ގާނޫނާ ހިލާފު އަމުރުތައް-
ނަޝީދުގެ ވެރިކަން ނިމުމުގެ އެއް ސަބަބު
ނަޝީދުގެ ވެރިކަން ނިމުމުގެ އެއް ސަބަބު
ކުރީގެ ރައީސް މުހަންމަދު ނަޝީދަކީ، ގާނޫނީ އިމުގެ ބޭރުން ކަންތައް ކުރެއްވި ބޭފުޅެއް ކަމަށް ވަރަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ހާއްސަކޮށް، ޗާޓުން ބޭރުން ކަންތައްތައް ކުރައްވަން ޖެހިވަޑައިގެންފި ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ބައެއް ފަރާތްތަކަށް ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވި އެވެ. ހާއްސަކޮށް ގާނޫނަށް ތަބާވާ ފަރާތްތަކެވެ. ނަޝީދުގެ ވެރިކަން މި މަހުގެ ހަތް ވަނަ ދުވަހު ވެއްޓުނު މައިގަނޑު ސަބަބެއް ކަމަށް ގިނަ ބަޔަކު ދެކެނީ ވެސް، ގާނޫނީ އިމުގެ ބޭރުން ކުރެއްވި އެތައް ކަމެކެވެ. ފުލުހުންނާއި ސިފައިންނަށް ކުރެއްވި އަމުރުތަކެވެ.
ފުލުހުންނާއި ސިފައިން އަދި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ނަޝީދުގެ ވެރިކަން ވައްޓާލާނެ ކަމަށް ގަބޫލުކުރާނެ އެކަކު ވެސް މި ގައުމަކު ނުހުންނާނެ އެވެ. ހާއްސަކޮށް އެކަން އެންމެ ބޮޑަށް ގަބޫލުފުޅު ނުކުރައްވާނެ އެއް ބޭފުޅަކީ ވެސް ނަޝީދެވެ. އެ މަނިކުފާނުގެ ވެރިކަން ވެއްޓުނީ، ފައިސާގެ ނުފޫޒުން ކަމަށް ވިޔަސް އަދި އެހެން ކަމަކުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރިޔަސް، ނަޝީދުގެ ސަރުކާރުން ގާނޫނީ އިމުގެ ބޭރުން ކުރެއްވި ކަންތައްތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް، ފެންނަ މަންޒަރުތަކުން ހެކި ދެ އެވެ. ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ވެސް ފުލުހުންނާއި ސިފައިންގެ މައިގަނޑު އެއް އާދޭހަކަށްވީ، ގާނޫނާ ހިލާފު އަމުރުތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރަމުން ދިއުމެވެ.
ސުޕްރީމް ކޯޓުގައި ތަޅު އަޅުވައި، ފުލުހުންނާއި ސިފައިން އޭގެ ތެރޭގައި އަމަލީ ގޮތުން ބައިވެރިކޮށްފައިވެ އެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރާ ޒާތުގެ ކަމެއް ނޫނެވެ. ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތަށް ކަންތައްތައް ނުވުމުން ދެން ނިންމެވީ، “ގަދަ ބާރުން” ސިފައިން ނެރެ، ސުޕްރީމް ކޯޓުގައި ތަޅު އަޅުވައި، އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކުރިއަށް ގެންދިއުމެވެ. އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ވިދާޅުވެފައިވެ އެވެ.
މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނަށް ހިމާޔަތްދޭން ކަމަށް ބުނެ، ސިފައިން މެދުވެރިކޮށް އާ ރަށުގައި އެ މަނިކުފާނު ހައްޔަރުކޮށްގެން ގެންގުޅުނެވެ. އެކަމުގައި އިސް ދައުރެއް އަދާކުރީ ސިފައިންނެވެ. ކޯޓުތަކުގެ ހުކުމްތަކަށް ބަލާއިރު އެއީ ވެސް ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފު ކަމެކެވެ. ޔާމީން ހައްޔަރުކޮށްގެން ގެންގުޅުނީ، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ނަޝީދުގެ އަމުރަށް ކަމަށް އެ މަނިކުފާނު ވަނީ މީޑިއާތަކުގެ ކުރިމަތީގައި ވިދާޅުވެފަ އެވެ. މީގެ އިތުރުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް، ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެކަން ކުރި ސަބަބު މިއަދާ ހަމައަށް ވެސް ސާބިތު ކުރެވިފައެއް ނެތެވެ. އެ ވެސް ސަރުކާރުން ސިޔާސީ ބޭނުމެއްގައި ކުރި ކަމެކެވެ.
