އިޖްތިމާޢި ކަންކަމުގައި ކަނބަލުންގެ ބައިވެރިވުން
މުހަންމަދު ޢަބްދުއްޞަމަދު
އިސްލާމް ދީން އައުމުގެ ކުރިން އަންހެނުންނަށް މުޖުތަމަޢުގައި އެއްވެސް ދައުރެއް ނެތެވެ. އެ ކަނބަލުންނާ މެދު ދެކެމުން އައީ ވަރަށް ދަށް ބައެއްގެ ގޮތުގައެވެ. އަމަލުކުރެވެމުން އައީ ވަރަށް އަނިޔާވެރިކޮށްނެވެ. މިކަން މިހެން އޮއްވައި މުޅި ދުނިޔޭގެ އިޖުތިމާޢި އޮނިގަނޑު އެކަށަ އަޅުއްވާ ބިނާކުރީ އިސްލާމް ދީނެވެ. އަންހެނުންނަށް އެނކަބަލުން ހައްގުތަކާއި ފުރުޞަތުތައް ހޯއްދަވާދެއްވީ އިސްލާމް ދީނެވެ. މުދާ ހޯދާ ލިބިގަތުމުގެ ހައްގެއެވެ. ވާރުތަމުދާ ލިބުމުގެ ހައްގެވެ. އުނގެނުމުގެ ހައްގެވެ. ވަރިވުމުގެ ހައްގެވެ.
އިންސާނީ ނަސްލު ދެމިގެން އަންނަނީ އަންހެނަކާއި ފިރިހެނެއްގެ ފުށުންނެވެ. މާތް ﷲ ސުބުހާނަހޫ ވަތައާލާ އިންސާނުން ހެއްދެވީ މާތް ﷲ އަށް އަޅުކަން ކުރުމަށެވެ. ދުނިޔެ އާރާސްތުކޮށް ބިނާކުރުމަށެވެ. މާތްﷲ އަށް އަޅުވެތިވުމުގެ ތެރެއިން ދުނިޔެ އާރާސްތު ކުރުމަށްޓަކައި ، އިންސާނާ ބިމުގައި ޚަލީފާއަކަށް ވާންޖެހެއެވެ. ޚަލީފާކަން އަދާކުރަން ޖެހެއެވެ. މިކަން ކުރެވޭނީ ހުރިހާ އިންސާނުން ހިއްސާވެގެންނެވެ. އެންމެން ބައިވެރިވެގެންނެވެ. މިއީ ވަކި ޖިންސަކަށް އޮތްކަމެއް ނޫނެވެ. އަންހެނުންނަށާއި ފިރިހެނުންނަށެވެ. އެހެންކަމުން، އިންސާނީ ހަޟާރަތު ބިނާކުރުމަށްޓަކައި އިޖުތިމާޢީ ހަޔާތުގައި އަންހެނުން ބައިވެރިވާން ޖެހެއެވެ.
އަންހެނުން އިޖުތިމާޢީ ކަންކަމުގައި ބައިވެރިވުމަކަށް މުޖުތަމަޢު ހުރަހެއް ނާޅައެވެ. އިލްމު އުނގެނުމާއި ވަޒީފާ އަދާކުރުމާއި މުޖުތަމަޢުގެ މަގާމުތައް އަދާކުރުމުގެ ފުރުޞަތުތައްވަނީ ލިބިދީފައެވެ. އިޖުތިމާޢީ މަޖިލިސްތަކާއި ، އެކަކު އަނެއްކަކަށް ހެޔޮފޯރުވާ އަޅާލުމަށް އަފުރާދުންނާއި ޖަމާޢަތްތަކުގައި ބައިވެރިވެ އުޅެވެ އެވެ. ހެޔޮކަންތައްތައް ތަކަށް އަމުރުކުރުމާއި ނުބައި ކަންތައްތައް ނަހީކުރުމަށް ބައިވެރި ވެއެވެ. މާތްﷲ ގެ މަގުގައި ޖިހާދުކުރުމަށް ހަނދުރާމަ ތަކުގައި ބައިވެރިވެ އުޅެވެއެވެ. މިހެން ގޮސް ވަކިދާއިރާއެއް ނެތެވެ. މުނާސަބުތައް ފާހަގަކުރުމާއި މުނިފޫހި ފިލުމުގެ ކަންކަމުގައިވެސް ހަރަކާތްތެރިވެ އުޅެވެއެވެ.
ރާއްޖޭގެ ތާރީޚްގައިވެސް އަންހެނުންނަށް ވަނީ އެކަނބަލުންގެ ހިއްސާ އެކަނބަލުންނަށް ދީފައެވެ. ރަށުތެރެ ސާފުކުރުމާއި އޮނޑިދޯނިފަހަރު އެހެލުމާއި މަސްކައްކާ ހިއްކުމާއި ބޮނބިތެޅުމާއި ރޯނުވެށުމާއި ފަންގި ވިނުމާއި ރާކެއްކުން ފަދަ ދިރިއުޅުން ފަސޭހަ ކުރުމުގެ ވަޒީފާތައް އެކަބަލުން ވަނީ އަދާކޮށް ފައެވެ. އަދި ރަށުގައި ކުރެވޭ ތަފާތު އިޖުތިމާއި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެއެވެ. މަސައްކަތް ކުރާ ފިރިހެނުންނަށް ސަޔާއި ކެއުން ފޯރުކޮށް ދިނުމުގައެވެ. ސިޔާސީ ހަރަކާތްތަކާއި މަގާމުތައް ވަނީ ފުރާފައެވެ.
މިހުރިހާ ކަމެއްގައި ބައިވެރިވެ އުޅުމުގެ ފުރުޞަތުތައް މިހެން ހުރިއިރު ފަރުވާކުޑަވެ ފިކުރުނުކުރެވޭ ކަމެއް އޮބައޮތެވެ. މިދެންނެވި ކަންތައްތަކުގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވާ ހިނދު އިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާކުރެވޭނެ ގޮތަކަށް އަމަލުތައް ނުބެހެއްޓޭ ކަމެވެ. އަންހެނުންނާއި ފިރިހެނުންގެ އައުރަކަމަށް ބެލެވޭ ހިސާބު ނިވާކުރުމާއި އަޅާހެނދުމުގައި ވަކިޝަރުޠުތަކެއް ހުންނަންޖެހޭ ހިނދު މިކަމަށް އަޅާނުލެވޭ ކަމެވެ. ބެލުންތައް ތިރިކުރުން ފަދަ ރީތި އަދަބުތައް ނެތް ކަމެވެ.
ގާނޫނީ ގޮތުންނާއި ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަންހެނުންނަކީ ހަމަހަމަ ބަޔެކެވެ. ނަމަވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަންހެނުންނަކީ ވަރަށް ނާޒުކު ބަޔެކެވެ. އެކަން އެގޮތަށް ހަމަޖެހިފައިވަނީ އިންސާނީ ހަޟާރަތު ދެމިގެން ދިއުމުގެ ބެލެންސް ހިފެއްޓުމަށެވެ.
އަންހެނުން ކޮންސްޓްރަކްޝަން މަސައްކަތާއި އަލިފާން ނިއްވުމުގެ މަސައްކަތާއި މަހަށްގޮސް އޮޑިމަތީ ދޮށި އެޅުގެ މަސައްކަތް ކުރަން ފަށާފި ނަމަ މިދެންނެވި އިޖުމާޢީ ހަމަހަމަ ކަމުގެ ބެލެންސް ކަޑާނެއެވެ. ނަތީޖާއަކަށް ވާނީ މުޖުތަމަޢުގައި ހަމަނުޖެހުމާއި ފަސާދަ އިތުރުވުމުވެ. އާއިލާތައް ރޫޅި އިޖުތިމާޢީ ފޭރާން ބަލިކަށިވުމެވެ. އިންސާނާ ބިމުގައި އަދާކުރަންޖެހޭ ޚަލިފާ ކުރުމުގެ ވާޖިބު ފުރުހަމަ ނުކުރެވުމެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި މިކަންވަނީ އާއްމު ވެފައެވެ. މިދެންނެވި ފަދަ މަސައްކަތްތަކަށް އަންހެނުން ނިކުމުގެ ހަމަހަމަ ވުމުން އެފަދަ ގައުމުތަކުގައިވަނީ އިންސާނިއްޔަތުކަން ގެއްލިފައެވެ. އެފަދަ ގައުމުތަކުގެ އަންހެނުންގެ މުޅިހަޔާތަކީ ވަޒީފާއެވެ. މީހުންނާ އިނުމެއް ކައިވެނިކުރުމެއް ނެތެވެ. ދަރިން ހޯދުމެއް ދަރިން ތަރުބިއްޔަތުކުރުމެއް ނެތެވެ. ދަރިން ހޯދަން ބޭނުންވިޔަސް ހޯދަނީ އެހެން އަންހެނެއްގެ ބަނޑުންނެވެ. މިފަދަ އަންހެނުންނަށް ކިޔަނީ surrogate mother އެވެ. ސެރޮގޭޓް މަދަރ އަކީ ދަރިމައިވެފައިވާ އެހެން އަންހެނެއްގެ ބިސް ރަހިމުގައި ބޮޑުކުރާ މަންމަ އެވެ. ވިސްނާލާށެވެ. މިއީ ފިރިހެނުންނާއި އަންހެނުން ހަމަހަމަ ވުމެއް ނޫނެވެ. ގުދުރަތީ އޮނިގަނޑުން ބޭރުވެ ، އިލާހީ ހަމަތަކާއި ފޮށިގަތުމެވެ.
އަންހެނުން އަކަނބަލުން ގޭތެރޭގައި އަދާކުރަންޖެހޭ ދަރިންތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްފަހު ، އިޖުތިމާޢި މަސައްކަތްތަކުގައި ބައިވެރިވުން މަނާކުރެވޭނެ ޖާގައެއްނެތެވެ. ނަމަވެސް އިޖުތިމާޢީ މަސައްކަތްކުރަންވާނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން އެފަދަ ވެއްޓެގައެވެ. އަންހެނުން ވަޒީފާ އަދާކުރުމުގެ ސަބަބުން އާއިލާތައް ރޫޅިގެން ނުވާނެ އެވެ. ބަދުއަޚްލާޤާ އަމަލުތަކަށް މަގުފަހިވެގެން ނުވާނެ އެވެ. ޖިންސީ އެދުންވެރިކަން ހިލިގެން ނުވާނެ އެވެ. އަންހެނުންނަށް މުޖތަމަޢުގައި ލިބިފައިވާ މިމަގާމު ގެނެދިނީ އިސްލާ ދީނެވެ. އިސްލާމް ދީނަކީ އެންމެހައި އިންސާނުން އުޅެންވީ ގޮތެވެ.

Comments