Skip to main content
ފަޅޯ



ފަޅޮލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ފަޅޮލަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. ފަޅޮލުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އާންމުކޮށް ދޮން ފަޅޯ ބޭނުންކުރެވެނީ މޭވާގެ ގޮތުގައި ކެއުމަށާއި، ފަނިގިރައިގެން ބުއިމަށެވެ. ނަމަވެސް ދޮންނުވާ ނިލިފަޅޯ ބޭނުންކޮށްގެން ޖޭމު، އަސާރަ ފަދަ ތަކެތި ތައްޔާރު ކުރެއެވެ. އަދި ތަފާތު ސަލަޑް ތަކުގައި ވެސް ބޭނުންކުރެއެވެ. ދިވެހިރާއްޖޭގައި ފަޅޯ ހަކުރު ލައިގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.


ދިވެހި ނަން : ފަޅޯ
އިގިރޭސި ނަން : Papaya / Pawpaw
ޢިލްމީ ނަން : Carica Papaya
ފަޅޮލުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
39 ކިލޯކެލަރީ
ސޯޑިއަމް
3 މިލިގްރާމް
ކާބޯހައިޑްރޭޓް
9.81 ގްރާމް
ޕޮޓޭސިއަމް
257 މިލިގްރާމް
ޕްރޮޓީން
0.61 ގްރާމް
މަޢުދަންތައް
ފެޓް
0.14 ގްރާމް
ކެލްސިއަމް
24 މިލިގްރާމް
ފައިބަރު
1.80 ގްރާމް
ކޮޕަރ
-           
ވިޓަމިންތައް
ދަނގަޑު
0.10 މިލިގްރާމް
ފޮލިކް އެސިޑް
38 މައިކްރޯ ގްރާމް
މެގްނީޒިއަމް
10 މިލިގްރާމް
ނިއެސިން
0.338 މިލިގްރާމް
މެންގަނީޒް
-           
ޕެންތޮނިކް އެސިޑް
0.218 މިލިގްރާމް
ފޮސްފަރަސް
5 މިލިގްރާމް
ޕައިރިޑޮކްސިން
0.019 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.032 މިލިގްރާމް
ޒިންކް
0.07 މިލިގްރާމް
ތިއެމިން
0.027 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
1094 އައިޔޫ
ކެރޮޓީން އަލްފާ
-           
ވިޓަމިން ސީ
61.8 މިލިގްރާމް
ކެރޮޓީން ބީޓާ
276 މައިކްރޯ ގްރާމް
ވިޓަމިން އީ
0.73 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
761 މައިކްރޯ ގްރާމް
ވިޓަމިން ކޭ
2.6 މައިކްރޯ ގްރާމް
ލޫޓީން-ޒިއެޒެންތިން
75 މައިކްރޯ ގްރާމް


ލައިކޯޕީން
-           























ފަޅޮލުން ލިބޭ ޞިއްޙީ ފައިދާތައް
         ހިތުގެ ބަލިތައް : ހިތުގެ ބަލިން ރައްކާތެރިވުމަށް އެހީތެރިވެދޭ މުހިއްމު 4 ވިޓަމިނެއް ވަރަށް ގިނައިން ފަޅޮލުގައި ހުރެއެވެ. އެއީ ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ، އަދި ބީޓާ ކެރޮޓީން އެވެ. މީގެ އިތުރުން ފަޅޮލުގައި ފޮލިކް އެސިޑް ގިނައިން ހުރުމަކީ "ހޯމޯސިސްޓެއިން"(Homocysteine) ގެ މިންވަރު މަތިވުމުން ކުރިމަތިވާ ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ފޮލިކް އެސިޑަކީ ހޯމޯސިސްޓެއިން އެމިނޯ އެސިޑްތައް ކަމުގައިވާ "ސިސްޓެއިން"(Cysteine) އަދި "މެތިއޯނިން"(Methionine) އަށް ބަދަލުވާ ބޭނުންވާ މާއްދާ އެކެވެ. މިގޮތަށް ހޯމޯސިސްޓެއިން ބަޔާންކުރެވުނު ދެއެމިނޯ އެސިޑަށް ބަދަލުނުވެއްޖެނަމަ، ލޭހޮޅިތަކުގެ ފާރު ހަލާކުކޮށް ލައެވެ. އަދި މިގޮތަށް ހޯމޯސިސްޓެއިން ބަދަލުނުވުމުގެ ސަބަބުން ލޭގެ ތެރޭގައި އޭގެ މިންވަރު މަތިވެއްޖެނަމަ، ހާރޓް އެޓޭކް އަދި ސްޓްރޯކް ފަދަ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި މައްސަލަތައް ފެންމަތިވުމުގެ ފުރުޞަތު އޮވެއެވެ. 