މިއީ މީގެ ދުވަސްތަކެއް ކުރިން، ނަޝީދުގެ ސަރުކާރުން ގާނޫނީ އިމުގެ ބޭރުން ކޮށްފައިވާ ކަންތައްތަކެވެ. މިއީ ގާނޫނީ އިމުގެ ބޭރުން ކޮށްފައިވާ ކަންތައްތަކެއް ކަމަށް ބާރު ލިބެނީ ކޯޓުތަކުގެ ހުކުމްތަކުންނާއި ޕްރޮސެކިއުޓަ ޖެނެރަލްގެ ވާހަކަތަކުންނެވެ. ފަނޑިޔާރުގެތައް ގަބޫލު ނުކުރައްވާ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އެ ތަންތަން އުފައްދާފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ބޭރުން ކަމަށް، ރާއްޖޭގެ އެންމެ މަތީ ކޯޓުން ކަނޑަނާޅާހާ ހިނދަކު، ފަނޑިޔާރުގެތަކުގެ ނިންމުންތައް ބަލައިގަންނަންޖެހެ އެވެ.
ނަޝީދުގެ ވެރިކަން ވެއްޓެން މެދުވެރިވަމުން ދިޔައީ، ގާނޫނާ ހިލާފު އަމުރުތައް ކަމަށްވާއިރު އޭގައި މުހިންމު ދައުރެއް އަދާކުރީ، ގާނޫނީ އިމުގެ ބޭރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު، ހައްޔަރުކޮށްގެން ސިފައިން ގެންގުޅުނު މައްސަލަ އެވެ. ސިފައިންގެ ތަމްރީނު މަރުކަޒެއްގައި، 22 ދުވަސް ވަންދެން އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ބެހެއްޓީ، ގާނޫނު އަސާސީގެ ބޭރުން ކަމަށް ނިންމައި އޭނާ ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ވެސް ނަޝީދުގެ ސަރުކާރުން ތަބައެއް ނުވި އެވެ. ދަށު ކޯޓުތަކުގެ ހުކުމަށް ވެސް ތަބައެއް ނުވި އެވެ. އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދިނުމަށް ތަކުރާރުކޮށް ސިފައިންގެ މައްޗަށް ކުރި އަމުރަށް، އެމްއެންޑީއެފުން ދިނީ ބީރު ކަންފަތެކެވެ. އެންމެ ފަހުން އެމްއެންޑީއެފްގެ އިސްވެރިން ކޯޓަށް ހާޒިރުވުމަށް ކުރި އަމުރުތަކަށް ވެސް ކިޔަމަން ނުވެ ފެނިގެން ދިޔައީ އިސްތިއުނާފުގެ މަރުހަލާއަށް ދިޔަ ތަނެވެ. ސިފައިންގެ މައްޗަށް ގާނޫނު އަސާސީ އާއި ގާނޫނަކީ އެއްވެސް އެއްޗެއް ނޫން ކަމަށް ދޭހަވާ އެތައް ކަމެއް، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ނަޝީދު ކުރެއްވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން، މާލެ ތެރޭގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާތަކުގެ ތެރެއިން، އެންމެ ފަހުން ބޭއްވި މުޒާހަރާގައި، ކަންތައްތައް ބޮއްސުންލައިގެން ދިއުމަކީ، ނަޝީދަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމެވެ. ނަޝީދުގެ ސަރުކާރަށް ތާއީދުކުރާ މީހުންނާއި އިދިކޮޅު މީހުން، އެއް ބަޔަކު އަނެއް ބަޔަކަށް، މާރާމާރީ ހިންގަން، ދޫކޮށްލުމަށް ފަހު، އެ ސަރަހައްދަށް ދިޔަ ފުލުހުން އަނބުރާ ދިއުމަށް، ކޮމާންޑްކުރި ހިސާބަކީ، ފުލުހުން ހަތިޔާރު ބަހައްޓައި، ނަޝީދުގެ ވެރިކަމާ ދެކޮޅަށް ފާޅުގައި ނުކުންނަން ޖެހުނު މައިގަނޑު އެއް ސަބަބު ކަމަށް ފުލުހުންގެ ގިނަ ބަޔަކު މިއަދު ވެސް ގަބޫލުކުރެ އެވެ. އަދި އެ މުޒާހަރާގެ ތެރެއަށް ސިފައިން ވައްދައި، ސިފައިންނާ ފުލުހުންނާ ދެމެދު ވެސް ޒުވާބުތަކެއް ހިނގަން މެދުވެރިވި އެވެ.
ސިފައިންނާއި ފުލުހުން ނުކުމެ، ސަރުކާރެއް ވައްޓާލުމަކީ، އެންމެ ރަނގަޅު ގޮތް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެހެން ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެއީ ވެދާނެ ކަމެއް ކަމަށް ގަބޫލު ކުރަންޖެހެ އެވެ. ނަޝީދުގެ ފުރާނަ ދުއްވާލަން، ސިފައިންގެ ތެރެއިން ބަޔަކު އަބަދުވެސް ރާވަމުންދާ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވި ނަމަވެސް، ރައީސް ކަމުގައި ހުންނެވި ދުވަސްވަރު، ނަޝީދު އެންމެ އިތުބާރު ކުރެއްވީ ސިފައިންނަށްކަން ވަރަށް ރަނގަޅަށް އެނގެ އެވެ. ކޮންމެ ސަބަބަކާ ހެދި ނަމަވެސް، މިހާތަނަށް ޔާމީނާއި އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ މިލިޓަރީ ބޭނުން ކޮށްގެންނެވެ. ހަގީގަތުގައި، ގާނޫނާ ހިލާފަށް ކަންތައްތައް ކުރާނަމަ އެ ބަޔަކު ހައްޔަރުކޮށް ފިޔަވަޅު އަޅަން ޖެހެނީ ފުލުހުން ކަމަށްވީ ނަމަވެސް ސިފައިން އޭގެ ތެރެއަށް ވެއްދި ސަބަބުތަކަށް ވެސް ބަލާލަންޖެހެ އެވެ.
