Skip to main content

Sin of Homosexuality

އެއްޖިންސުން ގުޅުމުގެ ވަބާ
އިންސާނާ ކިބައިން މާތް ﷲ ފިޠުރަތު ކުރައްވާފައިވާ ހިދާޔަތުގެ ނޫރު ގެއްލިއްޖެ ކަމުގައި ވާނަމަ އޭނާގެ ސިކުނޑިންނާއި ހިތުން ފިޠުރީ ހެއު ގޮތްތަކާއި ފިޠުރަތާ ޚިލާފު ނުބައިގޮތްތަކުގެ މެދުގައި ވަކިކޮށް ދެނެގަތުމުގެ ލިޔާޤަތްތެރިކަން ގެއްލި ފޮހެވިގެން ހިނގައި ދެއެވެ. އޭނާއަށް ކަންކަމުގެ ހެވާއި ނުބައި އޮޅުން ފިލުވަން ދަތިވެދެއެވެ. ގިނަ ފަހަރަށް ފިޠުރަތާ ޚިލާފުގޮތްތަށް ރަނގަޅު ގޮތްކަމުގައި ބެލެވެން ފެށެއެވެ. އެހެން ކަމުން ފިޠުރަތާ ޚިލާފު ޝާޛު މީހުން ދެކޭގޮތުގައި ނަޖިސް ކަންތައްތަކަކީ ޠާހިރުކަންތައްތަކެވެ. އަދި ޠާހިރު ކަންތައްތަކަކީ އެމީހުންގެ ގާތުގައި ނަޖިސް، ހަޑިމުޑުދާރު ކަންތައްތަކެވެ.

އެއްޖިންސީ ގުޅުމޭ ބުނާއިރު އިހުޒަމާނުގައި މިޢަމަލު އޮތި ހަމައެކަނި ފިރިހެނުންގެ ތެރޭގައެވެ. ނަމަވެސް މިހާރު މިއޮތީ މިނުބައި ޢަމަލު އަންހެނުންގެ ތެރޭގައި ވެސް ޢާއްމު ވެފައެވެ.

އެއްޖިންސީ ބަލި އެންމެ ފުރަތަމަ ދުނިޔެއަށް ތަޢާރުފުކުރި ބައެއްކަމުގައި ވަނީ ލޫޠު ޢަލައިހިއްސަލާމުގެ ޤައުމުގެ މީހުންނެވެ. ކީރިތި ޤުރުއާނާއި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުން ސާބިތުވެ އެނގޭގޮތުގައި މިމީހުންވީ މިނުބައި ޢަމަލު ކުރުމުގައި ހައްދުފަހަނައަޅައި ގޮސްފައެވެ. އެހެންކަމުން އިސްލާމް ދީން މިޢަމަލުގެ ނުބައިކަމާއި މިކަމަކީ ﷲގެ ޙަޟުރަތުގައި ނުބައި ފާޙިޝު ޢަމަލެއްކަން އަންގަވާ ބަޔާންކުރައްވާފައި ވެއެވެ. ﷲގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ. (( وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُمْ بِهَا مِنْ أَحَدٍ مِنَ الْعَالَمِينَ (*) إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِنْ دُونِ النِّسَاءِ بَلْ أَنْتُمْ قَوْمٌ مُسْرِفُونَ )) (އަލްއަޢުރާފު : 80-81) މާނައީ: “އަދި ލޫޠު އޭނާގެ ޤައުމުގެ މީހުންގެ ގާތުގައި ބުނިބުނުން ހަނދުމަކުރާށެވެ. އޭނާ ބުންޏެވެ. ތިޔަބައިމީހުން، މީގެ ކުރީން ދުނިޔޭގެ އެއްވެސް މީހަކު ކޮށްފައިނުވާ ފާޙިޝު ޢަމަލެއް ގެނަސްގެންނަނީ ހެއްޔެވެ؟ ހަމަކަށަވަރުން ތިޔަބައިމީހުން ޝަހުވަތުގެ ގޮތުން ތިޔަބޭނުންކުރަންދަނީ އަނބިންދޫކޮފަ ފިރިހެނުންގެ ގާތަށްހެއްޔެވެ؟ ބަލަ ތިޔަބައިމީހުންނަކީ ހާދަހާވާ ހައްދުފަހަނަޅައި ދިއުން ބޮޑުބައެއްތާއެވެ.”

