“ރައީސް ނަޝީދުގެ އިސްތިއުފާ” = “ބްރިޓިޝް ޓްރިކެއް”
ލަޠީޕް
އިންތިޚާބު! އިންރިޚާބު! އަވަސްކުރާ! މިއަޑުން ރާއްޖޭގެ ކައުނު މިވަނީ ގުގުމާލާފައެވެ. އެހެންކަމުން މިކަމާމެދު ސިޔާސީ ވިސްނުންތެރިންގެ ޚިޔާލު ހުށަހަޅައިލުމަކީ ބޭނުންތެރިކަމެއް ކަމަށް ދެކެމެވެ.
މިހާރު އެންމެ ގަދައަށް އިވެމުންމިދާ އަޑަކީ އެމްޑީޕީ އިން އަވަސް އިންތިޚާބެއް ބޭނުންވެގެން އުޅޭ ވާހަކައިގެ އަޑެވެ. އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުން ލަސްވާތީ އެމްޑީޕީ އިން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މެދު ނުކަނޑައި ރެއާއި ދުވާލު މުޒާހަރާތައް ކުރަމުންގެންދާތާ ދެހަފްތާއަށްވުރެ ގިނަވީއެވެ. ޞުލްހަވެރިކަމާއެކު ޜާޅުގަނޑު ސަރަހައްދުގައި ފެށި މުޒާހަރާ މިހާރު ވަނީ މަގުމަތީ ހަރަކާތްތަކަކަށް ބަދަލުވެފައެވެ.
ކަންކަން މިހިސާބަށް ދިއައިރު މިކަމުގެ ހަޤީޤަތާއިމެދު ދެކެވޭ ވާހަކަތައް އަންނަނީ ތަފާތުވަމުންނެވެ. ސިޔާސީ ވިސްނުންތެރިންގެ ވިސްނުން ވަރަށް ތަފާތެވެ. އެހެންކަމުން މިކަމުގައި އަދިވެސް އިތުރު ވިސްނުންތަކަށް ވަނީ ބޭނުން ވެފައެވެ.
އަވަސް އިންތިޚާބެއް ހަމަ ހަޤީޤަތުވެސް ބޭނުންވާކަމާމެދު އުފެދޭ ބޮޑު ސުވާލަށް ލިބިފައިވާ ބައެއް ވިސްނުން ހާމަކޮށްލާނަމެވެ.
އެންމެ ފުރަތަމަ ބަލަންޖެހޭނީ މީގެ ކުރިން ނެގި ނިޒާމީ ވޯޓަށެވެ. އެއިންތިޚާބުގައި އެމްޑީޕީ އިން ބޭނުންވީ ބަރުލަމާނީ ނިޒާމެވެ. ކެމްޕޭނު ކުރީވެސް ބަރުލަމާނީ ނިޒާމަށެވެ. ނަމަވެސް އިންތިޚާބު ނިމުމުން އެމްޑީޕ އިން ބުނެފައިވަނީ އެޕާޓީން ހަޤީޤަތުގައި ބޭނުންވީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދައްކައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރީ އެޕާޓީން ބޭނުންވާ ނިޒާމަށް މަސައްކަތްކޮށްގެން ރައްޔިތުންގެ ތާއީދު ނުލިބޭނެކަން ޔަޤީންވާތީ ކަމަށެވެ. އެޕާޓީން ބަރުލަމާނީ ނިޒާމަށް ތާއީދުކުރުމުން ޑީއާރުޕީ އިން ރިޔާސީ ނިޒާމަށް ތާއީދުކޮށް އިންތިޚާބު ކާމިޔާބު ކުރުމުން އެއީ އެމްޑީޕއަށް ހޯދޭ ކާމިޔާބަކަށް ވާތީ ކަމަށެވެ.
މިހަޤީޤަތާއެކު މިހާރު ހިނގައިގެން މިއުޅޭ ކަންކަމަށް ބަލައިލަމާތޯއެވެ! ގިނަ ބައަކު ބުނަމުން ގެންދާ ފަދައިން މިއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް “ޖެހި ރޮކެޓެއް” ކަމާމެދު ވިސްނައިލަމާތޯއެވެ!
