ހޫނުކޮށްގެން ފެން ގަނޑުކުރުން
ތަރުޖަމާ: މުހަންމަދު ޢަބްދުއްޞަމަދު
ޚިޔާލަށް ގެންނަވާ ށެވެ. ހޫނު ކޮށްގެން ފެން ގަނޑުކުރެވިދާނެތޯ އެވެ. މި އަޖައިބު ކުރުވަނިވި ޖާދޫ ސައިންސްވަނީ ހަގީގަތަކަށް ހަދާފައެވެ.
ފެން ގަނޑުވަނީ ގާތްގަނޑަކަށް 32 ޑިގްރީ ފެރެނައިޓް ( 0 ޑިގްރީ ސެލްސިއަސް ) ގައެވެ. މިއީ ޚިޔާލު ތަފާތުވިޔަސް އާއްމު ގަބޫލުކުރުމެކެވެ.
އެހެންވިޔަސް، ޚައިރާންވާ ޖެހޭ ކަމެކެވެ. އެއްވެސް ކުންޏެއް ނެތް ސާފު ފެން ، އޮމާން ފުޅި އަކަށް އަޅާފައި ބެހެއްޓުމުން މައިނަސް 40 ޑިގްރީ ފެރެނައިޓްގައި ދިޔާކޮށް ހުރެއެވެ. މިގޮތަށް ފެން ބެހެއްޓުމަށް "ސްޕަރކޫލް" ކޮށް ފެންބެހެއްޓުމޭ ކިޔައެވެ. ނުވަތަ ސްޕަރ ކޫލް ފެނޭ ކިޔައެވެ. ގުދުރަތީ ގޮތެއްގައި ފެންހުންނަނީ ،ކުންނާއެކު ކަށި ތަންތަނުގައެވެ. މިފަދަ ތަންތަނުގައި ގަސްގަހާގެއްސާއި ޖަނަވާރުންނަށް ފެންލިބެއެވެ. އަދި އައިސް ކުރިސްޓަލް އުފެދެއެވެ.
އިސްރާއީލްގެ ރެހޮވޮލްޓްގެ ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސް ގެ ރިސާރޗް ކުރައްވާ ބޭފުޅެއްކަމަށްވާ އިގޮރ ލުބޮމިރުސްކައި އާއި އޭނާގެ ބައިވެރިން މިހާރު ވަނީ ފެނުގެ ފްރީޒިން ޕޮއިންޓް ކޮންޓްރޯލް ކުރާނެ އައު ގޮތެއް ހޯދާފައެވެ. މިގޮތަށް ކިޔަނީ ކުއަސީ-އެމޯރފަސް ޕައިރޯއިލެކްޓްރިކް ތިން ފިލްމްސް އެވެ.
(quasi-amorphous pyroelectric thin films)
ޕައިރޯ އިލެކްޓްރިކް ސާރފޭސް ޕޮސިޓިވްކޮށް ޗާރޖްކުރުމުން ފެން ގަނޑުވާލެއް ފަސޭހަ އެވެ. ނަމަވެސް ނެގަޓިވްކޮށް ޗާޖްކުރުމުން ފެން ގަނޑުކުރަން އުނދަގުލެވެ.
މި ދިރާސާ ކުރި މީހުންނަށް ފެނުނު ގޮތުގައި ސްޕަރކޫލް ފެން ހޫނު ކުރުމުން ގަނޑު ވެއެވެ. ގިނަ އިރުވި ވަރަކަށް ހޫނު މިން ބަދަލުވެއެވެ. ހަމަ އެޔާ އެކު ސާފޭސްވެސް ބަދަލު ވެއެވެ. މިސާލަކަށް، ސްޕަރކޫލް ފެން، ލިތިއަމް ޓެންޓަލޭޓް ސާފޭސް އެއްގައި ނެގަޓިވްކޮށް ޗާޖްކުރުމުން ގަނޑުވާލެއް އަވަހެވެ. ހަމަ މި ސާފޭސް 17.6 ޑިގްރީ ފެރެނައިޓަށް ހޫނުކުރުމުން ޗާޖްތައް ޕޮސިޓިވް ވެއެވެ.
ޝައުގުވެރި ބެލުމަކަށްވީ، ޕޮޒިޓިވް ޗާޖް ސާފޭސް ގައި ސްޕަރކޫލް ފެން ތިރިން މައްޗަށް ގަނޑުވާ ތަނެވެ. އަދި ނެގަޓިވް ޗާޖް ސާފޭސްގައި މަތިން ތިރިއަށް ފެން ގަނޑުވާތަނެވެ. މިކަމުން ފާހަގަކުރެވުނީ ފެނުގެ މޮލކިއުލްސް ތަކުގެ ގުޅުން ހުންނަގޮތެވެ. ފެނުގައި ހުރި ނެގަޓިވް އޮކްސީޖަން އެޓަމްތައް ގުދުރަތީ ގޮތުން ދިވާވެފައި ހުންނަނީ ޕޮޒިޓިވް ޗާޖް ސާފޭސް އަށެވެ. ނަމަވެސް ، ހައިޑްރިޖަން އެޓަމްތައް އޮކްސީޖަން އެޓަމްއާ ތަފާތެވެ.

މައުލޫމާތު: http://www.livescience.com/strangenews/water-freeze-heat-100211.html
Comments