Skip to main content

Posts

Showing posts with the label މަޢުލޫމާތު

ވަޤުތަކީ ރެލެޓިވް އެއްޗެއް

ވަޤުތަކީ ރެލެޓިވް އެއްޗެއް: ދުނިޔޭގެ 1 ސިކުންތަކީ، މަލާއިކަތުންނަށް 0.000،000،0558 ސިކުންތު ކަމުގައިވެދާނެ! http://www.alithari.com ފެށުން   ވަޤުތަކީ ކޮބައި ހެއްޔެވެ؟ އިންސާނުން ދުނިޔޭގައި އުޅެން ފެއްޓީއްސުރެ, ރެޔާއި ދުވާލަށް އަންނަބަދަލު ތަކަކީ, އެބައިމީހުން ވަޤުތު ދަނެގަންނަށް ބޭނުންކުރާ ހާދިސާ ތަކެކެވެ. މިގޮތުން އެބައިމީހުންގެ ދިރިއުޅުމުގެ ޙަރަކާތްތައް، ރޭގަނޑާއި ދުވާލަށް ބަހައިލައިގެން ކުރިޔަށް ގެންދިޔައެވެ.   އެންމެކުރީގެ އިންސާނުންވެސް ހޮހޮޅަތަކުގައި އުޅުނު ދުވަސްވަރު, ދުވާލުގެ ވަޤުތުތައް ޝިކާރަކުރުމުގައި އާއި ކާބޯތަކެތި އެއްކުރުމުގައި ހޭދަކުރިއެވެ. އަދި އިރުއޮއްސި އަދިރިވުމުން، ހޮހޮޅަތަކަށް ވަދެ ނުރައްކާތެރި ޖަނަވާރުތަކުގެ ކިބައިން ސަލާމަތް ވެވޭނެގޮތްތައް ހޯދުމަށްފަހު، ނިދާ އަރާމުކޮށް އުޅުނެވެ. އެދުވަސްވަރުގެ އިންސާނުން، ދުވާލުގެ ވަޤުތުތައް އެކިދަންފަޅިތަކަށް ބަހާލުމުގައި، އުޑުމަތީން އިރު ފެންނަން ހުންނަ ހިސާބާއި، އުޑުމަށްޗަށް އަންނަ ކުލަތަކަށް ބަލާއުޅުނެވެ. އެގޮތުން ފަތިހާއި ހެދުނާއި މެންދުރާއި އަސުރު އަދި އިރުފުހޭ ވަޤުތާއި އަދިރިވާވަޤުތ...
ޝަމްސުއްދީންރަދުންގެ ނިމުން ޢަބްދުލް ހަކީމް ޙުސެއިން މަނކު ޤާނޫނު އަސާސީ އެއް އުފެދުނީ އާއިލީ ހަމަނުޖެހުން ގަނޑެއްގެ ސަބަބުންނެވެ. ރައްޔިތުން ބޭނުންވެގެންނެއް ނޫނެވެ. ތެދަށް ބުނަންޏާ ބުނެވޭނީ ދިވެހި ރާއްޖޭގައި ގާނޫނު އަސާސީއެއް އުފެދި ފާސްވީ އެއްގޮތަކަށްވެސް ރައްޔިތުން އެކަމަށް ބޭނުންވެގެންނެއް ނޫނެވެ.
 http://www.hassanhameed.com/?page_id=2558 އުފާވެރި ކާވެންޏަކަށް، ކާވެނީގައި މައްސަލަ ޖެހުމުން އެކަން ޙައްލުކުރަން އެހީތެރިވެދޭ ނަފްސާނީ ޢިލްމުވެރިންނާއި އެ ދާއިރާގެ ޢިލްމުވެރިންނާއި ސައިކޮލޮޖިސްޓުންނާއި ކައުންސެލަރުން ދީފައިވާ ނަޞޭޙަތްތަކުގެ ތެރެއިން އެންމެ ރަނގަޅު 50 ނަޞޭޙަތް ތިރީގައި އެވަނީއެވެ. އެމީހުންގެ ނަންތައް ވަނީ އުނިކޮށްފައެވެ. 1. ކާވެނީގެ ޢުމުރު ދިގުކުރުމަށް އަދި ކާވެނީގެ އުފާވެރިކަން މަތިކުރުމަށް، ތިމާގެ ޒިންމާތައް ފުރިހަމައަށް އަދާކުރާށެވެ. ކާވެންޏަކީ ދެމީހުން ކުރާ ކަމެކެވެ. އެހެންކަމުން، ތިމާގެ މަސްއޫލިއްޔަތު އަދާނުކޮށް އޭނާއަށް އިނގިލި ދިއްކުރުމަކީ ކުޑަކުދިން އުޅޭގޮތަށް އުޅުމެވެ. 2. އެކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެން ޖެހޭނެކަމަށް ހީކުރާށެވެ. ކަމަކާ ރުޅިއަންނަ ވަގުތުގައި ހެއްދެވި ނުހެއްދެވި އޭނާއަށް ގޮވުމުގެ ކުރިން، މި ދުވަސް ވެސް މާޒީވާނެކަން ހަނދާން ކުރާށެވެ. ކިތަންމެ ދިރާސާތަކަކުން ދައްކަނީ ކިތަންމެ ހިތާމަވެރި ކައިވެންޏެއްގައި އުޅޭ ދެމަފިރިންވެސް، ފަސްވަރަކަށް އަހަރު ފަހުން ކާވެނި ވަރަށް އުފާވެރިކަމަށް ބުނާ ކަމެވެ. އެހެންކަމުން، ...

ނަމާދު ވަގުތުތަކުގެ ސައިންސް

ލިޔުނީ: ޑރ. ހަސަން ޙަމީދު ނަމާދު ގަޑިތައް ހަނދާނުގައި ބެހެއްޓިދާނެތޯއެވެ؟ އާދެ! ހިތްޕުޅަށް އަރާ ޚިޔާލުފުޅުތައް އަޅުގަނޑަށް ވިސްނެއެވެ. ”މިއީ ކީއްކުރަން ކުރަންވީ ކަމެއް ހެއްޔެވެ؟ ކޮންމެ މީހެއްގެ އަތުގައިހެން މިހާރު ފޯނެއް އޮވެއެވެ. ފޯނުން ނަމާދު ވަގުތުތައް ފަސޭހަކަމާއެކު ބަލާލެވެއެވެ. އެހެންކަމުން، ނަމާދު ވަގުތުތައް ފަދަ ގަޑިތައް ހިތުގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ބޭނުން ކަމެއް ނޫނެވެ.“ މި ޚިޔާލުފުޅުތަކަށް އަޅުގަނޑު ދޭންޖެހެނީ ވަރަށް ދިގު ޖަވާބެކެވެ. ނަމަވެސް ކުރުކޮށްލުމުގެ ގޮތުން ދަންނަވަމެވެ .

ގެފުޅުގެ އުރަކޮޅު

ކޮންމެ އަހަރެއްގެ ހައްޖު މޫސުމަށް ގެފުޅުގެ އުރަކޮޅު (ކިސްވާ) ބަދަލުކުރަމުންގެންދެއެވެ. އާއްމުކޮށް ގެ ފުޅުގެ އުރަކޮޅު ބަދަލުކުރުން އޮންނަނީ ހައްޖު ދުވަހުގެ ހެނދުނުއެވެ.  ޚާއްޞަ ފެކްޓްރީއަކުން ޑިޒައިން ކުރާ ކިސްވާ ތައްޔާރު ކުރަނީ ވެސް މައްކާގަ އެވެ . ކިސްވާ ތައްޔާރު ކުރުމަށް ގާތްގަނޑަކަށް 22 މިލިއަން ސަޢުދީ ރިއާލް ޚަރަދުވެ އެވެ .

ފޯލިކް އެސިޑް: ތުއްތު ދަރިފުޅުގެ ދުޅަހެޔޮކަމަށްޓަކައި

  ފޯލިކް އެސިޑަކީ ވިޓަމިން ބީ ގެ ބާވަތެއްކަމުގައިވާ ވިޓަމިން ބީ ނުވައެކެވެ. މިވިޓަމިނަކީ ހަޔާތުގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށް ވަރަށް މުހިންމު އެއްޗެކެވެ. މިވިޓަމިން ހަށިގަނޑުގައި މަދުވުމުގެ ސަބަބުން ނޭދެވޭ އެތައް އަސަރުތަކެއް ކުރެއެވެ. އޭގެތެރޭގައި އުފެދުމުގައި އުނިކަން ހުންނަ ކުދިން ލިބުމާއި ހައްޔަރުން ނެއްޓުމާއި ކުޑަކުދިން އުމުރާ އެއްގޮތަށް ހެދި ބޮޑުވުމަށް ބުރޫއެރުމާއި ހަށިގަނޑުގައި ލޭ އުފެދޭ މިންވަރު މަދުވުމުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް ހިމެނެއެވެ . އުފަންވެނި ޞިއްޙަތުގެ ޚާއްޞަ އެހީތެރިއެއް :

ކުށުގެ ވެށިން ދަރިފުޅު ސަލާމަތް ކުރަން އެދޭނަމަ

ކުށުގެ ވެށިން ދަރިފުޅު ސަލާމަތް ކުރަން އެދޭނަމަ ލިޔުނީ :ޑރ. އައިޝަތު އަލީ ނާޒް ކުށެއް ކުރެވުމުން އެއީ ކިތަންމެ ކުޑަ ކުށެއް ކަމުގައި ވީނަމަވެސް އެކުރެވުނީ ކުށެއްކަން އަދި ކުށް ކުރުމުގެ ތެރެއިން އެހެން މީހެއްގެ ހައްޤަކަށް އަރައިގަނެވިއްޖެކަމާއި އެހެން މީހެއްގެ މުދަލަކަށް،ތަނަކަށް، އެއްޗަކަށް ގެއްލުމެއް ދެވިއްޖެކަމާއި އަދި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޙިލާފުވެވި ނުވަތަ ދީނުގައި ޙަރާމް ނުވަތަ މަނާކަމެއް ކުރެވިއްޖެ ނަމަ އެއީ ގޯސް އަދި އަދަބު ހައްޤުވާ ކަމެއް ކަން ދަރިފުޅަށް އެންމެ ފުރަތަމަސް ވިސްނައި ދިނުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ބެލެނިވެރިޔާއެވެ .

