ފިރިހެނުންގެ އެންމެ ބޮޑު ސިއްރު ފަޅާއަރައިފި
ތާސީރު
ހަމައެކަނި ބޮޑެތި މީހުންނަށް
އަނބިމީހާ ގޮސް ޞިއްޙީ އެހީތެރިޔާ އާ ބައްދަލުކުރި އެވެ. އޭނާގެ ރިހުންތައް ކިޔައި ދިނެވެ. އޭނާ މިހާރު ބޭނުންވަނީ ވަރިވާށެވެ. ޔަގީން ކަމާއެކު އޭނާ ސަބަބު ދެއްކި އެވެ. އޭނާ ބުނަނީ ކައިވެންޏަށް ފަސްމަސް ވެގެން ދިޔައިރުވެސް ފިރިމީހާގެ ފަރާތުން ފުރިހަމަ " ހިތްހަމަޖެހުން" ނުލިބޭ ކަމަށެވެ. ސިއްހީ އެހީތެރިޔާ، ފިރިމީހާ ގެނެސް އެ ވާހަކަ ތައް ސާފުކުރި އެވެ. ބައެއް ޓެސްޓްތައްވެސް ހެދި އެވެ. އޭނާ އަށް ފެނުނީ ނާއުއްމީދީ ކަންތައްތަކެކެވެ. އޭނާ އަށް އެމައްސަލަ ކުރިމަތިވީ، ހިތާނުކޮށްފައިވަ ގޮތުންނެވެ. ހިތާނު ކުރަން ޖެހޭ މިންގަނޑު ފަހަނައަޅައި ހިނގައްޖެނަމަ ބައެއް ނާރުތައް ކުރުވެއެވެ. ނަތީޖާ އަކަށް ވަނީ ލޭގެ ހިނގުންމަސް ބަދަލުތަކެއް އައިސް، ޖިންސީ ގޮތުން ބަލިކަށި މީހަކަށް ވުމެވެ. މިއީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ފިރިހެނުންނަށް ވެސް ކުރިމަތި ވެފައިވާ މައްސަލަ އެކެވެ. ދިވެހި ފިރިހެނުންގެ ތެރޭގައި ބޮޑު މައްސަލަ އެކެވެ. އެމީހުން އެންމެ ބޮޑަށް ސިއްރުކުރަން ބޭނުންވާ މައްސަލަވެސް މެއެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގައި ތަފާތު މައްސަލަތައް ދަނީ އުފެދެމުންނެވެ. އަނބިން ، ވަގު ފިރިން ގެންގުޅުމާއި، ވަރި ފަށަށް އެރުމުގެ މައިގަނޑު އެއް ސަބަބަކީ ފިރިހެނުންނަށް އެ ކަނބަލުން ހެއްވާ ނުލެވުމެވެ. އަނބިމީހާ ހަމަ ނޭވާއެއް ލުމުގެ މާކުރިން ، ފިރިމީހާ "ވަޅޯ" ވުމެވެ.
ރާއްޖޭގެ ތަޖުރިބާ ކާރު އޮޕަރޭޝަން ޑޮކްޓަރު ހާމިދު ރަޝީދު ވިދާޅުވެފައިވަނީ ، މިއީ ދިވެހި މުޖުތަމަޢުގައި ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ދިރާސައެއް ކުރެވިފައި ނެތަސް އާބާދީގެ 40 % ޒުވާނުންނަށް (25-35 އަހަރު ) ޖިންސީ ބަލިކަށި ކަމާ ކުރިމަތި ވެފައި ވާކަމަށެވެ. ނުވަތަ ޖިންސީ ގުޅުން ހިންގުމަށް ނުކުޅެދިފައި ވާކަމަށެވެ.
މިއީ ހަމަ އެކަނި ދިވެހި ފިރިހެނުންނަށް ކުރިމަތި ވެފައިވާ ކަމެއް ނޫނެވެ. ދުނިޔޭގެ އެތައް މިލިއަން ފިރިހެނުންނަށް ކުރިމަތި ވެފައިވާ ކަމެކެވެ. އެތައް މިލިއަން ފިރިހެނުންނެއް ޖިންސީ ބަލިކަށިކަމާ ދެކޮޅަށް ދަނީ ހަނގުރާމަ ކުރަމުންނެވެ. ތަފާތު ބޭސްތައް ކޮށްގެންނާއި ފިޒިއޮތެރަޕިސްޓުންގެ އެހީގައި ދަނީ އެކަމާ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.
ޖިންސީ ބަލިކަށި ކަމަށް ހައްލެއް ހޯދުމަށް ދިވެހިން އެންމެ އާންމުކޮށް ބޭނުން ކުރާ ކަމަށް ބެލެވެނީ ކުއީންސް ޖެލީ ވިތް ހަނީ، އާއި "ޑިލޭ ސްޕްރޭ" ގެ އިތުރުން "ސަގަންގޫރު" ފަދަ ބޭސް ތަކެވެ. އަދި މިހާރު ވިއެގްރާ އެވެ.
ޑޮކްޓަރު ހާމިދު ރަޝީދު ވިދާލުވެފައިވަނީ އެފަދަ ބޭސް ބޭނުން ކުރުމުން އެއް ވެސް ފައިދާ އެއް ނެތް ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ދިވެހިން ބޭސް ބޭނުން ކުރެއެވެ. އޮޕަރޭޝަން ކޮށްގެން އެއްޗެހި ލައްވާ ހަދާފަވެސް އެބަހުއްޓެވެ.
އަދި މީގެ އިތުރުން ދިވެހި ބޭސްތަކުގެ ގޮތުގައި ތޮއްޓާއެކު މޫނިމާ ކައެވެ. އަދި ކޮންމެ ދުވަހެއްގެ ހެނދުނު ހުސްބަނޑާ ހުރެ އަހިވައް ކެއުމާއި ، އެކަމަށް ހާއްޞަ ފިލާގަނޑެއް ބަނުން ފަދަ ކަންތައްތައް ވެސް ކުރެއެވެ. އަދި ފަންޑިތަ ވެސް ހަދައެވެ.
ގިނަ ފިރިހެނުންނަކީ އުމުރުގެ ކުރީކޮޅު ޖިންސީ ބަލިކަމަށް އެކަށީގެންވާ ފަރުވާ ހޯދަން ފަސްޖެހޭ ބައެކެވެ. ސަބަބަކީ ލަދުވެތި ކަމެވެ. އެވާހަކަތައް މީހުންނަށް ކިޔާދޭން ޖެހިލުން ވު މެވެ. ނަތީޖާ އަކަށް ވަނީ ކޮންމެވެސް ތަނަކުން ބޭސްގުޅައެއް ހޯދައިގެން ނޫނީ ސްޕްރޭ ފުޅިއެއް ހޯދައިގެން ބޭނުން ކުރުމެވެ. އެހެނީ، ވަގުތީ ލުޔެއް ލިބުނަސް ދާއިމީ ގޮތުން ބޮޑެތި ގެއްލުމާއި ކުރިމަތިވަނީ އެވެ. ނާރުތައް ގުރުޑުވެ ނޫނީ ބާރު ދޫވެގެން ޖިންސީ ގުޅުން ހިންގުމަށް ނުކުޅެދޭ ހިސާބަށް ވެސް ބައެއް މީހުންގެ ހާލަތު ގޮސް އެބަހުއްޓެވެ.
ޖިންސީ ބަލިކަށި ކަމަކީ ހަމައެކަނި ޞިއްޙީ މައްސަލަ އެއް ނޫނެވެ. އެއީ ނަފްސާ ނީ މައްސަލަ އެއްވެސް މެއެވެ. އެއީ ނަފްސާނީ ގޮތުން މީހާ އަށް ބަދަލު ތަކެއް ގެނުވާ ކަމެކެވެ. އެއީ އާއިލީ މައްސަލަ އެކެވެ. އެއީ އިޖުތިމާއީ ބައްޔެކެވެ.
ޝަރުޢީ އަދި އިޖުތިމާޢީ ދާއިރާގެ ބައެއް ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ، ޖިންސީ ބަލިކަށި ކަމަކީ ދެމަފިރިންގެ ދެމެދުގައި ހިޔާލު ތަފާތުވެ ، މައްސަލަތއް ހޫނު ވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ބައެއް މީހުން އެފަދަ ސަބަބުތައް ނަގައިގެން ވަރިވާންވެސް މަސައްކަތްކޮށްފައި އެބަހުއްޓެވެ.
ޖިންސީ ބަލިކަށިކަމުގެ މާޔޫސްކަން ކުރިމަތި ވެފައިވަނީ ހަމައެކަނި ހިތާނު ކުރެވޭ ގޮތަކުން ނޫނެވެ. އެކަމާ ގުޅުން ހުރި އެހެން ސަބަބު ތަލެއް ވެސް އެބަހުއްޓެވެ.
ކޮންމެ ގޮތެއް ވިޔަސް ޖިންސީ ބަލިކަށި ކަމަކީ އާއިލާތައް ބަރުބާދު ކޮށްލާ ހަތުރެއް ކަމަށް ގަބޫލުކުރަން ޖެހެއެވެ. އެއީ ކައިވެނީގެ މޫ ލުހެލަމުންދާ ބައްޔެކެވެ. އެކަމަށް ވަނީ ހައްލެއް ހޯދަން ޖެހިފައެވެ. އަނބިން އަބަދު ހިނިތުން ކޮށްފައި ބޭއްތިއްބޭނެ ބާރު ފިރިހެނުން ވަނީ ހޯދަން ޖެހިފައެވެ.
Comments