ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭގޮތަށް ޤަވާއިދު އިޞްލާޙުކުރަން ވާނީ ހުށަހަޅާފައި: އިސްލާމިކް މިނިސްޓްރީ
އަބްދުއްލަތީފް
ރާއްޖޭގެ
ސްކޫލް މަދުރަސާތަކުގައި އުޅޭ ޔުނިފޯމްކްލާސްތަކުގެ ދަރިވަރުންގެ
ތެރެއިން އުމުރުން 15 އަަހަރުން މަތީގެ ދަތީގެ ދަރިވަރުންނަށް ތުނބުޅި
ބެހެއްޓޭގޮތަށް ޤަވާއިދު އިޞްލާޙުކުރަން ވާނީ އެޑިޔުކޭޝަން މިނިސްޓްރީއަށް
ހުށަހަޅާފައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ހުކުރު
ދުވަހުގެ ރޭ ބޭއްވި އިހްޔާ ފޯރަމްގައި “އަންހެންކުދިންނަށް ކަކޫ ނިވާވަރުގެ
ކުރު ސްކަރޓް ލައިގެން ކްލާސްތަކަށް ދެވޭއިރު ތުނބުޅި ފިރިހެން ކުދިންނަށް
ތުނބުޅި ބެހެއްޓުން ހުއްދައެއް ނޫން. ކުރު ސްކަރޓް ލުމަކީ ދީން ހުއްދަކުރާ
ކަމެއް ނޫން. ތުނބުޅި ބެހެއްޓުމަކީ ސުންނަތެއް. ވީއިރު ކީއްވެތޯ ތުނބުޅި
ނުބެހެއްޓެނީ. އަދި އެކަމުގައި އިސްލާމިކް މިނިސްޓްރީގެ ވިސްނުމަކީ
ކޮބައިތޯ؟” ޒުވާނަކު ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް
މިނިސްތަރ އައްޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ ހުރިހައި ދަރިވަރުންގެ
ޔުނިފޯމް އިސްލާމީ ހަމަތަކާއެއްގޮތް ކުރަންވެސް އެޑިޔުކޭޝަން މިނިސްޓްރީގައި
ވާނީ އެދިވަޑައިގެންފައި ކަމަށެވެ.
ޝައިޚް
މުޙައްމަދު ދީދީ ވިދާޅުވީ މިކަންކަމާމެދު މަޝްވަރާ ކުރުމަށް ބޭއްވުނު
ބައްދަލުވުންތަކުގައި މިކަންކަން އެޑިޔުކޭޝަން މިނިސްޓްރީގައި ދަންނަވައިގެން
އިޞްލާޙުކުރަން ފާސްކޮށްފައިވަނީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި
ހުރިހައި ދީނީ އިލްމުވެރިންގެ އިއްތިފާގުން ކަމަށެވެ.
“އެބައްދަލުވުންތަކަށް ސްކޫލްތަކުގެ އިސްބޭފުޅުންވެސް ވަޑައިގެންނެވި.
އެެހެންކަމުން އަޅުގަނޑު ޔަޤީންކުރަނީ އެދިޔުކޭޝަން މިނިސްޓްރީން
ޤަވައިދުތައް އިޞްލާޙުވެގެން އަންނަ އިރު މިކަންކަން ހުންނާނީ އިޞްލާޙުކުރެވިފައިކަމަށް.”
ޝައިޚް
މުޙައްމަދު ދީދީ ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާނީ
ކޮންމެ ސްކޫލަކުންވެސް ގަބޫލުކުރާ މިންގަނޑެއްގެ މަތިން ތުނބުޅި
ބަހައްތަން ހުއްދަކުރަން ކަމަށާއި ސުންނަތުގައި ބަޔާންވެގެންވާ އުޞޫލުތަކާ
ޚިލާފަށް އެއްވެސް ސްކޫލަކުން ޤަވާއިދު އެކުލަވައި ނުލައްވާނެކަމަށް
ޤަބޫލު ކުރައްވަވާ ކަމަށެވެ.
މިސުވާލާއި
ގުޅިގެން އިސްލާމިކް މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ
ސައީދު ވިދާޅުވީ މިފަދަ ކަންކަމުގައި އިސްލާމިކް މިނިސްޓްރީގެ ދައުރަކީ
އެކަންކަން ދީނުގައި އޮންނަ ގޮތް ކަމާބެހޭ ފަރާތްތަކަށް ދެންނެވުން
ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ރައުޔު އެވަނީ ހާމަކުރެވިފައި ކަމަށެވެ.
“އަޅުގަނޑު
ދަރިވަރުންގެ ކިބައިން ވެސް އެދެނީ ކަންކަމުގައި ޗެލެންޖް ކުރުމުގެ
ބަދަލުގައި މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަން މަސައްކަތް ކުރުމަށް. ﷲ
އިރާދަކުރެއްވިއްޔާ ރާއްޖޭގައި ހުރިހައި ކަމެއްވެސް ހަމަޖެހިގެންދާނީ
އިސްލާމީ ހަތަކާ އެއްގޮތަށް ކަމަށްވެސް ޝައިޚް ޝައިޚް ޝަހީމް ވަނީ
ވިދާޅުވެފައެވެ.
Comments