ހުޅުވާލެވިފައިވާ ސިޓީ
މުޙައްމަދު ޝާފިޢު ޢަބުދުލްޣަފޫރު. ހިތިލާގެ / ޢަބުދުލްޤާދިރު މުޙައްމަދު. ހިތަށްފިނިވާގެ
بسم الله الرحمن الرحيم
އިހަވަންދޫގެ ލޮބުވެތި ރައްޔިތުން، އިހަވަންދޫގެ ޢިއްޒަތެރި ވެރިން، އިހަވަންދޫ ކްލަބް ޖަމްޢިއްޔާތަކުގެ އިސްވެރިން، އިހަވަންދޫ މަދަރުސާގެ އިސްވެރިން، އިހަވަންދޫ މަދަރުސާގެ ލޮބުވެތި ހީވާގި މުދައްރިސުން، އިހަވަންދޫގެ ނަމޫނާ ޒުވާނުން،

އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހު
އިހަވަންދޫގެ ކުރިމަގާމެދު ވިސްނާ ފިކުރުކޮށް ރަށުގެ ތަރައްޤީއާއި ތަހުޒީބުގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި ޢާއްމު ޙާލަތާއި ޚިދުމަތްތައް ރައްޔިތުންނަށް ލިބޭނޭ މަޝްރޫޢުތައް ރާވައި ހިންގުމުގެ ކަންތައްތަކުގައި މިއަދު އެންމެ އިސްކޮށް ހަރަކާތްތެރިވާ ބަޔަކީ ރަށުގެ ވެރިންގެ އިތުރުން އިހަވަންދޫގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތެކެވެ.
ރަށުގެ ތިޔަޖަމިއްޔާ ތަކުން ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އެތައް މަސައްކަތް ތަކެއް ކުރެވެމުންދާ ކަމީ އަހަރެމެން ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެކެވެ. އަދި އެކަމުގެ އަގު ވަޒަންކުރާ ކަމެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މިއަހަރުގެ އަޟްޙާޢީދު މިވަނީ ވަރަށްބޮޑަށް ކައިރިވެފައެވެ. މިދުވަސް ފާހަގަ ކުރުމަށް ޖަމްޢިއްޔާތަކުންވެސް ދުރާލާ ތައްޔާރުވާނެކަމީ ޝައްކުކުރާކަމެއްނޫނެވެ. ހަމަ މިބީދައިން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ރަށުގައި ކަމަށް ވުމާ އެކު އެކަމަށްވެސް ވަރަށްފޯރީގައި ތައްޔާރު ވަމުންދާކަން ފާހަގަކުރަމެވެ.
މިހެން ކަންތައް ހުރި އިރު އަހަރެމެން ވަރަށްބޮޑަށް ވިސްނާ ފިކުރުކުރަންޖޭހޭ ކަންތައްތަކެއް އެބަހުއްޓެވެ. އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑެތި މަސްއޫލިއްޔަތު ތަކެއް އެބަހުއްޓެވެ. ޖަމްޢިއްޔާތަކުގެ މައިގަނޑު މަޤްޞަދަކީ ކޮބައިތޯ ވިސްނާލަން އެބަޖެހެއެވެ. ޖަމްޢިއްޔާތަކުން ކުރާ ކަންތަކާމެދު ވިސްނާލަން އެބަޖެހެއެވެ. ބުރަމަސައްކަތުން ފައިސާ ހޯދާގެން ކުރާ ކަންތަކާމެދު ވިސްނާލަން އެބަޖެހެއެވެ. އަގުހުރި ވަގުތުތައް ހޭދަކޮށްގެން ކުރާ ކަންތަކާމެދު ވިސްނާލަން އެބަޖެހެއެވެ. ދާ އޮހޮރުވާގެން ކުރެވޭ މަސައްކަތްތަކާ މެދު ތަންކޮޅެއް ފުންކޮށް ވިސްނާލަން އެބަޖެހެއެވެ.
