ވަޙުސީ ދެވިހިފުން
ތުއްތުމަނިކު
ކަމަކަށް ދެވިހިފުމަކީ ، އެކަމެއް ހުއްޓާނުލެވޭވަރަށް އެކަމާމެދު ޝައުޤުވެރިވެ، އާދަވުމެވެ. މިގޮތުން މަސްތުވާތަކެއްޗާއި ، ބައެއް އާދަތަކަށް މީހުން ދެވިހިފައެވެ. ދެވިހިފުމަކީ ޝައިޠާނީ ކަމެކެވެ. ނޫސްތަކުގައި މިހާރު އެންމެ ގިނައިން ހުންނަނީ މަސްތުވާތަކެއްޗާއި، ބަދުއަޚުލާޤީ ޢަމަލުތަކުގެ ކުށްތަކާއި ގުޅި ލާމެހިފައިވާ ސުރުޚީތަކެވެ. މިކަމުންވެސް އަހަރުމެންގެ މުޖުތަމަޢުގައި ވަހުޝީ ދެވިހިފުން އޮތްމިންވަރު ވިސްނާލީމާ އެގެއެވެ.
މިކަމުގެ ސަބަބުން އަހަރުމުންގެ މުޖުތަމަޢުގައި ވަނީ ފާހިޝްކަން އިންތިހާއަށް މައްޗަށް ގޮހެވެ. ލޯބިން އުޅުނު އެތައް އާއިލާއެއްވަނީ މައްސަލަ ޖެހިފައެވެ. ބޮޑެތި އާއިލާތަކުގެ ގުޅުންވަނީ ކެނޑިފައެވެ. އުފާވެރި ގެ ވެށިތައް ވަނީ ހިތާމައިގެ އަނދިރިކަމުން ނާމާންވެފައެވެ.
އަންދާޒާ ކުރެވޭގޮތުގައި އާބާދީގެ 6 ޕަސެންޓް ނުވަތަ އެއަށްވުރެން ގިނަ މީހުންނަކީ ވަޙުޝީ ގޮތުން ދެވިހިފާފައިވާ (ސެކްސް އެޑިކްޝަން) މީހުންނެވެ. މީގެ ކޮންމެ ފަސްމީހެއްގެ ތެރެއިން އެކަކީ އަންހެނުންނެވެ.
ހިރޮއިން ނުވަތަ ކޮކައިން މަސްތުވާތަކެއްޗަށް ދެވިހިފުމުން، ނަފުސާއި ޖިސްމު ޗިސްޗިސްވެގެންދާއިރު، ވަޙުޝީ ދެވިހިފުމުން ވާގޮތް ވަރަށް ތަފާތެވެ. ކުރިމަތިވާ މައްސަލައްތައް ވެސް ތަފާތެވެ. މަސްތުވާތަކެއްޗަށް ދެވިހިފުމާ ޚިލާފަށް ވަޙުޝީ ދެވިހިފުމަށް މިންގަނޑުތަކެއް ވެއެވެ. މަސްތުވާތަކެއްޗަށް ދެވިހިފުމުން ، އެކަމުން ސަލާމަތްވާން ހިތްވަރާ އަޒުމާއެކު ގަދައަށް މަސައްކަތް ކުރިއަސް ، މަސްތުވާތަކެއްޗަށް އަޅުވެތިވެފައިވާ އަޅުވެތިވުމުން މިނިވަން ވުމަށް ނަފުސަށް އުނދަގޫތަކެއް ތަހައްމަލް ކުރަންޖެއެވެ. މިތަހައްމަލްތަކުގައި ނަފުސަށް އަނިޔާ ލިބެއެވެ.
ވަޙުޝީ ދެވިހިފުމުން ، ގިނައިންއިން ޖިންސީ ގުޅުން ހިންގައި، ޖިންސީ އެދުންވެރިކަމުގައި އާދަޔާ ޚިލާފު ގިނަވަގުތު ހޭދަކުރަން ބޭނުންވެއެވެ. އެކަމަށްޓަކައި ތަފާތު ވައްތަރުގެ ބޭސް ބޭނުން ކުރެއެވެ. ޑަކްޓަރީ ބޭހާއި ދިވެހި ބޭހެވެ. ޖިންސީ ވަނާތައްތައް ބޮޑުކޮށް ފާޅުކުރުމަށް ތަފާތު ތަކެތި އުނގުޅާ ހަދައެވެ. މިކަމަށްޓަކައި މިއުފެދޭ ބާރަކީ ނަފުސަށް ކޮންޓްރޯލް ކުރަން އުނދަގޫ ކަމެކެވެ.
މިކަމުގެ ސަބަބުން ، މުޅި ދިރިއުޅުމަށް ނުފޫޒު ފޯރައެވެ. މަސައްކަތާއި ދިރިއުޅުމުގެ އާދަކާދަ އަށެވެ. އާއިލީ ގުޅުމާއި ރައްޓެހި ކަމަށެވެ. މިކަމުން އުޅުމާއި ނަފުސް ކޮންޓްރޯލް ކުރުމަށް ދަތި އުނދަގޫ ތަހައްމަލް ކުރަންޖެހެއެވެ. އަދި ނަފުސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަމަށް އަންނަ ނުރަގަޅު ބަދަލަށް ހޭވެރިވާން ޖެހެއެވެ.
