ޓީޗަރުން ޗުއްޓީއަށް ފުރާވަޑައިގެންފި
ރަށު މަދަރުސާގައި މަަސައްކަތް ކުރައްވާ ހުރިހައި ބިދޭސީ ޓީޗަރުން މިއަދު އެބޭފުޅުންގެ ގައުމަށް ފުރައިވަޑައިގަތުމަށް މާލެ އަށް ދިއުމަށް ރަށުން ފުރައިފިއެވެ. މިފަހަރު ބިދޭސީ ޓީޗަރުން މާލެ ގެންދިޔައީ ކަނޑުމަގުންނެވެ. މާލެ ދިއުމަށް ފުރީ ހުވާސް ބޯޓްންނެވެ. އަމިއްލަ ގޮތުން ބައެއް ޓީޗަރުން ކާވިޔާ ބޯޓުންވެސް މާލެ ދުރުވި އެވެ. އަމިއްލަގޮތުން މާލެ ދުރުވި ބޭފުޅުން އަތުން ކެންސަލޭޝަން ފީގެ ގޮތުގައި ބޯޓްގެ ޓިކެޓް ގެ އަގު ނަންގަވަން ސްކޫލުން ޓީޗަރުންނަށް SMS ފޮނުވިއެވެ. އެކަމާ ޓީޗަރުން ތިއްބެވީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ކެންސަލޭޝަން ފީ ނެގިކަމެއް ޔަގީނެއް ނޫނެވެ. ޓީޗަރުންގެ ޝަކުވާއަކީ އެއަރ ލައިންސްތަކުންވެސް ކެންސަލޭޝަން ފީ ގެ ގޮތުގައި ނަގަނީ ޓިކެޓްގެ 15 % ކަމަށެވެ.
ޗުއްޓީގައި ބިދޭސީ ޓީޗަރުން ގައުމަށް ފުރައިވަޑައިގަތުމަށް މާލެ ދުރުވީ ވަރަށް ހިތްހަމަ ނުޖެހިއެވެ. ކާވިޔާ ފަދަ ހިތްގައިމު ބޯޓް ފަހަރު ހުއްޓާ ހުވާސް ބޯޓުން މާލެ ދާން ޖެހުމުންނެވެ.
ބައެއް ޓީޗަރުން ހިތްހަމަ ނުޖެހިގެން ފުރަންއައިސް ރުއި މަންޒަރުވެސް ފެނުނެވެ.
ހުވާސް ބޯޓުން ވަރަށް ގިނަ އަދަދެއްގެ މީހުން މާލެ ދިޔައެވެ. ބޯޓަށް ކަނޑައެޅިފައިވާ ޖާގައިގެ އިތުރަށެވެ. ހަމަޖެހިަލައިގެން 20 ގަޑި އިރުން ގަދަ ކަނޑުގައި ބޯޓްގައި ތިބެވޭނެ އިންތިޒާމެއް ނެތެވެ. މާމީހުން ގިނައެވެ. އިހަވަންދޫ ފުރިއިރުން ހޯރަފުށީ މީހުންވެސް ތިއްބެވެ. އަދި ތަކަންދޫ ، މާރަންދޫ ޓީޗަރުންވެސް ނަގާނެއެވެ.
ކަނޑުމަގުން މާލެ ގެންދާތީވެ، ޓީޗަރުންގެ ހިތް ހަމަ ނުޖެހުން ފާޅުކުރީ FB ގައި ގްރޫޕެއް ހަދައިގެންނެވެ.

ބޯޓް ފުރައިގެން ދިޔައިރުން ، މީހުންގަނޑުގެ ތެރޭގައި ޓީޗަރުން ތިއްބެވީ ދެ ކަކޫ މައްޗަށް ޖަހައިގެން އިށީދެ ވަރަށް މާޔޫސް ވެފައެވެ.
Comments