އިބުނު ސީނާ 980-1037މ

ލިޔުނީ: ޝެއިޚް އަހުމަދު ދީދީ އިބްނުސީނާއަކީ މުސްލިމުންގެ އެންމެބޮޑު ބޭސްވެރިޔާއެވެ. އާދަޔާޚިލާފަށް ހަނދާންގަދަ މައުލޫމާތު ވަރަސް މުއްސަނދި ލާމަޘީލު ޢިލްމީ ޝަޚުޞިއްޔަތެކެވެ. އިބްނުސީނާ ލިޔުއްވި ފޮތްތަކުގެ ޢަދަދު ސަތޭކައަށްވުރެން ގިނައެވެ. ބޭސްވެރިކަމުގައި ލިޔުއްވި އެންމެ މަޝްހޫރު ފޮތަކީ އަލްޤާނޫނުއެވެ. މިފޮތް އެކުލެވިފައިވަނީ ފަސް މުޖައްލަދަށެވެ. ފަސްވަނަ މުޖައްލަދުގައި ޢައްޠާރީބޭހުގެ ބާވަތްތަކާއި ޢަޤާޤީރުގެ ޔޫނާނީންނާއި ފާރިސީންނާއި ހިންދުމީހުންނާއި ޗައިނާމީހުން ބޭނުންކުރި ވަރަށްގިނަ މުފްރަދު ބޭހާއި މުރައްކަބު ބޭސް ބަޔާން ކުރައްވާފައިވެއެވެ. އިބްނުސީނާގެ ފުރިހަމަ ނަމަކީ އަބޫޢަލިލްޙަސަން އިބްނު ސީނާ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 980މ. ގައި އަފްޣާނިސްތާނުގެ އުތުރު ރަށެއްކަމަށްވާ ޙަރްމައިތިން ގައެވެ. އެރަށް މިހާރު އޮތީ ތުރުކިސްތާނުގެ (އުޒުބަކިސްތާނުގެ) ބުޚާރާކާރީގައެވެ. އޭނާގެ މަންމައާއި ބައްޕައަކީ އަފްޣާނިސްތާނުގެ ދެބޭފުޅުންނެވެ. ހިޖުރީގޮތުން ހަތަރުވަނަ ޤަރުނުގެ ފަހުކޮޅުގައި އުމުރުން ދިހަ އަހަރުވެސް ފުރިހަމަ ނުވަނީސް އިބްނު ސީނާ ބުޚާރާ ސަހަރުގެ އެކިއެކި ތަޢުލީމީ މުއައް...

އިރުއޮއްސޭ ތަން ހުޅަނގަށް ނުބަލައެއް ނުފެންނާނެ

އަލީ ޚާލިދު އިރަށް ބަލަން އިރުމައްޗަށް ކުރިމަތިލައިގެން ހުރެގެނެއް އިރު ދައުރުވަމުންދާ ގޮތެއް ނުފެންނާނެ އެވެ. އިރު މެދުޖެހިގެން ގޮސް އަޅުގަނޑުމެންނަށް އިރު އޮއްސޭނީ ހުޅަނގަށެވެ. އެހެންވީމާ އިރަށް ބެލުމަށްޓަކައި ހުޅަނގު އުދަރެހަށް ބަލަން ޖެހޭ ވަގުތު ވެސް އާދެ އެވެ .  މި އަހަރުގެ ޖުމްހުރީ ދުވަހުގައި ރައީސް އަބްދުﷲ ޔާމީން ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިގްތިސާދީ ކުރިއެރުން ހޯދުމަށް އިރުމައްޗަށް ބެލުމުގެ ސިޔާސަތު ގެންގުޅުއްވާ ކަން ވަނީ ހާމަކުރައްވާފަ އެވެ. އަދި އެ ސިޔާސަތު ގެއްގުޅުއްވަން ޖެހޭ ސަބަބު ވެސް ވަނީ ކޮންމެވެސް ވަރަކަށް ހާމަކުރައްވާފަ އެވެ . 

މުސްލިމުންގެ ސަގާފީ ކުރެހުންތަކުގައިވާ އަޖައިބު ކުރުވަނިވި ހިސާބު އިލްމު

ޕްރޮފެސާ ހަސަން އުގެއިލް   ތަފާތު އެކި ފަންނުތަކުގެ ޢިލްމު ދުނިޔެއަށް ތަޢާރަފްކުރުމުގައި މުސްލިމުން އަދާކޮށްފައިވާ ދައުރު އެއްވެސް މުސްލިމަކަށް އޮޅިފައިނުވާނެކަން ކަށަވަރެވެ. އަދި މުސްލިމުން އިންސާނިއްޔަތަށާއި، ދުނިޔެއަށް ތަޢާރަފުކޮށްފައިވާ ހިސާބު ޢިލްމާއި، ނުޖޫމީ އިލްމުގެ ބައިތަކާއި، ކުރެހުންތެރިކަން އަދި އިމާރާތް ފަރުމާކުރުން ފަދަ ކަންކަމަކީ ދުނިޔެ ހުނަރުވެރިކަމުގެ ރޮނގުން ކުރިއަރައިގެން ދިއުމަށް އަޅައިދިން މުހިންމު ބިންގާތަކެކެވެ. ހަމައެހެންމެ، މިއީ މިފަދަ ޢިލްމީ ދާއިރާތަކުން ކުރިއަރާފައިވާ މުޖުތަމައުތަކުގައި ވެސް މުސްލިމުންނަށް ގިނަގުނަ ތަޢުރީފު ލިބޭ ކަމެކެވެ  

ތާރީޚުގެ ތެރެއިން ފަލަސްތީނާއި އިސްރާއީލު މައްސަލަ

ފަލަސްތީނުގެ ބިމުގެ މިލްކުވެރިކަމުގެ މައްސަލައަކީ ތާރީޚުގެ ގިނަ ސަފްހާތަކެއްގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ތާރީޚީ މައްސަލައެކެވެ. ފަލަސްތީނުގެ ބިމަށް އަތް ގަދަކުރުމުގެ ރޭވުންތައް ޔަހޫދިން އެންމެ ފުރަތަމަކޮށްފައިވަނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. މި ގޮތުން އޭރު ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅުނު މުއްސަނދި ޔަހޫދީންނާއި ޒަޔަނިސްޓުން ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ރޭވުންތައް ރާވާފައިވަނީ 1800ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ . ސުވިޓްޒަލޭންޑްގައި 1897 ވަނަ އަހަރު ޒަޔަނިސްޓް މޫވްމަންޓެއް އުފައްދައި، އެ މޫވްމެންޓްގެ ފުރަތަމަ ބައްދަލުވުން އެގައުމުގައި ބޭއްވި އެވެ. މި ބައްދަލުވުމުގައި ޒަޔަނިސްޓުންގެ ބޮޑުންގެ މަޝްހޫރު ޕްރޮޓޮކޯލްތައް އިއުލާންކުރިއެވެ. މި ޕްރޮޓޮކޯލްގައި ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ ޕްލޭނާއި ދުނިޔެއަށް އަތްގަދަކޮށް ދުނިޔޭގެ ބޮޑެތި ގައުމުތައް ޒަޔަނިސްޓް ހަރަކާތުގެ ދަށަށް ގެނައުމުގެ އެޖެންޑާ އެފަރާތްތަކުން ރަސްމީކޮށް އިއުލާނުކުރި އެވެ. އޭރު ފަލަސްޠީނު އޮތީ އަރަބި ގިނަ ގައުމުތައް ފަދައިން އުސްމާނީ ޚިލާފަތު...

ތާރީޚީ ނަޒަރަކުން ފަލަސްޠީނާއި ޤުދުސް

ލިޔުނީ: އިޔާޒު ނަސީމް ފަލަސްޠީނަކީ މެދުތެރޭ ކަނޑާއި އުރުދުން ކޯރާ ދެމެދުގައި އޮތް ބިމެވެ . މިއަދު މި ބިން ވަނީ އެތައް ބަޔަކަށް ބައި ކުރެވިފައެވެ. އިސްރާއީލާއި ހުޅަނގު އައްސޭރި އާއި ޣައްޒާ އޮތީ ފަލަސްޠީނުގެ ބިމުގައެވެ. ހަމަ އެފަދައިން މިއަދުގެ އުރުދުން އާއި ލުބުނާނާއި ސޫރިޔާގެ އިމުގެ ތެރޭގައި ވެސް ޤަދީމީ ފަލަސްޠީނަށް ނިސްބަތްވާ ބިންތައް އެބަހުއްޓެވެ . ވަކި ވެރިކަމެއްގެ ގޮތުގައި 1921 ވަނަ އަހަރު އުރުދުންގެ ރަސްކަން ޤާއިމުވުމުގެ ކުރީގައި އުރުދުން ނުވަތަ އެއިރުގެ ނަމުން ނަމަ " އިމާރަތު ޝަރްޤުލް އުރްދުން" އަކީ ވެސް ފަލަސްޠީނަށް ނިސްބަތްވާ ބިމެއްގެ ގޮތުގައި އޮތްތަނެކެވެ. މިހާރުގެ ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ފަލަސްޠީނަކީ "އިމާރަތު ޝަރްޤުލް އުރުދުން" (ޓްރާންސްޖޯރޑާން) ނުހިމެނޭ ގޮތަށް "ފަލަސްޠީނުގެ ޤައުމީ ޤަރާރު" ގައި ބަޔާން ކުރެވިފައިވާ ފަދައިން 1920 ވަނަ އަހަރުން 1948 ވަނަ އަހަރަށް "ބްރިޓިޝް މޭންޑޭޓް ޕަލެސްޓައިން " ގެ ގޮތުގައި އޮތް ސަރަޙައްދެވެ .