އިއްތިހާދުން 23 ޑިސެމްބަރުގައި ބެއްވި ބޮޑު ބައްދަލުވުމަށްފަހު އެމްޑީޕއަށް ވަނީ ދެވަނަ ވިސްނުމަކަށް ދިއުން މަޖުބޫރުވެފައެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ 25 އިންސައްތަ ލިބުނު ބައަކަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެ ގޮތަކާމެދު ޕާޓީގެ އިސްސަފުގައި ސުވާލުތައް އުފެދުނުކަން ވަނީ އެނގިފައެވެ. އިއްތިހާދު ގުޅިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުމެއްޖެ ނަމަ ނުކުންނާނެ ނަތީޖާއަކާމެދު އެތަކެއް ސުވާލުތަކެއް އުފެދުނުކަން އެއީ އެނގެން އޮތް ކަމެކެވެ.
ދެން އޮތީ މަޝްރޫއުތަކާ ވައުދުތަކެވެ. މަޝްރޫއުތައް ފުރިހަމައެވެ. ވައުދުތައްވެސް ފުރިހަމައެވެ. ރައްޔިތުންނަށް ބޭނުންތެރިއެވެ. ނަމަވެސް ކަންކަން ކުރާނެ ފައިސާ ހުރިތަނެއް އެނގޭ މީހަކު ހުރިކަން އެނގޭކަށް ނެތެވެ. އެމްޑީޕީ ގެ މާލީ ސިޔާސަތާމެދު އެންމެ ބޮޑަށް ސުވާލު އުފެދޭ ކަމަކީ އެމްޑީޕީ ސަރުކާރުގެ 3 އަހަރު ދުވަހު އެންމެ ގިނައިން ވެރިން އިސްތިއުފާ ދިން މިނިސްޓްރީ އަކީ މާލީ ވުޒާރާކަމަށް ވީތީއެވެ.
ކޮންމެއަކަސް މިއަހަރުގެ ބަޖެޓު ވަރަށް ބޮޑެވެ. ގަނޑުތައް ވަރަށް ގިނައެވެ. އުފުލަންވެސް ބަރެވެ. އަދަދުތަކުގެ ޑިޖިޓްތައް ވެސް ގިނައެވެ. ނަމަވެސް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ މުވައްޒިފުންނަށް މުސާރަ ނުދެވިގެން މަސައްކަތްހުއްޓާލާފައި ގެއަށް ދާންޖެހުމާއި ބައެއް ސްކޫލްތައް ބަންދުކުރަންޖެހުނުކަން އެއީ އެނގެން އޮތް ހަޤީޤަތެކެވެ. އެކިފަރާތްތަކަށް ދައްކަންޖެހޭ ބިލުތަކުގެ އަދަދު 500 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަން މިއަދު އެބަ އެނގެއެވެ. ބޭރާއި އެތެރޭގެ ބޮޑު ދަރަނީގެ އިތުރުން ފަރުދީ ދަރަނިތަކެވެ.
ޖަނަވަރީ މަހުގެ މުސާރަ ނުދެވިގެން އަވަށްޓެރި ޤައުމަކުން ހޯދަން އުޅުނު ލޯނު ނުދިން ކަމުގެ އަޑުތަކެއްވެސް އެރިއެވެ.
ދެވަނަ ފަރާތަކަށް އޮޑި އަނބުރަމާތޯއެވެ! ޢަބްދުﷲ މުޙައްމަދު ޜޭގަނޑު ދަންވަރު ހައްޔަރުކުރިއިރު މިކުރެވެނީ ކީއްކަން ނުއެނގިއެއް ނުދާނެެއެވެ. އެއީ ޝަރުއީ ނިޒާމު އިޞްލާޙުކުރުމުގެ މަޤްޞަދުގައި ކުރިކަމެއް ނަމަ ޤާނޫނު މުގުރުމުގެ ކުރިން ޤާނޫނީ އިމުން ކަންކަން ކުރަން މަސައްކަތް ނުކުރީ ކީއްވެގެން ބާވައެވެ! މަޖިލީހުގައި 34 މެންބަރުން ތިބި އިރު މަޖިލިސް ތެރެއިން ޖޫޑިޝަރީގެ ޤާނޫނު އިޞްލާޙުކުރަން މަސައްކަތް ނުކުރީ ކީއްވެގެންބާވައެވެ! ޢަބްދުﷲ ޤާޟީއަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވިދާލި ވިދުވަރެއްހެން ވެގެންދިއައީ ކީއްވެގެންބާވައެވެ!
ތަންކޮޅެއް ފަހަތަށް ޖެހިލަމާތޯއެވެ! މިމަހު 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވެވީ ހަމަ ހަޤީޤަތުގައިވެސް ދެން ހަމަ އެހެންގޮތެއް ނެތިގެންކަމަށް ޤަބޫލުކުރެވިދާނެތޯއެވެ!
