މުހައްމަދު އިބްރާހިމް (ފީވަކޭ ) ވަޒީފާއިން ވަކިކޮށްފައިވަނީ
ޤަވާއިދާއި ޚިލާފަށް
ކޭބަލް ޓީވީ ޚިދުމަތުގެ ތެރެއިން ދިޓީވީއާއި ވީޓީވީ ފެންނަގޮތަށް ހަދާފައި ހުންނާތީ ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން ހއ. އިހަވަންދޫ ސިއްޙީ މަރުކަޒުގެ ވަޒީފާއިން ވަކިކުރި މުޙަންމަދު އިބްރާހިމް، ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާއިދާއި ޚިލާފަށްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ
ސިއްހީ މަރުކަޒުގެ ޑްރައިވަރުގެ މަގާމުން މުހަންމަދު އިބްރާހީމް ވަކިކުރި މައްސަލަ ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޓްރައިބިއުނަލްގެ ޤަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ މަޤްބޫލު އުޒުރެއްނެތި އަޑުއެހުން ބޭއްވި ތިން ދުވަހުވެސް މައްސަލަ ރައްދުވާ އަޕަރ ނޯތް ހެލްތް ސަރވިސަސްއިން ހާޟިރުވެފައި ނުވާތީ އެއަޑުއެހުންތަކަކީ ޓްރައިބިއުނަލްގެ 41ވަނަ މާއްދާގެ (ހ) ގެ ދަށުން މައްސަލަ ރައްދުވިފަރާތުން ހާޒިރުނުވާ އަޑުއެހުންތަކެއް ކަމަށް ކަނޑައެޅުމަށްފަހު، 30 ޖެނުއަރީ 2012 ގައި ބޭއްވި އަޑުއެހުމުގައެވެ
.
ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހު ވަޒީފާއިން ވަކިކުރި މުޙަންމަދު އިބްރާހިމް ވިދާޅުވީ އޭނާ ވަކި ފިކުރެއް ގެންގުޅޭ ކަމަށް ބުނެ އޭނާއަށް ވަރަށް ގިނަ ފިއްތުންތައް ކުރިމަތި ކުރުމުންދާ ކަމަށެވެ. މިގޮތުން އޭނާ ހަވާލުވެގެން ހުރި އެރަށުގެ ކޭބަލް ޓީވީ ޚިދުމަތުގެ ތެރެއިން ވަކި ލޯކަލް ޗެނެލްތަކެއް ނުގެނެސްދިނުމަށް ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުން އިންޒާރުދޭކަމަށް އޭނާވަނީ ވިދާޅުވެފައެވެ
.
މިމައްސަލައިގާ ޓްރައިބިއުނަލުން ކުރި ހުކުމުގައި ޢަބްދުﷲ އިބްރާހިމަށް 15 ދުވަހުގެ ތެރޭގައި އަލުން ވަޒީފާ ހަމަޖައްސައި ދިނުމަށާއި، އޭނާއަށް ލިބެންވާ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން ނުލިބިވާ އިނާޔަތްތައް ދިނުމަށާއި، 30 ޖެނުއަރީ 2012 އިން ފެށިގެން 20 ދުވަހުގެ ތެރޭގައި މިފައިސާ އެކީ އެއްފަހަރާ ދިނުމަށަފަހު އެކަން ލިޔުމަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންގުމަށް ވަނީ އަންގާފައެވެ
މަސްދަރު: ދިޓީވީ.
Comments