އެނދި މަރިޔަބު ނުވަތަ މަރިޔަމް ކަނބާފާނަކީ ދިވެހި ސިންގާ ސަނާގައި އުތީމު ދަރިކޮޅުން ރެދަލި ކުރެއްވި މަޝްހޫރު ރަދުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު އެއްވަނައިގެ ޖާރިޔާއެކެވެ.ފަހުން އަނބިކަނބަލެއްގެ މަޤާމަށް ގެންނެވި ބޭކަނބަލެކެވެ.މި ކަނބާފާނަކީ ހިންދުސްތާނުގެ މާލިމީ އެއް ކަމުގއިވާ މާލިމީ ޙަސަނޭ ކިޔުނު ބޭފުޅެއްގެ އަންހެން ދަރިކަނބަލެކެވެ.އަދި މީގެ އިތުރުން މިކަމަނާއަކީ އިސްކަންދަރު ރަދުންނަށް ލިބިވަޑައިގަތް ހަމައެކަނި ފިރިހެން ބޭފުޅާކަމުގައިވާ ކުޑަ މުޙައްމަދު ( ފަހުން ކުޑަ މުޙައްމަދު މަހާރަދުން) ގެ މަންމާފުޅުވެސް މެއެވެ. އާދޭހެވެ. ދިވެހި ތާރީޚުގައި ކިޔާ ރަންމަނި ލޯކަ މަހާރަދުންގެ މަންމާފުޅެވެ.މިކަމަނާގ ެވާހަކަޔަކީ ޒަމާނުންސުރެ ދިވެހިން ދޫދޫ މަތިނ ްކިޔަމުން އަންނަ ވާހަކަޔެކެވެ. މިކަމަނާއަކީ ބާރާއި ނުފޫޒުން ވެރިކަން މިލްކުކުރައްވަވާ ދިވެހި ތާރީޚު ނުދެކޭ ފަދަ ހުތުރު ނުބައި ވެރިކަމެއް ކުރި ބޭކަނަބަލެކެވެ. ބޭރުގެ ސައްޔާޙުން މިކަމަނާ ސިފަ ކުރައްވަނީ ރޫސީ ވިލާތުގެ ރާނީ ކެތެރިން ދެވަނަ ފަދަ ބޭކަނބަލެއްގެ ގޮތުގައެވެ