Skip to main content

މިހާރު ހަނދާންވަނީ އެވެ. މާބޮޑަށްވެސް ހަނދާންވަނީ އެވެ. ވާހަކަ ދައްކާ ހިތް ވަނީ އެވެ. މާބޮޑަށްވެސް ވާހަކަ ދައްކާހިތްވަނީ އެވެ. ފެނުމުން ބަޔާން ކުރަންތަދި އިހުސާސް ތަކެއް ވަނީ އެވެ. މާބޮޑަށްވެސް އެއިހްސާސްތައް ވަނީ އެވެ. މޫނަށް ބަލާ ހިތްވަނީ އެވެ. މާބޮޑަށްވެސް ބަލާ ހިތް ވަނީ އެވެ. ލަނދުރަކެތި ގޮތެއް ވަނީ އެވެ. މާބޮޑަށްވެސް ވަނީ އެވެ. ތީނަ ފެނުމުންނެވެ. މިހާރު ވަރަށް ސަޅިއެވެ. މާބޮޑަށް ވެސް ރީތިވެފައި ސުމާޓެވެ. ބަނޑު ހިންދާލީމާ މާބޮޑަށްވެސް ސަޅިވާނެ އެވެ. ގަޔަށް ބާރު ގަމީސް ލާތީ އެވެ. ހީނުކުރާށެވެ. އަހަރެން ދިމާކުރަނީ އެވެ. އަހަރެން އަދިވެސް ހުރީ ހުސްކޮންނެވެ. ތީނައަށް ތިން ކުދިން ލިބިއްޖެ އެވެ. ބޮޑު ބައްޕަ އެކަށް ވެއްޖެ ދޯ އެވެ.


އެއީ މައްސަލައެއް ކަމަކަށް ނުދެކެމެވެ. އަހަރެންގެ ލޯތްބައް ބަދަލެއް ނާންނަނީ އެއީ މައްސަލައަކަށް ނުވާތީ އެވެ. ތީނަ ސުވާލު ކުރެއެވެ. އަހަރެންގެ ތިމާގެ މީހުން ގާތުގައެވެ. އަހަރެން މީހަކާ އިންނަނީ ކޮންއިރަކުންތޯ އެވެ؟ އެހެންވެ ސާފުކޮށް ބުނަމެވެ. ތީނަ ދެކެ އަހަރެން ވާ ލޯބި ބަޔާންކުރަން ޖެހިލުންވެއެވެ. ތީނަގެ އަންހެނުން ވަރިކޮށްފާނެތީ އެވެ. އަހަންނަށް އެނގެއެވެ. ތީނަ އަންނާނެ ކަމެވެ. އަހަރެންގެ އެންމެ މިސްޓް ކޯލަކަށެވެ. އަހަރެން ބޭނުމެއް ނޫނެވެ. ތީނަގެ އަންހެނުން ވަރިކޮށްފައި އަހަރެން ގާތަށް އަންނާށެވެ. ދެ އަތްބަށް އިންނަން ބޭނުމެވެ. އެހެން ނަމަވެސް ތީނަގެ އަންހެނުން ދުލެއް ނުކުރާނެއެވެ. ވަރިހަމަ އެވެ. އަހަރެން ހުންނާނީ މިހެންނެވެ. ތީނައަށް ކުޅަދާނަ ވަންނާއެވެ. މިހާރު ސާފު ވެއްޖެ ނޫން ހެއްޔެވެ.


އަހަންނާއެކު ހިނގާށެވެ. މީގެ 13 އަހަރުގެ ކުރީގެ މާޒީ އަށެވެ. އަހަރެން ކިޔަވަނީ ގްރޭޑް 6 ގައެވެ. މާފިލާފުށީ ސްކޫލް ގައެވެ. ތީނަ ކިޔަވަނީ ގްރޭޑް 8 ގައެވެ. މާލެ އިންގްލިޝް ސްކޫލް ގައެވެ. ބައްދަލުވީ 1996 ވަނަ އަހަރުގެ ބޮޑު ޗުއްޓީގައެވެ. އަހަރެމެން ރަށުންނެވެ. އެތައް ޒުވާނުންނެއް އަހަރެން ގާތަށް އައެވެ. އުމުރުން އެންމެ ބާރަ އަހަރުގައެވެ. ރައްޓެހިވާން އެހި އެވެ. ތީނައެއް އަހަރެން ގާތު ރައްޓެހި ވާކަށް ނާހައެވެ. އަހަރެން މީ ތީނަގެ ރައްޓެއްސަކަށް ވާތީ ކަމަށް ވެދާނެ އެވެ. ތީނައީ އެ އެތައް ޒުވާނުންގެ ތެރެއިން އަހަންނަށް ހާއްޞަ ސަމާލުކަމެއް ދެވުނު ޒުވާނެކެވެ. ހާއްޞަ ގަދަރެއް ދެވުނު މީހެކެވެ. އަހަރެންގެ ފެމިލީ މީހުން އޭރުވެސް އަދި މިހާރުވެސް ވަރަށް ގަދަރުކުރާ މީހެކެވެ.


