ނަލަނަލަ އިހަވަންދޫ ގެ ކުނީގެ މައްސަލަ އަށް އޮތީ ކޮން ހައްލެއް ؟
ރަށުގެ ކުނި އުކާލުމުގެ ނިޒާމު ރަނގަޅަށް މޮނިޓަރކޮށް ނުބެލެހެއްޓެ އެވެ.
ރަށުގެ އެތަން މިތަނަށް އާއްމުން ދަނީ ކުނި އުކަމުންނެވެ.

ކުންޏަކީ އިންސާނީ ދިރިއުޅުމާ ގުޅި ލާމެހިފައިވާ އެއްޗެކެވެ. އިންސާނީ ކޮންމެ ހަރަކާތަކާ އެކު ކުނި އުފެދެމުން ދެއެވެ. އާބާދީ ބޮޑުވަމުން ދިޔަވަރަކަށް ކުނީގެ މައްސަލަ އަންނަނީ ފުނި ޖެހެމުން ނެވެ. އާބާދީ ބޮޑުވެ ރަށުގެ ބިން ފުރެމުން ދާ ވަރަކަށް މިމައްސަލަ ހައްލުކުރަން އުދަގޫ ވެއެވެ. ކުނީގެ މައްސަލަ ކުރިމަތިވެފައިވާ ހުރިހާ ރަށެއްގެ ޝަކުވާއަކީ ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ނުވަތަ އެކަމަށް ހައްލެއް ގެނެވޭނެ ގޮތެއް ނެތުމެވެ.
އާބާދީގައި ގާތްގަނޑަކަށް ތިންހާސް މީހުން ދިރިއުޅޭ ހއ. އިހަވަންދޫ އަށް ކުރިމަތި ވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ އެވެ. ތިމާވެއްޓަށް ކުރިމަތި ވެފައިވާ މިސީރިއަސް މައްސަލައާ މެދު އާއްމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ތަކެއް ކުރަން ޖެހެއެވެ. މިދާއިރާއަށް ކުރިމަތި ލާފައިވާ ކެންޑީޑޭޓުންގެ ބަހުސްގައި ، ކެންޑިޑޭޓުންނާ ކުރެވުން ސުވާލު، ދާއިރާގެ ހާލަތާއި ވިންދު އެގެނީ ކިހާވަރަކަށް، މިސުވާލުގައި ތިމާވެށީގެ މިނާޒުކު މައްސަލަ އެއްވެސް ކެންޑިޑޭޓަކު ފާހަގަކޮށް ފައެއް ނެތެވެ.
އިންސާނީ ތަރައްގީ އަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، ކުނީގެ ބާވަތް ތަކަށް ބަދަލުއައިސް، ކުނީގެ ތެރޭގައި ނުރައްކާތެރި ވިހަ ކުންޏާއި ޞިއްޙީގޮތުން ގެއްލުން ދެނިވި ކުނި އުފެދެމުން ދެއެވެ. އެގޮތުން ބަލާއިރު އަޅުގަނޑުމެންގެ މި މުޖުތަމަޢަކީ ވެސް އެފަދަ ހުރިހާ ބާވަތެއްގެ ކުނި އުފެދޭ މުޖުތަމަޢެކެވެ. ޞިއްޙީގޮތުން ނުރައްކާތެރި ކުންޏާއި ތިމާވެށީގެ ގޮތުން ނުރައްކާތެރި ކުންޏާއި އާއްމު ސާފު ތާހިރުކަމަށް ހުރަސް އެޅޭ ކުނިވެސް ކޮންމެ ގޭބިސީ އެއްގައި އުފެދެމުން ދެއެވެ. އާއްމު ސިއްޙި ނަޒަރަކުން ބަލާއިރު، ކޮންމެ މީހަކުވެސް މިކަމާމެދު ވިސްނައި ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމަށް ސަމާލުވާން ޖެހެއެވެ.
ނަމަވެސް ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން، މިރަށް ވަނީ ކުނީގެ ހާއްޔަކަށް ވެފައެވެ. ވިޔަފާރި ކުރާ ތަންތަނުންނާއި ހޮޓާ ރެސްޓޯރަންޓް ތަކުން އުފެދޭ ކުނި ރޭގަނޑު ތަން ބަންދުކޮށް، ފަސޭހައިން ކުނި ގޮތަޅު ހޫރާލެވޭ ދިމާއަކަށް އެއްލާލާ މަންޒަރަކީ އާއްމުކޮށް ފެންނަ މަންޒަރެކެވެ. ނަތީޖާ އަކީ، ރަށުގެ ރީތި ހުދު ގޮނޑު ދޮށް ވަނީ ކުނިން ކަޅު ވެފައެވެ. ސާފު މޫދުވަނީ ނެޕީން ތަގައްޔަރު ވެފައެވެ. މޫދަށް އެރިލާނެ ސަރަހައްދެއް ނެތެވެ. މުނިފޫހި ފިލުވަން ނިކުންނާނެ ތަނެއް ނެތެވެ. މިއިން ކޮންމެ ތަނަކަށް ދިޔައަސް ކުނީގެ އުނދަގޫ ވަރަށް ބޮޑެވެ.
ރަށުގެ އެތަން މިތަނަށް ކުނި އުކުމަކީ ރަށު އޮފީހުން މަނާކޮށްފައިވާ ކަމެކެވެ. މީހުން ފާޅުގައި ރަށުގެ އެތަން މިތަނަށް ކުނި އުކަމުން ދާއިރު ، އެފަރާތް ތަކާމެދު އަޅާ ފިޔަވަޅެއް މަދެވެ. ދެވޭ ނަޞޭޙަތެއް ނެތެވެ. ކެނެޑާ އާއި އޮސްޓްރޭލިއަން ރެޑް ކްރޮސްގެ އެހީގައި 2006 ވަނަ އަހަރު ހެދި ކުނިކޮށި ވަނީ ސުންނާފަތި ވެފައެވެ. މިއީ މިއީ 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ ފަހުކޮޅު ދިމާވި ސުނާމީއަށ ފަހު ބޭރުގެ އެހީދޭ ޖަމާއަތް ތަކުގެ އެހީތެރިކަމާއެކު، ކުނި ނައްތާލުމަށް ހިންގި އެހީގެ ޕްރޮގްރާމެކެވެ. މިތަނާ ގުޅުން ހުރި އިތުރު އެހީގެ ދޮރުތައް ވަނީ ބަންދު ވެފައެވެ. އެތަނުގައި އިމާރާތްކޮށްފައިވާ އިމާރާތް ނެތުމުގެ ސަބަބުންނެވެ. ދަޅު ފިއްތާ މެޝިނާއި ކުނި އަންދާ މެޝިން ބަހައްޓާނެ ތަން ނެތުމުގެ ސަބަބުންނެވެ. މިއީ ރައްޔިތުންނާއި ވެރިން ވިސްނަން ވެއްޖެ ކަމެކެވެ. މިތަން ބަލަހައްޓާނެ އިންތިޒާމެއް ނެތުމުގެ ސަބަބުން، މުޅި ސަރަހައްދު ވަނީ ކުނިން ފުރި ބާރު ވެފައެވެ. ކޮށްޓަށް ވަދެވޭނެ މަގެއް ނެތެވެ.
ކުނިކޮށްޓަށް، ކުނި އުކުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި، ކުނިކޮށްޓަށް ވަދެވޭނެގޮތަށް އެސަރަޙައްދުގައި ވަނީ މަގެއް ހަދާފައެވެ. މިމަސައްކަތުގައި ބައިވެރިވުމަށް ރަށުގެ ރައްޔިތުންނަށް ރަށު އޮފީހުން ގޮވިއެވެ. ސަރުކާރުގެ އޮފީސްތަކަށް ދެންނެވި އެވެ. ނަމަވެސް ލިބުނު އެއްބާރު ލުމާއި ތަރުހީބު ވަރަށް ކުޑައެވެ. މިފަހަކަށް އައިސް މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ލިބޭ ތަރުހީބު ކުޑަކަން ފާހަގަ ކުރެވެއެވެ. އިޖުތިމާޢީ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ކުޑައެވެ.
އިހު ޒަމާނުގައި އަޅުގަނޑުމެންގެ ގޭ ބިސީ ތަކުން މާގިނަ ކުންޏެއް ނުއުފެދެ އެވެ. ނަމަވެސް ތަރައްގީގެ ފަހަތުން ގޭބިސީތަކަށް އައި އުމުރާނީ ތަރައްގީ އާ އެކު އުފެދޭ ކުނީގެ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ކުރީ ޒަމާނުގައި ގޭގައި އުފެދޭ ކުނި ގޭ ދޮށު ވަލަށް ނުވަތަ މޫދަށް އަޅާލަނީ އެވެ. ނަމަވެސް މިހާރު އެގޮތަށް އެކަން ކުރެވޭކަށް ނެތެވެ. އާބާދީ ބޮޑުވެ ބިން ފުރުމުންނެވެ. އުފެދޭ ކުނި އިތުރުވުމުން ނެވެ. ދިރިއުޅުން ތަރައްގީ ކުރާ ފަދައިން ކުނި ނައްތާލުމުގެ ނިޒާމެއް ހަމަޖެއްސުން މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ.