ގާނޫނީ އިމުގެ ބޭރުން ނަޝީދު ކަންތައްތައް ކުރެއްވި ކަމަށް، އެ މަނިކުފާނުގެ ޕާޓީގެ ބޭފުޅުން ވެސް ގަބޫލު ކުރައްވަ އެވެ. ވެރިކަން ވެއްޓުނުތާ 24 ގަޑިއިރު ވެސް ނުވަނީސް، ނޮޅިވަރަމް ދާއިރާގެ އެމްޑީޕީ މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވެފައި ވަނީ، ގާނޫނީ އިމުގެ ބޭރުން ކަންތައްތައް ކުރަންވަން ނަޝީދަށް މަޖުބޫރުވެ ވަޑައިގެންނެވި ކަމަށެވެ. އަދި އެކަން ނަޝީދު ކުރެއްވީ، އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުންގެ ދަރިންނާއި ދަނބިދަރިން ހިމާޔަތްކުރެއްވުމަށް އައި ޕްރެޝަރުތަކާ ގުޅިގެން ކަމަށް ވެސް ކާނަލް ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ނަޝީދަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތީ، އެމްޑީޕީގައި ތިބި، ތައުލީމީ ބޭފުޅުންނަށް ބަސް ވިދާޅުވުމުގެ ފުރުސަތު ނުލިބި، ހަރުކަށި ހިޔާލުގެ މީހުންނަށް ފުރުސަތު ބޮޑުވުމުންނެވެ.
ނަޝީދުގެ ވެރިކަން ވެއްޓުނު ފަހު ސިކުންތުގައި ވެސް، އެކަމުން ސަލާމަތް ވުމަށް އެ މަނިކުފާނަށް ފުރުސަތު ލިބިވަޑައިގަތް ކަމަށް ފެންނަ މަންޒަރުތަކުން އެނގެ އެވެ. ސިފައިން ބައެއް އިސްވެރިން ވެސް އެކަން ގަބޫލުކުރައްވަ އެވެ. އެ ގޮތުން އޭރު ހައްޔަރުކޮށްފައި ހުރި އަބްދުﷲ ގާޒީ ދޫކޮށްލުމާއި، ފުލުހުންނާއެކު، މަޑުމައިތިރިކޮށް، މުއާމަލާތް ކުރެއްވި ނަމަ، ނަޝީދު ސަލާމަތްވެ ވަޑައިގަތީސް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ފުލުހުންގެ ރުޅިވެރިކަން އެރޭ ހުރި މިންވަރު ކިތަންމެ ރަނގަޅަށް ވެސް ފާހަގަވި އެވެ. އެކަމަކު އެ މީހުންގެ ކުރިމައްޗަށް އެ ރޭ ފަތިހު ނަޝީދު ވަޑައިގެން ވާހަކަ ދެއްކެވީ، އެއަށް ވުރެ ހަރުކަށި ގޮތަށެވެ. ނަތީޖާއަކަށް ވީ، “ނޯ ސަރ” ކިޔަން ފުލުހުންނަށް މަޖުބޫރުވުމެވެ. އެއާއެކު އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު، ފުލުހުންނާ ވާހަކަ ދެއްކެވުމަށް ވަޑައިގަތުމަށް ފުލުހުން ތަކުރާރުކޮށް އެދުމުން އެއަށް ވެސް އިޖާބަދިން ތަނެއް ނުފެނުނެވެ. ފަސީހު ވެސް ޝަރުތެއް ކަނޑައެޅުއްވުމާއެކު، އަދި ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން ވެސް ގޮތްދޫނުކުރުމުން އެ ފުރުސަތު ވެސް ބަންދުވީ އެވެ.
ނަޝީދުގެ ވެރިކަން ވެއްޓުމުގައި އެކި ފަރާތްތަކުން ތަފާތު ސަބަބުތައް ދައްކަމުން ގެންދިޔަ ނަމަވެސް ގާނޫނާ ހިލާފު އަމުރުތައް ނަޝީދުގެ ސަރުކާރުން ކުރަމުން ދިޔަކަމީ، ފެންނަން އޮތް ހަގީގަތެކެވެ. ގާނޫނާ ހިލާފު ކަންތައްތައް ގިނަވަމުން ދިއުމަކީ، ހާލަތު ބަދަލުވި މުހިންމު ސަބަބެކެވެ.
ރިޕޯޓް : ހަވީރު ހަމްދޫން

ބާކީ
Comments