Skip to main content

Posts

Showing posts from March, 2010

Study links excessive internet use to depression

އިންޓަރ ނެޓަށް ދެވިހިފުން ޑިޕްރެޝަނަށް މަގުފަހިވޭ ތަރިޖަމާ : މުހަންމަދު ޢަބްދުއްޞަމަދު ގިނައިން އިންޓަރ ނެޓް ބޭނުން ކުރާ މީހުންގެ ފަރާތުން ޑިޕްރެޝަންގެ އަލާމާތްތައް ފެންނަ ކަމަށް އިނގިރޭސި ވިލާތުގެ ސައިންސް ވެރިން ހާމަކޮށްފި އެވެ. ނަމަވެސް އިންޓަރ ނެޓް ބޭނުން ކުރުމުގެ ސަބަބުން "ޑިޕްރެޝަން" ( ކަންބޮޑުވުމާއި މާޔޫސް ވުމާއި ގޮތްހުސްވުން ) ބަލި ޖެހޭކަމެއް މުޅިން ސާފެއް ނޫނެވެ. ލީޑްސް ޔުނިވަރ ސިޓީގެ ސައިކޮލޮޖިސްޓުންނަށް ފާހަގަ ކުރެވުނު ގޮތުގައި ، އިންޓަރ ނެޓަށް ކަޅިއަރާފައިވާ މީހުން އިންޓަރ ނެޓުން ހަގީގީ ދިރިއުޅުން ފަދަ އިޖުތިމާޢީ ގުޅުމެއް އުފައްދައެވެ. އެއީ އޮންލައިން ޗެޓް ރޫމްތަކުންނާއި ސޯސަލް ނެޓްވޯރކިން ސައިޓް ތަކުންނެވެ. މި ދިރާސާ އިން ފާހަގަކުރެވުނު ގޮތުގައި އިޖުތިމާޢީ ގުޅުންތަކާއި ދުރު، މީހުންގެ ނެތި ނުބައި ކިޔާ ، ހަގީގަތެއް ނެތް ވާހަކަ ތައް ލިޔާ ސައިޓްތަކަށް ވަދެއުޅުމުން ނަފްސާނީ ނުކެޅުދުމާއި ގުޅުން ހުރެއެވެ. ޑިޕްރެޝަނާއި ދެވިހިފުން ފަދަ ކަންކަމުގައެވެ. އިންޓަރ ނެޓަށް މިގޮތަށް ދެވިހިފުމުން ސިކުނޑީގެ ދުޅަހެޔޮ ކަމަށް ނުރައްކާވެ އެވެ. މި ދިރާސާ ގައި 1319 މީހުންގެ އިންޓަރނެޓް...

Women in the Social Work Profession

އިޖްތިމާޢި ކަންކަމުގައި ކަނބަލުންގެ ބައިވެރިވުން މުހަންމަދު ޢަބްދުއްޞަމަދު އިސްލާމް ދީން އައުމުގެ ކުރިން އަންހެނުންނަށް މުޖުތަމަޢުގައި އެއްވެސް ދައުރެއް ނެތެވެ. އެ ކަނބަލުންނާ މެދު ދެކެމުން އައީ ވަރަށް ދަށް ބައެއްގެ ގޮތުގައެވެ. އަމަލުކުރެވެމުން އައީ ވަރަށް އަނިޔާވެރިކޮށްނެވެ. މިކަން މިހެން އޮއްވައި މުޅި ދުނިޔޭގެ އިޖުތިމާޢި އޮނިގަނޑު އެކަށަ އަޅުއްވާ ބިނާކުރީ އިސްލާމް ދީނެވެ. އަންހެނުންނަށް އެނކަބަލުން ހައްގުތަކާއި ފުރުޞަތުތައް ހޯއްދަވާދެއްވީ އިސްލާމް ދީނެވެ. މުދާ ހޯދާ ލިބިގަތުމުގެ ހައްގެއެވެ. ވާރުތަމުދާ ލިބުމުގެ ހައްގެވެ. އުނގެނުމުގެ ހައްގެވެ. ވަރިވުމުގެ ހައްގެވެ. އިންސާނީ ނަސްލު ދެމިގެން އަންނަނީ އަންހެނަކާއި ފިރިހެނެއްގެ ފުށުންނެވެ. މާތް ﷲ ސުބުހާނަހޫ ވަތައާލާ އިންސާނުން ހެއްދެވީ މާތް ﷲ އަށް އަޅުކަން ކުރުމަށެވެ. ދުނިޔެ އާރާސްތުކޮށް ބިނާކުރުމަށެވެ. މާތްﷲ އަށް އަޅުވެތިވުމުގެ ތެރެއިން ދުނިޔެ އާރާސްތު ކުރުމަށްޓަކައި ، އިންސާނާ ބިމުގައި ޚަލީފާއަކަށް ވާންޖެހެއެވެ. ޚަލީފާކަން އަދާކުރަން ޖެހެއެވެ. މިކަން ކުރެވޭނީ ހުރިހާ އިންސާނުން ހިއްސާވެގެންނެވެ. އެންމެން ބައިވެރިވެގެންނެވެ. މިއީ ވަކި ޖިނ...