މިނުބައި ޢަމަލާބެހޭ ގޮތުން ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވި ބަސްފުޅެއްގައި ވެއެވެ. “ތިޔައިގެތެރޭން މީހަކަށް ލޫޠުބާގައިގެ މީހުންގެ ޢަމަލެއް ގެންނަތަން ފެނިއްޖެނަމަ، އެކަންކުރިމީހާއާއި ކަންކުރެވުނު މީހާއާ ދެމީހުން ޤަތުލުކުރާށެވެ.” (އަބޫދާއޫދު، ޙާކިމް، ޛަހަބީ) އަދިވެސް އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘުފުޅެއް އިމާމު އަޙްމަދާއި ޙާކިމް ރިވާކުރައްވާފައި ވެއެވެ. ” ލޫޠުބާގައިގެ މީހުންގެ ޢަމަލު ހިންގާ މީހަކަށް ލަޢުނަތް ހުއްޓެވެ.” އަދިވެސް އެދެބެއިކަލުން ލޮބުވެތި ރަސޫލާގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އަދި ވެސް އިތުރު މާތް ސާހިބާ ޙަދީޘުކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ އުއްމަތު މީހުނާމެދު ތިމަންކަލޭގެފާނު އެންމެ ބޮޑަށް ބިރުވެތިވެ ވަޑައިގަންނަވާ ކަމަކީ އެމީހުންގެ ކިބައިން ލޫޠުބާގައިގެ ޢަމަލު ހިންގަންފެށުމެވެ.”

މިމައްސަލައާމެދު ކީރިތި ރަސޫލާގެ ލޮބުވެތި ޞަޙާބީންނާއި ސަލަފުގެ ދަންނަބޭކަލުންގެ ބަސްފުޅުތަކަށް ބަލާލަން އެބަޖެހެއެވެ. އެބޭކަލުން މީގެ ޙުކުމާމެދު ވިދާޅުވަނީ ކީކޭތޯއެވެ. އާދެ، ދަންނަބޭކަލުންގެ އިޖުމާޢިން ސާބިތުވާގޮތުގައި މިކަމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި މިފަދަ މީހުންގެ ޙުކުމަކީ މެރުންކަމުގައި ލޮބުވެތި ރަސޫލާގެ އަޞްޙާބުބޭކަލުން އިޖްމާވެ ވަޑައިގަންނަވައެވެ. މިކަމުގައި އެމީހާ މީހަކާ އިނދެގެން ހުރި ކަމުގައި ވިއަސް ނުވަތަ ނީދެހުރިކަމުގައި ވިއަސް ހަމަހަމަވެގެންވާ ކަމުގައެވެ. ދަންނަބޭކަލުންގެ ބަސްފުޅުތަކަށް ބަލާއިރު ވެސް ހުރިހާ ދަންނަބޭކަލުން މިފަދަ މީހާގެ ޙުކުމަކީ މަރުންކަމުގައި އެއްބަސްވެ ވަޑައިގަންނަވައެވެ. ނަމަވެސް މެރުމުގެ ގޮތަކަކީ ކޮބައިތޯ މިކަމުގައި ދަންނަބޭކަލުން އިޚްތިލާފު ވެވަޑައިގަންނަވައެވެ. އިމާމުވެރިބެއިކަލުންގެ ތެރެއިން ގިނަބޭކަލުން ދެކެވަޑައިގަންނަވަނީ މުޙްޞިނެއްކަމުގައި ވިއަސް އެބަހީ ކައިވެނި ކޮށްފަ ހުރި މީހެއްކަމުގައި ވިއަސް ނުވަތަ މުޙްޞިނެއް ނޫން ކަމުގައި ވިއަސް އެބަހީ ކާވެނި ނުކޮށް ހުރި މީހެއްކަމުގައި ވިއަސް އޭނާ ޤަތުލުކުރުމަށެވެ. އަނެއްބައި ބެއިކަލުންގެ ބަސްފުޅަކީ މުޙްޞިނެއް ކަމުގައި ވިއަސް ނުވަތަ މުޙްޞިނެއް ނޫން ކަމުގައި ވިއަސް ރަޖަމުކުރުމަށެވެ. (އެބަހީ ކުދިގަލުން ތަލާ މެރުމަށެވެ.) އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ މުޙްޞިނެއްނަމަ ރަޖަމު ކުރުމަށެވެ. މުޙްޞިނެއްކަމުގައި ނުވާނަމަ ޤަތުލުކުރުމަށެވެ. އަދި ބައެއް ޢިލްމުވެރިން އުސްތަނަކުން ވައްޓާ މަރާލުމަށް ވެސް ވިދާޅުވެއެވެ. މިކަމުގައި އެޅުނު މީހާއާއި އެޅެވުނު މީހާގެ ތަފާތެއް ނެތްގޮތަށެވެ. މާތް ﷲގެ ޙަޟުރަތުން ލޫޠުބާގައިގެ މީހުންގެ ސަޒާއެއްކަމުގައި ލައްވާފައިވަނީ އެމީހުންގެ ރަށް އެފުށް މިފުށަށް ޖައްސަވައި ހަލާކުކޮށްލެއްވުމެވެ. ﷲ ވަޙީ ބަސްފުޅުގައި އައިސްފައިވަނީ މިފަދައިންނެވެ. (( فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِنْ سِجِّيلٍ مَنْضُودٍ (*) مُسَوَّمَةً عِنْدَ رَبِّكَ وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ )) (ހޫދު: 82-83) މާނައީ: “ދެންފަހެ އަހުރެންގެ(އެބަހީ ﷲގެ) އަމުރުފުޅު އައިހިނދު އެރަށް އެފުށްމިފުށަށް ޖައްސެވީމެވެ. އަދި އެރަށަށް ނަރަކައިގެ ގިނިހިލައިގެ ވާރޭ ވެއްސެވީމެވެ. ކަލޭގެވެރި ރަސްކަލާނގެ ޙަޟުރަތުން އައި ކޯފާއެއްގެ ގޮތުގައެވެ. އެކޯފާއަކީ އެއްގޮތަކަށް ވެސް މިފަދަ ފާފަވެރިންގެ މައްޗަށް އައުން ދުރުގައިއޮތް ކަމެއްނޫނެވެ.”



