Skip to main content

Posts

Showing posts from February, 2010

Presidential Address-2010

ރިޔާސީ ބަޔާން 2010 ލިޔުނީ ޠަބީޢަތުން ބޭރުން މިވެރިކަމަށް ލޮޅުމެއްގެނެސް، ލާހިކު ނޫން ބަދަލަކަށް އުންމީދު ކުރަނީނަމަ، އެފަދަ ކަންކަމުގެ ރައްކަލެއްގެ ގޮތުގައި ވެރިކަމުގެ ފަރާތުން ޢަމަލު ކުރުމަށް މަޖްބޫރުވާ ގޮތުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ވެރިކަމުގެ މި ނިޒާމަކަށް ނޫން. ވާދަވެރި ފަރާތްތަކަށްވެސްމެ. އަޅުގަނޑު ނުދެކެން، މިއީ އަޅުގަނޑުމެން އެކަކުވެސް ކަންވުމަށް އެދޭނެގޮތް ކަމަކަށް. ބުއްދިވެރި ގޮތަކީ، މިވަގުތު އެފަދަ ޒާތީ ވާދަވެރިކަމުގެ ތެރެއަށް ވެއްޓިނުގަނެ، ކޮންމެހެން ބޭނުންވާ މުހިންމު ޤައުމީ ތަރަހަތައް ބިނާކުރުން. بسـم اللَّه الرّحـمٰـن الـرّحيـم ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް. السّلام عليكم މި ޢިއްޒަތްތެރި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ޤާނޫނުއަސާސީ ލާޒިމު ކޮށްފައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން ހުށަހެޅުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މި މަޖިލީހަށް މި ސަރުކާރުން ހުށަހެޅި ފުރަތަމަ ރިޔާސީ ބަޔާން އަޅުގަނޑު ހުށަހެޅިއިރު، މި ސަރުކާރު އޮތީ ވަރަށް ޅަފަތުގައި. ފަހަރުގައި އެދުވަހު ބައެއް ބޭފުޅުން ހީފުޅުކުރައްވައި ތިއްބަ...

Scientists Freeze Water with Heat

ހޫނުކޮށްގެން ފެން ގަނޑުކުރުން ތަރުޖަމާ: މުހަންމަދު ޢަބްދުއްޞަމަދު ޚިޔާލަށް ގެންނަވާ ށެވެ. ހޫނު ކޮށްގެން ފެން ގަނޑުކުރެވިދާނެތޯ އެވެ. މި އަޖައިބު ކުރުވަނިވި ޖާދޫ ސައިންސްވަނީ ހަގީގަތަކަށް ހަދާފައެވެ. ފެން ގަނޑުވަނީ ގާތްގަނޑަކަށް 32 ޑިގްރީ ފެރެނައިޓް ( 0 ޑިގްރީ ސެލްސިއަސް ) ގައެވެ. މިއީ ޚިޔާލު ތަފާތުވިޔަސް އާއްމު ގަބޫލުކުރުމެކެވެ. އެހެންވިޔަސް، ޚައިރާންވާ ޖެހޭ ކަމެކެވެ. އެއްވެސް ކުންޏެއް ނެތް ސާފު ފެން ، އޮމާން ފުޅި އަކަށް އަޅާފައި ބެހެއްޓުމުން މައިނަސް 40 ޑިގްރީ ފެރެނައިޓްގައި ދިޔާކޮށް ހުރެއެވެ. މިގޮތަށް ފެން ބެހެއްޓުމަށް "ސްޕަރކޫލް" ކޮށް ފެންބެހެއްޓުމޭ ކިޔައެވެ. ނުވަތަ ސްޕަރ ކޫލް ފެނޭ ކިޔައެވެ. ގުދުރަތީ ގޮތެއްގައި ފެންހުންނަނީ ،ކުންނާއެކު ކަށި ތަންތަނުގައެވެ. މިފަދަ ތަންތަނުގައި ގަސްގަހާގެއްސާއި ޖަނަވާރުންނަށް ފެންލިބެއެވެ. އަދި އައިސް ކުރިސްޓަލް އުފެދެއެވެ. އިސްރާއީލްގެ ރެހޮވޮލްޓްގެ ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސް ގެ ރިސާރޗް ކުރައްވާ ބޭފުޅެއްކަމަށްވާ އިގޮރ ލުބޮމިރުސްކައި އާއި އޭނާގެ ބައިވެރިން މިހާރު ވަނީ ފެނުގެ ފްރީޒިން ޕޮއިންޓް ކޮންޓްރޯލް ކުރާނެ އައު ގޮތެއް ހޯދާފައ...

Scientific benefits for having a Beard

ތުނބުޅި ބެހެއްޓުމުގެ ފައިދާ I would like to stress the fact that Islam calls upon all Muslims to be handsome and beautiful. It goes without saying that a Muslim should always be pure in clothes and body. This purity and cleanliness extends to one’s morals and manners. In their words and deeds, Muslims are to be pure and clean avoiding any form of vulgarity or foul speech. Commanding the purity and the cleanliness of the appearance, the Prophet, peace and blessings be upon him, says: “Verily, Allah is Beautiful and loves beauty.” Growing beard is a great Sunnah of the Prophet (peace and blessings be upon him). On growing a beard, it’s important for the Muslim to maintain his physical appearance. Beard should not be let grow in a way that makes a person look disgusting to people. In other words, the Muslim should make sure that his beard adds to his good looking and smartness. Therefore, lets look into scientific benetifs for having a beard. 1 A beard protects the face from harmful chemi...
ހެނދުނުގެ ނާސްތާ ސްކޫލް ކުދިންނަށް ވަރަށް މުހިންމު މުހަންމަދު ޢަބްދުއްޞަމަދު ދުވަހުގެ އެންމެ މުހިންމު ކެއުމަކީ ހެނދުނުގެ ނާސްތާކަން އެގިލައްވަނީ ކިތަން ބެލެނިވެރިނަށް ތޯއެވެ! ހަށިގަނޑަށް ފައިދާހުރި ކާނާއެއް ހެނދުނުގެ ނާސްތާއަށް ބޭނުންކުރުމަކީ މުޅި ދުވަހުގެ ހަރަކާތްތައް ރަގަޅަށް ފެށުމަށް ލިބޭ ބާރެކެވެ. ނަމަވެސް ހެނދުނުގެ ނާސްތާއަށް ސަމާލުކަމެއް ނުދެވެއެވެ. ބޮޑެތި މީހުންނާއި ސްކޫލްކުދިންނާއި ބެލެނިވެރިންވެސް ހެނދުނު ސައި ދޫކޮށްލުން އާދަކޮށްފި އެވެ. ނަމަވެސް ދަރިވަރުންނަށް ހެނދުނު ރަގަޅު ނާސްތާއެއް ދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. ވަގުތު ނެތުމާއި ބަނޑުހާ ނުވުމާއި އަދި އިތުރު ސަބަބުތަކާ ހުރެ ހެދުނު ސައި ނުބޮއެ ކުދިން ސްކޫލަށް އާދެއެވެ. މިކަމުގެ ސަބަބުން ކުދިންނަށް ތަފާތު ޞިއްޙީ މައްސަލަތަކާއި އުނގެނުމުގެ ދަތިތައް ކުރިމަތިވާނެ ކަމެއް ދަރިވަރުންނަކަށް ނޭގެއެވެ. އެހެން ކަމުން ހެނދުނު ސްކޫލަށް އައުމުގެ ކުރިން ނާސްތާކުރުމުގެ އާދަ އަށަގަންނަވަން ދަރިވަރުންގެ ކިބާގައި ވަނީ ޖެހިފައެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ހެނދުނު ރަނގަޅަށް ނާސްތާކޮށްގެން ސްކޫލަށް ދާކުދިންނަށް ވުރެން ، ހެނދުނު ސައި ...