Skip to main content

މުސްލިމުންގެ ސަގާފީ ކުރެހުންތަކުގައިވާ އަޖައިބު ކުރުވަނިވި ހިސާބު އިލްމު

ޕްރޮފެސާ ހަސަން އުގެއިލް
 The 'little planet view' of the Vakil Bath in Shiraz was originally part of the royal district constructed during Karim Khan Zand's reign
ތަފާތު އެކި ފަންނުތަކުގެ ޢިލްމު ދުނިޔެއަށް ތަޢާރަފްކުރުމުގައި މުސްލިމުން އަދާކޮށްފައިވާ ދައުރު އެއްވެސް މުސްލިމަކަށް އޮޅިފައިނުވާނެކަން ކަށަވަރެވެ. އަދި މުސްލިމުން އިންސާނިއްޔަތަށާއި، ދުނިޔެއަށް ތަޢާރަފުކޮށްފައިވާ ހިސާބު ޢިލްމާއި، ނުޖޫމީ އިލްމުގެ ބައިތަކާއި، ކުރެހުންތެރިކަން އަދި އިމާރާތް ފަރުމާކުރުން ފަދަ ކަންކަމަކީ ދުނިޔެ ހުނަރުވެރިކަމުގެ ރޮނގުން ކުރިއަރައިގެން ދިއުމަށް އަޅައިދިން މުހިންމު ބިންގާތަކެކެވެ. ހަމައެހެންމެ، މިއީ މިފަދަ ޢިލްމީ ދާއިރާތަކުން ކުރިއަރާފައިވާ މުޖުތަމައުތަކުގައި ވެސް މުސްލިމުންނަށް ގިނަގުނަ ތަޢުރީފު ލިބޭ ކަމެކެވެ 

Mohammad Reza Domiri Ganji captures the little-seen beauty of Iran's most stunning mosques. Pictured: the Pink Mosque in Shiraz


މިގޮތުން ހިސާބު އިލްމަށް ނަޒަރު ހިންގާލިއަސް، މުސްލިމުން ދުނިޔެއަށް ތައާރަފް ކޮށްފައިވަނީ ހައިރާންވާ ފަދަ ކުރިއެރުންތަކެކެވެ. މިސާލަކަށް، ހިސާބުގެ މުހިންމު ނަމްބަރެއް ކަމުގައިވާ ސުމެއް އާންމު ގޮތެއްގައި ހިސާބު ޖެހުމުގައި ބޭނުން ކުރަން ފަށާފައި ވަނީ މުސްލިމުންނެވެ.

ހަމައެހެންމެ، މުސްލިމު ހިސާބު އިލްމުވެރިޔާ މުހަންމަދު އިބުނު މޫސާ އަލްޚަވާރިޒަމީގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ އަލްޖިބްރާއަކީ ހިސާބު ޢިލްމަށް ލިބުނު އާދަޔާ ޚިލާފު ކުރިއެރުމެކެވެ. ޒަމާނީ ހިސާބު އަދި ކޮމްޕިއުޓަ ސައިންސުގައި ބޭނުންކުރާ "އަލްގަރިދަމް" (ތަރުތީބުކަމާ އެކު ޚާއްސަ އުސޫލެއްގެ ދަށުން އެއްޗެއްގެ ޖަވާބު ހޯދުން) މި ބަސް ވެސް ނިސްބަތް ވަނީ ސީދާ އަލްޚަވާރިޒަމީ އަށެވެ. އަދި ހިސާބު ޢިލްމު ބޭނުންކޮށްގެން މުސްލިމުން ނުޖޫމީ ޢިލްމަށް ގެނެސްދީފައިވާ ކުރިއެރުންތަކުގެ ތެރޭގައި ވަގުތު ފަސޭހައިން ދަނެގަނެވޭ އާލާތްތައް ތައްޔާރުކުރުމާއި، އިރު ކޭތަ އަދި ހަނދު ކޭތަ ހިފާނެ ދުވަސްތައް ކުރިއަށް ލަފާކުރުމާއި ތަރި އަދި ގުރަހަ ފަދަ ތަކެތި އުޑުގައި ހުންނާނެ ހިސާބު ދެނެގަތުން ފަދަ މުހިންމު ކަންތައްތައް ހިމެނެ އެވެ.
This 'little planet view' captures the intricate detailing on the ceiling of the Vakil Mosque, also in Shiraz
މީގެ އިތުރުން ވެސް ޚާއްސަ ކުރެހުންތެރިކަމާއި ފަރުމާކުރުން ފަދަ ކަންކަމުން އިންސާނިއްޔަތާއި ދުނިޔެ ވަނީ މުސްލިމުންގެ ސަބަބުން ނިހާޔަތަށް ކުރިއަރާފަ އެވެ. ހަތް ވަނަ ގަރުނުގައި އިސްލާމްދީން ފެށުނީއްސުރެ، ސްޕެއިންގެ އިރުމަތިން ގޮސް އެފްރިކާގެ އުތުރުން ފެށިގެން އޭޝިއާގެ ސަރަހައްދުތަކާ ހަމައަށް އިސްލާމްދީން ފެތުރިގެން ދިޔައިރު، މުސްލިމުންގެ މި ސަގާފަތް ވަނީ ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ފެތުރިފަ އެވެ. މިގޮތުން، އިސްލާމްދީން ފެށިގެން އައި ދުވަސްވަރު، މުސްލިމުންގެ ތަފާތު ވައްތަރުގެ ކުރެހުންތަކާއި ފަރުމާކުރުންތައް ވަނީ އާންމުވާން ފަށާފަ އެވެ. އަދި އިސްލާމީ އެކި މުޖުތަމަޢުތަކުގައި މިފަދަ އުފެއްދުންތައް އުފައްދާފައިވަނީ އެމީހުންގެ ވަކި ސްޓައިލެއް ނުވަތަ ވަކި ގޮތްތަކެއްގެ މައްޗަށް ވަރަށް ތަފާތުކޮށެވެ.
Ganji also enjoys photographing popular tourist attractions, such as this historical bath located in Isfahan, south of Tehran
މުސްލިމުންގެ އާދަޔާ ޚިލާފު ކުރެހުންތަކަށް ނަޒަރު ހިންގާލާއިރު އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އެތަކެތީގައި ދީނީ ކުލަ ޖެހިފައިވާ މިންވަރެވެ. މިކަމުގެ ސަބަބުން މުސްލިމުންގެ ސަގާފީ ކުރެހުންތައް ވަކިން ޚާއްސަވެގެން ދެ އެވެ. އެއްކައުވަންތަ ﷲ ފިޔަވައި އެހެން އެއްވެސް އިންސާނަކަށް ނުވަތަ އެއްޗަކަށް އަޅުކަންކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމުން، މުސްލިމުންގެ ކުރެހުންތަކުގައި ހިސާބު ޢިލްމު ބޭނުންކޮށްފައި ވަނީ އެފަދަ ކުރެހުންތަކުގައި އެއްވެސް އިންސާނެއް ނުވަތަ އެހެން މަޚްލޫގެއްގެ ސިފަ ނުހިމެނޭ ފަދަ ގޮތަކަށެވެ.
Photographed from this fish-eye perspective, the Vakil Mosque - and all of its columns - look like something out of a sci-fi film
މިގޮތުން، މުސްލިމުންގެ ސަގާފީ ކުރެހުންތަކުގައި ނުވަތަ ފަރުމާކުރެވޭ ތަކެތީގައި މައިގަނޑު ބައްޓަންތަކުގެ ގޮތުގައި ބޭނުން ކުރެވެނީ ވަށްބޮޅު، ހަތަރެސްކަން އަދި ތިނެސްކަން ފަދަ އާދައިގެ ބައްޓަންތަކެވެ. މިފަދަ އާދައިގެ ބައްޓަންތައް ތަކުރާރު ކުރެވިގެން ހައިރާންވާ ފަދަ އަދި ލޮލަށް ރީތި، އެކުވެނި ކުރެހުންތައް ފަރުމާކޮށްފައިވެ އެވެ. މިސާލަކަށް މުސްލިމުންގެ ކުރެހުމާއި ފަރުމާތަކުގައި އާންމުކޮށް ހިމެނޭ ތަފާތު ވައްތަރުގެ ތަރިތަކާއި، އެތަކެތި އެތުރިފައިވާ ގޮތަކީ މިދެންނެވި މައިގަނޑު ބައްޓަންތަކަށް ބިނާކޮށް ފަރުމާ ކުރާ ތަކެއްޗެވެ.
Also in the Naqsh-e Jahan Square in Isfahan is the Sheikh Lutfollah Mosque, which was completed in 1619
ވަރަށް އާދައިގެ ދެތިން ބައްޓަމެއް އެތަކެއް ފަހަރު ތަކުރާރުކޮށް ބޭނުން ކުރެވިގެން ކުރާ ފަރުމާތަކުން އަންގައިދެނީ މިނިވަންކަމާ އެކު، އެއްވެސް ހައްދެއް ނެތި އެތަކެތި ބޭނުންކުރެވިދާނެ ކަމެވެ. އެހެންކަމުން، އެއްޗިއްސާއި ތަންތަން ޒީނަތްތެރިކުރުމުގައި މިފަދަ ޑިޒައިންތައް ވަރަށް ބޮޑަށް ބޭނުންކޮށްފައިވެ އެވެ. އަދި މި ފަރުމާކުރުންތަކުގެ އެންމެ އާދަޔާ ޚިލާފް އަދި އަޖައިބު ކުރަނިވި އެއް ސިފައަކީ އެއް ބައްޓަމެއް އެތައް ފަހަރަކު ތަކުރާރުކޮށް ބޭނުންކޮށްފައިވާއިރު، ހިސާބުގެ ޖިއޮމެޓްރީގެ ހަމަތަކަށާއި ޒަމާނީ ހިސާބު ޢިލްމުގެ އެހެނިހެން ހަމަތަކަށް އެ ކުރެހުންތައް ފެތޭ ގޮތް ބޮޑުކަމެވެ.

Dolat Abad, which was built in 1750, is renowned for its intricate latticework and exquisite stained glass windowsމުސްލިމުންގެ ކުރެހުންތަކުގެ ފުރިހަމަކަމާއި އެތަކެތީގައި ހިމެނޭ ހިސާބު އިލްމުގެ އެކުވެނި ކަމުން ޒަމާނީ ސައިންސްވެރިންނާއި ޢިލްމުވެރިން ވެސް ހައިރާން ކުރުވަ އެވެ. މިސާލަކަށް މަތީގައި ދެންނެވި އާދައިގެ ތިން ބައްޓަން ބޭނުންކޮށްގެން މުސްލިމުން ފަރުމާކޮށްފައިވާ އެއް ބައްޓަމަކީ އިނގިރޭސި ބަހުން ކްއާޒިކްރިސްޓަލައިން ނަމަކަށް ކިޔާ ބައްޓަމެކެވެ. މި ބައްޓަމުގެ އަދަޔާ ޚިލާފު އެއް ކަމަކީ މި ފަރުމާގެ ކޮންމެ ދިމާއަކުން ބެލިއަސް އަދި ކޮންމެ ހިސާބަކުން ވަށްބޮޅެއްގައި އަނބުރާލިއަސް ލޮލަށް ދައްކުވައިދޭ މަންޒަރަށް އެއްވެސް ބަދަލެއް ނާންނަ ކަމެވެ.
 The ceiling of the Dolat Abad, a small pavilion set amid UNESCO-listed gardens, is nothing short of breathtaking
މި ބައްޓަމާ ބެހޭ ތަފާތު ދިރާސާތައް އެމެރިކާގެ ޕްރިންސްޓަން އަދި ހާވަޑް ޔުނިވަސިޓީގެ ދިރާސާވެރިންގެ އިތުރުން އިގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވަސިޓީގެ މަޝްހޫރު ހިސާބު ޢިލްމްވެރިއެއް ކަމަށްވާ ރޮޖާ ޕެންރޯސް ވެސް ވަނީ ކޮށްފަ އެވެ. އަދި މިހާރުވެސް މުސްލިމުންގެ ކުރެހުންތަކުގައިވާ އަދަޔާ ޚިލާފު ސިއްރުތައް ހިސާބުގެ އަލީގައި ދަނެގަތުމަށް ތަފާތު ދިރާސާތައް، ޚާއްސަކޮށް ހުޅަނގު ދުނިޔޭގައި، ކުރިއަށް ދާކަން ވެސް ފާހަގަކުރެވެ އެވެ. އެގޮތުން އަހަރެންގެ އަމިއްލަ ޕީއެޗް.ޑީ ދަރިވަރެއް ވެސް މި ރޮނގުން ދިރާސާތަކެއް މިވަގުތު ކުރިއަށް އެބަ ގެންދެ އެވެ.
One of the most popular historical sites in Yazd, the blue and rose-hued Yazd Grand Mosque is still in use
އާއެކެވެ. އިސްލާމްދީން ދުނިޔެއަށް ފާޅުވެ ދުނިޔޭގައި އެދީން ފުރަތަމަ ފުޅާވެގެން ދިޔަ ދުވަސްވަރުގައި ތަފާތު ޢިލްމުގެ ހުނަރުތަކުގެ އެންމެ ފުންނާބު އުސް މީހުންނަކީ މުސްލިމު ޢިލްމުވެރިންނެވެ. މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މުސްލިމުން އިސްލާމް ދީނަށް ކުރާ އިޙްތިރާމާއި، މުސްލިމުންގެ އަގީދާގެ ވަރުގަދަ ކަމުގެ އިތުރުން މުސްލިމުން ތަފާތު ޢިލްމު އުނގެނުމާއި، ދިރާސާކުރުމާއި އާ އީޖާތުތައް ކުރުމަށް އޭރު ފެންބޮވައިގެންފައިވާ މިންވަރު ފާހަގަކޮށްލަން ޖެހެ އެވެ.
The interior of the Dolat Abad pavilion is a maze of doors and windows, illuminated by the streaming sunshine
އޭރުގެ މުސްލިމު ޢިލްމުވެރިން ޢިލްމު ހޯދުމާއި ޢިލްމު ފެތުރުމުގެ ބޭނުމުގައި ވަރަށް އާންމު ގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ފަތުރުކޮށް، ތަފާތު ފަންނުތަކުގެ މީހުންނާ ޚިޔާލު ބަދަލުކޮށް މަޢުލޫމާތުން ފުރިގެންވާ ލިޔެކިޔުން ފަދަ ތަކެތި އެއްކޮށް އުޅުނެވެ. މިސާލަކަށް، މަޝްހޫރު އަލްޚަވާރިޒަމީގެ މުހިންމު މަސައްކަތްތައް ފެށިގެން އައީ ޚަލީފާ ހާރޫނު އަލް ރަޝީދުގެ ހިކުމަތްތެރިކަމުގެ ދަށުން ބަޣުދާދުގައި އޭރު ބިނާކުރި ކުތުބުޚާނާއަކާއި ތަރިބަލާ ގެއެއްގެ ތެރެއިންނެވެ.
The Nasir al-Mulk Mosque is known as the Pink Mosque because of its rose-coloured tiles
ކޮންމެއަކަސް، ދުނިޔެއަށް އަންނަމުން ދާ ބަދަލުތަކާ އެކު، ހިސާބު އިލްމު ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މުސްލިމުންގެ ސަގާފީ ކުރެހުންތަކާއި ފަރުމާތައް، ފާއިތުވި ގަރުނުތަކުގެ ތެރޭގައި ހުޅަނގުގެ މާހިރުން ވަނީ ގިނަގުނަ ތަފާތުކުރުންތަކާ އެކު އާންމުންނާ ހަމައަށް ގެނެސްދޭން ފަށައިފަ އެވެ. އަދި ފަހަކަށް އައިސް މިފަދަ ހުޅަނގުގެ ކުލަތައް ޖެހިފައިވާ ކުރެހުންތަކާއި ފަރުމާތައް އިސްލާމީ މުޖްތަމައުތަކުން ވެސް ވަނީ ފެންނަން ފަށައިފަ އެވެ. މިގޮތުން، ދުބާއީގައި ކުރާ ބޮޑެތި އާބާދުތަކުގައި އަދި މައްކާގެ ހަރަމްފުޅުގެ ބައިތަކަށް ގެންނަ ޒަމާނީ ބަދަލުތަކުގެ ތެރޭގައި އިސްލާމީ ސަގާފަތް ދައްކުވައިދޭ ފަރުމާތަކަށް މިހާރު ދޭ އިސްކަން ކުޑަކަން ފާހަގަކުރެވެ އެވެ. މިއީ މުސްލިމުން ފުންކޮށް ވިސްނާލުން މުހިންމު ނުކުތާއެކެވެ.

 

Comments

Popular posts from this blog

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.

Biography of Mahatma Gandhi

The word Mahatma means great soul. This name was not given Gandhi at birth by his parents, but many years later by the Indian people when they discovered they had a Mahatma in their midst. Gandhi was born on October 2, 1869, in Porbandar, a small state in western India. He was named Mohandas Karamchand Gandhi. The word Gandhi means grocer, and generations earlier that had been the family occupation. But Gandhi's grandfather, father, and uncle had served as prime ministers to the princes of Porbandar and other tiny Indian states, and though lower caste, the Gandhis were middle-class, cultured, and deeply religious Hindus. Gandhi remembered his father as truthful, brave, incorruptible, and short-tempered, but he remembered his mother as a saint. She often fasted for long periods, and once, during the four months of the rainy season, ate only on the rare days that the sun shone.