މިބަލީގެ ސަބަބުން އަތުވެދާނެ ނުރައްކާތައް :

މިކަމުގައި ހުރި ނުރައްކާތަކާއި ގެއްލުންތަކަށް ބަލާއިރު މީގައި ތަފާތު އެތަކެއް ގެއްލުންތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ދީނީ ގޮތުން ހުރި ގެއްލުންތަކާއި ޚިލްޤީގޮތުން ހުރި ގެއްލުންތަކާއި ނަފްސާނީ ގޮތުންނާއި ޞިއްޙީގޮތުން ހުރި ގެއްލުން ހިމެނެއެވެ.

ދީނީގޮތުން ހުރި ގެއްލުންތަކަށް ބަލާއިރު، މިއީ ﷲ ނަހީ ކުރައްވާފައިވާ ބޮޑު ފާފައެކެވެ. އެއިލާހުގެ ނަހީއަކަށް އަރައިގަތުމެކެވެ. އަޅުވަންތަކަމުން ބޭރުވެ ބޯލެނބުމުން އެއްކިބާވެގަތުމެކެވެ. ﷲގެ އެއްކައުވަންތަކަމާ ޢަމަލީގޮތުން އިންކާރުކުރެވި ތިމާއަކީ އަމިއްލައަށް އުފެދިފައިވާ މީހެއްކަމުގައި ދަޢުވާ ކުރެވުމެވެ. އިމާމް އިބްނު ޤައްޔިމް ވިދާޅުވާ ގޮތުގައި ޒިނޭއާއި އެއްޖިންސީ ގުޅުމަކީ ނަޖިސްތަކުގެ ތެރެއިން އަރާހުރި ނަޖިހެވެ. އެއިން ހިތްފާސިދުކޮށް މަރާލައެވެ. އަޅުވަންތަކަމުން މީހާ ބޭރުކޮށްލައެވެ. ކަލާނގެއަކީ ތިމާގެ އެދުންކަމުގައި ވެދެއެވެ. ﷲ ދޫކޮށްލައެވެ. ތިމާގެ ލޯތްބާއި އެދުންވެރިކަމުގެ ކުރިމަތީގައި ހުރިހާ ބޭނުންތަކަކަށް ވުރެން އެކަން އިސްކުރެވެއެވެ. އެހެންކަމުން ﷲއަށް ޝިރުކުކުރުމާއި ފާޙިޝު ޖިންސީ ޢަމަލުތައް ގުޅިގެދެއެވެ.

