Skip to main content

Posts

Showing posts from October, 2017

Achieving and maintaining classroom dscipline

ކޮންމެ މުދައްރިސަކަށް ވެސް ކިލާހުގެ ސުލޫކު ހިފެހެއްޓިދާނެ ލިޔުނީ: ޑރ. ހަސަން ޙަމީދު  މި މަޒުމޫނަކީ، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން ނެރެމުން ދިޔަ ޢިލްމީ މަޖައްލާ، ”ފަނާރު“ ގެ އޮކްޓޯބަރ 2000 ގެ ޢަދަދުގައި (ވޮލިއުމް 4، ޢަދަދު 2 ގައި) ޝާއިޢު ކުރެވުނު މަޒުމޫނެކެވެ. މިހާރުގެ މުދައްރިސުންނަށް ފައިދާއެއް ކޮށްފާނެތީ، އަނެއްކާ ހުށަހަޅާލީ އެވެ. ކިޔަވައިދިނުމުގައި ކިލާހުގެ ސުލޫކު ހިފެހެއްޓުމަކީ، އެންމެ މުހިއްމު ކަމެވެ. ކިތަންމެ މޮޅު މުދައްރިސެއް  ނަމަވެސް، ކިލާހުގެ ސުލޫކު ނުހިފެހެއްޓޭ ނަމަ، އޭނާއަށް ކިޔަވައިދޭނޭ ފުރުޞަތެއް ނުލިބޭނެއެވެ. ކިޔުންތެރިންގެ އިތުބާރު ހޯދުމުގެ މަޤްޞަދުގައި، ލަދުވެތިކަމާއި މަޢާފާއެކު ދަންްނަވާލަމެވެ. ކޮމްޕިއުޓަރ ސައިންސް އާއި ފިޒިކްސްގެ ދާއިރާއިން ބެޗްލަރ ޑިގްރީ ހޯދުމަށް ފަހު، ސެކަންޑަރީ ފެންވަރުގައި ކިޔަވާދިނުމުގެ އެއް އަހަރު ދުވަހުގެ ޕޯސްޓްގްރޭޖުއޭޓް ޑިޕްލޮމާއެއް އަޅުގަނޑު ކިޔެވީމެވެ. ޢަމަލީ ތަމްރީނު ހޯދުމަށް ޓެސްމޭނިއާގެ ސްކޫލްތަކުގައި ހޭދަކުރި 50 ދުވަހުގެ ތެރޭގައި، އެންމެ ފުރަތަމަ އަޅުގަނޑު ފޮނުވީ ވަޒީފާނެތް މީހުން އުޅޭ އަވަށެއްގެ ސްކޫލަކަށެވެ...

ފީޗާ ލިއުމަކީ ވަރަށް ހާއްސަ ހުނަރެއް

ފަރަށްއެރިތާ ގަރުނެއް، މި ބޯޓުގެ ހަގީގަތަކީ ކޮބާ؟ ނިއުމަތުﷲ އިދުރީސް ހއ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އިންނަފިނޮޅު ފަރުމައްޗަށް އެރި އާގުބޯޓެއްގެ ވާހަކަ މި ހިސާބުގެ މީހުން އަބަދުވެސް ދައްކަ އެވެ. މިހާރުވެސް ފަރުމަތީ ފެންނަން ހުރި ބޯޓުގެ ބައިތައް އެ ތަނުގައި ނެތް ހަނދާނެއް ހުރި މީހަކު މިހާރު ދުނިޔޭގައި ހުރުން ވެސް ނާދިރެވެ. "ގޮތް ނޭނގޭ" މި ބޯޓުގެ ވާހަކަ އެކި މީހުން އެކި ގޮތަށް ދައްކަ އެވެ. ފެނުން މައްޗަށް ވިއްސަކަށް ފޫޓަށް ފެންނަން ހުރި ދަގަނޑު ޕްލެޓްފޯމެއް ފާޑުގެ ތަނުގެ ކައިރިއަށް ބައެއް މީހުން ދިޔަ ކަމަށް ވިޔަސް ފަރުމަތީގައި، ފެނު އަޑީގައި ހުރި ބޯޓުގެ ބައިތަކުގެ ތެރޭ ބިޔަ ވެނާއި މިޔަރާއި އެ ފާޑުގެ ނުރައްކާތެރި މަސްމަހާމެހި އުޅޭ ކަމަށް ބުނާ ވާހަކަޔާ ހެދި އެތަނަށް އެރި އުޅުމަކީ އެހާ އާންމު ކަމެއް ނޫނެވެ.