-          ފަޅޮލުގައި ބާރުގަދަ އެންޓިކޮސިޑެންޓްތައް އެކުލެވިގެންވެއެވެ. އެއީ ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ، އަދި ބީޓާ ކެރޮޓީން އެވެ. މިބުނި މާއްދާތަކުގެ ސަބަބުން ކޮލެސްޓީރޯލް ''އޮކްސިޑައިޒް''(Oxidation) ވުމަށް ހުރަސް އަޅައެވެ. ކޮލެސްޓީރޯލް އޮކްސިޑައިޒް ވެގެން މެނުވީ ލޭހޮޅީގެ ފާރުގައި ތަތްވެ، ކޮބަޑިގަނޑެއްގެ ސިފަޔަށް ޖަމާއެއް ނުވާނެއެވެ. މިގޮތަށް ޖަމާވެއްޖެ ނަމަ ލޭހޮޅި ހަރުއެރުން ކުރިމަތިވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ހާރޓް އެޓޭކްޖެހުން ، އަދި ސްޓްރޯކްޖެހުން ފަދަ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި، ތަފާތު މައްސަލަތައް ފެންމަތި ކުރުވައެވެ. އެހެންކަމުން ފަޅޯ ގިނަގިނައިން ކާނަމަ ހިތުގެ މިފަދަ މައްސަލަތަކުން މިންޖުކޮށްދޭނެ އެވެ 
.
-          ފަޅޮލުގައި ބީޓާ ކްރިޕްޓޯޒެންތިން ކިޔާ މާއްދާއެއް ވެސް އެކުލެވިގެންވެއެވެ. ބީޓާ ކްރިޕްޓޯޒެންތިން ހަށިގަނޑަށް ރަގަޅަށް ދަމަނީ ފެޓް އެކުލެވޭ ކާނާއާއި އެކުގައި ކަމުގައިވާތީ ވަކިން ފަޅޯ ކެއުމަށްވުރެ ބޮޑަށް އެދެވިގެންވަނީ ކެއުމުގެ ތެރޭގައި އެހެން އެއްޗިއްސާއި އެކު ފަޅޯ ކެއުމެވެ. ފަޅޮލުގައި ފައިބަރ އެކުލެވިގެން ވުމުގެ ސަބަބުން ކޮލެސްޓީރޯލް މިންވަރު ދަށްކޮށްދެއެވެ 
.
         އަރިދަފުސް ރޯގާ : ފަޅޮލުގައި ވަރަށް ގިނައިން ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ސީ އަކީ ދިފާޢީ ބާރު ގަދަކޮށްދޭ އެއްޗެކެވެ. މިހާތަނަށް ހޯދިފައިވާ ގޮތުން ވިޓަމިން ސީ އަކީ އިންފުލުއެންޒާ އޭ، އަރިދަފުސް ރޯގާ، އަދި ނިއުމޯނިޔާ ފަދަ ބަލިތަކުގެ އުދަގޫތައް ކުޑަކޮށް ލުއިކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ފަޅޮލުގައި ވިޓަމިން އޭ ހުރުމަކީ ވެސް ދިފާޢީ ނިޒާމް ރަގަޅުކުރުމަށް ލިބޭ އިތުރު ބާރެކެވެ.

         ނިއުރަލް ޓިއުބާއި ގުޅުންހުރި ޢައިބުތައް : ފަޅޮލުގައި ފޮލިކް އެސިޑް ގިނައިން ހުރުމަކީ ނިއުރަލް ޓިއުބާއި ގުޅުންހުރި އުފެދުމުގައި ދިމާވާ ޢައިބުތައް (Neural tube defects)  ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. މާބަނޑުވުމުގެ ކުރިންނާއި، މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ހިމެނޭ ކާނާ ގިނައިން ބޭނުންކުރުމަކީ ލިބޭ ދަރިފުޅުގެ ހަށިގަނޑުގައި ނިއުރަލް ޓިއުބުގައި އުފެދޭ ޢައިބެއްކަމުގައިވާ "ސްޕައިނާ ބިފިޑާ"(Spina bifida) ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. މިސަބަބާހުރެ ބަލިވެ އިންނަ ކޮންމެ މީހަކަށް ވެސް ފޮލިކް އެސިޑް ގުޅަބޭހުގެ ގޮތުގައި ދެމުންގެންދާކަން ފާހަގަ ކުރެވެއެވެ. 