ހަނދާންވޭޔެއްވެ؟ ކޮންކަމެއްތޯ ސުވާލު ނުކުރާށެވެ. އެ ޗުއްޓީއަށް ފަހު ، އަހަންނަށް މަޖާ ސިޓީ އެއް ފޮނުވީމެއް ނޫން ހެއްޔެވެ؟ ދޮންހައްވައްތަ ވަރަށް ރުޅި އައި ސިޓީ އެކެވެ. ދޮންހައްވައްތަ އަކީ އަހަރެން މާފިލާ ފުށީގައި ކިޔަވަން ހުރި ގޭގެ ވެރިޔާ އެވެ. އަހަރެންގެ ބެލެނިވެރިޔާއެވެ. ނަމަވެސް އަހަންނަށް ވަރަށް ކަމުދާ ސިޓީ އެކެވެ. ސިޓީ ފަށާފައިވަނީ އުމަރު ޒާހިރުގެ ލަވައަކުންނެވެ. " ހިތް އެދޭތީ މައެދޭ މޭ ސަމާސާ ކުރަން" މިލަވައިން ނެވެ. މިހާރު ސީރިއަސް މީހަކަސް ތިޔައީ ވަރަށް ސަމާސާ ސަކަ މިޒާޖެއްގެ މީހެކެވެ. އެއިރު ރޭޑިޔޯއިން އެލަވަ ވަރަށް ފޮނުވަ އެވެ. ލަވަ އަންނަ އިރަށް ދޮންހައްވައްތަ ބުނާ ނެވެ. އެއްކަލަ ކުއްޖާ ސަމާސާ ނަޒޫ އަށް އެބަކުރެއެވެ. އަހަރެން ބުނަމެވެ. ކޮންކުއްޖެއް ހެއްޔެވެ. ޕޯސްޓުން ސިޓީ ފޮނުވާ ކުއްޖާއެވެ. އެސިޓީ ތީނަ ފޮނުވީ ޕޯސްޓުންނެވެ. ރަޖިސްޓަރ ޕޯސްޓުންނެވެ.


އެޗުއްޓީގައި އަހަރެންގެ ނިދި ނަގައިލީމެއް ނޫން ހެއްޔެވެ؟ އެތަކެއް ރެއެއްގައެވެ. އިރުއޮއްސި ، އިޝާނަމާދު ދަންވަންދެން، މެންދަންވެ، މެންދަމުން އަލިވެ، ފަޖުރަށް ލަންދެން ހީސަމާސާ ނުކުރަން ހެއްޔެވެ؟ ދަށުން ދަމާ ނުކުޅެން ހެއްޔެވެ؟ ރަށުގައި އަލިކަމެއް ނެތީމާ އެއިރު ވަރަށް މަޖާދޯ އެވެ. އަހަރެންގެ ތަޢުލީމީ ހަޔާތް ނިމުނީ ތީނަގެ ހަނދާންތަކާއެކުއެވެ.


އެނގޭ ހެއްޔެވެ؟ ކޮންމެ ހެނދުނެއްގެ 6:00 އަށް އަހަރެން ތެދުވެ، ކޮޓަރީގެ ކުޑަދޮރުގެ ދޮރުފޮތި ކަހާލަމެވެ. ތީނަ އޮފީހަށް ދާތަން ބަލާށެވެ. ކުޑަދޮރުގެ ބީއްލޫރީގެ ހުރަހުން ކޮރިޑޯގެ ގަސްތަކުގެ ތެރެއިންނެވެ. ތީނަގެ ހިނގުން އަވަހެވެ. އަހަންނަށް ފެންނަނީ އެންމެ 30 ސިކުންތެވެ. ހިތަށް އަރައެވެ. ކޮޓަރިއަށް ވައްދަފާނަމެވެ. ކުޑަދޮރުންނެވެ. އަންނާނެކަން އެނގެއެވެ. އަހަރެންގެ އެންމެ އިޝާރާތަކަށެވެ. ތީނަގެ އަންހެނުން ބަލަން ހުރެއެވެ. ތީނަ ތަނަކަށް ވަދޭތޯއެވެ. އެނގެއެވެ. ތީނަގެ އަންހެނުން ޝައްކުކުރާކަމެވެ. އަހަރެންގެ ގުޅުމާ ދޭތެރޭއެވެ. އެނގޭ ހެއްޔެވެ؟ އަހަރެމެންގެ ގޭ ހުންނަނީ އެއްމަގެއް ގައެވެ. އޯކިޑް މަގުގައެވެ. ތީނަގެ އޮފީހާ ގާތްވާނީ އަހަރެންގެ ގެއެވެ. އަހަރެން އަދި ތިއަ އޮފީހުން ޖާގައެއް ހޯދާނަމެވެ. އޭރުން އަބަދުވެސް ފެންނާނެއެވެ. ބޭނުންވަނީ އެވެ. ގުޅުން ބަދަހި ކުރާށެވެ.


ތިޔަ އީ ޖާދޫ ގަރެކެވެ. ކަލާރސް އިން އަހަންނާ ވާހަކަ ދައްކަން ޖެހިލުންވެސް ނުވެއެވެ. "ތިޔައީ ނަޒޫ ހޭ" އެހީ މެއްނޫން ހެއްޔެވެ؟ އޮޅިދާނެ ކަމަށް ގަބޫލު ކުރަމެވެ؟ ލަންކާގައި މާގިނަ ދުވަސް ވީމައެވެ. ލަންކާގެ ފެޝަނަށް ހޭނިފައިވާތީ އެވެ. ހައުސް އޮފް ފެޝަންގެ ހެދުންތައް އަޅާތީ އެވެ. އެދުވަހު ހިތަށް އެރިއެވެ. ބައްދާލަފާނަމެވެ. ފިހާރާގައި އަހަރެމެން ދެމީހުން ނަމަ، ދުލެއް ނުކުރާނަމެވެ. އަހަންނަށް ތީނަގެ ވަސް އެދުވަހު ދުވިއެވެ. ލުއި ލުއި މަޑު މަޑު ވަހެކެވެ. ތީނަ މާލޭގައި އުޅެނީ ވަރަށް ފެޝަން ކޮށެވެ. ކަރުގައި ފައް އަޅައިގެންނެވެ. ރަށުގައި އުޅެނީ ވަރަށް ކަތީބު ހެދިގެންނެވެ. އަތް ދިގު ގަމީސް ލައިގެންނެވެ. އަހަރެން ގާތަށް އެތަކެއް ޒުވާނުންނެއް އަންނައިރުވެސް ތީނަ ގެ މަތިން ހަނދާން ނުނެތޭ ސަބަބެއް ނޭނގެއެވެ. އަހަރެން ދޮންދައްތައާއި މަންމަ ވެސް ބުނެފިއެވެ. ދެން މީހަކާ އިންނާށެވެ. ރެޑޭ މަތިން ހަނދާން ނައްތާލާށެވެ. ނުވާނެ އެވެ. ތީނަގެ ޖާދޫގައި އަހަރެން ވަނީ ޖެހިފައެވެ.


