Skip to main content

Posts

Showing posts from January, 2018

Dhivehi to Latin

ދިވެހިބަސް ލެޓިން އަކުރުން ލިޔުން ޞ:ލިޔުނީ އިންސާނުން ދުނިޔޭގައި ވަޒަންވެރިވި ދުވަހުން ފެށިގެން ކޮންމެވެސް ސިފައެއްގައި ދަނީ ލިޔެކިޔުން ގެންގުޅެމުންނެވެ. މިގޮތުން އެންމެ ޤަދީމީ ޒަމާނުން ފެށިގެން އެބައިމީހުންގެ ބޭނުންތަކާ ގުޅިގެން ޝުއޫރު ފާޅުކޮށް އުޅުނެވެ.މިގޮތުން ބޭނުންކުރެވުނު ޚާއްސަ ލިޔުމަކީ ކިޔުނިފޯމާއި ހީރޯގްލެފިކްސެވެ.މީގެ އިތުރުން ތަފާތު ވައްތަރުގެ ލިޔުން އެވޭލާ ޒަމާނުގައި ގެންގުޅިފައިވާކަން ތާރީޚުން އެނގެއެވެ.ދިވެހިންގެ ތެރޭގައިވެސް ފުރަތަމަ ލިޔަން ފެށުނު ޒަމާނެއް އެގޭކަށް ނެތެވެ.ނަމަވެސް އެވޭލާ ޒަމާނުން ފެށިގެން ލިޔުމުގެ ނިޒާމެއް ރާއްޖޭގައިވެސް ގެންގުޅުނު ކަމުގެ ހެކި އެބަހުއްޓެވެ. މިގޮތުން އެކިދުވަސްވަރު ލިޔުމަށް ގެންގުޅިފައިވަނީ އެކިއަކުރެވެ.  މި ލިޔުމުގައި މިގެނެސްދެނީ ދިވެހި ބަސް ލެޓިން އަކުރުން ލިޔުމަށް ބޭނުންކުރި ގަވާއިދުގެ މައްޗަށެވެ.  މިހާރުވެސް ގިނަ މީސް މިޑިޔާގައި ދިވެހިން ލިޔެއުޅެނީ ލެޓިން އަކުރުންކަމަށް ވާތީ އެވެ.