ޝައްކެއްނެތެވެ. އަހަރެމެންގެ މުޖުތަމަޢަށް ލިބިފައި މިވާ ހަމަޖެހުމާއި އެކުވެރިކަމުގެ އަޞްލަކީ އިސްލާމްދީން ކަމާމެދު އެއްވެސް މީހަކު ދެބަސްނުވާނޭކަން އަހަރެން ޔަޤީން ކުރަމެވެ. ނަމަވެސް އަހަރެމެން ކުރާކަންތައްތަކުގައި މި ދިނާ ހުރިގުޅުމަކީ ކޮބައިތޯ ބަލަން އެބަޖެހެއެވެ. އެންމެ ފުރަތަމަ ކަމެއް ކުރުމުގެ ކުރިން އަހަރެމެން ބަލަން މިޖެހެނީ ދީނުގައި އެކަމެއް އޮންނަގޮތާ މެދުއެވެ. ދީނުގައި އެކަމެއް ހުއްދަނަމަ އެކަމެއް ކުރުމުން އަހަރެމެންނަށް އެކަމަކުން ފައިދާކުރާނެކަން ކަށަވަރެވެ.
ﷲ ތަޢާލާ ރުއްސަވާ ކޮންމެކަމެއްކުރުމުން އެއިލާހުގެ ހަޟުރަތުން ޘަވާބާއި ދަރުމަ އަހަރެމެންނަށް ލިބެއެވެ. ހަމަ މިގޮތުން ޖަމިއްޔާތަކުންވެސް ހެޔޮކަމެއް ކޮށްފިނަމަ އެކަންތައް ﷲ ގެއްލެނި ނުކުރައްވާނޭ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އަދި ވެސް ވިސްނާލަމާ ބަހީ އެވެ. ﷲ ތަޢާލާ މީހަކަށް ހެޔޮކަމަކަށް މަގުދައްކައިފިމީހަކަށް ވަރަށްވެސް މަތިވެރި ޘަވާބާއި ދަރުމަދެއްވައެވެ. އަދި އެހެޔޮކަން، ތިމާމަގުދެއްކި މީހަކު ނުވަތަ ބަޔާންކޮށްދިން މީހަކު، ކުރާކަމުގައިވާނަމަ އެމީހާ އެކުރާ ހުރިހާ ކަމަކަށް ލިބޭ ދަރުމައާ ޘަވާބު އެމީހަކަށް އުނިކުރެއްވުމެއްނެތި ދެއްވައެވެ. ގިނަބަޔަކު ކުރާކަމުގައިވާނަމަ އެ ހުރިހާމީހުން އެ އަމަލުކުރުމުން ލިބޭޘަވާބާއި ދަރުމަ އެމީހަކަށް ލިބޭ ހުއްޓެވެ. ވިސްނާލާށެވެ މިހުރީ ﷲ ގެ އޯގާވަންތަކަމެވެ. އެއިލާހުގެ ކޮޅުނެތްކޮޅަށް ހުރި ރަޙުމަތުގެ ތަނަވަސްކަމެވެ.
ހަމަ މިބީދައިން މީހަކަށް ޙަރާމް ކަމަކަށް މަގު ފަހިކޮށްފި ކަމުގައިވާނަމަ އެމީހަކު އެކުރާ ހުރިހާ ނުބައި ކަމަކަށް ލިބޭ ޢަޛާބު އެ ކަމަށް މަގުފަހިކުރި މީހަކަށްވެސް ލިބޭހުއްޓެވެ. އަދި ގިނަބަޔަކު ކުރާކަމުގައި ވާނަމަވެސް އެ ހުރިހާ އެންމެން ކުރާ ކަންތަކުގެ ޢަޛާބު އެ މަގުފަހި ކޮށްދީފި މީހަކަށް ލިބޭހުއްޓެވެ. ހަމަ ކަށަވަރުން ﷲ ތަޢާލާއީ ޢުޤޫބާތް ދެއްވުމުގައިވެސް ނުހަނު ގަދަފަދަވޮޑިގެންވާ އިލާހެވެ.
ފަހަރުގައި ހިތަށްއަރާފާނެއެވެ. މި ވާހަކަތައް ތިޔަ ބޭފުޅުންނާއި ދައްކަންމިޖެހުނީ ކީއްވެގެން ހެއްޔެވެ؟ ޝައްކެއްނެތެވެ. ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ބޮޑެތި ގިނަކަންތައްތަކެއް ކުރަމުން ދަނީ ތިޔަބޭފުޅުންނެވެ. އާންމު ފަރުދުން ލައްވާ މަސައްކަތް ކުރުވަނީ ތިޔަބޭފުޅުންނެވެ. ވުމާއި އެކު ތިޔަބޭފުޅުން މިކަންތައް އިސްލާހު ކޮށްފިކަމުގައިވާނަމަ ރަށް އިސްލާހުވުމަކީ ވަރަށްވެސް ކައިރީގައި، ބަލާލީމާ ފެންނަ ހިސާބުގައި އޮތްކަމެކެވެ.