މިކަމުގައި ހުރި ޚިލްޤީ ގޮތުން ލިބޭ ގެއްލުންތަކަށް ބަލާއިރު ވަރަށް ގިނައެވެ. އޭގެތެރޭގައި އެއްކަމަކީ ފިޠުރަތުގެ ރީތިގޮތުން އެއްކިބާވުމެވެ. ލަދުޙަޔާ ގެއްލުމެވެ. ދޫނުބައިވުމެވެ. ހިތްކާފަރުވެ މަރުވުމެވެ. ޠާހިރު ޢިލްމުން މަޙްރޫމު ވުމެވެ. މުރޫވައްތެރިކަން ނެތިގޮސް، ތިމާގެ ކިބައިގައި ފިޠުރީ ގޮތުން ލައްވާފައިވާ ފިރިހެން ވަންތަކަން ނުވަތަ އަންހެން ވަންތަކަން ގެއްލިގެން ދިއުމެވެ. ކުށްތަކަށާއި ޖަރީމާތަކަށް އަރައިގަތުމަށް ލޯބިއުފެދުމެވެ. ޢިއްޒަތުއް ނަފްސު ވެއްޓުމެވެ. ރީތި ކަންކަން ކުރުމުގެ ޝައުޤުވެރިކަން ހިނގައިދިއުމެެވެ.

ނަފްސާނީ ގޮތުން ހުރި ގެއްލުންތަކަށް ބަލާއިރު ހިތުގައި ބިރުވެތިކަން އުފެދުމާއި ހިތްހަމަނުޖެހުމާއި ހަމަހިމޭންކަން ނުލިބުމާއި ނަފްސާނީ ބަލިތަކާއި ކުރިމަތިލާން ޖެހުމާއި އެކަހެރިކަން އިހްސާސްވުމާއި އިޖްތިމާޢީ ވޭންތައް ތަޙައްމުލުކުރަން ޖެހުމާއި ޖިންސީ ނުކުޅެދުން ވާރުތަ ކުރުމާއި ޖިންސީ ތަފާތު ބަލިތައް ޖެހުމާއި ފާފައަށް އަރައިގަންނަކަމުގެ އިޙްސާސްތައް އުފެދި ނުތަނަވަސްކަމުގެ ދުނިޔެއަށް މީހާއަށް އާދެވުމާއި އަބަދުމެ ނާއުއްމީދުކުރާ މީހެއްގެ ގޮތުގައި އުޅެންޖެހުމާއި ބޮޑެތި ވަބާތަކާ ކުރިމަތިލާންޖެހުން ހިމެނެއެވެ.

މިކަމަކީ ޞިއްޙީގޮތުން ވެސް އެހާބޮޑެތި ގެއްލުންދޭކަމެއް ކަމުގައި ޢިިލްމުވެރިން ބަޔާންކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ފިރިހެނަކު ނަމަ އަންހެނުންގެ ބޭނުން ހިފުމުން އަދި އަންހެނަކުނަމަ ފިރިހެނުންގެ ކިބައިން ލައްޒަތު ހޯދުމުން ހިތްކެޑި ދެއެވެ. ފިޠުރަތުގެ ސާފުގޮތް ގެއްލިދެއެވެ. ހިތުގެ ބަލިތަކުގެ އިތުރުން ތިމާގެ ހަށިގަނޑުގެ ޖިންސީ ގުނަވަންތަކުގައި ތަފާތު ޢައިބުތައް އުފެދިދެއެވެ. ތަފާތު ނުރައްކާތެރި ބަލިތަކަށް ވާރުތަވެދެއެވެ. ޚާއްޞަކޮށް އެއިޑްސް ފަދަ ނުރައްކާތެރި ބަލިތަކަކީ މިފަދަ މީހުންގެ ގާތް އެއްޗަކަށް ވެދެއެވެ. ﷲގެ ކޯފާގެ ތެރޭގައި ނުރައްކާތެރި ބަލިތައް ޢާއްމުކުރެއްވުން ހެމެނިފައި ވުމީ ޝައްކެއް ހުރި ކަމެއްނޫނެވެ. އެއިޑްސްގެ ބައްޔަށް ބަލާއިރު މިނުރައްކާތެރި ވަބާ ޖެހިފައިވާ މީހުންގެ ތެރެއިން 95 % އަކީ އެއްޖިންސީ ގޮޅުން ހިންގާ މީހުންކަމުގައި ދިރާސާތަކުން ސާބިތުވާން އެބަހުއްޓެވެ. (މާތްﷲ އަޅުގަނޑުމެން މިވަބާއިން ސަލާމަތް ކުރައްވާށިއެވެ.)