ކުނީގެ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ތިން ކަމެއް "ތްރީ އާރު"ގެ މައްޗަށް އެކުލެވޭ ތަޞައްވުރެއް އޮވެއެވެ. އެއީ Reduce ( ކުނިމަދުކުރުން )، Reuse ( ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި ދެވަނަ ފަހަރަށް ބޭނުން ކުރުން ) އަދި Recycle ) ކުނި އެހެން ގޮތަކަށް ބަދަލުކޮށް ގެން ބޭނުން ކުރުން ) ކުރުމެވެ. ނަމަވެސް އަޅުގަނޑުމެން ކުނި ނައްތާލުމުގައި މިއިން އެއްވެސް ގޮތަކަށް ޢަމަލެއް ނުކުރެއެވެ. އަޅުގަނޑުމެން ގެންގުޅެނީ ދެގޮތެކެވެ. ކުނި އެންދުމާއި ކުނި ވަޅުލުމެވެ. މި ދެގޮތަކީ ވެސް ރާއްޖެ ފަދަ ތިމާވެށިގެ ނުރައްކަލަށް ހުށަހެޅިފައިވާ ގައުމަކަށް ވަރަށް ނުރައްކާތެރި ދެގޮތެވެ. ކުނި އެންދުމަކީ ތިމާވެއްޓާ ރަޙުމަތްތެރި ގޮތެއް ނޫނެވެ. އަދި ކުނި ވަޅު ލުމަކީވެސް ބިމުގެ ފަސްގަނޑަށާއި ފެން ފަށަލަ އަށް ގެއްލުން ލިބޭ ކަމެކެވެ.
ކުނި އެންދުމަކީ ތިމާވެއްޓށް ނުރައްކާތެރި ކަމަކަށް ވާއިރު، ޞިއްހީގޮތުން ބަލާއިރު ކުނި އެންދުމުގައި އަޅުގަނޑުމެން ގެންގުޅެނީ އެންމެ ރަގަޅު ގޮތެއް ނޫނެވެ. ބިންމަތީގައި ބަހައްޓައިގެން ހާމަ ތަނެއްގައި ކުނި އަންދަނީ އެވެ. ކުނި އަންދާކަށް ވަކި ވަގުތެއް ނޯވެއެވެ. މިހެން ކުނި އެންދުމުން ، ކުނި އަންދާ އިރު މުޅި ރަށް ކޮށި އަރައެވެ. ކުނި އަންދާނަމަ، ކުނި އަންދަންވީ ހެނދުނު އެވެ. ބިމުން އުލިފައިވާ އަށްޓެއްގައި ބަހައްޓައިގެންނެވެ. ތިމާވެއްޓާ، އަދި ޞިއްޙަތަށް ގެއްލުން ކުޑައީ މިގޮތެވެ. ހެނދުގަޑީގައި އެންދުމުން ހުރިހާ ދުމެއް އަރާނީ މައްޗަށެވެ. ދުވާލުގެ އެވަގުތު ވައިގެ މިސްރާބު ހުންނަނީ މައްޗަށް ކަމުން ރަށު ތެރެއަށް ދުމުގެ އަސަރު ކުރުން ކުޑަވާނެއެވެ. އެނޫން ގަޑި ތަކުގައި ވައި ހުންނާނީ ރަށު ތެރެއަށް ފެތުރި ފައެވެ.
ކުނި ކޮށީގެ ސަރަހައްދަށާއި ރަށުގެ އެތަން މިތަނަށް އުކާފައިވާ ކުންޏަށް ނަޒަރު ހިންގާލުމުން ދުވާލަކު 2025 ކިލޯ ގެ ކުނި އުކާލާފައިވާކަމަށް ލަފާކުރެވެއެވެ. އެއީ ދުވާލަކު މީހެއްގެ މައްޗަށް 0.75 ކިލޯ ކުނި ކަމަށް ބެލެވެއެވެ. މިއުފެދޭ ކުނި ނައްތާލުމުގައި އަޅުގަނޑުމެންވެސް "ތްރީ އާރު" ބޭނުން ކުރަން ޖެހެއެވެ. ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ކުނި ނައްތާލަން ޖެހެއެވެ. އެހެން ނޫން ނަމަ ކޮންމެ ދުވަހެއްގެ ހަވީރު އަޅުގަނޑުމެން ކޮށި އަރާ، މުޅިރަށް ދުމުން ތަގައްޔަރު ވުމަކީ އިތުރަށް ވިސްނަން ޖެހިފައިވާ ކުނީގެ އިތުރު މައްސަލަ އެކެވެ. ކުނިން ސަލާމަތް ވުމަށް މީހުންގެ ކަން ބޮޑުވުން ހައްލުކުރުމަށް ކުނި ނައްތާލުމުގައި ރަގަޅު ގޮތެއް ހޯދުން މިހާރު ކޮންމެ ހެންވެސް ބޭނުމެވެ. އެއީ މިނަލަނަލަ އިހަވަންދޫގެ ތިމާވެއްޓަށް ރަގަޅު އަސަރެއް ކުރާނެ ކަމެކެވެ.

Comments