ސީރިއާގެ ހަނގުރާމާގައި ބައިވެރިވުމަކީ ޖިހާދަކަށް ވާނެތޯ ބެލުމަށް އިލްމުވެރިންގެ ރައުޔު

ލިޔުނީ: އިމާދު ލަތީފް   އަރަބި ދުނިޔޭގައި ޖުމްހޫރީ ވެރިކަން ހިނގަމުން އަންނަ ގައުމުތަކުގެ ތެރެއިން ބައްޕަގެ ފަރާތުން ދަރިފުޅަށް ވެރިކަން ނަގްލު ކުރުމުގެ ހާދިސާއެއް މިހާތަނަށް ފެނިފައިވަނީ އެންމެ ގައުމަކުންނެވެ. އެ ގައުމަކީ ސީރިޔާ އެވެ . ސީރިޔާގައި ތިރީސް އަހަރުވަންދެން ރައީސްކަން ކުރެއްވި ހާފިޒު އަސަދު ދެހާސް ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުއްލި ގޮތަކަށް އަވަހާރަވުމުން ދެން އެމަގާމަށް އިސް ކުރެވުނީ އޭނާގެ ދަރިކަލުން ބައްޝާރުލް އަސަދެވެ . މިކަން ހިނގާދިޔައީ ވަރަށް ވެސް ހެއްވާކަން ބޮޑު އަދި ދުރުތިބީން ފިލާވަޅު ލިބިގަތުން އެކަށީގެންވާ ގޮތަކަށެވެ .

ޑޮލަރުގެ އަގު ތިރިވެގެންދިޔަ ވާހަކަ

މި ދުވަސްވަރު އެންމެ ގިނައިން އިވޭ އެއް ވާހަކައަކީ ޑޮލަރުގެ އަގު ތިރިވެގެންދިޔަ ވާހަކައެވެ. މީގެ ހައެއްކަ މަސްކުރިން 17 ރުފިޔާ އަށް ލިބުނު ޑޮލަރު މިހާރު 16 ރުފިޔާއަށް ލިބޭ ވާހަކައެވެ. ކުރިން ޑޮލަރު ހޯދުން ދަތި ވިޔަސް މިހާރު ފަސޭހައިން ޑޮލަރު ލިބޭ ވާހަކައެވެ. ކުއްލިއަކަށް މިއައި ބަދަލަކީ ކޮބައި ބާވަ އެވެ؟ ޑޮލަރު ހަގީގަތުގައި ވެސް ތިޔާގިވީ ބާވަ އެވެ؟ އޭގެ ސަބަބަކީ ކޮބައި ބާވަ އެވެ؟
އަބޫބަކުރުއް ޞިއްދީޤު ނަންފުޅާއި ނަސަބުފުޅު   أبوبكرގެފާނު ފުރިހަމަ ނަންފުޅަކީ عبد الله بن عثمن بن عامر އެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނުގެ ނަންފުޅަކީ عبد الكعبةއެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ أبوبكرގެ ފާނުގެ ނަންފުޅު ބަދަލުކުރައްވައި އެކަލޭގެފާނުގެ ނަންފުޅަކީ عبد الله ކަމުގައި ހަމަޖެއްސެވިއެވެ.