Skip to main content

Posts

Showing posts with the label ޚަބަރު

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަމުގެ ދުވަސް ހއ. އިހަވަންދޫގައި ކުލަގަދަކޮށް ފާހަގަކުރައްވައިފި

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަމުގެ ދުވަސް ހއ. އިހަވަންދޫގައި ކުލަގަދަކޮށް ފާހަގަކުރައްވައިފި މަރިޔަނބު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަމުގެ ދުވަސް ހއ. އިހަވަންދޫގައި ކުލަގަދަކޮށް ފާހަގަކުރައްވައިފިއެވެ. މިދުވަސް ފާހަގަކުރެއްވުމުގެ ގޮތުން އެރަށުގައި ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވަވާފައެވެ. މި ކުޑަކުދިންގެ ހަވީރަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސާއި ހއ. އިހަވަންދޫގައި މިހާރު ކުރިޔަށް ގެންދަވާ މަލްޓިމީޑިއާ ކޯހުގެ ދަރިވަރުން އިސްނަގައިގެން ހިންގި ޙަރަކާތެކެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ހއ. އިހަވަންދޫގައި ހިންގެވި ޙަރަކާތުގައި އެރަށުގެ ތިބި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ އިތުރުން ޢާންމުންގެ ގިނަބަޔަކު ބައިވެރިވެފައިވެއެވެ. އެމް.އެން.ޑީއެފާއި ކައުންސިލް ގުޅިވަޑައިގެން އެރަށުގައި ހިންގަވާ މަލްޓިމީޑިއާ ކޯހުގެ ދަރިވަރުންގެ ޚާއްޞަ އިސްނެގުމެއްގެ ދަށުން ފާހަގަކުރި މި ހަވީރުގައި، އެކުލާހުގައި ކިޔަވަމުން ގެންދަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބައިވެރިވެފައިވެއެވެ...

ފޮޓޯއިން ޚަބަރު : ޓޫފޯޓޫ ބޯޓްގައި ހިނގި އަލިފާނުގެ ހާދިސާ :

"ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" ލިބިވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން، ދިވެހި ރައްޔިތުން ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފި ޕްރެސް އޮފީސް "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" ލިބިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން، އާންމުންގެ ގިނަ ބައެއްގެ ފަރާތުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފިއެވެ. 

Maldives sentences Islamist leader to 12 years for terrorism

Criminal court on Tuesday found Islamist leader Imran Abdulla guilty of terrorism and sentenced him to 12 years in prison.   Religious conservative Adhaalath Party president Imran was found guilty of terrorism charges for inciting violence during an opposition rally on May Day. The court was originally to deliver a verdict on the case at 4pm Tuesday. However, the court had pushed back the sentencing to a hearing at 8.30pm.

Cherie Blair facing corruption probe threat over £420,000 deal with a Maldivian despot

Her law firm earned £2,000 a day representing President Abdulla Yameen Firm paid more than £200,000 of fee by suspected conman and terrorist Omnia Strategy could become subject of anti-corruption investigation Mr Yameen has jailed 1,700 opposition activists and rival party leaders

ގައުމަށް ގައްދާރުވުމުގެ ތުހުމަތުގައި ނައިބު ރައީސް އަދީބު ހައްޔަރުކުރުމާއި ގުޅިގެން ޓްވިޓަރގެ ދުނިޔެ

ނައިބު ރައީސް އަހްމަދު އަދީބު ސިންގަޕޫރުން މާލެ ވަޑައިގެން މަތިންދާބޯޓުން ފާބައިވަޑައިގަންނަވަނީ. ނައިބު ރައީސް އަދީބު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. VP Adheeb under arrest and held in Dhoonidhoo Detention. — Umar Naseer (@UmarNaseerPPM) October 24, 2015 Charges: High Treason — Umar Naseer (@UmarNaseerPPM) October 24, 2015 Mulhi verikan kharaabu kurumugai CP Hussein Waheed ge dhauru varah bodu. Haqeeqathaai khilaafu report thah ufankuri. — Mohamed Jameel Ahmed (@MJameelAhmed) October 23, 2015 Mulhi verikan kharaabu kurumugai CP Hussein Waheed ge dhauru varah bodu. Haqeeqathaai khilaafu report thah

ރައީސަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެވުނީ ކިހާ ވަރަކަށް؟

ހައްޖުގެ އަޅުކަމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މާލެ އެނބުރި ވަޑައިގަތުން އިއްޔެ ކުރިއަށް ދިޔައީކީ ރާވާފައި އޮތް ގޮތަކަށް ނޫނެވެ. ރަސްމީ ފާލަން އިއްޒުއްދީން ފާލަމަށް ރައީސްގެ "ފިނިފެންމާ" ލޯންޗު ގާތްކޮށް ނުނިމެނީސް ނިކަން ވަރުގަދަ އަޑުފަށްގަނޑަކާ އެކު ލޯންޗު ތެރެއިން ދުން އަރަން ފެށީމަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުގައި ބާރުގަދަ ގޮވުމެއް ގޮވީ އެވެ. އެ ގޮވުމާ އެކު ލޯންޗުގެ ފަހަތު ބައިގެ ދޮރެއް ވިއްސައިގެން ދިޔައިރު ގޮވުމުގެ ބާރުގައި ޖެހި ރައީސްގެ އަނބިކަނބަލުން ވެސް އިދިފުށަށް ވިއްސައިގެން ދިޔަ އެވެ. އަދި އޭރު ލޯންޗު ތެރޭގައި އުފެދިފައި އޮތް އޮލަ ދުންގަނޑާ ހެދި އޭގައި ތިބި މީހުން ވެސް ރަނގަޅަށް ފާހަގައެއް ނުކުރެވެ އެވެ.

އަންނަ އަހަރު އިހަވަންދޫ ދާއިރާއަށާއި އިހަވަންދޫއަށް ގިނަ ކަންތައްތަކެއް ކޮށްދޭނަން: މެންބަރު މުހައްމަދު ޢަބުދުﷲ ( މުހައްމާ)

2015 ވަނަ އަހަރު އިހަވަންދޫ ދާއިރާ އަށާއި ޙާއްޞަކޮށް އިހަވަންދޫއަށް ގިނަކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޢަބުދުﷲ ( މުހައްމާ) ވިދާޅުވެއްޖެއެވެ. މެންބަރު މެހެންވިދާޅުވީ މައިކަޕް 2014 ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުންނެވެ. މައިކަޕް ފުޓްބޯޅަ މުބާރަތުގެ ބާނީއަކީ ވެސް އިއްޒަތްތެރި މެންބަރެވެ. 
މެނިފެސްޓޯ ގިންތި ސުވާލު: ލެޕްޓޮޕްކޮބާ؟ މިބައިގާ ހިމެނޭނީ ކެންޑިޑޭޓުން ނިސްބަތްވާ ނުވަތަ ކޯލިޝަނުން އުފައްދާފައިވާ މެނިފެސްޓޯއިން އުފައްދާފައިވާ ސުވާލެކެވެ. މިސުވާލަށް ޖަވާބުދޭނީ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީ ނުވަތަ ކޯލިޝަނުގެ ކެންޑީޑޭޓުން މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއްކެންޑިޑޭޓެކެވެ. ( މެނިފެސްޓޯ ސުވާލުވާނީ ކުރިން ކެންޑިޑޭޓުންނާ ހިއްޞާކޮށްފައެވެ. ) މި ސުވާލަށް ޖަވާބު ދިނުމަށް ލިބޭނީ 2 މިނެޓްގެ ވަގުތުކޮޅެކެވެ. 

Sports Science: Maldives United

އޭއެފްސީ ކަޕް މިރަކަލް ރާއްޖޭގައި ވެރިކަން ކޮށްފައިވާ ދެ ރައީސުންނެވެ. އެތިއްބެވީ އޭއެޕްސީ ޗެލެންޖުކަޕްގެ ދިވެހިރާއްޖޭއާއި ކްރިގިސްތާނު ބައްދަލުކުރާ މެޗް ބައްލަވާށެވެ.  ދެރައީސުން ކުރެ އެއް ރައީސް އަކީ ކުޅެންހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕްގެ މެޗްގެ ޝަރަފު ވެރި މެހުމާނެވެ. ވަރަށް އިއްޒަތުގައި ނަލަ ހެދިގެން ދުރުވެ އެއިންނެވީ ރާއްޖޭގައި ރައީސް ކަން ވަރަށް ދިގު މުއްދަތަކަށް ކުރެއްވި ރައީސެއްގެ އަރިހުގައެވެ. ކޮން ފަދަ އުފާވެރި އިބުރަތް ތެރި ވަގުތެއް ތޯއެވެ. ސިޔާސީގޮތުން ނުހަނު ވަރުގަދަ ދެ ވާދަވެރިންނެވެ. މިހިރަ މިހަރަ ކަންތައްތަކާހުރެ އަހުރެންގެ ހިތަށް ވަންނަ ތަޞައްލީއާއި ޕަޕަރާޖީންގެ ކެމެރާތައް އަމާޒުކުރުން ގިނަވެފައި ފުލަޝްތަކުގެ އަލިގަދަކަމުން އަހުރެންނަށް ހަމައެއްޗެއް ނުކިޔަ ނުއިދެވިގެން މިނިކިމެތި އަޅުގަނޑު ރިވާއެއް ލިޔަން ގަސްތުކުރީމެއަ. 

ރާއްޖޭގެ ކާމިޔާބީ ފޮނިކޮށްލަދިން ސެލްފީ

އާސިޔަތު މުހައްމަދު ސައީދު ސެލްފީއެއް ނުފެންނަ އިރެއް، އޭގެ ވާހަކަ ނުދައްކާ ވަގުތެއް މިހާރު އެބަދޭ ހެއްޔެވެ؟ ދެ މީހަކު ކޮފީއެއް ބޯލަން ދިޔަޔަސް ފޯނުން އަމިއްލަ އަށް ފޮޓޯއެއް ނަގާފައި އަޕްލޯޑް ކުރަން ޖެހެ އެވެ. ސެލްފީ ނެގުމަކީ އެހާ ވެސް އާއްމު ކަމެކެވެ. އެކަމަކު ކޮންމެކޮންމެ ސެލްފީއަކީ އެންމެންގެ ޝައުގުވެރިކަން ދަމައިގަންނަ އެއްޗެއް ނޫނެވެ. ސޯޝަލް މީޑިއާގައި ދުވާލެއްގެ މައްޗަށް ދައުރުވާ އެތަކެއް ހާސް ސެލްފީތަކުގެ ތެރެއިން ޚާއްސަ ސަމާލުކަމެއް ލިބޭނީ މަދު ފޮޓޯ އަކަށެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ދެ ހަތުރުން މިރޭ ނެންގެވި ސެލްފީއަކީ އެފަދަ ފޮޓޯއެކެވެ .

އަންނަ ހުކުރު ދުވަހު އިހަވަންދޫ ރައްޔިތުން އިސްތިސްޤާ ނަމާދު ކުރަނީ

ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެ ރައްޔިތުން ފެނަށްޖެހިފައިވާތީ ގިނަފަރާތްތަކުގެ އެދުމާ އެއްގޮތަށް އަންނަ ހުކުރު ދުވަހުގެ ހެނދުނު 7:30 ގައި އިސްތިގާ ނަމާދު ކުރާގޮތަށް ރަށު ކައުންސިލުން ހަމަޖައްސައިފިއެވެ.  "މިނަމާދު ކުރުމުގެ ކުރިން 4 ދުވަހު ރޯދަ ހިފުމަށާއި ކުރެވިފައިވާ ކުއްތަކުން ތައުބާވެ، ރުޅިވެރިކަން ނެތިކޮށް އެކުވެރިކަން ބަދަހިކުރުމާއި، މުދަލު ޒަކާތްނެރުމަށާއި، ޞަދަގާތްދީ ހެޔޮކަންތައްތަކަށް ހޭދަކޮށް އުޅުމަށް" ހިޖުރީ ސަނަތުން ހާހާއި ހަތަރު ސަކޭތަ ފަންސަތިރީސް ވަނަ އަހަރުގެ ރަޖަބުމަހުގެ ނަވާރަ ވަނަ ދުވަސްކަމުގައިވި، މީލާދީން ސަނަތުން ދެހާސް ސާދަ ވަނަ އަހަރުގެ މޭމަހުގެ އަށާރަ ވަނަ ދުވަސް ކަމުގައިވި އާދިއްތަ ދުވަހު އިހަވަންދޫ ކައުންސިލްގެ ރައީސްގެ ހައިޞިއްޔަތުން މުހައްމަދު ޢާޞިފް ސޮއިކުރައްވާފައިވާ " ދަންނަވާލުމެއް" ގައި އަންގާފައިވެއެވެ. 

Saudi soldier eats live snake during training

ސައުދީގެ ސޯލްޖަރއެއް ދިރިދިރިއޮތް ހަރުފައެއް ކާލައިފި A Saudi solider devoured a snake alive during military training that was watched by the Gulf kingdom’s interior minister Prince Mohammed bin Nayef. Arar newspaper published pictures showing the soldier biting into the reptile’s head before going down into its body. The paper said the drill involving an elite army unit was intended to demonstrate the troops’ ability to adapt to various natural conditions

ވޯރކްވޭ ހެދުމުގެ މަސައްކަތް ކުރުމަށް

އިހަވަންދޫ ކައުންސިލް އިދާރާގެ މަސައްކަތްތަކަށް ކައުންސިލަރުން ހަމަޖެއްސެވި ގޮތް

އިހަވަންދޫ ކައުންސިލް އިދާރާއަށް ، ލާމަރުކަޒީ ގާނޫނުގެ ދަށުން ދެވަނަ ބުރަށް އިންތިޙާބުކުރި ކައުންސިލަރުން ، އެއޮފީހުގެ މަސައްކަތްތަކާއި ހަވާލުވެފައިވާ ގޮތް ދިރީގައި އެވަނީއެވެ. މުނިސިޕަލް ކަންތައް ބެލެހެއްޓުން: މުހައްމަދު ރަޝީދު އާއި އަލީ ރަމީޒް ފައިސާއާ ބެހޭ ސެކްޝަން: އަޒުހާރާ އާއި އަލީ ޝަހީމް އެޑްމިންސް ސެކްޝަން: މޫސާ އަބުދުލް ލަޠީފް

އެނަރޖީ ޑްރިންކްސް' ނަފުސާނީ ބަލިތަކުގެ ނުރައްކާ އިތުރުކޮށް، މަސްތުވާތަކެއްޗާއި ބަގުރަލަށް މަގުފަހިކޮށްދޭ!'