ކުރުކޮށް ބުނަމެވެ. ވަރަށް ގިނަ ވާހަކަ ދައްކަންވެފައި އެބަހުއްޓެވެ. މިރޭ އަންނާށެވެ. ކުޑަދޮރު ހުންނާނީ ހުޅުވާފައެވެ. ވާހަކަ ދައްކަން ތިބޭނީ ކޮޓަރީގައެވެ. އަހަރެން ތީނައަށް އިތުބާރު ކުރަމެވެ. ގޯސްކަމެއް ނުކުރާނެކަން އެނގެއެވެ. އަހަރެންގެ ރުހުމުގައި ނޫންގޮތަކަށް ގާގައި ބީހިވެސް ނުލާނެކަން ޔަގީން ކުރަމެވެ. މީހުންނަށް އެނގުނަސް ވަރިހަމަ އެވެ. އަހަންނަށް އުޅެން މިޖެހުނީ ރޯމިއޯ އާއި ޖޫލިއަތް ހެންނެއް ނޫނެވެ.


މީހުން ހީކޮށްފާނެއެވެ. އަހަރެންމީ ވަރަށް ގޯސް މީހެކެވެ. މީހުންގެ ފިރިން ކޮޓަރިއަށް ވައްދާ މީހެކެވެ. ވަރަށް ވިޔާ ނުދާ މީހެކެވެ. ޗާންސް ދޭ މީހެކެވެ. އެހެން ހީނުކުރާށެވެ. އަހަރެން ސްކޫލް ނިންމުމަށްފަހު ، އިތުރަށް ކިޔަވަން ދިޔައީ ސިލޯނަށެވެ. އެއީ ސެކިއުލަރ ގައުމެކެވެ. ހުރިހާ ދީނެއް ، ނަސްލެއް އެތާ އޮވެއެވެ. ބާ ތަކާއި ޑިސްކޯތަކާއި ޖިސްމު ވިއްކާ ތަންތަން އެތާ ބޯކޮށް ހުރެއެވެ. އަހަރެމެން ގެއާ އިންވެގެންވެސް ޑިސްކޯއެއް ހުރެއެވެ. ދުވަހަކުވެސް ނުދަމެވެ. ކޮންމެ ދުވަހެއްގެ 5 ނަމާދު ބަރާބަރަށް ކުރެވޭތޯ އަހަރެން ބަލަމެވެ. ރޯދަ ހިފަމެވެ. ބުރުގާ އެއް ނާޅަމެވެ. އަހަރެންގެ ކަރުދަށް ތީނައަށް ދައްކާށެވެ. ތީނަ ބުނީމެން ނޫން ހެއްޔެވެ؟ ތީނައަށް އެންމެ ރީތީ އަހަރެން ކަރުދަށެވެ. އަހަރެން އެހީމެވެ. ކީއްވެ ހެއްޔެވެ؟ ތީނަ ބުނީ ހީވަނީ އިއްސެއްގެ ބަނޑު ދަށް ހެންނެވެ. އަހަރެން ވިސްނީމެވެ. އެހެން މީހުން ކިޔަނީ އިހިކަނދުރާއެވެ. އިހިބަނޑު ކަނދުރާ ކީ ކީއްވެ ތޯއެވެ؟ އަހަންނަށް އޮޅުނީއެވެ. އިހިބަނޑު ކަނދުރާއެއް ނޫނެވެ. އަހަރެން ބުނީ މެވެ. ތަފްޞީލްކޮށްދޭށެވެ. އަހަންނަކީ އިއްސެއް ފެނުނު މީހެއް ނޫނެވެ. ތީނައަކީ ކުޑައިރުވެސް އަދި މިހާރުވެސް ފީނާ މީހެކެވެ. އަހަންނަށް ވިސްނުނެވެ. ކަނދުރާއަކީ ކަރުގެ ބުރަކަށްޓެވެ. ކަރަކީ ބަނޑު ދަށެވެ. ބުރުގާވެސް ފަހުން އަޅާނަމެވެ. ގަޔަށް ބާރު ހެނދުން އަޅަނީ ވަނާތައް ދައްކާކަށް ނޫނެވެ. ތީނައަށް ކަމުދާނެ ތީއެވެ. ދޫހެނދުންވެސް ފަހުން ލާނަމެވެ. ދެނެއް ތީނަ އެއް ނުކިޔާނަމެވެ. އެހެން ކީ މާ ތީނަ ވަރަށް ފޫހިވާކަން އެނގެއެވެ. ކިޔާނީ ރެޑޭ އެވެ. ނަމަވެސް ވަރަށް އުނދަގުލެވެ.


އެދުވަހާއި އެރޭގެ ތިންދަމު ވަރަށް ގަދަޔަށް އަހަރެން ވިސްނީމެވެ. ރެޑޭ އާ ދޭތެރޭއެވެ. ތަފާތު ޚިޔާލުތައް ކުރީމެވެ. ގަސްގަހާގެހީގެ ހިޔަލުގައެވެ. މާމެލާމެލީގެ ވަހާ އެކު އެވެ. އަހަރެމެން އަހަންނަށް ނުލަފާ ޚިޔާލެއް ކުރެވުނެވެ. ގޭގެ ހުޅަނގު ފަރާތުގައި ހުންނަ ޖަނބުރޯލު ގަސްދަށުގައި އޮއްވައެވެ. ރޭގަނޑު ދިހައެއް ޖަހާ އެހާއިރުއެވެ. ދުވަހަކުވެސް އެކަހަލަ ކާފަރު ޚިޔާލެއް އަހަރެންގެ ބޮލަކަށް ސަވާރެއް ނުވެއެވެ. ހަމަ އެހާއެކު އަހަރެންގެ ގަޔަށް ތެތްފިނި ގަނޑެއް ވެއްޓުނެވެ. އެޚިޔާލުގައި އަހަރެން ގެބެމުން ދަނިކޮށް، އަހަރެންގެ ގުނަވަންތައް އައްސި ވުމުގެ އިހްސާސްތަކެއް ކުރެވުނެވެ. އަހަރެން ކީ ފޮތެއްގައި އޮވެއެވެ. މިއީ ވަކިކަމަކާ ދޭތެރޭ ވިސްނީމާ ހިތުގެ ވިންދު އަވަސްވެ ލޭގެ ސްޕީޓް ބާރުވީމާ ވާގޮތެކެވެ. އެހެންވެ އަހަރެން އެހާކަންބޮޑެއް ނުވެއެވެ. އަހަރެން މިތާ އެތައް އިރަކު އޮތަސް ގެއަށް ވަންނަން ބުނާނެ މީހަކު ނެތެވެ. ގޭ ވަނީ ފަޅު ވެފައެވެ. މަންމަ އާއި ބައްޕަ ވަނީ މާލޭގައެވެ. ބައްޕަގެ ލޭގެ ކެންސަރަށް ފަރުވާ އަކަށް ގޮހެވެ. ކޮއްކޮ ރުކުސީ ވަނީ މީހަކާ އިދެގެން ފިރިމީހާ ގާތުގައެވެ. ދައްތަ، ކުރުސީ ވީ މަންމަ އާ ޖެހުނު މައްސަލަ އެއްގައި ގެއިން ނުކުމެގެން ގޮހެވެ. މިހުރިހާ މީހުންވެސް ވަރަށް މިސް ވެއެވެ. ނަމަވެސް އަހަންނަށް ރެޑޭ މިސްވަނީ މާ ބޮޑަށެވެ. ގޭގައި އުޅެނީ މާމަ އާއި އަހަންނާއި ކޮއްކޮ ޖާދު އެވެ.


ކުއްލިއަކަށް ޖަނބުރޯލް ގަހަށް ވާލެއް ތިރިކޮށްލިހެން ހީވިއެވެ. ޓަސްލާފަ ގަހަށް އެސޮރު ޖެހިގަތީ އެވެ. ޖަނބުރޯލްކާށެވެ. ގަހުގެ ބައެއް އަފިތައްވެސް ހުންނަނީ އިތާވެ ފައެވެ. ޖަނބުރޯލް އަޅާފައިވާލެއް ބޯކަމުންނެވެ. ގަސްދޮށަށް ވެރިފައި ހުންނަ ޖަނބުރޯލްވެސް ގިނައެވެ. ދުވާލު ކާޅުގެ ބަލާ ބޮޑެވެ. ރޭގަނޑުވެއްޖެ ނަމަ ވާލުގެ އުނދަގޫ ބޮޑެވެ. ދުވާލުވެސް އަދި ރޭގަނޑުވެސް ޖަނބުރޯލް ގަސް ދޮށުގައި ފިނިކޮށްލަން މަޑުކޮށްލެވޭވަރެއް ނޫނެވެ. ދުވާލު ކާޅު ބޮގުޖަހާތީއެވެ. ރޭގަނޑު ވާލު ގޮރުހަނޑާ ތީ އެވެ. ޖަނަވާރުންނަކީ އިންސާނުންނަށް ބަލާ ބައެއް ނޫނެވެ. ކޮންމެ ފަދަ ވިޔާ ނުދާ ކަމެއްވެސް ކޮށްފާނެއެވެ. ޖެއްސުން ވެސް އިންތިހާއަށް ކުރެއެވެ. އަހަރެންގެ ފައި ޖޯޔަށް ކޮޅަށް ޖެހުނެވެ. ވާލު ގަހަށް ޖެހިގަތް އަޑަށެވެ. އެކަން ވީގޮތެއް ބުނެދޭކަށް ނޭގެއެވެ. އަހަރެން އޮތީ ހެއްލާ ޖޯއްޔެއްގައެވެ. ހަމަ އެއާއެކު ދެއަތް ބަނދެވުނު ހެންވެސް ހީވި އެވެ. މުޅިހަށިގަނޑުގައި އެއްޗެއް ދުވާހެން ހީވިއެވެ. ފިނި އިހްސާސްތަކެއްގައި އޮއްވައި ކުއްލިއަކަށް ފޯން ރިންގްވާ އަޑު އިވުނެވެ.


އަހަރެމެން ރަށަށް ފޯން ތަޢާރަފްވީ 1997 އެހާ ހިސާބުގައެވެ. ރަށުގައި ހުންނަނީ ދެ ބޫތެވެ. ފަހުން 4 ބޫތުވެ. މީހުން އިންތިޒާރުގައި ތިބެއެވެ. ބޫތަށް ފޯނެއް އާދޭތޯ އެވެ. ބޫތުގެ ރިންގް އަޑުއިވޭ އިރަށް ދުވެފައި ގޮސް ނަގައެވެ. ކުޑަކުއްޖަކު ރޯން ފެށީމާ މައިން ދަރިފުޅަށް ދޭ ސަމާލުކަން ބޫތުގެ އަތްގަނޑަށް ދެއެވެ. މޯބައިލް ފޯން ތަޢާރަފްވެ ފޯން އާއްމުވުމުން ފޯންވަނީ އުނދަގުލަކަށް ވެފައެވެ. ރިންގް ވިޔަސް ނަގާހިތެއް ނުވެއެވެ. ގޮތް ނީގޭ ނަންބަރެއް ނަމަ، ނުވެސް ނަގަމެވެ. ޖެއްސުމަށްވެސް މީހުން އަހަންނަށް ގުޅައެވެ. އެހެންވެ ފޯން ނެގީ ކަންނެތް ގޮތަކަށެވެ. ގުޅަނީ ކޮން ނަންބަރަކުންތޯއެއް ނުބަލަމެވެ. މިދަންވަރު ގުޅާނީ ދަންނަމީހެކެވެ. ކޮންމެވެސް މުހިންމު ބޭނުމެއްގައެވެ. ފޯނު ނެގުމާއެކު ކަންފަތުގައި ޖެހުނީ ރެޑޭ ގެ އަޑެވެ. އަހަންނަށްވުރެ ކުރިން ރެޑޭ ވާހަކަ ދެއްކި އެވެ. މިސްޓް ކޯލް ދެނީ ކީއްވީ ތޯ އެހިއެވެ. އެނެއްކާ ކަމެއް ގޮސްވީ ތޯ ވެސް އެހިއެވެ. ކަމެއް ބޭނުން ވީ ތޯ ވެސް އެހިއެވެ. ރެޑޭ އަށް އެގޭނެއެވެ. އަހަރެން ގޭގައި އުޅޭނީ އެކަނި ކަމެވެ. އެހެންވެ ރެޑޭ ކަންބޮޑު ވީ އެވެ. އަދިވެސް ރެޑޭ އަހަންނާ ދޭތެރޭ ވަރަށް ވިސްނާކަން އަހަންނަށް އެނގެއެވެ.


އަހަރެން ވަރަށް ކަންބޮޑުވެފައި ބުނީމެވެ. ނުގުޅަމެވެ. އެއިރު 1230 ވަނީ އެވެ. ރަށުގެ އެންމެން ނިދާ ފިޔަވަޅު އޮބިއްޖެ އެވެ. އަހަރެން ވަރަށް ހާސްވާ ގޮތް ވެއްޖެއެވެ. ބިރުވެސް ގެންފިއެވެ. ރެޑޭ އަށް އަހަރެން ނުގުޅާ ތާ ދެ މަސްވެދާނެ އެވެ. ނަމަވެސް މިއަދު އުލިގަމު އަސަރަފް ބުނެގެން ރެޑޭގެ ނަންބަރު އޭނައަށް SMS ކުރީމެވެ. ދެން ރެޑޭ އަށް ގުޅެން ވީ ގޮތެއް ނޭގެއެވެ. ނޫނީ ރެޑޭ އަށް އޮޅުނީ ބާއެވެ. ރެޑޭ އަކަށް ނޯޅޭނެއެވެ. އަހަރެންގެ ނަންބަރެއް ނަމެވެ. އަހަރެންގެ ވަހެއް ކުލައެވެ. އަހަރެންގެ ފޯންގެ ޑައިލް ވަރަށް ފަރުވާތެރިކަމާއެކު ޗެކްކުރީމެވެ. ކޮޓަރީގެ ބޮޑު ބޮކި ދިއްލާގެންނެވެ. ދޮރުލައްޕައިގެންނެވެ. ތަޅުވެސް ލައިގެންނެވެ. ތެދެކެވެ. 3 ފަހަރު ޑައިލް ކުރެވިފައި އެބައިނެވެ. ރެޑޭ އަށެވެ. ދެވަނަ ފަހަރަށް ޗެކްކޮށްލަން އުޅުނީމެވެ. ކުއްލިއަކަށް ދެ ބުޅާ މަގު މަތިން ކޯޅިގެން ފި އެވެ. އަހަންނަށްވެސް ހަޅޭ ލާވާ ގަނެވުނެވެ. ބޭއިހްތިޔާރުގައެވެ. ބުޅާ ގޮވާ އަޑު އިވެއެވެ. "ނިއައު ، ނިއައު ނިއައު،" އެވެ.އެއަޑުން އަހަންނަށް ދޭހަވި އެވެ. އެސޮރު އެބުނަނީ މިހާރަކު އާދެވޭކަށް ނެތް ވާހަކަ އެވެ. ދުރުގައި އުޅެން މަޖުބޫރު ވެއްޖެ ވާހަކައެވެ.އަހަންނަށްވެސް އެނގެއެވެ. ރެޑޭ ކުއްލިއަކަށް މީހަކާ އިނީ ކޮންމެހެން އިންނާކަށް ނޫނެވެ. ކޮންމެވެސް ގޮތަކުން މަޖުބޫރުވެގެން ނެވެ. ރެޑޭ ލޯބިވަނީ އަހަރެން ދެކެއެވެ. އަހަރެންވެސް ލޯބިވަނީ ރެޑޭ ދެކެއެވެ. ރެޑޭވެސް އަހަންނާ ވަރަށް ވާހަކަ ދައްކަން ބޭނުންވާކަން އެނގެއެވެ. އެކަނި ތަނަކުން ބައްދަލުވެއްޖެނަމަ، ވަރަށް ގިނަ ވާހަކަ ދައްކަން އުޅެއެވެ. ލޯބީގެ ލަދުރަކި ގޮތެއް ހުރެއެވެ. މީހުން ތިބިއްޔާ ދަންނަ ކަމަށްވެސް ނަހަދައެވެ. ނަމަވެސް އަހަރެމެންގެ ލޯބީގެ ގުޅުމަކީ މިހާރު މުޅި ރަށަށް އެނގޭ ބޮޑު ސިއްރެކެވެ. އެހެންވެ، ރެޑޭ އަށް ނުދަންނަ މީހަކަށް ވެގެން ދުރުގައި އުޅެން މަޖުބޫރު ވީ އެވެ. އޭނާގެ ތިން ކުދިންނަށްޓަކައެވެ. ކައިވެނި ކުރިއިރު އަންހެނުން ދެކެ ލޯބި ނުވިޔަސް، ތިން ކުދިން ލިބޭއިރު އަންހެނުން ދެކެވެސް ލޯބިހުންނާނީ ވެފައިކަން ގަބޫލުކުރަމެވެ. އެހެންވެ، އަހަރެން އިޝާރާތެއް ކޮށްލިއަސް ރެޑޭ ބުނާނެ ހެން ހީވެއެވެ. ބުޅާ ގޮވައިލި ހެންނެވެ. " ނޯ ނޯ ނައު ނައު " އެވެ. މިހާރަކު ނޫނެވެ. ފަހުންނެވެ.


ރެޑޭ އާ ދޭތެރޭ ބައެއް ފަހަރު ހައްދު ފަހަނަ އަޅާ ވަރަށް ވިސްނެއެވެ. އެފަދަ ދުވަސް ދުވަހު އަހަންނަށް ވަރަށް އުނދަގޫ ވެއެވެ. އޮޅުން އަރައެވެ. ބުނަން ދަތި އިޙްސާސްތަކެއް ކުރެވެއެވެ. ކުރުސީ ދައްތަ މީހަކާ ނީންނަ އިރު، ހަނދުބޮޑުވާ މޫސުމުގައި އަނގަ ގަދަވެ، މޮޔަގޮވައެވެ. އެކަންބޮޑުވަރުވެ، ހޭނެތި ދޫ ހަފައެވެ. ގަޔަށް ބާރު އަރުވާ ދަތްޕިލާފިތި ތުންފަތް ހަފައެވެ. ދައްތަ ރަގަޅުވަނީ މާމަ ފެންފޮތެއް ކިޔަވައި ބޯންދެނި ކޮށްނެވެ. މާބޮޑުވަރުވާ މަސްމަހު ހިލަކުޑޭ ގެނެސް ޖިންނިއަށް ކަންކުރަނިކޮށް ނޫނީ ރަގަޅު ނުވެއެވެ. ކުޑަބެއަކީ ފާޅުވެސް ބަލާ މީހެކެވެ. ކުޑަބެ ފާލުބަލައި ބުނިކަމަށް ވެއެވެ. ކޮންމެވެސް އެއްޗެއް ކާންދީފައި ހުރިކަމަށެވެ. އެފަދަ ކަމެއް ނުވެ ވަރަށް ގިނަދުވަސް ފަހުން އަހަރެން ކުރުސީ ދައްތަ ގާތުގައި ބުނީމެވެ. ދައްތައަށް މީހަކު އެއްޗެއް ދިންހެއްޔެވެ؟ ދައްތަ ވަރަށް ހަނދާންކޮށްފައި ކިޔާދިނެވެ. ވަރަށް ކުރިން އަހަންނަށް މީހަކު ފޭރެއް ދިނެވެ. ވަރަށް މީރު ފޭރެކެވެ. ފަހުން އެމީހަކު ދައްތައާ ރައްޓެހިވާންވެސް އެހިއެވެ. ދައްތަ ރައްޓެއްސެއް ނުވަމެވެ. އަހަރެން އެހީމެވެ. އެއީ ކާކުހެއްޔެވެ؟ ދައްތަ ޖެހިލުންވެފައިބުނީ އެއީ އާސަ ގޯތި އަބްދުﷲ އެވެ.


މިހުރިހާ ކަމެއް ވިސްނުމަށް ފުރޭނެން ފެށުމުން އަހަރެން ހިތަށް އެރިއެވެ. އަހަންނަށްވެސް ހިސްޓީރިޔާގެ އުނދަގޫ ވަނީ ބާއެވެ. ނަމަވެސް މިހެންވާން ފެށުމުން އަހަންނަށް ލުޔެއް ލިބެއެވެ. ރެޑޭ އަހަންނަށް ފޮނުވި ސިޓީ ކިޔާލުމުންނެވެ. މާމަ ކިޔަވާ ފެންތަށިން ދައްތައަށްވާ ލުއި އަހަންނަށް ރެޑޭގެ ސިޓީން ލިބެއެވެ. އެހެންވެ އެސިޓީ އަހަރެން ގެންގުޅެނީ ވަރަށް ފޮރުވައިގެން ނެވެ. އަހަރެންގެ ސިއްރު އަލްބަމްގައެވެ. އަލަމާރީގެ ކުޑަ ވަތްގަނޑުގައެވެ.


އަލަމާރިން އެސިޓީ ނެގީމެވެ. ރޭގަނޑުގެ ފަހު ދަން ފާއިތުވި އިރުވެސް ލޮލަށް ނިދިނައިސް ގެންނެވެ. އެއްޗެހި ލެވޭތަނެއްވެސް މިހެން ވަނިކޮށް ހަނދާނެއް ނުހުރެއެވެ. އެހެންވެ ތަޅުދަނޑި ހޯދުމުގެ ތެރޭގައި ރެޑޭއަށް ގުޅުނު ގޮތްވެސް އެގިއްޖެއެވެ. އަހަންނަށް ޖޯލީގައި އޮވެވުނީ ފޯނުގެ އިންފްރާ އަތަށް ލައިގެންނެވެ. އެއަށް އޮބެނީ އެވެ.


