މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ އިބްރާހީމް ދީދީ އިހަވަންދޫ އަށް ވަޑައިގެންފި.
ހއ. އަތޮޅުގައި މަސްވެރިކަމުގެ ބަނދަރެއް ހައްދަވައި، ބޭރުގެ އެކި ކުންފުނިތަކާ ގުޅިގެން މަސްވެރިކަމުގެ ސިނާޢަތު އިތުރަށް
ފުޅާކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ.
ހއ. އަތޮޅުގައި މަސްވެރިކަމުގެ ބަނދަރެއް ހައްދަވައި، ބޭރުގެ އެކި
ކުންފުނިތަކާ ގުޅިގެން މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކުރެއްވުމަށް
މަސައްކަތްތަކެއް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑރ އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އަތޮޅަށް
ފުރާވަޑައިގަންނަވަމުން މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ފިޝަރީޒް
މިނިސްޓަރ ހއ. ކުރައްވާ މިދަތުރުފުޅުގެ ދެ މަޤްސަދެއް ހާސިލްކުރައްވަން
ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނުންގެ ،މިދަތުރުފުޅުގައި
ބޭރުގެ ފަރާތެއްވެސް ބައިވެރިއެވެ. މީގެ އިތުރުން މިހާރުގެ ސަރުކާރުން
ދަނޑުވެރިކަމާ މަސްވެރިކަމުގެ ސިނާޢަތަކީ ރައްޔިތުން އަތްފޯރާފަށުގައި އޮތް
ސިނާޢަތަކަށް ހެއްދެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް
ވިދާޅުވިއެވެ. މިދަރުތުފުޅުގެ ދެވަނަ މަޤްސަދަކީ އުތުރުގެ އަތޮޅުތަކުގެ
ރައްޔިތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ކަންކަމުގައި މާލެ ނައިސް އެއަތޮޅުގައި
ތިބެގެން ކަންކަން ކުރުމަށް މިހާރުން މިހާރަށްވެސް ކޮށްދެވޭނީ ކޮން
ކައްތައްތަކެއްތޯ ބައްލަވައި މަޝްވަރާކުރެއްވުން ކަމަށް ފިޝަރީޒް މިނިސްޓަރ
ވިދާޅުވި އެވެ.
ރާއްޖޭގައި ހުރި ފަޅުރަށްތައް ރައްޔިތުންނަށް ލާބަޔާއި
މަންފާހުރި އެންމެ ރަގަޅުގޮތުގައި ބޭނުން ކުރައްވާނެ ކަމަށް
އެމަނިކުފާނުވިދާޅުވިއެވެ. '' މާލޭގެ ކޮންމެވެސް ބޭފުޅަކަށް، ނުވަތަ ސަރުކާރުގެ
މއތީވެރިޔަކަށް އަހަރަށް -/50 ރުފިޔާ ނުވަތަ -/5000 ރިފުޔާ އަށް ކުއްޔަށް ދީފައިވާ
ދިނުން ދިނުމަމަކަށް ގެންނަން އެބަޖެހޭ، އެކަން އަޅުގަނޑުމެން ކުރާނަން. އިހަވަންދޫ
ރައްޔިތުންނާ ބައްދަލު ކުރައްވަމުން ޑީޑީ ވިދާޅު ވިއެވެ.
ހއ. ގައި ހަދާ
މަސްވެރިކަމުގެ ބަދަރުހަދާނެ ރަށެއް ކަނޑައަޅާނީ އަތޮޅުގެ ރައްޔިތުންނާ
މަޝްވަރާކުރުމަށް ފަހުއެވެ. ސްޓޭޓް މިނިސްޓަރ އާދިލް ސަލީމާއި ސްޓޭޓް މިނިސްޓަރގެ
ނައިބު އާދަމް ނަސީރު އަތޮޅުގައި މަޑުކުރައްވާ އެސާވޭކުރައްވާގޮތަށް ވަނީ
ހަމަޖެހިފައެވެ.
އިހަވަންދޫގެ ރައްޔިތުން އުއްމީދުކުރަނީ މަސްބަދަރު އިހަވަންދޫ
ގައި ހަދާގޮތަށް ހަމަޖެހިގެން ދާނެ ކަމަށެވެ. އެއީ އިހަވްންދޫ އަކީ ހއ. ގައި އޮތް
އެންމެބޮޑު މަސްވެރިކަމުގެ އާބާދީ ކަމަށް ވާތީވެއެވެ. އަދި މަސްވެރިކަމަށް ކިޔަވާދޭ
ސްކޫލެއް އިހަވަންދޫގައި ހަދާނެކަމަށް ރައީސް ނަޝީދު އިހަވަންދޫއަށް ކުރެއްވި
ކެމްޕޭން ދަތުރުގައި އިހަވަންދޫ ރައްޔިތުންގެ ގާތުގައި ވައުދުވެފައިވާތީއެވެ
.
Comments