         ހަޖަމުކުރުން ރަގަޅުކުރުން : ހަޖަމުކުރުމުގައި އެހީތެރިވެދޭ ބައެއް އެންޒައިމްތައް ފަޅޮލުގައި ހުރެއެވެ. އޭގެތެރޭގައި "ޕެކްޓިން"(Pectin)،"ޕެޕެއިން"(Papain) އަދި "ކައިމޯޕެޕެއިން"(Chymopapain) ހިމެނެއެވެ. މިއީ ޕްރޮޓީން ފައިބަރުތައް ބައިބައިކޮށް،  އެމިނޯ އެސިޑަށް ބަދަލުކުރުވައި، ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމްތަކެކެވެ. ބަނޑުން ވިހަ ސާފުކުރުމަށް ވެސް ވަރަށް ގިނައިން ފަޅޯ ބޭނުންކުރެއެވެ. އެއީ ފަޅޮލުގައި ކުރިންބުނި އެންޒައިމްތައް ގިނައިން ހުންނާތީ އެވެ. ހަޖަމުކުރުމަށް އެހީތެރިވެދޭ ގިނަ އެންޒައިމްތައް ހުންނަނީ އޭގައި ހުންނަ ހިތި އޮށްތަކުގެ ތެރޭގައެވެ. އެހެންކަމުން ކެއުމަށްފަހު ފަޅޮލާއި އެކު އޮށްތައް ގިރާލައިން ބުއިމަށް ބޭނުންކުރެވިދާނެ އެވެ.

-          މީގެ އިތުރުން ފަޅޮލުގައި ވިޓަމިން ސީ އަދި ވިޓަމިން އީ އަދި ފޮލިކް އެސިޑް ހުރެއެވެ. މިއީ ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ބައެއް ފަހަރު ކުރިން ބުނި މާއްދާތައް (ޕެޕެއިން، ކައިމޯޕެޕެއިން) ހުރުމުގެ ސަބަބުން އެއްގަމު މަސް މަނޑުކުރުމަށް ދޮންނުވާ ގިތި ނުވަތަ ނިލި ފަޅޮލާއި އެއްކުރެއެވެ. މައިދާއަށް ކުރިމަތިވާ އުދަގޫތަކުގެ ތެރެއިން ބަނޑުހިކުން، އެސިޑް ގިނަވުން، އަދި ބަނޑުގައި ވައިހެދި ފުފުން، ފަދަ ކަންތަކަށް ފަރުވާއެއްގެ ގޮތުގައި ވެސް ފަޅޯ ބޭނުންކޮށް އުޅެއެވެ. ބަނޑުހިކުން ކުޑަކޮށްދެނީ ފަޅޮލުގައި ހިމެނޭ ފައިބަރު ގެ ސަބަބުންނެވެ.

-          ފަޅޯ ޖޫސް ބޭނުންކުރުމަކީ ގޮހޮރުގެ އިންފެކްޝަންތަކުން ދުރުކޮށްދޭ ކަމެކެވެ. އެގޮތުން ފަޅޯ ޖޫސް ބޭނުންކުރުމުން ގޮހޮރުގައި އުފެދިފައި ހުންނަ އިންފެކްޝަންގެ ސަބަބުން ހުންނަ ދޮސް އާއި ދަވަ ބޭރުކޮށް ސާފުކޮށް ދެއެވެ. 

-          ބައެއް ހިސާބުތަކުގައި މަސްގަނޑަށް އަރާތަދު ފިލުވުމަށް އެތަދު ހުންނަ ހިސާބެއްގައި ފަޅޯ އުގުޅައެވެ.

-          ފަޅޮލުގައި ހިމެނޭ ފައިޓޯކެމިކަލް ތަކަކީ "ޕްރޯޖެސްޓީރޯން" ގެ އަސަރު ކުޑަކުރުވާ އެއްޗެކެވެ. މިސަބަބާހުރެ ބައެއް ގައުމުތަކުގައި އަންހެނުން ދޭތެރެ ދުރުކުރުމުގެ ނިޔަތުގައި (ބަލިވެ އިނުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި) ފަޅޯ ކައިއުޅެއެވެ. 

         މޭނުބައިކުރުން : ޕެޕެއިން އަކީ މޭނުބައިކުރުން ކުޑަކުރުމުގައި އެހީތެރިވެދޭ މާއްދާ އެއް ވެސް މެއެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު މޭނުބައިކޮށް ހޮނޑުލެވުން(Morning Sickness) ، އަދި ދަތުރުފަތުރުކުރާއިރު ބޯއަނބުރާ މޭނުބައިކޮށް ހޮނޑުލުން(Motion Sickness) ފަދަ ހާލަތްތަކުގައި ފަޅޯ ބޭނުންކުރުމަކީ އެހީއަކަށް ވެއެވެ. 

         ހަމުގެ ފަރުވާ : ފަޅޮލުގައި ހިމެނޭ ޕެޕެއިން އަދި ކައިމޯޕެޕެއިން އަކީ އިންފްލެމޭޝަންގެ އަސަރު ކުޑަކޮށްދީ، ހަށިގަނޑުގެ ބައެއް ފިހުމުން އުފެދޭ ފާރު ފަސޭހަކުރުމަށް ވެސް އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެގޮތުން ފިހުމުން ހަންގަނޑުގައި ހުންނަ ހަރަކާތެއްނެތް ޕްރޮޓީންތައް ހަލާކުކޮށްލައި، މަރުވެފައި ހުންނަ ޓިޝޫތައް ވަކިކޮށް، ފާރު ފަސޭހަވުން އަވަސްކުރުވައެވެ. 

-          ބައެއް ކަހަލަ ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް މިމާއްދާތައް ބޭނުން ކުރެއެވެ. އެގޮތުން ސޮރައިސިސް، އެސްވަޅު، ދަދު، ފިނިވުމުން އުފެދޭ ފާރު ފަދަ ހަމުގެ މައްސަލަތަކަށް ފަރުވާކުރުމަށް ބޭނުން ކުރެއެވެ. 

-          މީގައި ހިމެނޭ ޕެޕެއިން ގެ ސަބަބުން ހަށިގަނޑުގެ ތަނެއް ކެނޑުން، ފިހުން، ތަނެއްގައި ދިރޭއެއްޗެއް ދަތްއެޅުން، ކަށިޖެހުން ފަދަ ހާލަތްތަކުގައި ވެސް ހަމުގައި އުގުޅުމަށް ފަޅޯ ބޭނުންކުރެވިދާނެ އެވެ. 

-          ފަޅޮލުގައި ހަން އަލިކޮށްދޭ މާއްދާތައް ވެސް ހިމެނެއެވެ. މިސަބަބާހުރެ މޫނުގައި އުގުޅާ ކްރީމް، މޫނު ދޮންނަ ކްރީމް، ސޭމްޕޫ، ސައިބޯނި، ލޯޝަން، ފަދަ ތަކެތި އުފެއްދުމުގައި ފަޅޯ ބޭނުން ކުރެއެވެ. އޮށާޅަނެގުން ކުޑަކުރުމަށް ވެސް ފަޅޯ ބޭނުންކޮށް އުޅެއެވެ. 

-          ފަޅޮލަކީ އިސްތަށީގެ ދިރުމަށް ވެސް ބޭނުންތެރި އެއްޗެކެވެ. ބޮލުން ހަންފޮޅުން ކުޑަކުރުމަށް ފަޅޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ޝޭމްޕޫ ޚިޔާރު ކުރެވިދާނެ އެވެ. 

         ކެންސަރުން ރައްކާތެރިވުން : ފަޅޮލުގައި ބާރުގަދަ 3 އެންޓި އޮކްސިޑެންޓް ހިމެނެއެވެ. އެއީ ވިޓަމިން އޭ، ވިޓަމިން އީ، އަދި ވިޓަމިން ސީ އެވެ. މިއީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާ ތަކެކެވެ. މިމާއްދާ ތަކަކީ ކެންސަރު ޖައްސަނިވި ސެލްތަކާއި ހަނގުރާމަކޮށް ތަފާތު ބާވަތްތަކުގެ ކެންސަރުތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.
-          ފަޅޮލުގައި ހިމެނޭ ފައިބަރ ގޮހޮރުގައި ހުންނަ ކެންސަރު ޖައްސާ ވިހަތަކާއި ތަތްވެ، އެވިހަތައް ގޮހޮރާއި ގާތްވިޔަ ނުދީ ހިފަހައްޓައި ދެއެވެ. މީގެ އިތުރުން ފޮލިކް އެސިޑް، ވިޓަމިން ސީ، ވިޓަމިން ބީ، އަދި ބީޓާ ކެރޮޓިން އެކުލެވުމުގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖެހުން ފަޅޯ ކެއުމުން ކުޑަކޮށް ދެއެވެ 
.
-          ފަޅޮލުގައި ފްލޭވޮނޮއިޑްގެ ތެރޭގައި ހިމެނޭ ، ކެރޮޓީން، ލޫޓީން، ޒިއެޒެންތިން، އަދި ކްރިޕްޓޯޒެންތިން ހުރެއެވެ. މިއީ އެންޓި އޮކްސިޑެންޓްގެ ބާރު ލިބިފައިވާ މާއްދާތަކެއް ކަމުން ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، ކެންސަރުން ރައްކާތެރިކޮށްދީ، މުސްކުޅިވުން ލަސްކޮށްދެއެވެ. 