ސިޓީ ނަގައި އަލަމާރި ތަޅުނުލައި އެނދުގައި ހަމަޖެހިލީ މެވެ. ހެދުން ބަދަލު ކޮށްގެން ނެވެ. ނިދާ ހެދުމަށެވެ. މިދަންވަރުވެސް އަހަރެން މިއުޅެނީ އަލީގައެވެ. އަލިގަދަކަމުން ބޮކިދިއްލީމެވެ. ހޮޅުބުރި ނިއްވާލާފައެވެ. ބޮކިއަލީގައި ހީވަނީ ފުޅިބައްތި ދިއްލާފައި ހުރިހެންނެވެ. ފުޅިބައްތީގެ ހަނދާންތައް އަދި ނެތޭހާ ދުވަހެއް ނުވެއެވެ. ރަސްމީގޮތެއްގައި ރަށަށް ކަރަންޓް ލިބެން ފެށީ 2007 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ.


މަޑުމަޑުން ރެޑޭގެ ސިޓީ އަހަރެން ކިޔަން ފެށީމެވެ. ސިޓީ ފަށާފައިވަނީ ކުރިން ބުނި ލަވައިގެ ފުރަތަމަ ކަޑިންނެވެ. ނަމަވެސް އެންމެ ފުރަތަމަވެސް ސިޓީގައި އޮތީ ރެޑޭ މާލޭގައި ހުންނަ އެޑްރެސްކަން ޔަގީނެވެ. އެއަށް ފަހު "ލޯބިވާ ނަޒޫ އަށް" މިހެން އޮތެވެ. ރެޑޭ އަހަރެން ދެކެ ލޯބިވާކަން ފާޅު ކުރި ފުރަތަމަ ފަހަރެވެ. އެއްމަހާއި 15 ވަރަކަށް ދުވަސް ވީއިރުވެސް އެހައިގާތްކޮށް އުޅުނު އިރުވެސް އެހެން ނުބުނެއެވެ.


" އޭ ލޯބިވެރިޔާ އެވެ! ކަލާޔާ ދުރުގައި އެކަނި މިހެން ހުރެ ކިޔެވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަހަރެން މިހިރީ ކަލާގެ އިންތިޒާރުގައެވެ. ދިރިއުޅޭނެގޮތެއް ނޭނގެއެވެ. ކަލާޔާ ނުލައެވެ. އަހަރެންގެ ހަނދާންތަކުގައި ވަނީ ކަލާއެވެ. އަދި އަހަރެންގެ ހުވަފެންތަކުގައި ވަނީވެސް ކަލާ އެވެ. ކަލާ މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެވެ. ކަލާވެސް އަހަރެންގެ މަތިން ހަނދާނެއް ނުނެތޭނެކަން ޔަގީންނެވެ. ކަލާ ބޮޑުވީ އަހަރެންގެ ލޮލުގެ ކުރިމަތީގައެވެ. އަހަރެންގެ ބޮލުގެ ކުލަ ހުދުވެ، ކޮލުގެ މަސްތައް އެލުނަކަސް އަހަރެން ބަދަލެއްނުވާނެއެވެ. އަހަރެންގެ ލޭގެ ކުލަ ރަތްހާ ހިނދަކުއެވެ."


ރެޑޭ އެއްވެސް އިޝާރާތަކާ ނުލައި ކުއްލިއަކަށް މީހަކާއިނީ ކީއްވެބާއެވެ. ޔަގީންނެވެ. އޭނާ އަށް މަޖުބޫރުވީއެވެ. މިހާރު ރެޑޭގެ ބޯވެސް ހުދުވަނީ އެވެ. އަދިވެސް މޫނު ވަރަށް ސާދާ އެވެ.


"ކަލާގެ ގެއަށް އަހަރެން ދިޔައީ ޗުއްޓީ ފޫހިކަމުންނެވެ. ހީސަމާކޮށްލުމަށެވެ. އެކަމަކު އަހަރެންގެ ހިތަށް ކަލާގެ ޚިޔާލުތައް އައިސް ނުނިދޭ ރޭތައް ގިނަވި އެވެ. ކަލާ ބޮޑުވިފަހުންނެވެ. ދަންވަރުވެސް ތިގެއަށް ދެވެނީ އެހެންވެއެވެ. އަހަރެން މިހުންނަނީ ލޯބީގެ މޮޔައިން ސަލާމަތް ނުވެވިފައެވެ. މިހިތުގެ އެންމެ ޙާއްޞަ ފަރާތަށް ކަލާ ވީ ފަހުންނެވެ. މޮޔަވުމަކީ މުޅިރަށުގައި ދުވުމެއް ނޫނެވެ.ކިޔެވުން ހުއްޓާލާފައި ރަށަށް ދިއުމެއް ނޫނެވެ. އަދި ބޯގޯސް ވާހަކަ ދައްކައި މޮޔަގޮވުމެއްވެސް ނޫނެވެ. އަހަރެން މޮޔަވަނީ އެއްވެސް މީހެއްގެ އުނދަގުލެއްނެތި، ކަލާ ނުފެންނަ ވަގުތުކޮޅެއް ލިބޭ އިރުއެވެ. އެވަގުތު ކޮޅު ކަލާގެ ސޫރަ އަހަރެންގެ ކުރިމަތީގައި ހިނިތުންވެއެވެ. އަހަރެން މޮޔަކުރީ ހަގީގަތުގައި ކަލާގެ ހިނިތުންވުމެވެ. ކަލާގެ ތުންފަތެވެ. ކަލާގެ ހުދުދަތްތަކެވެ. "


