ޖާބިރުގެ ކެމްޕޭނުގައި މުހައްމާ ބައިވެރިވުމުން ބައެއް ތަރިން ރަތަށް!
ގާފަރުގައި ބޭއްވި، ޖުމްހޫރީ ޕާޓީގެ ބައި އިލެކްޝަން ކެންޑިޑޭޓް އަބްދުﷲ ޖާބިރުގެ ކެމްޕޭން އެއްވުމެއްގައި މުހައްމާ ބައިވެރިވަ |
މިދިޔަ ހުކުރު ދުވަހު ގާފަރުގައި ބޭއްވި، ޖުމްހޫރީ ޕާޓީގެ ބައި އިލެކްޝަން ކެންޑިޑޭޓް، އަބްދުﷲ ޖާބިރުގެ ކެމްޕޭން އެއްވުމެއްގައި ބައިވެރިވެ، މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ޗެއާޕާސަން މުހައްމަދު އަބްދުﷲ (މުހައްމާ) ވާހަކަ ދައްކެމުން އެސޯސިއޭޝަންގެ މެމްބަރުން ރަތަށް އަރައިފި އެވެ.
ސިޔާސީ އެއްވުންތަކުގައި ބައިވެރިވުން ފިލްމު އޯސިއޭޝަންގެ އިސް ވެރިންނަށް އެމީހުންގެ އަސާސީ ގަވާއިދުގައި މަނާކޮށްފައި ނެތަސް، އެސޯސިއޭޝަންގެ މެމްބަރުން ހިތްހަމަނުޖެހުނީ އެ އެއްވުމުގައި މުހައްމާ ދެއްކި ވާހަކަތަކާ ގުޅިގެން މުޅި ފިލްމީ ދާއިރާ ވަކި ގޮތަކަށް ލޭބަލްވެ، ދާއިރާގެ މީހުންނަށް ފުރައްސާރަ ވެސް އަމާޒުވެފައިވާތީ ކަމަށް އެމީހުން ބުނެ އެވެ. މިކަން ބަޔާންކޮށް، 53 މެމްބަރުންގެ ސޮޔާ އެކު އެމީހުން އެސޯސިއޭޝަންގެ ބޯޑަށް ޕެޓިޝަނެއް ވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ. ޕެޓިޝަނުގައި ބާރު އަޅަނީ މުހައްމާ މައާފަށް އެދުމަށެވެ. ނުވަތަ މަގާމުން އިސްތިއުފާ ދިނުމަށެވެ. ނަމަވެސް މުހައްމާ ކަންބޮޑެއް ނުވެ އެވެ. އޭނާ ބުނީ މަދު މެމްބަރުންކޮޅެއް ރުޅިގަދަވެގެން އުޅުމަކީ އަދި މައްސަލައެއް ނޫން ކަމަށެވެ. "އިސްތިއުފާ ދޭން ޖެހިއްޖެ ހާލަތެއްގަ އިސްތިއުފާ ދޭނަން. މިއީ މުސާރައެއް ލިބިގެން ހުންނަ މަގާމެއް ވެސް ނޫން،" މުހައްމާ ބުންޏެވެ. ޖުމްލަ 189 މެމްބަރުންގެ މައްޗަށް އެކުލެވޭ އެސޯސިއޭޝަންގެ ގަވާއިދުގައި ޕެޓިޝަނެއް ބަލައިގަންނަނީ 20 މެމްބަރުންގެ ރުހުން ލިބިގެންނެވެ.
