ރައީސް ނަޝީދުގެ ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދެއްވައިފި
ވަޒީރު ބޭފުޅުންގެ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅާ ކަމަށް ވިދާޅުވެ، ރައީސް އާއި ނައިބު ރައީސް ފިޔަވައި މުޅި ކެބިނެޓް އިސްތިއުފާ ދެއްވައިފި އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ހާޒިރުގައި ކެބްނެޓްގެ 14 ވަޒީރު ބޭފުޅުން ވެސް ވަނީ ރައީސް ނަޝީދަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފަ އެވެ. އަދި ކޮންމެ ބޭފުޅެއްގެ ވެސް ސިޓީފުޅު ވަކިވަކިން ރައީސް ނަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ވިދާޅުވެފަ އެވެ.

އެ ބޭފުޅުންގެ އިސްތިއުފާއާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ ބޭފުޅުން އިސްތިއުފާ ދެއްވީ އެ ބޭފުޅުންގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަމުންގެންދާވާތީ އެ ބޭފުޅުންގެ މަސައްކަތްތައް ކުރިއަށް ގެންދެވެން ނެތިގެން ކަމަށެވެ. އަދި މިނިސްޓަރުންނަށް ކުރިމަތިވާ ހުރަސްތަކުގެ ޝަކުވާ އެބޭފުޅުން ހުށަހެޅުއްވުމުން އެމައްސަލަ މިހާރުން މިހާރަށް ވެސް އެމަނިކުފާނާއި ނައިބު ރައީސް އާ ދެ ބޭފުޅުން ވެގެން ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވައިގެން ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު އަދި ވިދާޅުވީ ރިޔާސީ ވެރިކަމެއްގައި މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ސިޔާސީ ޕާޓީ އަކަށް ލިބިފައި އޮތުމަކީ ވެރިކަން ހިންގުމަށް ހުރަސްއެޅޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުގައި ތިއްބެވި ހުރިހާ ކެބިނެޓް މިނިސްޓަރުން އެއްފަހަރާ އިސްތިއުފާ ދެއްވުމުން އެއީ މިސަރުކާރުގެ މަސައްކަތް ފެއިލްވީ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކެބިނެޓްގައި ތިއްބެވި ވަޒީރު ބޭފުޅުން އިސްތިއުފާ ދެއްވުމަށްފަހު ނުކުމެވަޑައިގެން ބައެއް ވަޒީރުން ވަނީ އެ ބޭފުޅުންގެ އިސްތިއުފާއާ ބެހޭގޮތުން ވާހަކަފުޅުއް ދައްކަވައިފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަފުޅަށް ފުލުހުންގެ އިދާރާ އަށް ވަޑައިގެން ވަޒީރުންނަށް މި ސަރުކާރު ހިންގުމުގައި ދަތިވެފައިވާ މައްސަލަ ތަޙްޤީޤްކޮށްދެއްވުމަށް އެދި އެ މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅުއްވައިފަ އެވެ.
ރައީސް ނަޝީދު މިމައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހެޅިތާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރ އަދި ޕީއޭގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ ދޫނިދޫ އަށް ގެނެސްގޮސްފަ އެވެ.

Comments