ބޮޑުޢީދާ ދިމާކޮށް ކުލަބު ޖަމާޢަތް ތަކުން ދެޖިންސު އެކުވެގެން ލަވަކިޔުމާއި ނެށުމާއި ބަނޑިޔާޖެހުމާއި މިފަދަ ޝައިޠާނީ އެތައްކަމެއް ކުރަމުންދާ ކަމީ ހިތާމަޔާއެކު އަހަރެމެން ފާހަގަކުރާކަމެކެވެ. އަދި މިފަހަރު މަސްވެރިންގެ ދުވަހަށް ތައްޔާރުވުމަށްވެސް މިފަދަ ނާޗަރަންގީތައް ދަނީ ކުޅެމުންނެވެ. މިފަދަ ކަންތައްތައް ދީނުގައި އޮންނަ ގޮތް ނޭނގޭ ރައްޔިތަކު މިހާރު އިހަވަންދޫގައި ނުހުންނާނެއެވެ. އިހަވަންދޫއަށް އެތައްފަހަރަކު ދީނީ ނަޞީޙަތް ދެއްވުމަށްޓަކައި ވަޑައިގެންނެވި، ޝެއިޚް އިލްޔާސް ޙުސައިން އެތައް އެތައް ފަހަރެއްގައި މިފަދަ ކަންކަމުގެ ޙުކުމާބެހޭގޮތުން ރައްޔިތުން ސުވާލުކުރުމުން އެކަންކަން ދީނުގައި އޮންނަ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. ތިޔަ ބޭފުޅުންނަށްވެސް އެގޭނޭ ފަދައިން މިކަންކަމަކީ ދީނުގައި ނުހަނު ބޮޑަށް މަނާކުރައްވާފައިވާ ޙަރާމް ކަންތައްތަކެވެ.
އަހަރެމެންގެ ލޮބުވެތި ދަރީން ތިޔަ ފަދަ ޢަމަލުތަކުގެ ސަބަބުން ކިޔެވުން ހަލާކުވެ، ލަދު ޙަޔާތް ކެނޑި ދާނެއެވެ. އަހަރެމެންގެ ލޮބުވެތި ޒުވާނުންގެ ހިތުގައި ޖިންސީ އެދުންވެރިކަން ކެކި އުތުރި އަރާ މިފަދަ ޢަމަލުތަކުގެ ސަބަބުން އެކުދީން ޒިނޭއާ ގާތްވެ، ފާޙީޝް ޢަމަލުތައް މުޖްތަމަޢުގައި ވަކި ހިއްޕާލަފާނެއެވެ.
ވަރަށް ކެރި ހުރެ ބުނަމެވެ. އަހަރެމެންގެ ލޮބުވެތި ދަރިވަރުން ލައްވާ ނެށުމުގައި އެންމެ އިސްކޮށް މިހާރު ޙަރަކާތްތެރިވަމުންދާ އެންމެންނަށްވެސް އެމީހުން އެކުރަމުންދާ ކަމަކީ ކިހާވަރެއްގެ ހަޑިމުޑުދާރު ނުބައި ނުލަފާ ކަމެއްކަން ކިތަންމެ ރަނގަޅަކަށްވެސް އެނގޭނެއެވެ. އިންޒާރުކުރަމެވެ. ހަނދާންކޮށްދެމެވެ. އިސްލާމްދީން ޙަރާމްކޮށްފައިވާ މިފަދަ ފާޙިޝް ނުބައި ނުލަފާ މުންކަރާތްތައް ރާވާ ހިންގާ މީހުންނަށް ﷲ ސުބުޙާނާގެ ގަދަ ފަދަ ޢަޛާބު ޙައްޤުވެގެންވެއެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. އިސްކޮށް ޙަރަކާތްތެރިވާ އެންމެން މިހާރުން މިހާރަށް ތިޔަކަން ހުއްޓާލުމަށްފަހު ތައުބާ ވާށެވެ. އަހަރެމެންގެ ވަޒީފާއަކީ ފޯރުކޮށްދިނުމެވެ. އަހަރެމެން ފޯރުކޮށްދީފީމެވެ. ﷲ އެކަމަށް ހެކިވެވޮޑިގެންވެއެވެ. ޢިބުރަތް ލިބިގަންނާށެވެ.
ރަސޫލާ صلى الله عليه وسلمގެ އިންޒާރުގެ ބަސްފުޅެއްގައިވެއެވެ.
''ތިމަންކަލޭގެފާނުގެ އުންމަތުގައި ބަޔަކު ގަންބަވައިލެއްވުމާއި، ބައެއްގެ މައްޗައް އުޑުން ހިލަވެއްސެވުމާއި ބިންހެލުމާއި ސިފަ ބަދަލުކުރެއްވުން، މިކަންތައް ފަހުން އަންނަހުއްޓެވެ. އެހެން ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނަށް ދެއްނެވުނެވެ. އެކަންދިމާވާނީ لا إله إلا الله ކިޔައިގެން އުޅޭބަޔަކަށްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އާއެކެވެ. އެބައިމީހުންގެތެރޭގައި ލަވަކިޔާ ނަށާ އަންހެނުންނާއި މިއުޒިކާއި ފާޑުފާޑުގެ ބަނގުރާ ފާޅުވެ ޢާންމުވެއްޖެނަމައެވެ.''
ބައެއް ޙަދީޘްތަކުގައި އަންނަނީ:
"މި އުންމަތުގެ މީހުންގެ ތެރެއިން ބަޔަކުމީހުން ކުޅިވަރާއި މަޖަލާއި ފާހިޝް ލަވަތަކާއި މިއުޒިކާ ނަށާ ބަރަހަނާ އަންހެނުނާ އެކު އެބައިމީހުން ރޭތައް ދިރުވަން ތިއްބާ އިރު އެރުމުގެ ކުރީން ރާމާމަކުނާއި އޫރުގެ ސިފަ އެބައިމީހުން ޖައްސަވައި ﷲ އެބައިމީހުން ހަލާކު ކުރައްވައި ޢަޛާބު ދެއްވާނެއެވެ. އަދި ހެނދުނު ވުމުން މީސްތަކުން ބުނާނެތެވެ! ﷲ އެބައިމީހުންގެ ސިފަ ބަދަލުކުރެއްވައިފިއެވެ."
އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެތެރޭގައި ފަނަރަ ކަމެއް ޢާއްމުވެއްޖެ ނަމަ ބަލާވެރިކަން ފެތުރިދާހުއްޓެވެ" ....... އެކަންތައްތައް ބަޔާންކޮށްދެއްވަމުން އޭގެ ތެރޭގައި " ނަށާ އަންހެނުންނާއި މިއުޒިކު ޢާއްމުވުން " ހިމެނޭ ކަމުގައި ލޮބުވެތި ރަސޫލުﷲ ޙަދީޘްކުރައްވާފައިވެއެވެ.
މިޙަދީޘްތައް އިމާމު އަޙްމަދާއި، އިމާލުލްޙާކިމު ރިވާކުރައްވައި ޞައްޙަކުރައްވާފައިވެއެވެ. އަދި އިމާމު އިބުނު އަބިއްދުންޔާއާއި، އިމާމު ތިރުމިޛީ، އިމާމު އަބޫދާވޫދު، އިމާމުލްބައިހަޤީ އިމާމު އިބުނު މަރުދަވައިހިއާއި އައްޠަބަރާނީއާއި ޙަދީޘް ޢިލްމުގެ ފުންނާބު އުސް މި ނޫނަސް އެތައް ދަންނަބޭކަލުން ރިވާކުރައްވާފައިވެއެވެ.
އިސްވެދިޔަ ޙަދީޘްތަކުގެ އިތުރުން މިއުޒިކާއި ފާހިޝްލަވަޔާއި ނަށާއަންހެނުންގެ ކިބައިން ރައްކާތެރިވެ ތިބުމާބެހޭގޮތުން ﷲގެ ރަސޫލާގެ ޙަދީޘްފުޅުތައް ރިވާކުރެއްވި އަޞްޙާބު ބޭކަލުންގެ ތެރޭގައި ﷲ ރުއްސުންލެއްވި އަބޫ އުމާމާއާއި، އަނަސް ބިން މާލިކާއި މުޢާޛު ބިން ޖަބަލުއާއި، ޢަބްދުﷲ ބިން ޢުމަރާއި، ޢަބްދުﷲ ބިން ޢައްބާސްއާއި، ޢަބްދުﷲ ބިން މަސްޢޫދާއި، ޢިމްރާން ބިން ޙުޞައިނާއި ޢަލީ ބިން އަބީޠާލިބާއި ވަރަށް ގިނަގުނަ އަޞްޙާބު ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.