"އޭ ލޯބިވެރިޔާ އެވެ! އަހަރެން އުއްމީދުތައް އަހަރަން ވަށައިގެން އެބައުދުހެޔެވެ. ކުލަކުލައިގެ ކޮކާތަކެއް ހެން އަހަރެން ވަށައިގެންނެވެ. ކޮންމެ އުއްމީދެއްވަނީ ތަފާތުކުލައެއްގައި ހެން އަހަންނަށް ސިފަވެއެވެ. އެއުއްމީދުތަކުގެ މިސްރާބު ކަލާއަށް އެނގޭނަމަ، ޗުއްޓީއަކީ ނިމުމެއް ނުވާ ކަމެއްކަމުގައި ކަލާ ދެކޭނެވެއެވެ. އަހަންނަށް ކޮންމެ ރެއަކު ކަލާއާ ބައްދަލުކުރުމުގެ ނަސީބު ލިބެއެވެ. ނަމަވެސް އަހަރެންގެ ހުވަފެންތަކުގައެވެ. ހޭލެވުމާއިއެކު އަހަރެން ދުނިޔެވަނީ މިހާރު ފަޅުވެފައެވެ."


އަހަންނަށް ހޭލެވުނުއިރު 6 ޖަހަނީ އެވެ. އަވަސް އަވަހަށް ކުޑަދޮރުގެ ފޮތިގަނޑު ކަހާލީމެވެ. ކުޑަދޮރުހުޅުވާލީމެވެ. ފަތިހުގެ ފިނިވައި ކޮޓަރިތެރެއަށް ދެމިގަތެވެ. ކޮރިޑޯގައި ހުރިގަސްތަކުގެ ފަތްތައްވަނީ ޝަބްނަމުގެ ތިކިތަކުން ތެމިފައެވެ. ފަތިހުގެ ފިނިވަޔާއެކު ރެޑޭ އެދަނީ އޮފީހަށެވެ. އަހަރެންގެ ކޮޓަރިއާ ހަމަކޮށް ، ބަލައިލިއެވެ. އަހަންނާ ދިމާއަށެވެ. އަހަންނަށްވެސް ބަލާލެވުނެވެ. ދެމީހުންގެ ކަތި ނަޒަރު ސީދާވީ އެކުއެކީގައެވެ. ނަމަވެސް ރެޑޭގެ ކަތިނަޒަރުން އަހަރެންގެ ހިތް ޒަޚަމްވިކަން ރެޑޭއަށް އެނގޭނަމަ، އޭނާ ނުދާނެކަން ޔަގީންނެވެ. އެހައި އަވަހަށް ނަޒަރު އެހެންދިމާއަކަށް ފޯކަހެއް ނުކުރާނެ އެވެ. އަހަންނަށް ބަލާލެވުނެވެ. އަހަރެންގެ މަޑުތުނި ފިތާތޮށިކުލައިގެ ނިދާހެދުމަށެވެ. އަވަހަށް ކުޑަދޮރު ލެއްޕީމެވެ. އެހެން މީހަކަށް ފެނިދާނެތީ އެވެ. ނަމަވެސް ރެޑޭ އޮފީހަށް ދާތަން ބަލަން ހުރީމެވެ. ކުޑަދޮރުގެ ބިއްލޫރީގެ ތެރެއިންނެވެ. -ނިމުނީ

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered

އިބުނު ސީނާ 980-1037މ

ލިޔުނީ: ޝެއިޚް އަހުމަދު ދީދީ އިބްނުސީނާއަކީ މުސްލިމުންގެ އެންމެބޮޑު ބޭސްވެރިޔާއެވެ. އާދަޔާޚިލާފަށް ހަނދާންގަދަ މައުލޫމާތު ވަރަސް މުއްސަނދި ލާމަޘީލު ޢިލްމީ ޝަޚުޞިއްޔަތެކެވެ. އިބްނުސީނާ ލިޔުއްވި ފޮތްތަކުގެ ޢަދަދު ސަތޭކައަށްވުރެން ގިނައެވެ. ބޭސްވެރިކަމުގައި ލިޔުއްވި އެންމެ މަޝްހޫރު ފޮތަކީ އަލްޤާނޫނުއެވެ. މިފޮތް އެކުލެވިފައިވަނީ ފަސް މުޖައްލަދަށެވެ. ފަސްވަނަ މުޖައްލަދުގައި ޢައްޠާރީބޭހުގެ ބާވަތްތަކާއި ޢަޤާޤީރުގެ ޔޫނާނީންނާއި ފާރިސީންނާއި ހިންދުމީހުންނާއި ޗައިނާމީހުން ބޭނުންކުރި ވަރަށްގިނަ މުފްރަދު ބޭހާއި މުރައްކަބު ބޭސް ބަޔާން ކުރައްވާފައިވެއެވެ. އިބްނުސީނާގެ ފުރިހަމަ ނަމަކީ އަބޫޢަލިލްޙަސަން އިބްނު ސީނާ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 980މ. ގައި އަފްޣާނިސްތާނުގެ އުތުރު ރަށެއްކަމަށްވާ ޙަރްމައިތިން ގައެވެ. އެރަށް މިހާރު އޮތީ ތުރުކިސްތާނުގެ (އުޒުބަކިސްތާނުގެ) ބުޚާރާކާރީގައެވެ. އޭނާގެ މަންމައާއި ބައްޕައަކީ އަފްޣާނިސްތާނުގެ ދެބޭފުޅުންނެވެ. ހިޖުރީގޮތުން ހަތަރުވަނަ ޤަރުނުގެ ފަހުކޮޅުގައި އުމުރުން ދިހަ އަހަރުވެސް ފުރިހަމަ ނުވަނީސް އިބްނު ސީނާ ބުޚާރާ ސަހަރުގެ އެކިއެކި ތަޢުލީމީ މުއައް