މިބަލިން ސަލާމަތްވުމަށް ޓަކައި އެޅިދާނެ ރައްކާތެރިކުރަނިވި މަގުތައް:

މިނުރައްކާތެރި ބަލިން ސަލާމަތްވެގަތުމަށް އިސްލާމް ދީނުގައި ތަފާތު މަގުތައް ދައްކުވާދީފައި ވެއެވެ. އޭގެތެރޭން އެއްކަމަކީ އިޚްލާޞްތެރިކަމާއެކު ތައުބާ ވުމެވެ. ހިތްނިޔަތް ޚަލާސްކޮށް މީހާ ވާތައުބާ މާތް ﷲ ލަހެއް ފަހެއް ނުކުރައްވާ ޤަބޫލު ކުރައްވާނެއެވެ. މިކަމުން ދުރުހެލިވުމަށް ނިޔަތްގަނެ ޚާލިޞްވުމެވެ. ތިމާގެ ހަވާނަފްސުގެ އެދުމުން އެއްކިބާވެގަތުމުގައި ކެތްކުރުމާއެކު ނަފްސާ އިދިކޮޅަށް ޖިހާދު ކުރުމެވެ. ފަރުޟު ފަސްނަމާދަށް ބަރާބަރަށް ރައްކާތެރިވުމެވެ. ގިނަގިނައިން ރޯދަ ހިފުމަށް ސަމާލުކަން ދިނުމެވެ. ކީރިތި ޤުރުއާން ކިޔެވުމާއި އަޑުއެހުން ގިނަކުރުމެވެ. ތިމާގެ ބެލުންތައް ނުބައި ގޮތުގައި ތިމާގެ ބެލުންތައް ބޭނުން ނުކޮށް ހިނގައި ބިނގައި އުޅޭއިރު ތިމާގެ ބެލުން ތިރިކުރުމެވެ. ޝަހުވާނީ އެދުންތަކަށް ލޯބިޖެހުމަށް މަގު ފަހިކޮށް ސަބަބުތަކުން ދުރުހެލިވުމެވެ. އެފަދަ ރައްޓެހިންނާއި ލޯބިވެރިންގެ ކިބައިން ސަލާމަތްވެ އުޅުމެވެ. ގިނަ ހުސްވަގުތުތަކުން އެއްކިބާވެ، ތިމާއަށާއި މުޖްތަމަޢަށް ފައިދާހުރި މަަސައްކަތްތަކާއި ކަންކަމުގައި މަޝްޣޫލުވެ އުޅުމެވެ. އެއިރުން ޝައިޠާނީ ވަސްވާސްތަކާއި ހިތުގެ ނުބައި އެދުންތަކުން ތިމާ ދުރުހެލިކޮށް ލަދޭނެއެވެ. ވީހާވެސް ބޮޑަށް ތިމާގެ ޢައުރަ ސަލާމަތްތެރިކޮށް ރައްކާކޮށްގެން އުޅެ، ޢިިއްފަތްތެރިކަމާއި އަބުރުވެރިކަމުގެ ގަހަނާއިން ޒީނަތްތެރިވެ އުޅުމެވެ. ކުޅިވަރު ކުޅުމަށާއިި އެނޫންވެސް މިފަދަ ޙާލަތަކާ ދިމާވިއަސް ތިމާގެ އައުރަ ދައްކައިގެން ނުއުޅުމެވެ. އަނެކުންގެ އައުރައަށް ބަލައި ހިތްނުތަނަވަސް ވިޔަ ނުދިނުމެވެ. ރީތިވުމާއި ޒީނަތްތެރިވުމުގައި މެދުމިންވަރެއް އިޚްތިޔާރުކުރުމާއެކު އެކަމުގައި ހައްދުފަހައަޅައި ނުދިއުމެވެ. ހެދުން ލުމުގައި ޝަހުވަތުގެ މަގަށް ދޮރުކޮށާލަދޭފަދަ ހެދުން ތަކުން އެއްކިބާވެ އުޅުމެވެ. ބޮލުގެ އިސްތަށިގަނޑު ބެހެއްޓުމުގައި ހައްދުފަހަނަޅައި ނުދިއުމެވެ. ފިރިހެނުން އަންހެނުންނާ އެއްގޮތްވާފަދަ ގޮތަކަށް ބޯ ނުބެހެއްޓުމެވެ. އަދި އަންހެނުން ބޯކަނދުރާއާއި ހަމައަށް ކޮށައި ކުރުކޮށް ފިރިހެނުންގެ ސިފަޖައްސައިގެން ނޫޅުމެވެ. ހަމަ އެއާއެކު ހީނ ސަމާސާކުރުމާއި