2011 ވަނަ އަހރުގެ ރިޕޯޓްފޮތް ދީފި
ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ރިޕޯޓް ފޮތް ދީފި އެވެ. 2011 ވަނަ އަހރުގެ ދިރާސީ އަހަރު ނިމޭނީ 17 ނޮވެމްބަރު ގައެވެ. ނަމަވެސް އޯލެވެލް އިމްތިހާނު 17 ވަނަ ދުވަހު އޮންނާތީވެ، ރިޕޯޓްފޮތް ދިނުން 16 ވަނަ ދުވަހު ބޭއްވީ އެވެ. ތަފާތު ގޮތަކަށެވެ. ދަރިވަރުންނަށް ރިޕޯޓް ފޮތް ހަވާލުކުރީ ބެލެނިވެރިންގެ ހާޒިރުގައެވެ. ބެލެނިވެރިން ހާޒިރު ނުވާ ދަރިވަރުންނަކަށް ރިޕޯޓް ފޮތެއް ހަވާލެއް ނުކުރެއެވެ. މިއީ ސްކޫލް ބޯޑްން ނިންމި ނިންމުމެކެވެ. ބެލެނިވެރިންނަށް ދަރިވަރުންގެ ރިޕޯޓް ފޮތް ނުފެންނާތީއާއި ދަރިވަރުން ބެލެނިވެރިންނަށް ރިޕޯޓް ފޮތް ނުދައްކާތީ އެކަމުގެ ޝަކުވާގެ ހައްލެއްގެ ގޮތުން ނިންމެވި ނިންމުމެކެވެ.
ގްރޭޑް 8،9 11، 12 ގެ ދަރިވަރުންނަށް ރިޕޯޓް ފޮތްތައް ހަވާލުކުރުމަށް ބޭއްވީ ރަސްމިއްޔާތުގައި ޝަރަފްވެރިކަން ކޮށްދެއްވީ އިހަވަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ އެވެ. މުހައްމަދު އިބްރާހީމް އެވެ. ޝަރަފްވެރި މެހްމާންގެ ވާހަކަ ފުޅުގައި ހުކުރަށް ގޮސް ދަރިވަރުން އަތިރިމަތީ ބުރުތަކުގައި ތިބޭތީވެ، އެކަމުގެ މައްޗަށް އަލިއަޅުވާ، އެއީ ނޭދެވޭ ކަމެއް ކަން ފާހަގަކޮށް ނަޞޭޙަތާ ވަޢުޡާއި އިރުޝާދު ދަރިވަރުންނަށް ދެއްވި އެވެ.
ގްރޭޑް 4، 5 ގެ ދަރިވަރުންނަށް ރިޕޯޓްފޮތްތައް ދިނުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރިވީ ސްކޫލް ބޯޑްގެ ވައިސް ޗެއަރމަން އަހުމަދު ޢަބުދުއްޞަމަދު އެވެ.
ގްރޑް 6 ، 7 ގެ ދަންފަޅީގައި ޝަރަފްވެރި މެހްމާނަކީ ސްކޫލްގެ ޕީޓީއޭގެ ނައިބްރައީސް މުހައްމަދު ސިރާޖެވެ.
ގްރޭޑް 1،2،3 ގެ ކުދިންނަށް ރިޕޯޓްފޮތްދީ ނަތީޖާ ފާޅުކުރުމަށް ހާއްޞަ ވަރަށް ޙާއްޞަ ރަސްމިއްޔާތެ އޮތެވެ. މިރަސްމިއްޔާތަށް ދައުވަތު ދީފައިވަނީ ކައުންސިލްގެ ރައީސް މުހައްމަދު ސަމީރަށެވެ. ނަމަވެސް އެބޭފުޅާ އާލާސްވެ އުޅުއްވާތީވެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައެއް ނުގަންނަ ވައެވެ.
މިރަސްމިއްޔާތަށް އެ ގްރޭޑްތަކަށް ކިޔަވާދެއްވާ ޓީޗަރުން ތިއްބެވީ އާ ހެދުން ފައްސަވައިގެން ނުލާހިކު ޗާލުކޮށް ނަލަހެދިގެންނެވެ.
ހުރިހާ ޓީޗަރުންނަށާއި ދަރިވަރުންނަށް އުފާވެރި ފާގަތި ޗުއްޓީ އެކެވެ. އަދަށްވުރެން މާފާގަތި ނަސީބުހެޔޮ ދުވަސްތަކެކެވެ.
Comments