Celebrating a century of International Women's Day

Women head governments, run companies and comprise about half the world's workforce. But on International Women's Day a global survey conducted by Reuters/Ipsos shows that one in four people still believe a woman's place is in the home. In countries such as India, Turkey and Japan, where nearly half the participants said women should stay at home, there was little difference in opinion between the sexes. An almost equal number of men and women said women should not work. The poll of over 24,000 adults in 23 countries indicates that a majority of those people surveyed in Latin America and Western Europe believe women should have the ability to choose to work outside the home. In Argentina, 91 percent agreed with this; in Germany 86 percent. In the US, 75 percent of those surveyed agreed a woman should have the right to work; in Russia - where International Women's Day is a public holiday - 66 percent agreed; and in India less than half of those polled (4...
އީމާންކަން ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު އީމާންގެ ލުޣަވީ ތަޢުރީފް: "الإيمان" މިލަފްޒަކީ " آمن " މިލަފްޒުގެ މަޞްދަރެވެ. الإيمان ނެގިފައިވަނީ الأمن މިލަފުޒުންނެވެ. އޭގެ މާނައަކީ އަމާންކަމެވެ. ބިރުވެރިކަމުގެ އިދިކޮޅެކެވެ. ޢަރަބި ބަހުގައި "އީމާން" މިލަފުޒު ތަފާތު މާނައިގައި ބޭނުންކުރެވެއެވެ. އެގޮތުން ތެދުކުރުން، އިތުބާރު، ހިތްހަމަޖެހުން، އިޤުރާރުވެ އެއްބަސްވުން މިމާނަތަކުގައި ބޭނުން ކުރެވެއެވެ. ބައެއް ބޭފުޅުން އީމާންގެ މާނަ ހަމައެކަނި "التصديق" ތެދުކުރުމުގެ މާނައިގައި މާނަ ކުރައްވާފައިވާ ތަން ފެނެއެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅުގޮތެއްނޫނެވެ. "الإيمان" އަކީ ހަމައެކަނި ތެދުކުރުމެއްނޫނެވެ. އަދި ކިއެއްތަ އެއީ ހިތްހަމަޖެހުމާއި އެއްބަސްވުމާއެކު ތެދުކުރުމެވެ. އީމާންގެ އިޞްޠިލާޙީ ތަޢުރީފް : އީމާންކަމަކީ ވަކިކަހަލަ ކަންކަމެއް ހިތުންތެދުކޮށް ޤަބޫލުކުރުމާއި ދުލުން ކިއުމާއި ޢަމަލުން އެކަންތައްތައް ކުރުމެވެ. މިއުންމަތުގެ ސަލަފުއްޞާލިޙުން އީމާންކަން ބަޔާން ކުރައްވާފައިވަނީ މިފަދައިންނެވެ. މި ތަޢުރީފަކީ މާތް އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުންނާ...