Skip to main content

Posts

Showing posts with the label އަދަބިއްޔާތު

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

ފީޗާ ލިއުމަކީ ވަރަށް ހާއްސަ ހުނަރެއް

ފަރަށްއެރިތާ ގަރުނެއް، މި ބޯޓުގެ ހަގީގަތަކީ ކޮބާ؟ ނިއުމަތުﷲ އިދުރީސް ހއ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އިންނަފިނޮޅު ފަރުމައްޗަށް އެރި އާގުބޯޓެއްގެ ވާހަކަ މި ހިސާބުގެ މީހުން އަބަދުވެސް ދައްކަ އެވެ. މިހާރުވެސް ފަރުމަތީ ފެންނަން ހުރި ބޯޓުގެ ބައިތައް އެ ތަނުގައި ނެތް ހަނދާނެއް ހުރި މީހަކު މިހާރު ދުނިޔޭގައި ހުރުން ވެސް ނާދިރެވެ. "ގޮތް ނޭނގޭ" މި ބޯޓުގެ ވާހަކަ އެކި މީހުން އެކި ގޮތަށް ދައްކަ އެވެ. ފެނުން މައްޗަށް ވިއްސަކަށް ފޫޓަށް ފެންނަން ހުރި ދަގަނޑު ޕްލެޓްފޯމެއް ފާޑުގެ ތަނުގެ ކައިރިއަށް ބައެއް މީހުން ދިޔަ ކަމަށް ވިޔަސް ފަރުމަތީގައި، ފެނު އަޑީގައި ހުރި ބޯޓުގެ ބައިތަކުގެ ތެރޭ ބިޔަ ވެނާއި މިޔަރާއި އެ ފާޑުގެ ނުރައްކާތެރި މަސްމަހާމެހި އުޅޭ ކަމަށް ބުނާ ވާހަކަޔާ ހެދި އެތަނަށް އެރި އުޅުމަކީ އެހާ އާންމު ކަމެއް ނޫނެވެ.

Life's Funeral

Life's Funeral Artist: Ataullah Khan Esakhelvi (Ataullah Khan Isakhelvi) Idhar Zindagi Ka Janaza (Life's Funeral)(I tried to translate as best as I could, would welcome corrections, additions..etc) Hum To Tinkay Chun Rahay Thay Aashiynay K Liyeah (I was collecting straws to build my house) Aap Say Kiss Nai Kaha Bijli Giranay K Liyeah (Who asked you to hit it with lightning?) Haath Thak Jain Gay Kiyoon Pees Rahay Ho Mehndi (Your hands will get tired from grinding the Henna)
އިމާމް ޣަޒާލީގެ المنقذ من الضلال ގެ ތަރުޖަމާ ޑރ.ހަސަން ޙަމީދު (އިނގިރޭސި ތަރުޖަމާއަކުން ދިވެހިބަހަށް ތަރުޖަމާ ކޮށްފައި) ތަރުޖަމާ ކުރި ފަރާތުގެ ބަޔާނެއް: އިސްލާމް ދީން ޤަބޫލު ނުކުރާ މީހަކަށް އެ ދީނުގެ މޮޅުކަމުގެ ވާހަކަތައް ދައްކައިގެން ނުވަތަ ޤުރްއާނުން ހެކި ނެރެގެން މާކަ ބޮޑު ކުރިއެރުމެއް ނުހޯދޭނެއެވެ. އެއީ، ގިނަ ފަހަރު، އިސްލާމް ދީން ޤަބޫލު ނުކުރާ މީހާ، ދީނީ ހަމަތަކެއް އަދި އެހެން ދީނެއްވެސް ޤަބޫލެއް ނުކުރެއެވެ. މިފަދަ ބައެއް މީހުންނާ ވާހަކަ ދައްކަން ޖެހެނީ ފިކުރުގެ ހަމަތަކުގެ މަތިންނެވެ. އެމީހުން ބޭނުންވަނީ ލޮޖިކް ނުވަތަ މަންޠިޤްގެ ހަމަތަކުން ދީނުގެ ޙުއްޖަތްތައް ހާމަކޮށްދޭން ށެވެ.

ޢިބާރާތް ކުރުން: އެކުލެވުމާއި އެމުނުން

http://www.hassanhameed.com ތައާރަފު ތަޢުލީމު ލިބިފައިވާ މީހެއްގެ އެންމެ ވަރުގަދަ ދަލީލަކީ ސާފުކޮށް ވާހަކަ ދައްކަން އެނގުމާއި، ފުރިހަމައަށް ޢިބާރާތް ކުރަން އެނގުމެވެ. މީހެއްގެ ފިކުރުގެ ފުރިހަމަ ކަމާއި ފުންކަން، އެމީހަކު ލިޔެފައިވާ ލިޔުންތަކުން ހާމަވާނެއެވެ. ފުރިހަމައަށް ޢިބާރާތް ކޮށްފައިވާ ލިޔުންތަކުގައި ތިންކަމެއް ހިމެނޭނެއެވެ. އެތިންކަމަކީ، ބަހުގެ ގަވާއިދުތަކަށް ޢިބާރާތްތައް ފެތުމާއި، ތަރުތީބުން ސާފުކޮށް ޚިޔާލުތައް ހުށަހެޅިފައިވުމާއި، ކިޔާހިތްވާ ލުއި ގޮތަކަށް ޢިބާރާތް ކޮށްފައިވުމެވެ. މި ބުނި ތިންކަން ހިމެނޭގޮތަށް ޢިބާރާތް ކުރުމަކީ، ޝައުގުވެރިކަން ހުންނަ ނަމަ، ކޮންމެ މީހަކަށް ވެސް ދަސްކުރެވޭނެ ހުނަރެކެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ބާއްވަވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين ‘ وَالصّـلاة وَالسّلام علـى محـمَّدٍ ‘ وعلى آلـه وصحبـه أجمعـين . އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒު ޙުސައިން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މިރޭ އިނާމް ޙާޞިލުކުރައްވާ ބޭފުޅުން، ޖަލްސާއަށް ހާޟިރުވެތިއްބެވި ޢިއްޒަތްތެރިން، ލޮބުވެތި ކިޔަވާކުދިން، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުން . السّــلام عليــكم ورحـمــة اللّـه وبـركاتـه ، އަޅުގަނޑުގެ ވާހަކަ މިރޭ ފައްޓާނީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލުމަށްޓަކައި، އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން އިސްކަންދަރު، ސިރީކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން އެކުލަވާލެއްވި ޤަރާރުގެ ތަންކޮޅަކުން. އެ ރަދުން ވިދާޅުވެފައިވަނީ :- " މަގޭވޮނަދަނަ ރާއްޖޭގެ ދައުލަތުގެ ކަންތައް ހިންގުމަށް ވަކި ޤާނޫނުތަކެއް ލިޔެވި ޤަރާރު ކުރެވިފައިނުވާ ކަމަށްޓަކައި، ތިޔަ އެންމެ ކަލުން އެއްވެ، މަޖިލިސްކޮށް ތިބެ ވާހަކަދައްކައި، އިސްލާމްދީނާ ޚިލާފުނުވާނޭ ގޮތަށް، މިރާއްޖޭގެ މުސްކުޅި އާދަކ...

މަރުހޫމް ޝިހާބަށް ފަހު މިނިވަން ދުވަހެއްގައި ބޭފުޅަކު ދެއްވި އެންމެ ހިތްގައިމު ހިތާބު

މިނިވަންދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين. ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛ السّــلام عليــكم ورحـمــة اللّـه وبـركاتـه، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ތަހުނިޔާ، އެންމެހައި ދިވެހި ދަރިންނަށް އަޅުގަނޑުގެ ހިތުގެ ލޯތްބާއެކު އަރިސްކުރަން. ފެއްސާއި ރަތާއި ހުދުގެ ކުލަތަކުން ޖަރީކުރެވިފައިވާ މި މައިދާނުގައި ހުންނައިރު، އަޅުގަނޑުގެ ހިތުގައި އުތުރި އަރަނީ ޤައުމިއްޔަތުގެ ޝުޢޫރުތައް. ދިވެހި ދަރިއަކަށްވީތީ ފަޚުރުވެރިވުމުގެ ޝުޢޫރުތައް. މިރޭ އަޅުގަނޑުގެ އެންމެ އިސް، އަދި އެންމެ ޚާއްޞަ އުފަލަކީ، ދައުލަތުގެ ޢިއްޒަތުގެ ލަޤަބު ޙާޞިލުކުރެއްވި 9 ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތަހުނިޔާއާ މުބާރަކުބާދ...

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު

  ب ســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން، ޚާއްޞަ އިނާމު ހާސިލު ކުރައްވާ ޚިދުމަތްތެރި ބޭފުޅުން، ވަޒީރުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން. السّــلام عليــكم ورحـمــة اللّـه وبـركاتـه، މިރޭގެ މި އުފާވެރި ޖަލްސާގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރުން. މި އުފަލުގައި ތިޔަ ލޮބުވެތި ރައްޔިތުންނާއެކު އަޅުގަނޑު ބައިވެރިވާ ވާހަކަ ދަންނަވަން. މިރޭގެ މި ޖަލްސާގައި އޮތް އެންމެ މުހިންމު އެއްކަމަކީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައި...

ހިތުގައި އެފަރާތެއްގެ ހަނދާން ނުފިލާހުރި

ފާރިސީ ބަހުން ތަރުޖަމާކުރީ:   ޒައިދީ ވައަތް   މަތީ ކަނާއަތް ބާއްވައިގެން ، ދޮން ނުވާއިރުގެ ރަތްނުވާ އަވިން ފެންވަރަމުން، ދޮންކަނބުލޮ އިނީ އަހަރެން ފަތާ މަންޒަރު ދެކެން، ރަށުގެ އެއްގަމު ތޮށި ސިޑިމަތީ ގައެވެ. ފަޒާގެ ގަދަނުލުގެ ރިފްލެކްޝަން ވަނީ އިރުގެ ސާފު ދޯދިން ފަޅުތެރެއަށް ފޭދިފައެވެ. ބިއްލޫރިގަނޑެއްހާ ސާފު މޫދުގައި ފެތުރިފައިވަނީ އެހާމެ ސާފު ރީތި ނޫކުލައެވެ.

ވަކިކޮޅަކަށް ޖެހުން އެއީ ކަށީގައި ހުންނަ ކަމެއްބާ؟

  ޕްރޮފެސާ ހަސަން އުގެއިލް މިހާރު ރާއްޖޭގެ ވެރިކަން ކުރަމުންދާ ރައީސާއި، މީގެ ކުރިން ވެރިކަން ކުރި ރައީސާ މެދު ތިބާދެކެނީ ކިހިނެއް ހެއްޔެވެ؟ މި ދެ ރައީސުންނާ މެދު ތިބާ ކޮންމެ ގޮތަކަށް ދުށް ނަމަވެސް ނަމަވެސް، އެދެކޭގޮތަކާ މެދު ޚިޔާލު ތަފާތުވާ ބަޔަކު ތިބާ ދަންނާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ . އެކަމަކާ މެދު ނުވަތަ މީހަކާ މެދު އެކިމީހުން ދެކޭގޮތް ތަފާތުވަނީ ކީއްވެބާވައެވެ؟ މީގެ ޖަވާބަކީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް މިވަނީ ވަކިކޮޅަކަށް ޖެހިފައި ކަމެވެ. ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ " ބަޔަސް" ވުމެވެ. ގަބޫލު ކުރަން ވެސް ފަހަރުގައި ދަތި ވެދާނެ އެވެ . އެހެންނަމަވެސް ހަގީގަތަކީ މިއެވެ. މީހަކު ވަކިކޮޅަކަށް ޖެހުމުގެ އެތަކެއް ބައިވަރު ސަބަބުތަކެއް ވެއެވެ. މިސާލަކަށް އެ މީހަކު ހިމެނޭ ސިޔާސީ ޕާޓީއެއްގެ ސަބަބުން، ނުވަތަ އާއިލާ އާއި ރައްޓެހިން އަދި އެ މީހަކު ކިޔާ ނޫހެއް ނުވަތަ ބަލާ ޓީވީ ޗެނެލެއްގެ ސަބަބުން ވެސް މީހުން ވަކިކޮޅަކަށް ޖެހުމަށް މަގުފައިވެ އެވެ . 

މީރު ލުނބޯފަނި ގިރަނީ ހުތްލުނބޮއިންނެވެ.

ދިޔަތިކި ވިސްނުން ހުޝިޔާރު މީހުން ގެއްލުން ފައިދާއަށް ބަދަލުކޮށްލައެވެ. ނަމަވެސް ތަންދޮރު ނުދަންނަ ގަބު މީހުން މުޞީބާތެއް   ކުރިމަތިވެއްޖެ ނަމަ ދެއާފާތަށް ހަދައިލައެވެ. ކީރިތި ރަސޫލާ މައްކާއިން ބޭރުކޮށްލެއްވުމުން މަދީނާގައި ބާރުހުރި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވި އެވެ. އެދައުލަތުގެ ކީރިތި މޫރިތިކަމާމެދު ތާރީޚު ޙއިރާންވެ އަންތަރީސްވި ދައުލަތެކެވެ. އެދައުލަތުގެ ޝާންޝާއުތަކާމެދު އިނގިލިކުރީގައި ދަތްއަޅައިލާން ޖެހުނު ދައުލަތެކެވެ.

ސަމާސާ އަދަބު: ކަލޭފާނުގެ އައު އައިނު

ކަލޭފާނަކީ، އޭނާގެ ރަށުގައި ހުރި އެންމެ ބަސްވިކޭ، މީހުން ގަދަރުކުރާ އިއްޒަތްތެރި ބަނިޔާދަން ވެރިޔާ އެވެ. ލިޔެކިޔުމުގެ މަސައްކަތް، ސީދާ އޭނާޔަށް ކުރާން ނުޖެހުނަސް މީސްމީހުން ލިޔެފައި ހުށަހަޅާ ތަކެތި ބަލައި ކިޔައި މިހެން ހެދޭލެއް މާ ގިނަކަމުން ކަންނޭނގެ އެވެ. ކަލޭފާނުގެ ލޯ ހިސާބަކަށް ފުސްވާކަމަށް އޭނާއަށް ލަފާކުރެވިއްޖެ އެވެ . މިހެންވާން ފެށުމުން އަވަހަށް މާލެ އައިސް ލޮލުގެ ކަންތަކަށް އެންމެ ރަނގަޅު ޑޮކްޓަރުންނަށް ދައްކައި ހަދައިގެން ވީ ގޮތަކީ، ގިނަ ޑަކްޓަރުން ބުރަވަނީ، ބޭރަށް ގޮސް ލޯ ދައްކާލައި މިތަނުން ހެދެން ނެތް ޓެސްޓްތައް ހަދާލައި، ގިނަ ޑޮކްޓަރުން ބުރަވާ ގޮތަކަށް ލޮލުގެ ކަންތައް ކުރިޔަށް ގެންދިޔުމަށެވެ .  ކަލޭފާނުގެ މަހަށް ފުރާ ތިން ދޯނި އޮވެ އެވެ. ރަށުގެ ބިމުގައި ދިރޭ މުދާ އެހައި ގިނަ އެވެ. އެހެންކަމުން މުޅި ގޭތެރެއިން ވެސް ފެނިފެނި ހުންނަނީ، ތިޔާގިކަމުގެ އަސަރުތަކެވެ . 
ނަސީމާ މުހައްމަދު ޢާއްމު ގޮތެއްގައި "ހަފްތާ" އަޅުގަނޑުމެން ކިޔަނީ ހަތް ދުވަހަށެވެ. މި ލަފްޒުގެ އަސްލަކީ ސާންސްކިރިތުގެ "ސަޕްޓާ"، ހަތް ދުވަހެވެ. ދިވެހި ބަހުން މި ލަފްޒު ބޭނުންކުރުމުގައި "ސ" ބަދަލުވެފައި މިވަނީ "ހ" އަކަށެވެ. "ޕ " ބަދަލުވެފައިވަނީ "ފ" އަކަށެވެ. މިއީ އިހުގެ ދިވެހިބަހަށް ވަރަށް ގިނައިން އައިސްފައިވާތީ ފެންނަ ބަދަލެކެވެ . ދިވެހިރާއްޖޭގައި "ހަފްތާ" މި ލަފްޒު ބޭނުންކުރަން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް އަޅުގަނޑުމެންނަށް އަދި ހޯދިފައެއް ނެތެވެ . ނަމަވެސް މާ ކުރީ ޒަމާނެއްގައި، ދުނިޔޭގެ އެކި ހިސާބުތަކުގައި ހަތަރު ދުވަހާއި ދިހަ ދުވަހުގެ މުއްދަތު ވެސް ހަފްތާ ފަދައިން ބައިބައިކޮށް ދުވަސްތަކުގެ ގްރޫޕް، ނުވަތަ ބައިތަކަށް ހަދައިގެން އުޅުނެވެ. ކިޔައި އުޅުނީ ތަފާތު އެކި ނަންނަމެވެ. ތާރީޚުން އެނގޭ ގޮތުގައި، ހަތް ދުވަސް ހިމެނޭ ހަފްތާ ފުރަތަމަ ބޭނުންކޮށް އުޅުނީ މީލާދީގެ ކުރީގެ ހަ ވަނަ ޤަރުނުގައި މެދު އިރުމަތީގެ ބެބިލޯނިއާ ކިޔާ ހިސާބުގަ އެވެ. ބެބިލޯނިއާ އަކީ މިޒަމާނުގެ އިރާޤުގައި އެވޭލާ ޒަމާނުގައި، ޤަދީމީ ޙ...
ޑިމޮކްރެޓިކް ސަރުކާރު އަބްދުﷲ ވަޙީދު މަންދު ތިރީގައި މިވަނީ މީގެ 40 އަހަރު ކުރިން ދިވެހި ލިޔުންތެރިއެއް ކަމުގައިބާ އަބްދުﷲ ވަހީދު މަންދު ލިޔުއްވާފައިވާ ލިޔުމެކެވެ.  ސިޔާސީ ފިލޯސަފަރުން ދުލުގެކުރީގައި މިއަދު އޮންނަބަހަކީ ޑިމޮކްރެސީއެވެ. މިކަމަގެ ހެއްކެއްކަމަށް އަޅުގަޑަށް ދެއްކޭނީ، ޚުދުމުޚްތާރު މުސްތަބިއްދުން ވެސް ތިމަންމެންނަކީ، ޑިމޮކްރެޓުންނޭ އަމިއްލައަށް ބުނެ އުޅޭކަމެވެ. އަދި ޑިމޮކްރަސީގެ ހެދުން އަޅުވައިގެން ޤާނޫނު ހަދައިގެން އަމިއްލަ އެދުމާއި ޒާތީ ފައިދާތަކަށްޓަކައި ސަރުކާރުތައް ހިންގަމުން ގެންދާކަމެވެ. އާދެ، އަމިއްލަ ވެރިކަން ހިމާޔަތް ކުރުމަށްޓަކައި ނުރައްކާތެރިކަމާއި ބިރުވެރިކަމުން ފުރިފައިވި ޖަލުތަކާއި ކޭމްޕްތައް ހަދައިގެން ރައްޔިތުން ތަޅާ ހަނާކުރަމުން ދާމީހުން ވެސް ތިމަންނާމެން މިހިންގަނީ ޑިމޮކްރެސީއޭ ގޮވާ ހަޅޭއްލަވާކަމެވެ.
ދިވެހިބަސް ތައާރަފް ބަހަކީ ޤައުމިއްޔަތުގެ އެން އަސާސެވެ. ޤައުމު ކުރިއަރައިގެން ދިއުމުގައި ބަސް މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ކޮންމެ ބަޔަކުވެސް ލިޔެކިޔުމަށާ މުއާސަލާތުކުރުމަށް ބަހަކަށްބޭނުންވެއެވެ. ހަމަމިއާއެކު މަންމަނުންނާ ކުޑަކުދިން އަދި ޖަނަވާރުންވެސް އެކަތި އަނެކައްޗާ މުއާމަލާތުކުރުމަށް ބަހެއްބޭނުންވެއެވެ. ވުމާއެކު ބަހަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. އެގޮތުންބަލާއިރު އަޅުގަނޑުމެންގެ ދިވެހިބަހަކީވެސް ނުހަނު ބޭނުންތެރި ބަހެކެވެ. އަދި ދިވެހި ބަހަކީވެސް ދިގު ތާރީހެއް އޮތް ބަހެކެވެ. ހަމައެއާއެކު ދިވެހިބަސް އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ އެތައް މަރުހަލާތަކެއް ކަޑައްތުކުރުމަށް ފަހުގައެވެ. އެހެންނަމަވެސް ދިވެހިބަހުގެ ބޭނުންތެރިކަމާ ދިވެހިބަސް އުފެދިގެން އައިސްފައިވާގޮތް ގިނަމީހުންނަކަށް ނޭގެއެވެ. އެހެންކަމުން މިމަޒުމޫނުގައި ބަލާލާނީ ދިވެހިބަސް އުފެދި ކުރިއަރައިގެން އައިސްފައިވާ ގޮތުގެ މައްޗަށެވެ.
ޙަޤީޤަތާ ޚިލާފު ފާޑުކިޔުންތަކާ ކުރިމަތިލައްވާނީ ކިހިނަކުންތޯއެވެ. ދިޔަތިކި އިޢުތިރާޟުކުރުމާއި، ކުށްދެއްކުމުގައި އެކި މީހުންގެ މިޒާޖު ތަފާތެވެ. ބައެއް މީހުންނަކީ ޙަޤީޤަތުގައިވެސް ހެޔޮއެދޭ އިޚްލާޞްތެރީންނެވެ. އެކަމަކު ނަޞޭޙަތް ދޭން ނޭނގޭ މީހުންނެވެ. އެހެންކަމުން އެބައިމީހުން ވާހަކަދައްކާ ގޮތުން ކަލާގެ ހިތްޕުޅަށް އަސަރުކުރުމަކީ ވެދާނެކަމެކެވެ. ބައެއް މީހުންނަކީ ޙަޤީޤަތުގައިވެސް ޙަސަދަވެރީންނެވެ. ހިތްނުބައި މީހުންނެވެ. އެބައިމީހުންގެ މަޤުޞަދަކީ ކަލާގެ ހިތްޕުޅުގައި ޖެއްސުމެވެ. ފާޑުކިޔުމަކީ އަނެއް ބައެއްގެ ޠަބީޢަތުގެ ބައެކެވެ. އެފަދަ މީހުން މުޅި ދުނިޔެއާ މެދުވެސް ބަލަނީ ކަޅުކުލައިގެ އަވިއައިނަކުންނެވެ.
ތާރީޚާއި މެދުގައި ޝިހާބު ތާރީޚް ޢިލްމަކީ ދުނިޔޭގައި ވަރަށް މުހިއްމު މަގާމެއް ދެވިފައިވާ ޢިލްމެކެވެ. އިންސާނުންގެ ދިރިއުޅުން ތަރައްގީ ކުރުމާއި ދަށަށް ދިއުން އިބްރަތްހުރިގޮތުގައި ސިފަކޮށްދޭ ޢިލްމަކީ އެއީ ކަމުގައި ވާއިރު އެއަށް ލިބެންވީ އަހައްމިއްޔަތު ދީފައިވަނީ ހަމައެކަނި އިންސާނުންނެއް ނޫނެވެ. އިލާހީ ތައުލީމުގައިވެސް ތާރީޚަށް ދެއްވާފައިވަނީ ވަރަށް މަތިވެރި ދަރަޖައެކެވެ. ޝައްކެއްނެތެވެ. ތާރީޚަކީ އިންސާނުންނަށް އެންމެ އަގުހުރި ފިލާވަޅުތައް ދޭ ޢިލްމެވެ. މިހެންކަމުން އަޅުގަނޑުމެންގެ އިސްލާމީ ޢިލްމުތަކުގެ މުޅި އަޞްލެއްކަމުގައި ހިމެނޭ ކީރިތި ޤުރުއާނުގައިވެސް އެއިން އަޅުގަނޑުމެން އިބްރަތް ލިބިގަތުމަށްޓަކއި އިސްވެދިޔަ ޒަމާންތަކުގައި އުޅުނު އިންސަނުންނަމެދުގައި ކަން ހިނގާފައިވަގޮތް ބަޔާންކުރައްވާފައިވާ މިންވަރު ހަމައެކަކަށްވެސް ވަންހަނާވެގެން ނުވާނެއެވެ.
Speech by His Excellency Mohamed Nasheed, President of the Republic of Maldives, At Slow Life Symposium 08 October 2011,  Good Morning and Good Morning Sonu, We have the Speaker of the Maldivian Parliament, we have the Vice President, we have Ministers and MP’s and of course we have all these beautiful people who have shown an interest in what we are trying to do here in the Maldives and have taken the time and have come here. Richard; thank you very much for coming. And I also see a number of faces that I have seen here from last year.
Speech by His Excellency Mohamed Nasheed,President of the Republic of Maldives, At the Consultative Meeting on Strengthening SAARC’s Institutional Mechanism 09 October 2011,  بســم اللّـه الرّحمـن الرّحيــم Secretary General of SAARC Uza. Dhiyana Saeed, ADB’s Director General to South Asia Hafiz Rahman, Ministers, Former Secretary Generals of SAARC, and the Former Secretary General of ASEAN, civil society members, media and everyone who is present here today. Good morning. We gather here today for a very noble purpose. SAARC has been in existence for the last 25 years. It came in to being with high aspirations from its member countries and its people. Its people still have these aspirations. They want to have a better life. They want to have a quality life, and they want their leaders to sit together to have consultations and deliver that good life. I cannot agree that we have succeeded in delivering th...

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

11 ނޮވެމްބަރ 2011، بســم اللّـه الرّحمـن الرّحيــم މިނިސްޓަރ އޮފް ހޯމްއެފެއާޒް، ދައުލަތުގެ އެންމެހާ ވަޒީރުން، އައްޑޫސިޓީގެ މޭޔަރ އަދި ސިޓީ ކައުންސިލްގެ އެންމެ މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހާ މެހްމާނުން. އަދި މިޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން . السّـلام عليـكم ދިވެހި ޖުމްހޫރިއްޔާއަށް 43 އަހަރު ފުރޭ މިރަސްމިއްޔާތު އުދަވެގެން މިއައީ، އަދި މާއުފާވެރި އިއްތިފާޤެއްގެ ތެރެއިން. މިއަދުގެ ތަހުނިޔާއާއި މަރުޙަބާ، ރާއްޖެއާއި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ، އެންމެހާ ދިވެހިރައްޔިތުންނަށް އަޅުގަނޑު ދަންނަވަން .