އަދިވެސް އިމާމު އަޙްމަދާއި އިބްނު އަބީ ޝައިބާއާއި އިމާމު ބުޚާރީ އެކަލޭގެފާނުންގެ ތާރީޚުގައި ޞައްޙަ މަގުން މިފަދައިން ރިވާކުރައްވާ ކުރައްވާފައި ވެއެވެ. لَيَشْرَبَنَّ أُنَاس مِنْ أُمَّتِي الْخَمْر يُسَمُّونَهَا بِغَيْرِ اِسْمهَا تَغْدُو عَلَيْهِمْ الْقِيَان وَتَرُوح عَلَيْهِمْ الْمَعَازِف މާނައީ: ތިމަން ކަލޭގެފާނުންގެ އުއްމަތުގެ މީހުންގެ ތެރޭގައި ރާގެ ނަންބަދަލުކޮށްގެން ރާބޮއި ތިމާމެންގެ ގާތަށް ނަށައިލަވަކިޔާ އަންހެންކުދިން ގެނެސްގެން މިއުޒިކްކުޅެ ލަވަކިޔައި ހަދާނެ މީހުން އަންނާނެއެވެ. މިއެވެ. އިމާމު ބުޚާރީ އެކަލޭގެފާނުންގެ ޞަޙީޙުލްބުޚާރީގައި މިޙަދީޘަށް އިޝާރާކުރައްވައިމުން އެހެން ރިވާޔަތެއް ބާބެއްގެ ސިފައިގައި ގެންނަވާފައި ވެއެވެ. އޭގައި މިފަދައިން ވެއެވެ. لَيَكُونَنَّ فِي أُمَّتِي أَقْوَام يَسْتَحِلُّونَ الْحَرِير وَالْخَمْر وَالْمَعَازِف މާނައީ: ތިމަންކަލޭގެފާނުންގެ އުއްމަތުގައި ބަޔަކު މީހުން ފަށުއްވާއި ރާއާއި މިއުޒިކް ހުއްދަކުރާނެއެވެ. މިއެވެ.
މި ފަދަ ޙަދީޘްތައް އެތައް ދަންނަބޭކަލުން ބަޔާންކުރައްބާފައިވެއެވެ. މިފަދަ އެތައް އެތައް ޙަދީޘެއް ވަނީ މިކަމާގުޅޭ ގޮތުން އިސްލާމްދީނުގެ ދަންނަބޭކަލުންނާއި ޢިލްމުވެރިން ކީރިތި ރަސޫލާގެ އަރިހުން ރިވާކުރައްވާފައެވެ.
މިއުޒިކާއި ލަވައިގެ ޙުކުމް ބަޔާންކުރެއްވުމުގައި ދަންނަބޭކަލުން ކީރިތި ޤުރްއާނުން ތިން ދަލީލެއް ނަންގަވައެވެ.
1- އަލްއިސްރާއު ސޫރަތުގެ 64 އާޔަތުގައި ޝައިޠާނާ ﷲގެ އަމުރުފުޅަށް އާދަމްގެ ކުރިފުޅުމައްޗަށް ސަޖިދަ ނުޖެހުމުން އޭނާ ބިމަށް ފައްސަވައިލައްވަމުން އޭނާ އަށް ވަޙީކުރެއްވި ބަސްފުޅު ބަޔާންކުރައްވާފައިވެއެވެ. "وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ" މާނައަކީ" އޭ ޝައިޠާނާއެވެ! ކަލޭގެ އަޑު އެބައިމީހުންނަށް އިއްވައިގެން އެބައިމީހުން މަގުފުރެއްދޭތޯ ނިކަން ކަލޭ ބަލާށެވެ! ) ޝައިޠާނާގެ އަޑުކަމުގައި އެވަނީ މިއުޒިކާއި ފާހިޝް ލަވަތައް ކަމުގައި އެތައް އެތައް އަޞްޙާބު ބޭކަލުންނާއި ތާބިޢީ އިމާމުންގެ އަރިހުން އުންމަތުގެ ބޮޑެތި މުފައްސިރުންނާއި ދަންނަބޭކަލުން ރިވާކުރައްވާފައިވެއެވެ. ތަފްސީރުލްބަޣަވީ/ ތަފްސީރު އިބުކަޘީރު/ ތަފްސީރު ފަތުޙުލްޤަދީރު/ ތަފްސީރުލްޖަލާލައިން/ ތަފްސީރުއްޠަބަރީ އިން މިއާޔަތުގެ ތަފްސީރަށް ބައްލަވާށެވެ!