ކުޅިމަޖާކުރުން ގިނަ ނުކުރުމެވެ. ފިރިހެނުންނާއި އަންހެނުން މަސްހުނިވެ އުޅުމުގެ ފުރުޞަތު ނުހޯދުމެވެ. އަދި ޖިންސީ ބައްޔަށް މަގުދައްކާފަދަ ބަޔަކާ ގައިގޯޅިވެ ނެހެދުމެވެ. އެފަދަ ކަމަކަށް ހިތްކިޔާފަދަ ބަޔަކާއެކު ނޫޅުމެވެ. އެކުވެރި ރަޙްމަތްތެރިންގެ ގޮތުގައި އަޚްލާޤާއި ސުލޫކު ރަނގަޅުމީހުން އިޚްތިޔާރު ކުރުމާއެކު ނުބައި އާދަކާދަތަކުގެ އަހުލުވެރިންނާ އެކުނޫޅެ ދޫކޮށްލުމެވެ. އެފަދަ މީސްމީހުންގެ ބިރުދެއްކުންތަކުންނާއި އިންޒާރުތަކާއި ކުރާ ޖެއްސުންތަކަށް ޖެހިލުންނުވެ ތިމާއަކީ ކެރޭ ޖެހިލުންކުޑަ މީހަކަށް ވުމެވެ. ތިމާގެ ޝަޚުޞިއްޔަތު ހަރުދަނާކޮށް، ތިމާގެ ކިބައިގައިވާ ބަނިޔާދަންކަން ވަރުގަދަ ކުރުމެވެ. ތިމާގެ ކިބައިން ފިނޑިކަމާއި ކަންނެތްކަން ދުރުކޮށްލުމެވެ. ތިމާއާ ދިމާވާ ކަންތައްތައް ހައްލުކުރުމަށްޓަކާ މައިންބަފައިންނާއި ހެއުލަފާ ގާތްތިމާގެ މީހުންނާއި ހެއުއެދޭ އެކުވެރިންނާއި މުދައްރިސުންނާއި ތިމާ އިތުބާރުކުރާ ޢިލްމުވެރިންގެ އެހީއާއި މަޝްވަރާ ހޯދާ އުޅުމެވެ. ފަރުޟު ފަސް ނަމާދަށް ރައްކައުތެރިވުމާއެކު ގިނަގިނައިން ﷲގެ ޙަޟުރަތަށް ކުއްތަންވެ ދުޢާކުރުމެވެ. އިޚްލާޞްތެރިކަން ލިބޭތޯއެވެ. ހިތްސާފުޠާހިރުކޮށްދެއްވާތޯއެވެ. ﷲގެ ލޮބުވެތި އަޅެއްގެ ގޮތުގައި ލައްވާތޯއެވެ. ތިމާގެ ޙާލަތްތައް ބަދަލުކޮށްދެއްވާތޯއެވެ. ތިމާގެ ދިރިއުޅުން ތިންބަޔަކަށް ބަހާލުމަކީ މިގޮތުން ވަރަށް ރަނގަޅު ކަމެކެވެ. އެއީ އެއްބައި މަސައްކަތް ކުރުމަށެވެ. އަނެއްބައި އަޅުކަމުގައި މަޝްޣޫލުވުމާއި ހެއުލަފާ ޞާލިޙުންނާއި މައިބަފައިންނާއެކު އުޅުމަށެވެ. އަނެއްބައި ނިދުމާ ސާފުތާހިރުވެ އުޅުމަށެވެ. މިގޮތަށް ތިމާގެ ދިރިއުޅުން ބައްޓަންކޮށްފި ކަމުގައި ވާނަމަ ﷲގެ އިރާދަފުޅާއެކު ތިމާއަކީ މިފަދަ ނުބައި ފާޙިޝު ޢަމަލުތަކުން އެއްކިބާވެ ހުރެ އެއިލާހުގެ ލޮބެވެތި އަޅެއްގެ ގޮތުގައި ދިއުޅުން ބިނާކޮށް މުޖްތަމަޢުގައި ފައިދާހުރި ރަނގަޅުމީހެއްގެ ގޮތުގައި ދިރިއުޅޭ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބޭނެ މީހެއްކަމުގައި ވާނެކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެން އެންމެން މިނުބައި ބަލިން ސަލާމަތްކުރައްވުމެވެ.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.