ފުލުހުން ޖުމްހޫރީ މައިދާނުގައި އެރޭ ބާރަޖަހާ އެހައިކަންހާއިރުން ސުރެ ތިބެ އެދުނީ ރައީސް ނަޝީދުގެ އިސްތިއުފާއަށް ހެއްޔެވެ؟ ރައީސް އެދުވަހު ހެނދުނު ފުލުހުންނާ ބައްދަލުކުރުމުން އެމީހުން އެދުނީ އިސްތިއުފާ ދެއްވުމަށް ހެއްޔެވެ؟
އަމިއްލަފުޅަށް ބަނޑޭރިގޭތެރެއަސް ވަޑައިގެން އުޅުއްވި އުޅުއްވުމުގައި ސިފައިން އެމީހުންގެ އެންމެ އިސްވެރިޔާ އާއި ދެކޮޅަށް ބަޣާވާތް ކުރިހެއްޔެވެ؟
މިފަދަ ސުވާލުތައް ދޫކޮށްލައްވާށެވެ. އަދި ރައީސް އޮފީހަށް ވަޑައިގެން އުޅުއްވި ގޮތާއިމެދު އުފެދޭ ސުވާލުތައް ވެސް ދޫކޮށްލާށެވެ!
އިސްތިއުފާ ދެއްވީ ބައަކު ދެއްކި ބިރަކަށް ނަމަ އެވެރިކަން އަނބުރާ ހޯއްދެވުމުގެ ބަދަލުގައި އަލުން އިންތިޚާބެއްގެ ވާހަކަފުޅު ދައްކަވަނީ ކީއްވެގެންތޯއެވެ!
ސަރުކާރުގެ މާލީ ސިޔާސަތުތައް ކިތަންމެ ހަރުދަނާ ނަމަވެސް ކުރެވެމުން އައި ކަންކަން ކިތަންމެ ގިނަ ނަަމަވެސް ރައްޔިތުންގެ ޖީބުތަކަށް ދުވަހެއް ދުވަހަކަށް އައީ ބާރުބޮޑުވަމުންނެވެ. ޑޮލަރުގެ އަގު އައީ އުފުލެމުންނެވެ. މާލީ ވިސްނުންތެރިން ބުނަމުން އައީ އަހަރު މެދުތެރޭގައި ޑޮލަރެއްގެ އަގު ،20 22 ރުފިޔާއަށް އުފުލި ރުފިޔާގެ އަގު ވެށްޓޭނެ ކަމަށެވެ. ތަކެއްޗާއި ޚިދުމަތުގެ އަގުތައް މަތި ބަލަން ހަދައިގެން ބޮލުގައި އިންނަ ތާކިހާ ވެށްޓޭ ހިސާބަށް އުފުލޭނެ ކަމަށެވެ.
މިފަދަ އެތައް ކަންތައްތަކެއް ހުރުމުން އިއްތިހާދު އެކުގައި ފުރިހަމައަށް ތައްޔާރުވެގެން ނުކުމެއްޖެނަމަ 2008 ވަނަ އަަހަރު ލިބުނު 25 އިންސައްތައިގެ ބަދަލުގައި 2013 ވަނަ އަހަރު ލިބޭނެ އިންސައްތަ އާއިމެދު ބޮޑެތި ސުވާލުތައް ކުރިމަތިވެފައިވާކަން އެއީ ސިޔާސީ ވިސްނުންތެރިން ފާހަގަކުރާ ކަމެކެވެ.
އަވަސް އިންތިޚާބެއް މިހާރުން މިހާރަށް ބާއްވައިފިނަމަ އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނެ އިންސައްތަ އައިމެދު ބޮޑެތި ސުވާލުތައް ހުރި ނަމަވެސް ދޮޅު އަހަރުވަންދެން ސަރުކާރު ހިންގަން އިއްތިހާދަށް ފުރުޞަތު ދީފިނަމަ އެނަތީޖާ ބަދަލުވެގެން ދާނެ ގޮތަކާމެދު ވެސް ވިސްނައިލުން ކީއްތޯއެވެ!
ފަށާފައިވާ އެތައް މަޝްރޫއެކެވެ. ހިންގާނެ ފައިސާއެއް ނެތެވެ. ޤައުމުގެ އިޤްޠިޞާދު މިވަނީ ފުން އަނދަވަޅެއްގައެވެ. ކުއްލިއަކަށް ނަގައި ކޮޅަށް ޖެހުން ވާނީ މުއުޖިޒާތަކަށެވެ. ނަތީޖާއަކަށް ވާނީ ރައްޔިތުން މިހާރުގެ ސަރުކާރަށް އިތުރަށް ނަފުރަތުކުރުން ނޫން ބާވައެވެ!