މިނޫން އެހެން ހުރިހާ ތަފްސީރުތަކުގައި ވެސް މިކަމާމެދު ޢިލްމުވެރިންގެ ބަސް ބަޔާންކުރައްވާފައިވެއެވެ. ޢިލްމުވެރިން އެބަޔާންކުރައްވަނީ ހަމަ ތެދުފުޅެކެވެ. އަޅުގަނޑުމެންގެ ޓީވީތަކުންނާއި ވަސީލަތްތަކުން އެދައްކަނީ ކޮންފަދަ ޝައިޠާނީ މަންޒަރުތަކެއްތޯއެވެ؟ ﷲ ހަނދުމަ ނެތިކޮށް މާތްވެގެންވާ ރޯދަމަހުގެ ރޭތަކާއި ދުވާތައްވެސް ކިތަންމެ ބަޔަކު ހޭދަކޮށްފައިވަނީ އެއާއެކުގައެވެ.
މަތީގައި ބަޔާންވެދިޔަ އާޔަތާ ޖެހިގެން އޮތް އާޔަތަކީ 65 ވަނަ އާޔަތެވެ. އޭގައި ވަނީ މިފަދައިންނެވެ."إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ وَكَفَى بِرَبِّكَ وَكِيلاً" މާނައީ: ޝައިޠާނާ އެވެ! ތިމަންﷲ އަށް ކިޔަމަންވެ ތިމަންﷲގެ ރަސޫލާއަށް ތަބާވީ މީހުން ކަލޭގެ ބަހެއް އަދި އަޑެއް ނާހާނެއެވެ. އެބައިމީހުންގެ މައްޗަކަށް ކަލެއަށް ބާރެއް ނުފޯރާނެއެވެ. އަދި އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވަކީލަކު ކަމުގައި ފުދެއެވެ. މުޝްރިކުންގެ ދުއްތުރާތަކާމެދު ކަލޭގެފާނު ހިތާމަފުޅުނުކުރައްވާށެވެ! މިއެވެ. އަދި އެހެން އާޔަތްކުގައި އައިސްފައިވަނީ ޝައިޠާނާ ބާރު ފޯރާނީ އޭނާގެ ވަސްވާސްތަކުގައި ޖެހި ޝިކާރައަކަށް ވެފައިވާ މީހުންނެވެ. އެމީހުން އޭނާ އަމުރުކުރި ކޮންމެ ކަމެއްކުރާނެއެވެ.
2- އަދި ލުޤްމާން ސޫރަތުގެ 6 ވަނަ އާޔަތުގައި އެވާ " وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ " މިއާޔަތުގައި އެބަޔާންކުރާ لَهْوَ الْحَدِيثِގެ މާނައަކީ މިއުޒިކާއި ﷲ ހަނދުމަ ނައްތާލާ ކުޅިވަރާއި މަޖަލާއި ލަވަ ކަމުގައި އަޞްޙާބު ބޭކަލުން ކުރެ އިބުނު މަސްޢޫދު ތިންފަހަރު ތަކުރާރުކޮށް ހުވާކުރައްވާފައި ވިދާޅުވެފައި ވެއެވެ. އަދި މިގޮތައް މާތް ޞަޙާބީ އިބުނު އައްބާސް ވިދާޅުވެފައިވެއެވެ. އުންމަތުގެ ހުރި އެންމެ ބޮޑު ޤުރުއާނުގެ މުފައްސިރަކީ އިބުނު ޢައްބާސްކަމުގައި ޚުދު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުކުރައްވާފައިވެއެވެ.
އަދި އެތައް އަޞްޙާބު ބޭކަލުންނާއި އުންމަތުގެ ދަންނަބޭކަލުން ހަމަ މިގޮތަށް އެއީ ﷲ މަތިން ހަނދުމަނައްތާލާ ކޮންމެކަމަކާއި ކުޅިވަރާއި މަޖަލާއި މިއުޒިކާއި އެފަދަ ލަވަކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ތާބިޢީ ބޭކަލުންގެ ތެރެއިން އިމާމު މުޖާހިދާއި، ޢިކުރިމާއާއި ޙަސަނުންބަޞްރީއާއި، މަކްޙޫލާއި މިއެންމެހައި އިމާމުން ވެސް ވިދާޅުވަނީ އެއީ މިއުޒިކާއި ޙަރާމް ފާހިޝް ލަވަކަމުގައެވެ.
އުންމަތުގެ ސަލަފުންކުރެ ބޭކަލަކު މިކަމުގައި ޚިލާފުވެވަޑައިގެންފައިނުވެއެވެ. ހުރިހާ ތަފްސީރުތައް ބައްލަވާށެވެ! ފާހިޝްލަވަތަކާއި އެއިގެ މަޖިލިސްތަކަށް ޙާޟިވުމާއި އެ އަޑުއެހުމަކީ ކަނޑައެޅިގެން ޙަރާމްކަމެއްކަމުގައި އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. މީގެ ކުރީގައި އަޅުގަނޑު މިވާހަކައާމެދު އިބްނު ހަޖަރާއި އިމާމު ޤުރުޠުބީގެ ބަސްފުޅު ބަޔާންކޮށްފީމެވެ.
މިއާޔަތުގެ ތަފްސީރު ބަޔާންކުރައްވަމުން އިމާމު ޠަބަރީއާއި އެހެނިހެން ވަރަށް ގިނަ މުފައްސިރުން ކީރިތި ރަސޫލާގެ ޙަދީޘްކުރައްވާފައިވާ ކަމަށް އަބޫ އުމާމަތުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "لا يحِلُّ بَيْعُ المُغَنِّيَاتِ، وَلا شِرَاؤُهُنَّ، وَلا التِّجارَةُ فِيهِنَّ، وَلا أثمَانُهُنَّ،" " ލަވަކިޔާ އަންހެނުން ގަނެ ވިއްކުމާއި އެމީހުންގެ ވިޔަފާރިކުރުމާއި އެމީހުންގެ މަސައްކަތުން ލިބޭ އުޖޫރަ ހުއްދައެއްނުވާނެއެވެ"
3- މިއުޒިކާއި ބަދުއަޚްލާޤީ ލަވަޙަރާމްކަމުގައި ދަންނަބޭކަލުން ޤުރްއާނުން ނަންގަވާ ތިންވަނަ ދަލީލަލީ ( وَتَضْحَكُوْنَ وَلاَ تَبْكُوْنَ * وَأَنتُمْ سَامِدُونَ ) މިއީ އަންނަޖުމު ސޫރަތުގެ 60-61 މާނައަކީ: " ﷲގެ ތިޔަބައިމީހުންނަށް އާޚިރަތް ދުވަހުގެ އިންޒާރުދެއްވައި އެކަމުގެ ބިރުވެރިކަމުގެ ޚަބަރު ކުރައްވައި ޤުރްއާން ބާވައިލައްވަމުން ދާހިދު، އެއީ ތެދެއްކަމާމެދު ޙައިރާންވެ އަޖައިބުވަނީ ހެއްޔެވެ؟ އަދި އެއަށް މަލާމާތްކޮށް ތިޔަބައިމީހުން ހީ ހަދަނީއެވެ. އެއީ އޭގައިވާ ވަޢީދުގެ ބަސްފުޅުތަކާމެދު ބިރުން ރުއިމުގެ ބަދަލުގައެވެ. ތިޔަބައިމީހުން ވަނީ އެއަށް ފުރަސްގަސްދީ ކުޅިވަރާއި މަޖަލުގައެވެ." އިބު އައްބާސް ވިދާޅުވެފައިވަނީ މިތަނުގައި އެބަޔާންކުރައްވަނީ ލަވައިގެ ވާހަކައެވެ. އިބުނު އައްބާސް ވިދާޅުވެފައިވެއެވެ ޢަރަބިންގެ ޙިމްޔަރު ބަހުން ބުނެއުޅޭ ބަހެއް ވެއެވެ. (اسمدي لنا ) މާނައަކީ: "ކަނބުލޭގެޔާއެވެ! އަހަރުމެންނަށް ލަވަކިޔާލަދީ ނަށާލަބަލާށެވެ!" މިހެންނެވެ.
މިފަދަ ކަންތައްތައް ރަށުގައި ކުރަމުންދާއިރު ރަށުގެ ވެރީން މިކަމަށް ސަޕޯޓްކުރާ ކަމީ ހިތާމައިގެ މައްޗަށް ހިތާމަހުރި ކަމެކެވެ. އެމީހުންގެ ވެރިކަމުގެ ދަށުގައި ތިބި ބަޔަކު، އެމީހުންގެ ބާރު ފޯރާ ޙާލުގައި، އެފަދަ ފާޙިޝް ޢަމަލުތައް ކުރަމުންދަނިކޮށް އެކަންކަން ނުހުއްޓުވައި ތިޔަ ތިބޭ ތިބުމަކީ ތިޔަބައިމީހުންވެސް ފާފަވެރިވާނޭ ކަމެކެވެ.
ލޮބުވެތި ބެލެނިވެރިންނަށް އިލްތިމާސް މިކުރަނީ އެއްވެސް ބެލެނިވެރިޔެއްގެ ދަރިޔަކު މިފަދަ އެއްވެސް ކަމެއްގައި ބައިވެރި ނުކުރުމަށެވެ. މިފަދަ ގޮތަށް ދަރީންނަށް ތަރުބިއްޔަތު ދިނުމަށް އޮތީ ކޮން އިސްލާމްދީނެއްގައިތޯއެވެ؟ ހަމަކަށަވަރުން ޤިޔާމަތްދުވަހުން، ދަރީންނާ ބެހޭގޮތުން ތިޔަ ބޭފުޅުންނާ ސުވާލު ކުރެވޭނެއެވެ. ތިބާގެ ދަރިފުޅު ތިބާ ތަރުބިއްޔަތު ކުރީ ކިހިނެއްތޯއެވެ. އެ އަމާނާތައް ތިބާ ތިޔަ ޚިޔާނާތެރިވަނީ ތިބާ އަށް އެ ދަރިފުޅު ދެއްވި ފަރާތުން ޙަރާމްކުރައްވާފައިވާ ކަންތައްތައް ކުރުމަށް ދަރިފުޅު ފޮނުވަމުންނެވެ. އެ ދަރިފުޅު ނަށަން ފޮނުވީ ކީއްވެގެންތޯ؟ ތިބާ އާ ސުވާލު ކުރެވިއްޖެނަމަ ތިބާގެ ޖަވާބަކީ ކޮބައިހެއްޔެވެ؟
މިހާރު ދެން ނިކަންވިސްނާ ފިކުރުކުރައްވާށެވެ. މިއީ އަހަރެމެން އެއްވެސް ޖެހިލުމެއް ބަލާލުމެއްނެތި ކުރަމުންދާ ކަންތައްތަކެވެ. މިފަދަ ކަންތައްތަކުން އަވަހަށްދުރުވާށެވެ. ރަގަޅު ހެޔޮކަންތައްތަކެއް ކުރެވޭތާބަލާށެވެ. ފާފަތަކާއި ބޮޑެތި ފާފަތަކަށް މަގުފަހިވާ އެންމެހާކަންތަކުން ދުރުވާށެވެ. ރަގަޅު ހެޔޮކަމެއްވެއްޖެނަމަ ހުރިހާބޭފުޅުންވެސް އެއްބާރުލުން ދޭނެއެވެ. ހަމަ ގައިމުވެސް އަހަރެމެންނަށް ވެވުނުވަރަކުން ރަގަޅުކޮންމެކަމަކަށްވެސް ކޮންމެބައެއްކަމުގައިވިޔަސް އެހީތެރިވާނަމެވެ. އަދި ނުބައިކަމެއްކުރާކަމުގައިވާނަމަ އެކަންތައްހުއްޓުވުމަށް އަހަރެމެންނަށް ވެވުނު ކޮންމެ ގޮތަކުންވެސް މަސައްކަތްކުރާނަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވާގިފުޅާއެކުއެވެ. ހަމަ ކަށަވަރުން ކާމިޔާބު ދެއްވާހުށީ އެ އިލާހެވެ.

Comments