ޤާސިމް އިބްރާހީމް އާއި ޢަބްދުﷲ ޔާމީނު 3 ދުވަހުގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފި.
http://www.miadhu.com/dv/?p=29347
މާގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާރޓީގެ ލީޑަރ ޤާސިމް އިބްރާހީމް އާއި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީނު ޖިނާޢީ ކޯޓުން 3 ދުވަހުގެ މުއްދަތަށް ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
ރޭ 11:30 ހާއިރު މިދެބޭފުޅުންވެސް ގޭ ބަންދަށް ބަދަލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޟިރުވެވަޑައިގެންނެވޭގޮތަށާއި، މަޖިލީހުގައި އެބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމިޓީތަކަށް ވަޑައިގެންނެވޭގޮތަށެވެ.
ޖިނާޢީ ކޯޓުން މިގޮތަށް ރޭ 11:00 ހާއިރު ނިންމެވީ، ޤާސިމް އިބްރާހިމް އާއި، ޢަބްދުﷲ ޔާމީން ފުލުހުން ހައްޔަރުކުރައްވާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ބުނެ، އެދެބޭފުޅުންގެ ވަކީލުން ޖިނާއީ ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމަށްފަހުއެވެ.
މައްސަލައިގެ އަޑުއެހުމުގައި ފުލުހުން ބުނެފައިވަނީ، ޤާސިމް އިބްރާހިމް އާއި، ޢަބްދުﷲ ޔާމީން ހައްޔަރުކުރައްވާފައިވަނީ، ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަމަށާއި، މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުވެސް އެދެބޭފުޅުންގެ މައްޗަށް ކުރެވިފައިވާކަމަށެވެ. ނަމަވެސް ޤާސިމްއާއި، ޔާމީން އާއި ދެބޭފުޅުންވެސް ވަނީ އެތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.
މިރޭ 11 ޖަހަންއުޅެނިކޮށް ޤާސިމްއާއި ޔާމީން ބަންދުގައި ބޭތިއްބުމަށް ފުލުހުން ހުށަހެޅި މައްސަލަ ނިންމަވަމުން ، އެދެބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޟިރުވެވޭ ގޮތަށާއި، މަޖިލީހުގެ ކޮމިޓީތަކަށް ވަޑައިގެންނެވޭގޮތަށް 3 ދުވަހަށް އެދެބޭފުޅުން ގޭގެ ބަންދަށް ބަދަލުކުރެއްވީ މުޖުތަމަޢުގެ ސަލާމަތަށްޓަކައި ކަމަށް ޤާޟީ ވިދާޅުވިކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފަހުން ފުރަތަމަ ފަހަރަށް މީޑީއާއަށް މަޢުލޫމާތު ދެއްވަމުން، ޖިނާޢީ ކޯޓުގެ ބޭރުގައި ހުންނަވައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނާއިދެކޮޅަށް ކުރެވިފައިވާ ތުހުމަތުތަކަކީ ބަޔަކު އުފައްދައިގެންއުޅޭ ކަމެއްކަމަށެވެ. “އެއީ އަޅުގަނޑާއިދެކޮޅަށް ބަޔަކު ކްރިއޭޓްކޮށްގެންއުޅޭ މައްސަލައެއް. އަޅުގަނޑު ނޯންނާނެ އެފަދަކަމެއް އެއްވެސްކަމެއް ކޮށްފައެއް.” ޤާސިމް ވިދާޅުވިއެވެ.
މިއީ ބަޔަކު އުފައްދައިގެން އުޅޭ މައްސަލައެއް ކަމުގެ ޔަޤީންކަން ދެއްވަމުން ޤާސިމް ވިދާޅުވީ، ސަރުކާރުގެ ވަޒީރުން އިސްތިޢުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކަމަކާއިހެދިކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
ފުލުހުން ޤާސިމް އިބްރާހީމް އާއި ޢަބްދުﷲ ޔާމީނު ހައްޔަރުކުރި އިރު ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތަކަށް ރައްކާތެރިވެފައި ނުވާ ކަން ފާހަގަ ކުރެއްވޭ ކަމަށް ވެސް ގާޒީ ނިންމެވި ކަމަށް ވަނީ މައުލުމާތު ލިބިފައެވެ.
ޤާސިމް އިބްރާހީމް އާއި ޢަބްދުﷲ ޔާމީން ސަރުކާރުން ހައްޔަރުކުރެއްވުމުން ގިނަބަޔަކު ވަނީ އެއީ ރޭވުމަކުން ކޮށްގެންއުޅޭކަމެއްކަމަށް ތުހުމަތުކޮށްފައެވެ. މިދެބޭފުޅުން ގޭ ބަންދަށް ބަދަލުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ޑީއާރުޕީގެ ލީޑަރ އަހްމަދު ތަސްމީނު އަލީ ވަނީ މިކަންކަމަކީ ސަރުކާރުން ކުލެމުންގެންދާ ސިޔާސީ ޝޯވއެއްކަމަށް ތުހުމަތު ކުރައްވާފައެވެ.

Comments