-          ފަޅޮލުގައި ކެރޮޓީން ގެ ބާވަތްތައް ހުރެއެވެ. ކެރޮޓީން ގިނައިން ހިމެނޭ ކާނާ ކެއުމަކީ ފުއްޕާމޭގެ ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމެކެވެ. 

-          ދިރާސާތަކުން ދައްކާގޮތުގައި ލައިކޯޕީން ގިނައިން ހުންނަ ކާނާ ބޭނުންކުރުމަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމެކެވެ. ފަޅޮލަކީ ވެސް އެފަދަ މޭވާ އެކެވެ. 

         ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ފަޅޮލުގައި ވިޓަމިން ސީ ހުރުމަކީ ކުދިކުދި ހިމަ ލޭހޮޅިތަކުގެ ބާރުގަދަކޮށް ރަގަޅުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ލޯފުސްވުން ކުރިމަތިވުން ދުރުކޮށް ދެއެވެ. އަދި ވިޓަމިން އޭ ހުރުމަކީ ލޮލުގެ ފެނުން ރަގަޅުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ވެސް ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 3 ފަހަރަށްވުރެ ގިނައިން މޭވާގެ ބާވަތްތައް ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ދިމާވާ ލޮލަށް ނުފެނުމުގެ މައްސަލަ ނުވަތަ "މެކިޔުލަރ ޑިޖެނެރޭޝަން"(Macular Degeneration) އިން ދުރުކޮށްދޭނެ ކަމެކެވެ. 

         އެހެނިހެން ފައިދާތައް :-
o       ފަޅޮލުގައި "އާރޖިނިން"(Arginine) ކިޔާ އެންޒައިމެއް ހުރެއެވެ. މިއީ ފިރިހެން ހަށީގެ ވަށައިގެންވާ ހިސާބުގައި ލޭދައުރުވުން އިތުރުކުރާ މާއްދާ އެކެވެ. އަދި ހަށިގަނޑުގައި ހުންނަ "ނައިޓްރިކް އެސިޑް"(Nitric Oxide) ފިރިހެން ހައްޓަށް ލޭފޮނުވާ ލޭހޮޅިތަކުގެ މަސްފަށަލަތައް ހަމައަކަށް އަޅުވައެވެ. ނަތީޖާއެއްގެ ގޮތުން ލޭހޮޅިތައް ފުޅާވެ، ލޭދައުރުވުން އިތުރުކޮށް ރަގަޅުކޮށް ދެއެވެ.

o       ފަޅޮލުގައި ޕޮޓޭސިއަމް ވެސް ހުރެއެވެ، މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ހިތުގެ ވިންދު ތަރުތީބުކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ.

o       ފަޅޮލުގައި ޕެރަސައިޓްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުގެ އިތުރުން ދުޅަތަކާއި ތަދުތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ވެސް އެކުލެވިގެން ވެއެވެ. 

ނޯޓް:- ފަޅޯ، ދޮންކެޔޮ، އެވޮކާޑޯ،  ފަދަ ކިރު ހުންނަ (ދޮންނުވާއިރު) ، މޭވާތަކުގައި "ޗިޓިނޭޒް"(Chitinases) ކިޔާ މާއްދާއެއް ހުރެއެވެ. މިއީ "ލޭޓެކްސް އެލާޖީ ސިންޑްރޯމް"(Latex Allergy Syndrome) ނުވަތަ "ރަބަރަށް (ގަސްގަހުގައި ހުންނަކިރަށް) އެލާޖީވުން" މެދުވެރިވުމުގައި ދައުރެއްވާ މާއްދާއެއް ކަމަށް ބެލެވެއެވެ. އެހެން ކަމުން މިފަދަ މީހުން ފަޅޯ ކެއުމަކީ ޚާއްޞަކޮށް ދޮންނުވާ ނިލިފަޅޯ ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ.
މައުލޫމާތު :
         http://www.whfoods.com/genpage.php?tname=foodspice&dbid=47

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.