ޑިމޮކްރަސީގެ ވާދަވެރި ރޫޙާއި އެއްގޮތައް މުޖުތަމަޢުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޤާނޫނީ ގޮތުން ރައްޔިތުންނަށް ލިބިފައި އޮތުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަމުގެ ހައްޤު އިންތަކުން އެއްވެސް ބަޔަކު އެއްކިބާވުމެއް ނޫނެވެ. ނުވަތަ އިބްލީހުގެ ފޭރާމުން އެއްވެސް ފަރުދަކު ޖަރީވުމެއްނޫނެވެ.
ކޮންމެ ސަރުކާރެއްގެ ވެސް އެންމެ ބޮޑު ޤާނޫނީ މަސްޢޫލިއްޔަތަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. އެހެންކަމުން މުޖުތަމަޢުގެ ކަންކަމުގެ މައްޗަށް ފާޑުކިޔާއިރު، ފަރުދީ މަސްލަހަތު ހިމާޔަކޮށް ގައުމީ އެންމެ މަތީ މަސްލަހަތު ދެމެހެއްޓުމަށް ޢަޒުމު ކަނޑައަޅާށެވެ’ މިނަޒަރުން ބަލާއިރު، ވަކިން ޙާއްސަކޮށް، މުޖުތަމަޢުގެ މަސްޢޫލިއްޔަތާއި ހަވާލުވެތިބި ތަޢުލީމީ ފަރާތްތަކުން ފާޑުކިއުމުގެ މައްޗަށް ރައްކާތެރިވާން ޖެހެއެވެ. ހަޤީގަތުގައި ބިނާކުރަނިވި އުސޫލުން ސަރުކާރު ހިންގުމުގެ މައިގަނޑު ސިޔާސަތުގެ މައްޗަށް ފާޑުކިއުމަކީ، ސިޔާސީ ނަޒަރަކުން ވިސްނާއިރު، ދައުލަތް ހިންގުމުގެ ސިޔާސަތު ހަރުދަނާވެ ވެރިކަމުގެ ޙުކޫމަތު ހަރުދަނާވުމެވެ. އެހެންމެ އިސްލާމީ މުޖުތަމަޢެއްގައި ފިޠުރީ ހަމަތަކުގެ މައްޗަށް ތަވާޒުނުވެ ދީނުގެ އަސްލުތައް ކިނލަބުނުވާ ޙާލުގައި ތިބެ އެބައެއްގެ ވެރިކަމާއި އަދި ސުލަޙަވެރި އަދި އިންސާނީ ފިކުރިއްޔާތާއި ގުޅުންހުރި ވެރިކަން ހިންގުމުގެ ޤާނޫނީ ބާރުތައް ސައްޙަ ކުރުމުގެ ނިޔަތުގައި ބިނާކުރަނިވި އުސޫލުން ސަރުކާރަށް ފާޑުކިއުމަކީ، މުޖުތަމަޢުގެ ކަންކަން އިސްލާޙުވުމުގެ މައްޗަށް އޮތް ވަރަށް މުހިއްމު އަސާސީ ރުކުނެކެވެ. އެއީ މުޖުތަމަޢު ފިތުނަވެރި ކުރުވާ ސިޔާސީ ބަހާއަކަށް ނަހަދާށެވެ’ ފާޑުކިއުމަކީ، މުޖުތަމަޢުގެ އެންމެހާ ކަންކަން އިސްލާޙް ވުމުގެ މައްޗަށް އޮތް މިފަދަ މުހިއްމު އަސާސީ ޤައުމީ ރުކުނަކަށް ވީހިނދު، ސިޔާސީ ގޮތުން ފާޑުކިއުމުގެ ހަމަތަކާއި ލަމަތައް ދޫކޮށް، އެއްވެސް ބަޔަކު ތިމާމެންގެ އަމިއްލަ ޒާތީ މަސްލަޙަތް ހިމާޔަށް ކުރުމުގެ ނިޔަތުގައި ނުވަތަ ތިމާމެންގެ އަތުންވެރިކަން ޤާނޫނީ ހަމަތަކުގެ މަތިން ބަދަލު ވެއްޖެކަން އެނގޭހާލު ވެސް ނުވަތަ ވެރިކަމުގެ ދަހިވެތިކަމުގައި ސަރުކާރަށް ފާޑުކިއުމީ މުޅިއުއްމަތް ފަސާދަކޮށް ލުމެވެ.
Comments