2008 ވަނަ އަހަރު ޜާއްޖޭގެ ވެރިކަން ބަދަލުކުރީ 2008 ވަނަ އަހަރު ލިބުނު މުސާރައިން 30 ދުވަހު ބޭނުން ކުރެވޭނަމަ 90 ދުވަހު ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަން އެމްޑީޕީ އިން ދިނުމުންނެވެ. ނަމަވެސް މިހާރު ބޭނުން ކުރެވެނީ 20 ދުވަހުއެވެ. 2013 އިގެ އޮކްޓޯބަރު މަހާއި ހަމައަށް އަންނަ އިރު 10 ދުވަހަށް ނުވަތަ 15 ދުވަހަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އެެހެންކަމަށް ވެއްޖެނަމަ 20 ދުވަހަށް ހިފަހައްޓައިދިން ސަރުކާރަށް ތާއީދު އިތުރުވުމަކީ ނުވެ ނުދާނެ ކަމެއް ދޮގެއްތޯއެވެ!
ވީމާ އެމްޑީޕީ އިން އަވަސް އިންތިޚާބަކަށް އެދޭކަމަށް އެބުނަނީ އެމްޑީޕީ އިން އެކަމަށް އެދުމުން އެެހެން ޕާޓީތަކުން އެކަމަށް މަގުނުދައްކާނެ ކަމުގެ ޔަޤީންކަން އޮންނާތީ ނޫން ބާވައެވެ! އަދި އެގޮތަށް ލަސްވުމުން އެކަމުގެ ފައިދާ އެމްޑީޕީ އަށް ކުރާނެތީ އެފައިދާ ހޯދުމުގެ ބޭނުމުގައި ނޫން ބާވައެވެ! ނިޒާމީ ވޯޓުފަދައިން ދޮގެއްތޯއެވެ!
ކޮންމެއަކަސް މި ސުވާލުތަކާއި ޚިޔާލުތަކަކީ މިކަމުގައި ޚިޔާލު ދެއްވި 80 އިންސައްތަ ބޭފުޅުންގެ ވިސްނުންފުޅު ހުރި ގޮތެވެ. އެބޭފުޅުން ވިދާޅުވެފައިވަނީ އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ވީހައި އަވަހަކަށް ޤާއިމުކޮށް އަވަސް އިންތިޚާބެއް ބާއްވައިފިނަމަ އެކަމުގެ ފައިދާ ކުރާނީ ހަމަ މިހާރުގެ ސަރުކާރަށް ކަމަށެވެ. އެމްޑީޕީ އަށް ނޫން ކަމަށެވެ.
މިކަމުގައި އެބޭފުޅުން ވިދާޅުވަނީ ރާއްޖޭގެ ޤާނޫނު އަސާސީ ކިތަންމެ ވަރަކަށް ފުރުޞަތު ދިން ނަމަވެސް ރައްޔިތުންގެ ވޯޓަކުން ހޮވާ ރައީސަކު ހޮވުން ފަސްކުރެވޭނަމަ އިޤްޠިޞާދީ ގޮތުން މައްސަލަތައް ކުރިމަތިވެ ހީނަރުކަން އަންނަވަރަކުން ދަތި ބޮޑުވާނީ ރައްޔިތުންނަށް ކަމަށެވެ. އެހާލަތުން ރައްޔިތުން ސަލާމަތް ކުރުމަށްޓަަކައި ސިޔާސީ ވިސްނުންތެރިން ޤައުމަށް އެންމެފައިދާ ހުރި ގޮތް ޚިޔާލުކުރުން ބުއްދިވެރި ކަމަށެވެ.
ރާއްޖޭގައި ތިއްބެވި އެންމެ ޤާބިލު ސިޔާސީ ވިސްނުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވަނީ “ރައީސް ނަޝީދުގެ އިސްތިއުފާ” އަކީ ވަރަށް ހުޝިޔާރު “ބްރިޓިޝް ޓްރިކެއް” ކަމަށެވެ.
ޚިޔާލަކީ ތަފާތު އެއްޗެއްކަން ޤަބޫލުކުރަމެވެ. ނަމަވެސް ކޮންމެ ޚިޔާލަކުންވެސް ޙާޞިލުކުރެވިދާނެ އިބްރަތްތަކެއް ހުންނާނެ ކަމަށްވެސް ޤަބޫލުކުރަންޖެހެއެވެ.

Comments