ޔޫނުސް ގެފާނު ވާހަކަ.
ޔޫނުސްގެފާނަކީ ސަލާމްލެއްވި ދާވޫދުގެފާނަށްފަހު، އަދި ސަލާމްލެއްވި ޢީސާގެފާނުގެ ކުރީގައި ފޮނުއްވުނު ރަސޫލެކެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ. ” ހަމަކަށަވަރުން ޔޫނުސްގެފާނު ވަނީ ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.” (އައްޞާއްފާތު 139)
ތާރީޚުގެ ޢިލުމްވެރިން ޔޫނުސްގެފާނުގެ ނަސަބުފުޅެއް ލިޔުއްވާފައެއް ނުވެއެވެ. ހަމައެކަނި އެނގެން އޮތް މިންވަރަކީ، އެކަލޭގެފާނަކީ ޔޫނުސް ބުން މައްތާ ކަމުގައެވެ. އަދި މައްތާ އަކީ އެކަލޭގެފާނުގެ މައިކަމަނާ ކަމުގައި ބުނެވެއެވެ. ނަބިއްޔުންނާއި ރަސޫލުންގެ ތެރެއިން އެބޭކަލުންގެ މައިކަބަލުންނަށް ނިސްބަތްވެގެންވަނީ ހަމައެކަނި ދެބޭކަލެކެވެ. އެއީ ސަލާމްލެއްވި ޔޫނުސްގެފާނާއި ސަލާމްލެއްވި ޢީސާ ބުން މަރުޔަމް އެވެ. އަދި ޤުރްއާންގައި ނަންގަނެވިގެންވާ ޛުންނޫން އަކީވެސް ޔޫނުސްގެފާނެވެ.

އަހުލުކިތާބީންގެ ފޮތްތަކުގައި އެކަލޭގެފާނުގެ ނަންފުޅެއްކަމުގައިވަނީ ޔޫނާން ބުން އަމްތާއީ އެވެ. އެބައިމީހުން ބުނާގޮތުގައި ސަލާމްލެއްވި ޔޫނުސްގެފާނަކީ ބަނީ އިސްރާއީލުގެ ނަބިއްޔެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅު ނިމެނީ ޔަޢުޤޫބުގެފާނުގެ ދަރިކަލުން އަދި ޔޫސުފްގެފާނުގެ އަޚާ ކަމުގައިވާ ބިންޔާމީންއަށް ކަމުގައިވެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ﷲ ޞުބުޙާނަހޫ ވަތަޢާލާ ޔޫނުސްގެފާނު ރަސޫލުކަމައިގެން ފޮނުއްވީ “ނައިނަވާ” އޭ ކިޔުނު ރަށެއްގެ އަހުލުވެރިންގެ ގާތަށެވެ. ނައިނަވާއަކީ އާޝޫރީންގެ ހިސާބުގަނޑުގައި އޮންނަ މޫޞިލްއޭކިޔޭ ރަށާއި ކައިރީގައި، ދިޖިލާ ކޯރުގެ އައްސޭރިފަށުގައި އޮންނަ ރަށެކެވެ. އަދި މިޒަމާނުގައި މޫޞިލްއާއި، ދިޖިލާ ކޯރަކީ ޢިރާޤުގެ ތަންތަނެވެ.
ނައިނަވާ އަކީ އެޒަމާނުގައި ޢާޝޫރީންނޭ ކިޔުނު ދައުލަތެއްގެ ވެރިރަށް ކަމުގައިވެސް ބުނިވިގެންވެއެވެ. އޭޝިޔާގެ ގިނަ ސަރަހައްދުތައް އެދުވަސްވަރު ވީ އެ ދައުލަތުގެ ބާރުގެ ދަށުގައެވެ. އެދުވަސްވަރު، މެދު އިރުމަތީގެ ރައްތަކުގެ ތެރެއިން އެންމެ މުއްސަނދި، އަދި އެންމެ ތަހުޒީބުވެފައިވާ ރަށަކީ އެއީއެވެ. ރިޒުގު ތަނަވަސްވުމާއި، މުއްސަނދިކަމުގެ ސަބަބުން އެބައިމީހުންގެ ތެރޭގައި ﷲ ތަޢާލާއަށް އުރެދުމާއި، ގެއްލެނިކަމާއި ފަސާދަ ވީ ވަރަށް ބޮޑަށް ފެތުރިފައެވެ. އަދި މިހުރިހާކަމެއްގެ މައްޗަށް އިތުރުވެފައިވަނީ، އެބައިމީހުން އެއްކައުވަންތަ ކަމުގެ ދީންދޫކޮށް ބުދަށް އަޅުކަންކުރުމެވެ.