ވަޙުޝީ ދެވިހިފުމުގެ އަލާމާތްތައް: ޖިންސީ ޣަރީޒާ ފުއްދުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ. ހުއްދަ ގޮތުގައި އެކަން ކުރުމުން ހިތާއި ނަފުސަށް ހަމަޖެހުން ގެނުވާ ކަމެކެވެ. އެހެންނަމަވެސް ވަޙުޝީ ގޮތުން ދެވިހިފައިފިނަމަ ޖިންސީ ޣަރީޒާ ފުއްދުމުގައި އިންސާނީ އިމުން ބޭރުވެ ، ކޮންމެ ގޮތަކަށްވެސް މިކަން ކުރަން ބޭނުންނެވެ. ޖިންސީ އެދުންވެރިކަން ހާޞިލް ކުރުމުގައި ކޮންޓްރޯލުން ނެއްޓެ އެވެ. އަދި ޖިންސީ އެދުންވެރިކަމުގެ އުނދޯލި ހަވާނަފްސްގައި ބާރަށް ހެއްލޭނެއެވެ. ވަހުޝީ ޚިޔާލުތަކުގައި ވިސްނުން ހުސްކޮށްލައެވެ. އަނެއް ޖިންސްގެ މީހަކު ފެންނައިރަށެވެ. ޒުވާނަސް މުސްކުޅިއަށް ވަރިހަމަވާނެއެވެ. ކޮންމެ ގޮތެއް ވަރިހަމަ ، ހައްދުން ނެއްޓިފައިވާ ޖިންސީ އެދުންވެރިކަމުގެ އާދައަށްފަހު ވަހުޝީ ގޮތުން ދެވިހިފާފައިވާ މީހުންގެ ޖަޒުބާތު ވަރަށް ދަށަށް ދެއެވެ. އެފަދަ މީހުން އެމީހުންގެ އަޅުވެތިވެފައިވާ ޖިންސީ ގުޅުމަށްފަހު އަމިއްލަ ނަފުސްގެ މައްޗަށް ލަދުގަނެއެވެ. އެކަމާ ދެރަވެ ހިތާމަކޮށް ކުށެއް ކުރެވިއްޖެ ކަމުގެ އިހުސާސްކުރެވި ރަގަޅުވުމަށް ނިޔަތް ގަނެއެވެ. ނަމަވެސް ތައުބާ ވުމުގެ ބާރެއް ނަފުސަކަށް ނުލިބެއެވެ. ހިތްހަމަ ނުޖެހުމާއި އެކަނިވެރިކަމާއި ޚިޔާލުތައް ވަށައިލައެވެ. ކަންބޮޑުވެއެވެ. ނަފުސްގެ އަޅުވެތިކަމުގެ މައްޗަށް މާޔޫސް ވެއެވެ. މިމާޔޫސްކަމުގެ މައްޗަށް ދިރުމެއް އަނެއްކާވެސް ލިބޭނީ ކޮންމެވެސް ގޮތަކުން ޖިންސީ ޣަރީޒާ ފުއްދިގެންނެވެ.
ވަޙުޝީ ދެވިހިފުން ކަށީގައި ހިފުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. މިކަން ކަށީގައި ހިފުމުން، އެތައްބަޔަކާއެކު ޖިންސީ ގުޅުން ހިންގައެވެ. ހަށިވިއްކައެވެ. މިކަމުގެ ސަބަބުން އެއިޑްސް ފަދަ ނުރައްތެރި ބަލިތަކަށް ތިމާ ހުށަހެޅިގެން ދެއެވެ. ޖިންސީ ގޮތުން ފެތުރޭ ބަލިތަކުގެ ރައްޓެއްސަކަށް ތިމާ ވެއެވެ. ވަރަށް ގިނައިން އޮރިޔާން ކާޑް ބެލުމާއި ، އެފަދަ ފިލްތުމައް ބެލިމަށް ޝައުޤުވެރިވެއެވެ. ޖިންސީ ގުޅުން ހިންގުމަށް ކަންތައްތައް ރާއްވާނެއެވެ. މިފަދަ ކޮންމެ ވިޔާނުދާ އަމަލަކަށްފަހު ނަފުސަށް ދެރަވެ ހިތާމަކުރެއެވެ. ޖިންސީ ގުޅުން ހިންގުން އުމުރަށް ހުއްޓާލުމަށް ބޭނުންވެއެވެ. މިގޮތަށް ޚިޔާލު ކުރެވޭނެއެވެ.
ޖިންސީ ގޮތުން ދެވިހިފުމުން ޑިޕްރެޝަނާ ކުރިމަތިވެއެވެ. މިއީ ހާސްވެ ކަންބޮޑުވުމުގެ ބައްޔެވެ. އަމިއްލައަށް މަރުވުމަށާއި ނަފުސަށް އަނިޔާ ކުރުމަށް ހިތަށް އަރާނެއެވެ. މިފަދަ ނިޝާނެއް ކުރިމަތިވާނަމަ ލަސްނުކޮށް ކައުންސިލަރެއްގެ ލަފާހޯދާށެވެ. ނޫނީ ނަފުސާނީ ޑަކްޓަރަކަށް ދައްކާށެވެ.
ރިފަރެންސް: http://www.bbc.co.uk/health/emotional_health/addictions/sex_addiction.shtml

Comments