ރަށުގައި ވިޔަފާރިއެއް ފަށާނެ ހަރުފަތްތައް މުދާ ގެންނަގޮތަށް އަތިރިމަތީގައި އެއްފޫޓް އުސްމިނުގައި ޕެލެޓްތަކެއް އަތުރައި، އެޕެޓްތައްމަތީ މުދާތައް ތަރުތީބުން ޖަހާށެވެ. އިމާރާތްކުރުމަށް ބޭނުންވާ މުދާނަމަ، ސިމެންތި، ހިލަ، ހިލަވެލި ، ދަގަނޑު ވަކިން ބަހައްޓާށެވެ. ކާބޯތަކެއްޗާއި ހިފާގެންގުޅޭ ތަކެކިވެސް ވަކިކުރާށެވެ. ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމަށްޓަކައި މަސައްކަތްކުރުމަކީ ނިމުމެއް އޮތްކަމެއް ނޫނެވެ. ކޮލެޖަކުން ކިޔަވައިގެން މާމޮޅުފާހެއް ބޭނުންވާކަމެއްނޫނެވެ. މިކަން އަހަރެމެން ރަށުގެ ވިޔަފާރިތަކަށް ނަޒަރުހިންގާލިއަސް އެނގެއެވެ. ބޭންކު އެކައުންޓްގައި މާގިނަ ފައިސާއެއް ހުރުންވެސް މުހިއްމުކަމެއް ނޫނެވެ. އަދި ކީއްތޯއެވެ. ވިޔަފާރިކުރުމުގެ ތަޖުރިބާހުރުންވެސް އެހާމުހިއްމެއް ނުމެނޫންމެއެވެ. އެހެންނަމަވެސް ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމަށްކުރާ އުއްމީދާއިއެކު ވަރުގަދަ ރޭވުންތެރިކަމެއް ނުވަތަ މޮޅު ބިޒިނަސް ޕްލޭނެއް އޮންނަން ޖެހޭނެއެވެ.
ރަށުތެރޭގައި ގިނަބައެއްގެ ތުންތުން މަތިން ދައްކާ ވާހަކަ