ﷲ ތަޢާލާ ޔޫނުސްގެފާނު ނައިނަވާގެ އަހުލުވެރިންގެ ގާތަށް، އެކަލާނގެ ރިސާލަތު އިއްވެވުމަށް އެރަށަށް ވަޑައިގަތުމަށް ޔޫނުސްގެފާނަށް އަމުރު ކުރެއްވިއެވެ. ތާރީޚު ޢިލްމުވެރިން ލިޔުއްވާގޮތުގައި އެދުވަސްވަރު ނައިވާގެ މީހުން އަޅުކަންކޮށް އުޅުނީ “ޢަޝްތާރު” އޭކިޔުނު ބުދަކަށެވެ.
ދެންފަހެ، ޔޫނުސްގެފާނު އެކަލޭގެފާނަށް އަމުރުކުރެއްވިގެންވީފަދައިން މާތް ﷲގެ ދީނަށް ގޮވައިލެއްވިއެވެ. އެހެން ރަސޫލުންނެކޭވެސް އެއްފަދައިން އެކަލޭގެފާނުގެ ދަޢުވަތު ފޯރުކޮށްދިނުމުގައި ރެޔާއިދުވާލު ޖިހާދުކުރެއްވިއެވެ. އަދި އެބައިމީހުން ތައުބާވެ، އެއްކައުވަންތަކަމުގަ ދީނަށް އެނބުރި އަތުވެއްޖެކަމުގައި ނުވާނަމަ، އެބައިމީހުންގެ މައްޗަށް ގަދަވެގެންވީ ޢަޛާބެއް ކުރިމަތިވެދާނެކަމުގެ އިންޒާރުދެއްވިއެވެ.
ޔޫނުސްގެފާނުގެ ކުރީގައިވި ނަބިއްޔުންނާއި ރަސޫލުންނެކޭވެސް އެއްފަދައިން، އެކަލޭގެފާނުގެ ދަޢުވަތަށް އެބައިމީހުންވެސް ދިނީ ބީރުކަންފަތެކެވެ. އަދި އެކަލޭގެފާނު ގޮވައިލެއްވި ގޮވައިލެއްވުމަކަށް އިޖާބައެއް ނުދެއެވެ. ނަމަވެސް ޔޫނުސްގެފާނު އެކަލޭގެފާނުގެ ރިސާލަތު އިއްވުމުގައި ފަސްޖެހިވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނަށް އަމުރުކުރެއްވިގެންވީފަދައިން، އަމާނާތްތެރިކަމާއިއެކު އެކަލޭގެފާނުގެ ދަޢުވަތު ފުރިހަމަކުރެއްވިއެވެ. އަދި އެބައިމީހުންގެ ތެރޭގައި ދީނަށް ގޮވައިލެއްވުމުގައި ތިރީސް ތިންއަހަރު ހުންނެވިއެވެ. ނަމަވެސް އެމީހުންގެ ތެރެއިން ދެމީހުން ފިޔަވައި އެކަކުވެސް އީމާނެއްނުވެއެވެ.
އެކަލޭގެފާނުގެ ގައުމުގެމީހުން އިޖާބަނުދިނުމުން ޔޫނުސްގެފާނު ކޯފާފުޅުވިއެވެ. އަދި އެކަލޭގެފާނުގެ ރިސާލަތު އިއްވަވާ، އެބައިމީހުންނަށް ގަދަވެގެންވާ ޢަޛާބެއް އަންނާނެކަމުގެ އިންޒާރުދެއްވިއެވެ. އެއައްފަހުގައި އެކަލޭގެފާނުގެ ރިސާލަތު ފުރިހަމަކުރެއްވުނީ ކަމުގައި ހީފުޅުކުރައްވައި އެރަށުން ނުކުމެވަޑައިގަތެވެ. އެކަލޭގެފާނު ނިކުމެވެޑައިގަތީ، އެކަމުގެ އަމުރު ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން އައުމުގެކުރީގައި އެކަލޭގެފާނުގެ އަމިއްލަ އިޖްތިހާދުފުޅުން އެގޮތަށް ނިންމެވުމައްފަހުގައެވެ. އަދި އެކަލޭގެފާނުގެ އެރަށުން ނިކުންނެވުމުން އެކަމުގެ އެއްވެސް ކަމެއް ނުވަތަ ދަތިކަމެއްވެސް އެކަލޭގެފާނާއި ކުރިމަތިވެދާނެކަމުގައި ހީފުޅެއްނުކުރަށްވައެވެ.
މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ.” އަދި ޛިއްނޫން (އެބަހީ: ޔޫނުސްގެފާނު) ހަނދުމަކުރައްވާށެވެ! އެކަލޭގެފާނު (ޤައުމުގެމީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ! ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ޢުޤޫބާތެއް ނުދެއްވާނެކަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިކަމުގެ ތެރޭގައި (މަހުގެ ބަނޑުގައި) ދުޢާކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ އިލާހަކުނެވެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! ހަމަކަށަވަރުން އަނިޔާވެރީންގެ ތެރެއިން މިއަޅާވީމެވެ.” (އަލްއަންބިޔާ 87)
ނައިނަވާއިން ޔޫނުސް ޢަލައިހިއް ސަލާމް ނުކުންނެވުމަށް ފަހުގައި، އެރަށުގެ މީހުންގެ މައްޗަށް ޢަޛާބުގެ އަލާމާތްތަށް ކުރިމަތިވިއެވެ. އަދި ޔޫނުސްގެފާނުގެ ދަޢުވަތުގެ ތެދުކަން ހާމަވިއެވެ. އެހިނދު، އެބައިމީހުން ﷲ ތަޢާލާއަށް ބިރުވެތިވެ ތައުބާވިއެވެ. ދެން އެބައިމީހުންގެ މުދަލާއި، ގެރިބަކަރި، ޖަމަލުތަކާއި އަނބިދަރިންނާއިއެކު ރަށްބޭރަށް ނުކުތެވެ. އަދި މާތް ﷲއަށް ތައުބާވެ، ރޮއިހެދިއެވެ. އަދި ނައިނަވާގެ އަހުލުވެރިން ޔޫނުސްގެފާނު ހޯދުމުގެ މަސައްކަތް ކުރިއެވެ. އެބައިމީހުން ތައުބާވި ވާހަކަ ދަންނަވައި، ކީރިތިވަންތަ ﷲގެ ޢަޛާބުން ރައްކައުތެރިކަން އެދި ދުޢާކޮއްދެއްވައިތޯ އެދުމަށެވެ؟ ނަމަވެސް އެބައިމީހުންނަށް ޔޫނުސްގެފާނެއް ނުފެނުނެވެ. ދެން، ﷲ ތަޢާށް އެބުރި، ތެދުވެރިކަމާއިއެކު ތައުބާވުމުން، އެކަލާނގެ ކޯފާއާއި ޢަޛާބުން ޔޫނުސްގެފާނުގެ ގައުމުގެ މީހުން ސަލާމަތް ކުރެއްވިއެވެ.
ޔޫނުސްގެފާނުގެ ގައުމުގެ މީހުންގެ އީމާންކަން ﷲ ތަޢާލާ ޤަބޫލުކުރެއްވިއެވެ. އެކަލާނގެ ވަޙީކުރަށްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ. “ފަހެ، ރަށެއްގެ މީހުން އެމީހުންގެ އީމާންކަމުން މަންފާ ކުރާނޭ ގޮތުގައި އިމާންވީނަމަ ކިހާރަނގަޅުހޭ! އެހެނެއްކަމަކު ޔޫނުސް ގެފާނުގެ ގައުމުގެމީހުން އީމާންވުމުން ތިމަންރަސްކަލާނގެ އެބައިމީހުންގެ ކިބައިން ދުނިޔޭގައި ނިކަމެތިކަމުގެ ޢަޛާބު ދުރުކުރެއްވީމެވެ. އަދި އެމީހުންގެ އަޖަލު ޖެހިއްޖައުމަށް ދާންދެން އެމީހުން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.” (ޔޫނުސް 98)
މިއާޔަތުގައިވާ ބަސްފުޅުގެ މުރާދަކީ، ހުރިހާ ރަށްތަކެއްގެ އަހުލުވެރިންވެސް އީމާން ވީނަމަ، އެބައިމީހުން އީމާންކަމުގެ ނަފާކުރީހެވެ. އެކަމަކު ޔޫނުސްގެފާނުގެ ގައުމުގެ މީހުން ފިޔަވައި އެއްވެސް ބަޔަކު އެފަދައިން އީމާންނުވެއެވެ. ހަމަކަށަވެރުން، އެބައިމީހުންގެ މައްޗަށް ޢަޛާބުގެ ޢަލާމާތްތައް އައިހިނދު އެބައިމީހުން ތައުބާވިއެވެ. އަދި ﷲ ތަޢާލާގެ ޙަޟުރަތަށް އެނބުރުނެވެ. އަދި އެބައިމީހުންނަށް ފޮނުއްވުނު ރިސާލަތަށް އިޖާބަދީ އީމާންވިއެވެ. އެހިނދު، މާތް ﷲ އެބައިމީހުންގެ ކިބައިން އެޢަޛާބު އުފުއްލެވިއެވެ. އަދި ދުނިޔޭގައި އަރާމުގައި އެބައިމީހުންގެ އަޖަލު ޖެހުމަށްދާންދެން ލެއްވިއެވެ.
ޔޫނުސް ޢަލައިހިއްސަލާމް ނައިނަވާއިން ނިކުމެވަޑައިގެން ކޯފާއިސްކުރައްވާފައި ހުންނަވައިގެން، ކަނޑުގެ އައްސޭރިއާއި ހަމައަށް ވަޑައިގެންނެވެންދެން ހިންގެވިއެވެ. ﷲގެ ކޯފާ އައުމަށް ތައްޔާރުވެފައިވާ ރަށާއި ދުރަށް ވަޑައިގަތުމަށް ގަސްދުކުރެއްވިއެވެ. އަދި ކަނޑުގެ އައްސޭރީގައި ދަތުރުހަދައި ތައްޔާރުވެފައިއޮތް ދޯންޏެއް ފެނިވަޑައިގަތެވެ. ދެން އެދޯނީގެ އަހުލުވެރިންގެ ގާތުގައި އެކަލޭގެފާނުވެސް އެދޯނީގައި ދަތުރުކުރެއްވުމަށް އެދިލެއްވިއެވެ. އެބައިމީހުންނަށް އެކަލޭގެފާނުގެ މޫނުމަތިން ހެޔޮކަމާއި އަލިކަން ފެނުމުން، އެކަލޭގެފާނަށް ދޯނީގައި އެބައިމީހުންނާއިއެކު ދަތުރުކުރުމަށް އެއްބަސްވިއެވެ.
އެދޯނި ކަނޑުމައްޗަށް ނިކުމެ ދަތުރުފެށިއެވެ. ދަތުރުގެތެރޭގައި ވައިބާރުވެ، ރާޅު ބޮޑުވެ، އެދޯނި ޣަރަޤުވާހިސާބަށް ކަނޑުގަދަވިއެވެ. އެހިނދު ދޯނީގެ މީހުން ބުންޏެވެ. ތިމަންނަމެންނާއި އެކު ބޮޑުފާފަވެރިއަކު މިދޯނީގައި ވެއެވެ. އަދި އެއީ ކާކުތޯބެލުމަށް ގުރުއަތުލިއެވެ. އެގުރުއަތުން ދިމާވީ ޔޫނުސް ޢަލައިހިއްސާލަމެވެ. ދެން އެދޯނީގެ މީހުން ސުވާލުކުރިއެވެ. ކަލޭގެފާނަކީ މާތްކަން މޫނުމަތީން ފާޅުވާ ހެޔޮ ލަފާ ޞާލިޙު މީހެއްކަން ޔަޤީނެވެ. އަދި އެކަލޭގެފާނުގެ ވާހަކަ އެބައިމީހުން އެހިއެވެ. (ނުނިމޭ)

Comments