ތުއްތަނިކު
ކައިވެނިކުރަނީ
ވަރަށް ފޮނި އުއްމީދަކާއެކުއެވެ. ލޯބިވެރިޔާއަކީ އެންމެ ރަގަޅު
މީހާކަމަށްދެކިގެންނެވެ. އެކުގައި އުމުރަށް އުޅެން ނިޔަތް ގަނެގެންނެވެ.
އަހަރެންގެ ލޯބިވެރިޔާއާ ރައްޓެހިވެގެން އުޅުނު އިރު އެތައްފަހަރަކު ކުނި
ޖެހުނެވެ. އަހަންނަކީ މައްސަލަތައް ހައްލުކުރުމަށް އެހާ މޮޅު މީހެއްނޫނެވެ.
މައްސަލަ ޖެހުނީމާ ރުޅިވަނީ އެވެ. އަލުން ގުޅެން ބޭނުންވީމާ ރައްޓެހިވަނީ
ވިސްނުނީމައެވެ. އަހަރެންގެ ލޯބިވެރިޔާއަކީ
ވަރަށް ކޫލް ޖިންސުއްލަޠީފެކެވެ. ބަސްމަދު ޖެހިލުން ކުޑަ ޣީރަތްތެރި
އަންހެނެކެވެ. އެއްވެސް ކަމެއް ދޫނުކުރާނެ އަތްބެކެވެ.
އެހެންނޫނަސް ކެތީގެ
ފެނާއެކު ރަށުގައި އެތަކެއް ޖިންސުއްލަޠީފުންނާއި ލަޠީފާއިން ކައިވެނީގެ ގޮށްޖަހައިފި އެވެ.
މިމޫސުމުގައި މިހާގިނަ ޒުވާނުން މިކަން ކުރާނީ މިއީ ރަގަޅު ސާއަތަކަށް ވީމައެވެ. އަހަންނަށް
ތަޖުރިބާ ކުރެވުނެވެ. ކައިވެނީގެ ކުރިން، ކައިވެންނަށް ތައްޔާރު ވުމުގެ މުހިންމު
ކަމެވެ. އެހެންވެ ހުރިހާ ހުސްވަގުތެއް އަހަރެން ހުސްކުރަނީ ކައިވެނީގެ ތައްޔާރީ
ޕްލޭން ކުރެހުމަށެވެ. ކުރާ ކޮންމެ ކަމެއް މިކަމާ ގުޅުވަމެވެ. ރަށުން ރެވެނިއު ސްޓޭމްޕް ނުލިބޭތީ ސްޓޭމްޕް
ގެނައުމަށް ހޭދަވި ވަގުތަކީވެސް ކުޑަ ވަގުތެއް ނޫނެވެ. ރައްޓެހިންނާއެކު ހޭދަކުރި
ވަގުތުތައް އެއްކޮށް ދޫކޮށްލީ އަހަރެންގެ ލޯބިވެރިޔާއަށް ޓަކައެވެ.
ހަގީގަތުގައި
އަހަންނަކަށް ކައިވެންޏެއް ކުރާއިރު ކަންތައް ކުރާނެގޮތެއް ނޭނގެއެވެ. އެހެންވެ،
މައުލޫމާތު ސާފުކޮށްލަން މީހުންނަށް އިނދެގެންއުޅޭ ރައްޓެހިން ގާތުގައި އެހީމެވެ.
އެމީހުން ބުނީ އެމީހުންނަށްވެސް އެކަންކޮށްދިނީ ރައްޓެއްސެއްކަމަށެވެ. އަހަރެން
ބޭނުންވަނީ އަހަރެންގެ ކައިވެނީގެ ހުރިހާކަމެއް ސީދާ އަހަރެން އަމިއްލައަށް
ކުރާށެވެ.
އެހެންވެ އަހަރެން
ރަށު ކޯޓަށް ދިޔައީ މެވެ. ގޮސް އެހީމެވެ. މިއައީ މައުލޫމާތެއް ސާފުކޮށްލާށެވެ.
ކޯޑުން އަހަންނަށް މަރުހަބާކީ ނުހަނު ރީތި ސާދާ ޖިންސުއްލަޠީފެކެވެ. ވާހަކަ ދެއްކީ
ނުހަނު އަދަބުވެރިކޮށެވެ. ހިނިތުންވުމާއެކުއެވެ. އަހަންނަށް ޔަގީންވިއެވެ. މިއީ
ކަސްޓަމަރ ކެއަރ ކިޔަވާފައި ހުރި ޖިންސުއްލަޠީފެއް ކަމެވެ. މަޑުމާތިރިކަމާއެކު
އެހިއެވެ. ކޮންކަހަލަ މައުލޫމާތެއް ތޯ އެވެ. އަހަންނަށް ލަދުރަކިކޮށް
އަހާލެވުނެވެ. އަސްލުވެސް ލަދުގަތެވެ. އަހަންނަކީ ވަރަށް ލަދުގަންނަ މީހެކެވެ.
މިއުޅެނީ މީހަކާ އިންނާށެވެ. ކަންކުރަންވީ ކިހިނެއް ހެއްޔެވެ؟

އިތުރު ސުވާލެއް
އޮތްތޯ އެހިއެވެ. އަރެން ބުނީމެވެ. ފީއެއް ނަގާތޯ އެވެ. ޖަވާބު ދިނީ
ހިނިތުންވެފައެވެ. ފޯމް ފީ އަށް -/25 އެވެ. ކާވެނި ރަޖިސްޓްރީ ފީ -/100 ރުފިޔާ އެވެ.
ރޭގަޑު ކޯޓުގައި ކާވެނިކުރާނަމަ -/500 ރުފިޔާ އެވެ. ކޯޓުން ބޭރުގައި
ކާވެނިކުރާ ނަމަ: -/1000 ރުފިޔާ
އެވެ. ރަށުން ބޭރުގައި ކައިވެނި ކުރާނަމަ -/5000 ރުފިޔާއެވެ. ރަސްމީ ގަޑީގައި
ކޯޓުގައި ކުރާ ކާވެންޏަށް އިތުރު ފީ އެއް ނުނަގާނެއެވެ.
އަހަރެން ކުޑަކޮށް އާނގެންފައި
ސުވާލެއް ކޮށްލީމެވެ. ކާވެނިކުރަން ހަމަޖެހިފައިވާ ދުވަސްތަކަކީ ކޮބާ ތޯ ؟ "ރަމަޟާން
މަހުގެ ފުރަތަމަ ދުވަހާއި، ފިޠުރު ޢީދު
ދުވަހާއި، އަޟްޙާއީދާއި ގުޅިގެން އަންނަ ބަންދު ދުވަސްތައް ފިޔަވައި އެހެން ހުރިހައި ދުވަސްތަކެއްގައި
ކާވެނި ކުރެވޭނެއެވެ." ހީވަނީ
މިކަން އޮންނަގޮތް ހިތުން ދަސްކޮށްފައި ހުރިހެންނެވެ. އަހަންނަށް ބުނެވުނީ ހާދަ
ފައްކަލެވެ.
ވަރަށް ސަޅި ހިނިތުންވުމެއް ދެމުން ބުންޏެވެ. ނިމުނީ ހެއްޔެވެ؟ އަހަރެން ހިތަށް އެރިއެވެ. އެހާއަވަހަށް ނިމޭނެ ހެއްޔެވެ؟ ތިކަލަ ރީތި ޖިންސުއްލަޠީފެއްގެ ކުރިމަތީގައި މުޅި ދުވަސް ހޭދަކޮށްލާ ހިތްވެއެވެ. އަހަރެންގެ ޚިޔާލު ހައިޖާނުވެފައި ހުއްޓާ ބުންނެވެ.
" ކާވެނި
ކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ރަސްމީގަޑީގައި، ކޯޓުގައި، ސަރުކާރު
ހުޅުވިފައި ހުންނަ ކޮންމެ ދުވަހެއްގެ 14:00 ން 15:40 ށް.
ނުރަސްމީގަޑީގައި
ކޯޓުގައިސަރުކާރު ހުޅުވިފައި ހުންނަ ކޮންމެ ދުވަހެއްގެ ރޭގަޑު 21:00 ން 22:00 ށް
ކޯޓުން ބޭރުގައިހުކުރު
ދުވަސް ފިޔަވައި ކާވެނިކޮށް ދޭ ކޮންމެ ދުވަހެއްގެ 19:00 ން 22:00 ށް
ހުކުރުދުވަސް ނަމަ: 16:00 ން 22:00 ށް"
ހުކުރުދުވަސް ނަމަ: 16:00 ން 22:00 ށް"
އަހަރެން ބުނީ މެވެ.
ޝުކުރިއްޔާއެވެ. ކައިވެނިކުރުމަށް އެދޭ ފޯމެއް ދެއްވާށެވެ.
މިއީ މިހާ ސިންޕަލް
ކަމެއް ކަމެއް ކުރިއަކުން ނޭނގެއެވެ. އެހެންވެ ގެއަށް އައިސް ވާންއުޅޭ
އަނބިމީހާއަށް މިހުރިހާ ވާހަކައެއް
ހަނދާން ހުއްޓާ ކިޔާދީފީމެވެ. ފޯނުންނެވެ.
އާއިލާގެ މީހުންނާ
މަޝްވަރާކުރުމަށްފަހު އަހަރެމެން ނިންމީ 2012 ޖުލައި 12 ވާ ބުރާސްފަތި ދުވަހުގެ
ހަވީރު 3:55 ގައި ކައިވެނި ކުރުމަށެވެ. ކައިވެނި ކުރާނީ ގޭގައެވެ.
Comments