އިހަވަންދޫ ބަދަރު މަރާމާތުކުރުމުގެ މަސައްކަތް ލަސްވާތީވެ ޑރ. ދީދީ ހިތާމަ ކުރައްވާ ކަމުގައި ވިދާޅުވެއްޖެ.
އިހަވަންދޫ ބަދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށި ދިގުލަމުންދާތީވެ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. އިބްރާހިމް ދީދީ ހިތާމަކުރައްވާ ކަމުގައި އެމަނިކުފާނުން ވިދާޅުވެއްޖެ އެވެ. އެމަނިކުފާނުން މިހެން ވިދާޅުވީ 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ބެހޭގޮތުން އިހަވަންދޫ ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް 9 ނޮވެމްބަރު 2010 ވަނަ ދުވަހުގެ ރޭ އިހަވަންދޫ މަދަރުސާގައި ބޭއްވީ ޖަލްސާގައެވެ. މިޖަލްސާގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ޢަބުދުﷲ ބައިވެރިވެ ވަޑައިގަތެވެ.
" އިހަވަންދޫ އަކީ މަސްވެރި ރަށަކަށްވެފައި ، މަސްވެރި އުޅަނދުފަހަރުތައް ވެސް ގިނަވެފައި، މަސްވެރިންނަށް އެންމެ ބޭނުންވާނެ އެއްމެ މުހިންމު އެއްވަސީލަތަކީ ފަޅުގެ ތަނަވަސްކަން ކަމަށް އަޅުގަނޑަށްވެސް ގަބޫލުކުރެވޭ ހިނދު މީގެ އަހަރެއްހާ ދުވަސް ކުރީން މިރަށުގައި ބޭއްވުނު މަސްވެރިންގެ ދުވަހުވެސް އަޅުގަނޑުމެން ވަރަށްބޮޑަށް އެކަމާގުޅޭގޮތުން ބޭއްވުނު ބައްދަލުވުންތަކުގަވެސް ރައްޔިތުން ޚިޔާލު ފާޅުކޮށް އެކަމުގެ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވީނަމަވެސް މިއަދާހަމަޔަށްވެސް އެކަމުގެ އަދި އަމަލީ ސިފައެއް ފެންނަމުންނުދާކަން މިރޭ އަޅުގަނޑަށްވެސް އިހުސާސްކުރެވިގެން ދިޔަކަން ވަރަށް ހިތާމަޔާއެކު ފާހަގަކޮށްލަން " ވަރަށް އަސަރާއެކު ޑރ. ދީދީ ވިދާޅުވިއެވެ.
އެމަނިކުފާނުންވިދާޅުވީ އެމަނިކުފާނުންގެ ދާއިރާއިން ބޭރުކަމަކަށްވީނަމަވެސް އެކަމުގެ ( އިހަވަންދޫ ބަދަރު މަރާމާތު ކުރުމުގެ ) ތެރެއަށް އެމަނިކުފާނުން ވަންނަ ހިސާބަށް ހިގައްޖެކަމުގައެވެ. އަދި އެވާހަކަ ( އިހަވަންދޫ ބަދަރު މަރާމާތު ކުރުގެ މައްސަލައިގެ ތެރެއަށް އެމަނިކުފާނުން ވަންނާނެ ވާހަކަ ) އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ޢަބުދުﷲ ގެ އަރިހުގައިވެސް އެރޭ ދަންނަވާފައިވާނެކަމަށް ވިދާޅުވި އެވެ.
" އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ މިކަން ( އިހަވަންދޫ ބަދަރު މަރާމާތު ކުރުން) ކޮޅެއްގައި ޖައްސާފަ ނޫނިއްޔާ އަޅުގަނޑު ދުލެއް ނުކުރާނަން " ޑރ . ދީދީ މިޖަލްސާއަށް ހާޒިރުވި އިހަވަންދޫގެ ރައްޔިތުންނާ މުހާތަބުކޮށް ވިދާޅުވިއެވެ. " އަޅުގަނޑު މިރޭ ގުޅާނަން އެމްޓީސީސީގެ ޗެއާމަންނަށް، އަޅުގަނޑު އެބޭފުޅާ ގާތުން އަހާނަން ކޮބައިހޭ ފެށޭނެ މުއްދަތަކީ. މިރޭ ޖަލްސާ ނިންމާލުމުގެ ކުރިންވެސް އެ މައުލޫމާތު ތިބޭފުޅުނަށް އަޅުގަނޑު ފޯރުކޮށްދެވޭތޯ ބަލާނަން. މިވީ ހާތަނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކަމަކާ ކުރިމަތި ލާފިއްޔާ ކޮންމެވެސް އެއްކޮޅެއްގައި ޖައްސާފަ ނޫނިއްޔާ ދޫކޮށްފައެއް ނޯންނާނެ"
އިހަވަންދޫ ބަދަރު މަރާމާތު ކުރުމަށް ބޭނުންވާ ބައެއް ވެހިކަލްވަނީ 2010 ނޮވެމްބަރ 10 ވަނަ ދުވަހުގެ ހަވީރު 5:00 ގައި އިހަވަންދޫއަށް ގެނެސްފައެވެ. އެއީ ހައިމާކަކާއި ލޯޑަރެކެވެ. އަދި ސައިޓް އޮފީސް ހަދަން ބޭނުންކުރާ ހުސްކޮންޓީނަރެކެވެ. އަދި ވެސް ބަދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް ނޭނގެއެވެ.

Comments