Skip to main content

Posts

ރަށުކައުންސިލަށް  ޒުވާނުންނަށް ފުރުޞަތުދޭންޖެހެއެވެ. ތުއްތަނިކު ދިވެހި ޒުވާނުންނަކީ އުފެއްދުންތެރި ބައެކެވެ. ކުރެހުމާއި މިއުޒިކު އުފެއްދުމުން ފެށިގެން ޓެކްނޮލޮޖީގެ ދާއިރާގައި ވެސް ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ފެންނަމުންދެ އެވެ. ބޭނުން ވަނީ ފުރުސަތުތަކެކެވެ. ޒުވާނުންގެ ހުނަރުވެރިކަމާއި ގާބިލްކަން ތަމްސީލްކުރާނެ ޕްލެޓްފޯމެކެވެ. ރަށާއި ގައުމަށް ޚިދުމަތް ކުރާނެ ފުރުޞަތުތަކެކެވެ.  ރައީސުލްޖުމުހޫރިއްޔާ އޮނަރަބުލް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ މައިގަނޑު ޝިޔާރަކަށް އިޚްތިޔާރުކޮށްފައިވަނީ ވެސް ޒުވާނުންނާ ގުޅުންހުރި ސްލޯގަން އެކެވެ. :އިކޮނޮމީ-ޔޫތް" ނުވަތަ އިޤްތިޞާދާއި ޒުވާނުން މިޝިޔާރެވެ. 

Presidential Election 2013

51.39% / 111,203 votes 105,181 votes / 48.61%

Maldives Decides 2013 – The re-vote

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފި އެވެ. 
ނޮވެންބަރު 11 ގެ ފަހުން ދިވެހި ގައުމު ހުމައިނީއާދަމް ގެއްލިގެން އުއްމީދުއެކުގައި ދިރިއުޅުން ބަނަކޮށް މުޅީން ވެއްޓި އޮތުމީ، އިންސާނުންނާއި އެކަށީގެންވާ ކަމެއްނޫނެވެ. ދިވެހި ގައުމު އާދޭހާއެކު ގިސްލާރޮމުންދަނީ ، ގައުމުގެ ވެރިކަމުގެ ނިޒާމު ކިލަނބުވެ، ރައްޔިތުންގެ ބާރާއި ، ރައްޔިތުންގެ ނިންމުމާއި ރައްޔިތުންގެ ވެރިކަން ގެއްލިފައިވާތީ އެވެ. ރައްޔިތުންގެ ވޯޓަކުންވެރިކަން ކަނޑައެޅުމުގެ ފުރުޞަތު ގެއްލި، ވޯޓް ލެވޭނެކަމުގެ އުއްމީދެއް ނެތޭން ފެށުމުން ހިތްއެކީގައި ދަނީ ގެއްލިގެންވެ. ނަފުސާއި ރޫޙްގެ މައްޗަށް ގަދަވަމުންދަނީ، ހިތާމައެވެ. ހިތިހިތާމައެވެ. ބަރުދާސް ނުކުރެވޭފަދަ ހިތާމައެވެ.
ކިހިލިފަތްދަށުން ދާހިއްލަނީ ކީއްވެ؟ ގުލްފަތުގެރަމީޒް ކިހިލިފަތްދަށުން ދާހިއްލާ ހެދުން ތެމިފައިހުންނާތީ، ބައެއް ފަހަރު ލަދުގަންނަން ޖެހެއެވެ. ދާހިއްލުމަކީ ކަށިގަނޑު އޭގެ ޒާތުގައި ފިނިކޮށްދީ ބެހެއްޓުމަށްޓަކައި ، ހަށިގަނޑުގެ ތެރޭގައި އާދަކޮށް ހިނގަމުންދާ ނިޒާމެކެވެ . ހޫނު މޫސުމާއި މަސައްކަތްކުރާ ވަގުތާއި ކަސްރަތުކުރާއިރު ގަދައަށް ދާހިއްލައެވެ. ނަމަވެސް މަސައްކަތުގެ ގަޑީގައި ފިލާވަޅުތަކާއި ސެޝަންތައް ނަންގަވާދެއްވާއިރުއާއި ގްރޫޕް މަސައްކަތްކުރާއިރު، ދާހިއްލާ ހެދުމުގެ ކިހިލިފަތްދަށް ތެމޭތީވަރަށް ކަންބޮޑުވެއެވެ.
އިހަވަންދޫ ކައުންސިލަ އިދާރާގެ ވެބްސައިޓް ގުލްފިޝާން އިހަވަންމަދު ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓެއް ހަދައިފިއެވެ.  މި ވެބްސައިޓަކީ ވަރަށް ބޭނުންތެރި ، މުހިންމު މައުލޫމާތުތައް ހިމެނޭ ސައިޓެކެވެ. ރައްޔިތުންނަށް ބޭނުންތެރި މުހިންމު ފޯމްތަކާއި، ކައުންސިލަރުންގެ މަސްއޫލިއްޔަތާއި، ކައުންސިލުން ދޭ ޚިދުމަތްތައް ސައިޓްގައި ހިމަނާފައިވެއެވެ. މިސައިޓްގެ އެޑްރެހަކީ www.ihavandhoocouncil.com އެވެ.