މުހައްމާ ބުނީ އޭނާއާ ދެކޮޅަށް ފިލްމީ ދާއިރާގެ މަދު ބަޔަކު ޕެޓިޝަނެއް ހަދައިގެން އުޅެނީ ޒާތީ ވިސްނުމެއްގެ ތެރެއިން ކަމަށް ގަބޫލުކުރާ ކަމަށާއި ކެމްޕޭން އެއްވުމުގައި އޭނާ ބައިވެރިވީ ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަން އިމުގެ ތެރެއިން ކަމަށް ވުމުން އޭގައި މައްސަލައެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. "ފިލްމު އެސޯސިއޭޝަންގެ އަސާސީ ގަވާއިދަށް ވުރެ މަތިން ހެދިފަ އޮތް އެއްޗެއް ގާނޫނު އަސާސީ އަކީ. އޭގަ ވަރަށް ސާފުކޮށް ބުނެފަ އޮންނާނެ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވެޔޭ ވާހަކަ ދެއްކުމުގެ މިނިވަންކަން. އެހެންވީމަ އެއީ އަޅުގަނޑުގެ އަމިއްލަ މިނިވަންކަމެއްގެ ގޮތުގައި ދެކެނީ،" މުހައްމާ ބުންޏެވެ. އޭނާ ބުނީ ކެމްޕޭން އެއްވުމުގައި އޭނާ ބައިވެރިވީ ފިލްމު އެސޯސިއޭޝަންގެ ޗެއާޕާސަންއެއްގެ ހައިސިއްޔަތުން ވެސް ނޫން ކަމަށާއި އެ ތަނުގައި އޭނާ އަށް އެ ނަމުން މުހާތަބު ވެސް ކޮށްފައިނުވާ ކަމަށެވެ. "ފިލްމު އެސޯސިއޭޝަންގެ ފަރާތުން މުހައްމާ ތަމްސީލުކުރިތޯއޭ، އެއީ ސުވާލަކީ. ފިލްމީ ފަންނާނެއް ވާހަކަ ދެއްކުމުގެ ފުރުސަތު އެރުވީ ވެސް. އެކަމަކު އެސޯސިއޭޝަންގެ ރައީސްގެ ގޮތުގައި ވެސް ބައިވެރިވުމުގެ މިނިވަންކަން އޮންނާނެ. އެހެން ނަމަވެސް އެގޮތަކަށް ނޫން ބައިވެރިވީކީ،" ހިތްހަމަނުޖެހިފައި ހުރި މުހައްމާ ބުންޏެވެ. އޭނާ ބުނީ ކޮންމެ ކަމެއް ކުރިޔަސް އެކަމެއް އޭނާ ކުރާނީ ފިލްމީ ދާއިރާގެ ކުރިއެރުމަށް ވިސްނައިގެން ކަމަށެވެ. އަދި މެމްބަރުން ހިތްހަމަނުޖެހޭ ކަމެއް ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ. "ބުނެލަން ބޭނުންވަނީ ފިލްމީ ދާއިރާ އަށް ރަނގަޅަކަށޭ އަޅުގަނޑު ކުރާ ހުރިހާ ކަމެއް ކުރާނީ. ފިލްމީ ދާއިރާގައި ތިބި އާންމު މެމްބަރުން ހިތްހަމަނުޖެހޭ ކަމެއް އަޅުގަނޑު ނުކުރާނަން. މީހެއްގެ ފިކުރު ތަފާތު ވުމަކީ ފިލްމީ ދާއިރާ އަށް ކިލަނބުކަމެއް އަންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެންމެ ފަހުން ފިލްމު އެސޯސިއޭޝަނުން ބޭއްވި އިންތިހާބު ވެސް ފަސޭހަކަމާ އެކު ކާމިޔާބުކުރި މުހައްމާ ބުންޏެވެ.
މުހައްމާއާ ދެކޮޅު ޕެޓިޝަނުގައި ސޮއިކޮށްފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދު އަދި ޑައިރެކްޓަރު ޑެޓްރީ މުހައްމަދު ނިޔާޒު އާއި މޫމިން ފުއާދުގެ އިތުރުން ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު މަނިކު އާއި ކޮޕީ އިސްމާއިލް ރަޝީދު ހިމެނެ އެވެ. ފިލްމީ ދާއިރާގެ ފަންނާނުންނަކީ ސިޔާސީ ހަރަކާތްތަކުގައި ވަރަށް ވެސް ފާހަގަކޮށްލެވޭ ބައެކެވެ. އެގޮތުން ވާދަވެރި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ގްރޫޕްތައް ހަދާލައިގެން ގޮސް ފިލްމީ ދާއިރާގެ މަޝްހޫރު ފަރާތްތައް ކުރިން ވެސް ބައިވެރިވެފައިވެ އެވެ.

Comments