މުހައްމަދު އަބުދުއްޞަމަދު ޒުވާނުން "އެނަރޖީ ޑްރިންކްސް" ބޭނުންކުރުމުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަންގެއްލި، ސިކުނޑީގެ ބަލިތަކާއި، މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިވެގެން ދާކަމަށް ދިރާސާއަކުން އިންޒާރު ދީފިއެވެ.  ޖާރނަލް ޕްރެވެންޓިވް މެޑިސިން ޝާއިޢުކޮށްފައިވާ ފަހުގެ ދިރާސާއަކުން ދައްކާގޮތުން، ޑިޕްރެޝަންބައްޔަށް ހުށަހެޅޭ ގިނަޒުވާނުންނަކީ މަރިޖުއާނާ އާއި ކެނަބިހުގެ މުޢާމަލާތްކޮށް ބަނގުރާބޮއެ އުޅޭމީހުންނެވެ. އަދި އެމީހުން ގިނައިން އެނަރޖީ ޑްރިންކު ބޮއިއުޅެއެވެ. 
ޝާފިޢު އަމިއްލަގޮތުން މަޖިލީހަށް ކުރިމަތިލައިފި ގުޒުފަތުގެއަޒީރު 2014 މާރިޗް މަހު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިހަވަންދޫ ދާއިރާގެ ގޮނޑިއަށް އަމިއްލަގޮތުން ކުރިމަތިލުމަށް ހއ. އިހަވަންދޫ އުދަރެސް އަހުމަދު ޝާފިއު  ނިންމައިފި އެވެ. 
އާ އަހަރުގެ މަރުހަބާ އާއި ތަހުނިޔާ މި ބުލޮގް އާ ލިޔުމެއް ނުލިޔެވޭތާ ދުވަސްކޮޅެއްވެފައިވާތީވެ، ކިޔުންތެރިންނަށް ނިހާޔަތަށް މަޢާފަށް އެދެމުން މިފެށުނު އާ އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ހިތުގެ އުމުގުން ދަންނަވަމެވެ.  2014 ވަނަ އަހަރުގެ ފުރަތަމަ ދުވަހުގެ އިރު ދިވެހި އުދަރެހުން ތޮޅިލީ އާ އުއްމީދުތަކެއް އާކޮށްދެމުންނެވެ. އާވެރިކަމެއްގައި، މިހާތަނަށް ދައުލަތުން ހުށަނާޅާވަރުގެ ބޮޑުބަޖެޓެއް ދައުލަތުން ފާސްކޮށް ދިވެހި ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ގެނެސްދޭނެކަމުގެ ފެހި ސިގްނަލްތައް ފޮނުވަމުންނެވެ.
'ފުލުހުން ހުރަސްއެޅުމުން"އިންތިޚާބު މިއަދު ނުބާއްވަން ނިންމުމުން ޓްވިޓަރގެ ދުނިޔެ ތުއްތަނިކު   ރައީސް ނަޝީދު:  ވޯޓްލުމުގެ ޙައްގުން ރާއްޖޭގެ ރައްޔިތުން މަހުރޫމު ވިޔަ ނުދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް Raajjeyge rayyithun vote ge haqqun mahroom viya nudhinumah kureven huri hurihaa masaikatheh kurumakee konme Dhivehi rayyithegge vaajibeh — Mohamed Nasheed (@MohamedNasheed) October 11, 2013
ފަޅުއޮޑިފަހަރުން ޕެޓްރޯލް ގެއްލެނީ އިހަވަންދޫގެ ބައެއް ފަޅުއޮޑިފަހަރުން ޕެޓްރޯލް ވަގަށް ވަގަށް ނަގަމުންދާކަމުގެ ޚަބަރު ރަށްގޮވާއަޑަށް ލިބިއްޖެއެވެ.  ރިޔާސީ އިންތިޙާބުގެ ވޯޓްލުމަށް ކަންނެލި މަސްވެރިކަމުގައި އުޅުމަށްފަހު ، މަސްވެރިން މަހަށް އައިސް، ވޯޓްލުމަށްފަހު އެބުރި ކަންނެލި މަސްވެރިކަމަށް ނުނިކުންނަ ދެތިން ދޯންޏެއް ރަށުގައި އެބައޮތެވެ.  މި ދޯނިފަހަރުން ގިނަ އަދަދެއްގެ ޕެޓްރޯލް ވަގަށް ނަގާފައިވާތީވެ، އެދޯނިފަހަރުގެ ކެޔޮޅުންނާއި އޮޑިވެރިންވަނީ ވަރަށްބޮޑަށް ކަންބޮޑުވެފައެވެ. މިއީ އިހަވަންދޫގައި އަދި ހިނގާފައިވާ ކަމެއްނޫނެވެ.  މިދުވަސްކޮޅުން ރަށުންވަނީ ޕެޓްރޯލް ހުސްވެސް ވެފައެވެ.