Skip to main content

Posts

Showing posts with the label ރިޕޯޓް

Do we keep Maldives Banking system as it is?

ރާއްޖޭގެ ބޭންކިން ވިޔަފާރި ހަމަ މި ގޮތުގައި ބާއްވަންވީތަ؟ ލިޔުނީ: އަބްދުލް ހަލީމް އަބްދުލް ލަތީފް ކޮންމެ ގައުމެއްގެ ވެސް އޮންނަ މާލީ ނިޒާމަކީ، އެ ގައުމެއްގެ އިގުތިސާދީ ކުރިއެރުމާއި، ފަރުދުންގެ ދިރިއުޅުމުގައްޔާއި، ވިޔަފާރި ކުރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ނިޒާމެކެވެ. މި ނިޒާމަކީ، އިންސާނުން ދިރިއުޅޭ ކޮންމެ ތަނެއްގައިމެ ގާއިމުވެފައިވާ ނިޒާމެކެވެ. އެކި ތަންތަނުގައި، މި ނިޒާމު ތަރައްގީވެފައި ހުރީ އެކި މިންވަރަށެވެ  މާލީ ނިޒާމުގެ ތަބީއަތަކީ، ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމެވެ. މި ގުޅުމުގައި ހިމެނޭ ދެ ފަރާތް ކަމަށްވާ ފައިސާ ބާކީކުރާ ފަރާތްތަކާއި، ފައިސާ ބޭނުންވާ ފަރާތުގެ މެދުގައި، ހިންގާ މުއާމަލާތްތަކަކީ، ދެ ފަރާތުގެ މަސްލަހަތު ރައްކާތެރިކުރެވޭ ގުޅުންތަކެއް ކަމަށް ކަށަވަރު ކުރުމަށްޓަކައި، ގާނޫނުތަކުގެ އިތުރުން މުއައްސަސާތަކުގެ ރޯލު ވަރަށް މުހިންމެވެ. ރާއްޖޭގެ މާލީ ނިޒާމުގެ ބެލެނިވެރި ގާނޫނުތަކުގެ ތެރޭގައި ހިމެނެނީ، 1981 ގައި ނިކުތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގާނޫނާއި 2006 ގައި ހެދި ދިވެހިރާއްޖޭގެ ...

Uncovered Picture of MMPRC corruption scandal

ޚިޔާނާތުން ފޮރުވި މަންޒަރު ސާފުވެއްޖެ، އަދަދު 267 ގައި! ފަޒީނާ އަހުމަދު .މިހާރު ނޫސް މުޅި ދައުލަތުގެ ތެރޭގައި އޮތީ ޚިޔާނާތުގެ މޫ ލައިފަ އެވެ! ރައްޔިތުންގެ 3.3 ބިލިއަން ރުފިޔާ ވަގަށް ނަގައި މަންފާ ލިބިގަތީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އިންސާފު ގާއިމްކޮށްދެއްވަން ތިއްބެވި ފަނޑިޔާރުންނެވެ. ފުލުހުންނާއި ސިފައިންނެވެ. މިނިވަން މުއައްސަސާތަކުގެ ވެރިންނެވެ. ކުންފުނިތަކުގެ ވެރިންނާއި އިސް މުވައްޒަފުންނެވެ. ފައިސާ ހޭދަކުރި ލިސްޓުގައި ބައެއް މީޑިއާތައް ވެސް ހިމެނެ އެވެ. މި ޚިޔާނާތާ ގުޅިގެން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި މި ޖަރީމާ ފަޅާއެރި ހިސާބުން މިއަދާ ހަމައަށް ރަސްމީ އިދާރާތަކުން ފޮރުވަމުން އައި ބައެއް މަންޒަރުތައް މިއަދު ވަނީ ސާފުކޮށްދީފަ އެވެ. ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާތަކުން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާ...
800 މިލިއަން ޑޮލަރުގެ އެއާޕޯޓް، ރާއްޖޭގެ އިޤްތިޞާދު އާއުސްމިން ތަކަކަށް ލިޔުނީ: މުހައްމަދު ޢަބްދުއްޞަމަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވަޢުދަކީ އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް "ވޯލްޑް ކްލާސް" ފެންވަރުގައި ތަރައްޤީކުރެއްވުމެވެ.  އެއާޕޯޓްގައި އާ ރަންވޭއެއް ހަދައި ޒަމާނީ ޓާމިނަލެއް އެޅުމަށް ކުރިއަށް ގެންދާ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން އިފްތިތާހު ކޮށްދެއްވީ 6 އެޕްރީލް 2016 ވަނަ ދުވަހުގެ ރޭ، ދަރުބާރު ގޭގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައެވެ.  2018 ވަނަ އަހަރުގެ ނިޔަލަށް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިތަން ވެގެންދާނީ މުޅި މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ޒަމާނީ ފެންވަރުގެ އެއަރޕޯޓަކަށްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މި މަޝްރޫއުގެ ދަށުން އެއަރޕޯޓް ތަރައްގީ ކުރަނީ އެންމެ ބޮޑެތި އެއާކްރަފްޓް، އޭ-380 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށެވެ.