާ ދީނާ ގުޅޭ
ކަންކަމުގައި ސަރުކާރުގެ ސިޔާސަތު ގޯސަކަމަށް ބުނެ ބާއްވާ އެއްވުމަކަށް ވާތީ
މިކަން ސަރުކާރުންވެސް ނެގީ ބޮޑުކަމެއްގެ ގޮތުގައެވެ.އެހެންވެ ފުލުހުންނާއި
ސިފައިންތިބީ ތައްޔާރީ ޙާލަތުގައެވެ. ނަމަވެސް ފަހަރަކުކަމެއް އައީ ބޯމަތިވަމުން
ބޯފުސް ވިލަގަނޑެއްގެ ސިފާގައެވެ.
ފަނޑިޔާރު ޢަބުދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެނެވުމާއެކު
އިދިކޮޅު ފަރާތްތަކުގައި ސިލްސިލާ މުޒާހަރާތަކެއް މާލޭގައި ކުރިއަށް ގެންދިޔައެވެ.
އެހެންވެ މާލޭގެ ހަމަނުޖެހުން ގެއްލިދާނެކަމަށް ބަލައި ސިފައިން ތިބީ
ތައްޔާރުވެގެންނެވެ. މާލޭ އޭރިޔާ އެލާޓް ސެޓޭޓަސް އޮތީ ލެވެލް 2 ގައެވެ. ހަމަ
މިއާއެކު އޮޕްރޭޝަން ލިބަޓީ ޝީލްޑް ވަރުގަދައަށް ކުރިއަށް ގެންދަން ޖެހުނެވެ.
މިއޮޕްރޭޝަންގައި އެންމެ އިސްކޮށް ހުންނެވީ މާލޭ އޭރިޔާގެ ކޮމާޑަރ
ބުރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އެވެ. 6 ފެބްރުއަރީ ދުވަހުގެ ރޭ
އާޓިފިޝަލް ބީޗްގައި ހިނގި ކުރިމަތި ލުމުގެ ކުރިން އެތަނަށް ސިފައިން ފޮނުއްވި
އެވެ. އާޓިފިޝަލް ބީޗުން ފުލުހުންނަގަން އެއިރުގެ ހޯމް މިނިސްޓަރ ހަސަން އަފީފު
ޕޮލިސް ކަމިޝަނަރ ފަސީހުއަށް އަމުރުކުރެއްވުމާއެކު ފަސީހު އިބްރާހީމް ދީދީ އަށް
ގުޅުއްވި އެވެ.
ފުލުހުން އެތަނުން ނަގަން ޖެހުމުން ފަސީހު ސިފައިންގެ އެހީތެރިކަމަށް އެދުނީ
އެވެ. އެހެންކަމުން އިބްރާހިމް ދީދީ ސިފައިން ފޮނުއްވީ އިތުރު މީހަކާ
މަޝްވަރާކުރުމެއް ނެތި އެވެ. އޭނާގެ ޒިންމާއެއް ކަމަށް ދެކިގެންނެވެ. އެހެންމަވެސް
ދެންވީ ގޮތަކީ ތޯއެވެ. ސިފައިން އެތަނަށް ދިއުމާއެކު ރައީސް, އިބްރާހީމް ދީދީ އަށް ގުޅުއްވީ އެވެ. ވިދާޅުވަނީ އެވެ.
"ކީއްކުރަންހޭ އެތަނަށް ސިފައިން ފޮނުވީ؟ ސިޔާސީ ހަރަކާތެއް ހިނގާތަނެއްގައި
ކޮންމެހެން ނުޖެހޭނޭ ސިފައިން ތިބޭކަށް. " މިހެން ވިދާޅުވެ އެތަނުން ސިފައިން
ނެގުމަށް ރައީސް އިބްރާހިމް ދީދީ އަށް އަމުރުކުރެއްވި އެވެ. ސިފައިންގެ އެންމެ
މަތީ ވެރިޔަކީ ރައީސުލް ޖުމުހޫރިއްޔާ އެވެ.
ޙާލަތުގެ ނުރައްކާތެރިކަމާއި ނާޒުކުކަން ތަކުރާރުކޮށް ރައީސް ނަޝީދަށް
ކޮމާންޑަރ އިބްރާހީމް ދީދީ ދެންނެވިއެވެ. އެއްކޮޅުގައި އެމްޑީޕީގެ
ޖޯޝުންފުރިގެންވާ އެކްޓިވިސްޓުންނެވެ. އަނެއްކޮޅުގައި އެމްޑީޕީގެ ސަރުކާރާ
އިދިކޮޅު ފަރާތްތަކެވެ. ދެބައިމީހުން ތިބީ ހަމަނުޖެހުމެއްގެ ތުންފަތްމަތީގައެވެ.
ސިފައިން ތިބީ ހިނގާފާނެ ހަމަނުޖެހުމެއް ކޮންޓްރޯލްކުރަން ނުހަނު ހުޝީޔާރު
ކަމާއެކު އެވެ. އެހެން ނަމަވެސް ރައީސް އަމުރަށް އެތަނުން ސިފައިން ނެގީ އެވެ.
