ދުނިޔޭގެ ބެސްޓް ލީޑަރުންގެ ތެރޭގައި ރައީސް ނަޝީދު
އެމެރިކާގެ ނިއުސްވީކު މަޖައްލާ އިން ހޮވާފައިވާ ދުނިޔޭގެ ބެސްޓް 10 ލީޑަރުންގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ މުހައްމަދު ނަޝީދު، ދެވަނަ އަށް ހިމެނިވަޑައިގެންފި އެވެ. އިހުތިރާމް ހޯއްދަވާފައިވާ ދުނިޔޭގެ 10 ލީޑަރުންގެ ލިސްޓްގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވަނީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރައްވާ ބޭފުޅުންގެ ބަޠަލެއްގެ ގޮތުގައެވެ. އަދި އެމަނިކުފާނަށް އެފަރާތްތަކުގެ ތައުރީފް ލިބިވަޑައިގެންފައިވާތީ އެވެ. ނިއުސްވީކުން އެމަނިކުފާނުން ފާހަގަ ކުރައްވާފައިވަނީ "ދަ ގްރީން ގޫރޫ" ގެ ގޮތުގައެވެ.
ކަނޑު އަޑީގައި ކެބިނެޓް ބައްދަލުވުމެއް ބާއްވަވާ، މި ދިޔަ އަހަރު އދ ން އިންތިޒާމުކުރި ދުނިޔޭގެ ކުލައިމެޓް ޗޭންޖް ބައްދަލުމުގައި ރައީސް ނަޝީދު ދުނިޔޭގެ ސަމާލުކަން ހޯއްދަވާފައިވާކަމަށާއި، ކޯޕަންހޭގަންގައި، ދުނިޔޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ގައުމަކަށް ދިވެހިރާއްޖޭ ހައްދަވާނެ ކަމަށް ވަޢުދުވެ ވަޑައިގަތުމުން ،ދުނިޔޭގެ މުއްސަނދި ބޮޑެތި ގައުމުތަކުގެ ސަރުކާރުތައް އިސްދަށަށް ޖެހިކަން ނިއުސްވީކުން ފާހަގަކޮށްފައި އެވެ. އަދި އެމެރިކާގެ ކުރީގެ ނައިބުރައީސް އަލްގޯ މޫސުމީ ބަދަލުތަކުން އިންސާނުންނަށް ލިބޭގެއްލުމާ ބެހޭގޮތުން ތަގުރީކުރައްވާއިރު ރައީސް ނަޝީދާ ހަވާލާދެއްވައި ވާހަކަފުޅު ދައްކަވާ ކަމަށްވެސް ނިއުސްވީކު މަޖައްލާއިން ފާހަގަކޮށްފައި ވެއެވެ. އަލްގޯ އަކީ ނޮބުލް ޞުލްހައިގެ އިނާމު ހާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އެޕްރީލް މަހު އދ ން " ޗެމްޕއަން އޮފް ދި އާރތް 2010" އެރުވި ހަ ބޭފުޅުންގެ ތެރޭގައިވެސް ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ.
ނިއުސްވީކް ބެސްޓް ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
1- އިނިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން
2- ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ މުހައްމަދު ނަޝީދު
3- ފްރާންސްގެ ބޮޑުވަޒީރު ނިކޮލަސް ސަކޯޒީ
4- ޗައިނާގެ ބޮޑު ވަޒީރު ވެން ޖިއަބައޯ
5- އަޔަލެންޑްގެ ބޮޑުވަޒީރު ބުރަޔަން ކޮވެން
6- ބުރެޒިލްގެ ރައީސް ލުއިސް އިނާސިއޯ ލޫޑާ ޑަ ސިލްވާ
7- ދެކުނު ކޮރެޔާގެ ރައީސް ލީ މިޔުންގ ބަކު
8- ލައިބީރިޔާގެ ރައީސް އެލެން ޖޯންސަން ސަލީފް
9- ސައުދީ ރަސްގެފާނު އަބުދުﷲ ބިން އަބުދުލް އަޒީޒު
10- ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސެން ލޫންގ
މި ފުރުޞަތުގައި ރައީސް މުހައްމަދު ނަޝީދަށް ވަރަށް އިހުތިރާމާއެކު މަރުހަބާ އާއި ޝުކުރުދަންނަވަމެވެ.
link:http://www.newsweek.com/2010/08/16/go-to-the-head-of-the-class.all.html

Comments