ރޭގައި ނިދެމުންދަނިކޮށް ރައްޓެއްސަކު އެސްއެމްއެސް ފޮނުވައިފި އެވެ. އޭގައި އޮތީ މިހެންނެވެ.
Maskiraa boat maadhama 12:30 ah ihavandhoo bandharah annane. Mi ee 40 tonne ge boate. Masverikan rangalhunama maskuruma dhachenethi maskireyne inthizam hamjassanekama fisheriesn buney.
الحمد لله ، މަސްވެރިކަން ރަގަޅުވީ އެވެ. ގިނަ ދުވަސްތަކަކަށް ފަހު އެވެ. މަސްވެރިކަން ރަގަޅުވެއްޖެ ކަމުގެ ނިޝާންތައް ވަރަށް ގިނައެވެ. މަސްކަޑާގައި ފުޅަ އަޅާނެއެވެ. މި ދުވަސްވަރު މަސްކަޑަތައް ފުޅަވެ، ކުނިވަސް ދޮވައެވެ. ރަށުގެ ބަދަރުމަތިން ކުނިވަސް ދޮވާއިރު، ރަށުތެރޭގައި ރިހާކުރުވަސް ދޮވާނެއެވެ.
ޢީދު ބަންދަށްފަހު މަސްވެރިން މަހަށް ނުކުން ދުވަހުވެސް މަސްކޮޅެއް ބެޔެވެ. މަސްވެރިން ލެފިއިރު މަސްގަންނަ ބޯޓެއް ނެތެވެ. އެދުވަހު ބޯޓް އަންނާނެކަމަށް ވަނީ ރޭގަނޑު 9 ޖެހީމައެވެ. އެހެންވެ، 6:30 ގައި ލެފި މަސްވެރިން މަސްކޮޅާއެކު ބޯޓްގެ އިންތިޒާރުގައި ތިބީ އެވެ.
ރޭގައި މަސްވެރިން މަހުން ލެފިއިރު ކުރީ ދުވަހު އައި ބޯޓް އޮތީ ރަތްބޮކި ދިއްލާފައެވެ. އެއީ މަސްގަނެވެން ނެތްވާހަކަ އެވެ. ބޯޓްގެ ޖާގަ ފުލްވެފައިވާތީ ދީފައިވާ އިންޒާރުގެ ސިގުނަލެވެ. އެހެންވެ، މަސްވެރިން ރަށަށް އައިސް މިކަމާ ހިތްހަމަ ނުޖެހިގެން ވާހަކަދައްކާ އުޅުނެވެ. މި ޚަބަރުތައް އަޑުއިއްވަންޖެހޭ ފަރާތްތަކާ ހަމަޔަށް އަޑު އިއްވިއެވެ. މަސްވެރިން ކަންބޮޑުވެ ހިތްހަމަ ނުޖެހުނީ ބޯޓް ނެތުމުގެ ސަބަބުން ލިބުނުގެއްލުން ބޮޑުކަމުންނެވެ. މަސްކިލޯއެއް ފަސްރުފިޔާއަށް ރަށަށް ވިއްކަން މަޖުބޫރުވީމައެވެ. ބޯޓުން މި އަށްވުރެން ދެގުނަ ބޮޑުކޮށް މަސްކިލޯއަކަށް ލިބޭތީ އެވެ. އެހެންވެ، ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކޮށްގެން މަސްވެރިން ބާނާ މަސްގަންނާނެ އިންތިޒާމު ހަމަޖެހޭނެ ކަމުގެ ޚަބަރު، މަށަށްވެސް އަންގާލީ އެވެ.
މަވެސް މިއުފާވެރި ޚަބަރު ތިޔަ ފަރާތްތަކާ ހިއްސާކޮށްލީ އެވެ.
Comments