ބުރިގޭޑިއަރ ޖެނެރަލް އިބްރާހިމް ދީދީގެ ހުޝިޔަރުކަމާއެކު އެވެ. ޖެނެރަލް
ބޭނުންނަމަ ސިފައިންގެ މަރުކަޒަށް ސިފައިން ގެންދެވުނީ ހެވެ. އެކަމަކު އޭނާ
ނިންމެވީ ކުޑަކޮށް ފަހަތަށް ސިފައިން ޖައްސާށެވެ. އެމްޓީސީސީ ސޯމިލާ ހަމަޔަށެވެ.
ދެބައި މީހުންގެ ދެމެދުގައި ހަނގުރާމައިގެ ހުޅުފަޅައިގެން ހިގައްޖެއެވެ.
ތަޅާފޮޅުން ފެށިއްޖެއެވެ. އެބަޔަކަށް ލިބުނު އެއްޗަކުން ހަމަލާދެނީ އެވެ. ހީވަނީ
ލޭއޮހޮރުވުމެއް ހިނގަން އުޅެނީ ހެންނެވެ. 10 ނުވަތަ 15 ވަރަކަށް މިނެޓް ވަންދެން
ހަމަލަ ބަދަލުކުރެވުނެވެ. މިޚަބަރު ލިބުމާއެކު އެމްޓީސީސީ ސޯމިލް ކައިރީގައި ތިބި
ސިފައިން އަލުން އިބްރާހީމް ދީދ ފޮނުވިއެވެ. ރައީސްގެ ހުއްދައައެކުގައި ކަމެއް
ނޭނގެއެވެ. އިބްރާހީމް ދީދީ ގައުމަށްޓަކައި ނެންގެވި ފިޔަވަޅެއް ކަމެއްވެސް
ނޭނގެއެވެ.
ގަޑިން 12:00 ޖެހީ އެވެ. މެންދަންވީ
އެވެ. ނަމަވެސް ރާއްޖޭގެ ވެރިރަށް ފުރަމާލެއަކަށް މެންދަމުގެ ހަމަހިމޭންކަން
ވެރިނުވާތާ މަހަކަށް ވުރެން ގިނަވަނީ އެވެ. އާޓީފިޝަލް ބީޗް ސަރަހައްދުގައި ތިބި
ފުލުން އެސަރަހައްދު ދޫކޮށް އިސްކަންދަރު ކޮށްޓަށް ދިއުމަށް އެންގުމުން އެމީހުން
ދިޔައީ ފުލުހުންގެ މައިމަރުކަޒަ ދިމާއަށެވެ. ގޮސް ތިބީ ޖުމުހޫރި މައިދާނުގައެވެ.
ޖުމުހޫރީ މައިދާނުގައި ތިބި ފުލުހުން ކަޅިއަރައިގެން އާޓިފިޝަލް ބީޗަށް ދިޔައެވެ.
އެމްޑީޕީއާ ދެކޮޅަށް ޝުޢޫރުފާޅުކުރަމުން އަޑުގަދަކުރަމުންނެވެ. އެސްއޯ ފުލުހުން
ދިޔައިރު ސިފައިވަނީ އެތަނުގެ ކަންޓްރޯލް ނަގާފައެވެ. ދެބައި މީހުން ދުރަށް
ޖައްސާފައެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ގަލުގެ ވާރޭ ވެހެމުން ދިޔައެވެ.
ރުޅިއައިސްފައިވާ ރަތް ކުޅަދުރުތަކެއް ހެން ތިބި އެސްއޯ ފުލުން، މިސްރާބު
ޖެހީ އަމީނީ މަގުން އެމްޑީޕީ ހަރުގެއަށެވެ. ފުލުހުން އެމްޑީޕީ ހަރުގެއަށް ގޮސް
އެމްޑީޕީ މީހުންނަށާއި އެތަނުގައި ހުރި މުދަށް ބޮޑެތި ގެއްލުން ދިނެވެ. އެއަށް
ފަހު އެބުރި ދިޔައީ ޖުމުހޫރީ މައިދާނަށެވެ. ދިޔ މަގުމަތީ ގައި މާތްވި އިސްލާމްދީނާ
ގައުމަށްޓކައި، މިލަވަ ވަރަށް ބާރަށް ކިޔެވެ. މިހާލަތަށް ދިޔައިރު ސިފައިންގެ
މައިމަރުކަޒުން ބޮޑު ސައިރަން އަޅައި އެލާޓްލެވެލް އެންބަރ އަށް ގެނައެވެ. އަދި
އިރުކޮޅެއް ފަހުން ރެޑް އެލާޓަށް ގެނެވުނެވެ. މުޅިސިފައިންގެ މަރުކަޒު
ހަނގުރާމައިގެ ހާލަތަށް ގެނެވުނެވެ. (ނުނިމޭ)
Comments