Skip to main content

Posts

Showing posts from March, 2012

އިސްލާމީ މަންހަޖުގައި ވަކިއަތަކަށް ބުރަނުވެ ވަޒަން ހިފަހައްޓާ

މުސްލިމުން ދިރިއުޅުމުގެ ހަޔާތުގެ މަންހަޖެއް ކަމުގައި ބަލަނީ އިސްލާމީ މަންހަޖެވެ. އިސްލާމް ދީނެވެ. ސަބަބަކީ އެއީ މުސްލިމުންގެ އުހުރަވީ ހަޔާތުގެ ކާމިޔާބަށް ވާސިލުވުމުގެ އިތުރުން ދިރިއުޅުމުގައި ވެސް އެންމެ ބާއްޖަވެރި ދިރިއުޅުމަކަށް މަގު ދައްކައިދޭ މަންހަޖެއް ކަމަށްވާތީ އެވެ . އިސްލާމީ މަންހަޖަށް ތަބާވުމުން މުސްލިމުންނަށް ހާސިލުކުރެވޭ ވަރަށް ގިނަ ފައިދާތަކެއްވެ އެވެ. އޭގެ ތެރެއިން އެއް ފައިދާ އަކީ ދިރިއުޅުމުގެ ހަޔާތުގައި ވަކިއަތަކަށް ބުރަނުވެ ވަޒަން ހިފެހެއްޓުމެވެ . އިންސާނާ އާއި މިކައުނާއި ދިރިއުޅުމުގެ ހަޔާތުގެ ތަބީއަތަށް ބަލާއިރު ތަފާތު އެތައް ކަމެއް އެކުލެވެ އެވެ. މި ގޮތުން އިންސާނާއަކީ މާއްދިއްޔަތުގެ އިތުރުން ރޫހާނިއްޔަ މަޚްލޫގެކެވެ. ކައުނުގައި ޝަހާދަތުގެ އާލަމެއް ވާހިނދު ޣައިބުގެ އާލަމެއްވެސްވެ އެވެ. ދިރިއުޅުމުގެ ހަޔާތުގައި ކޮންމެ އިންސާނަކަށް ފަރުދީ ގޮތުން ބޭނުންވާ ކަންތައްތަކެއް ހުންނަ އިރު މުޅި ޖަމާއަތަށް ބޭނުންވާ ކަންތައްތަކެއް ވެސް ހުރެ އެވެ. އެހެންކަމުން އިންސާނާގެ ދިރިއުޅުމުގައި މި ހުރިހާ އަރިމަތިތަކަށް ޖާގަ ނުދެވިއްޖެ ނަމަ ކޮންމެވެސް އެއް ފަރާތަކަށް ޖެހި ވަ
ފަޅޯ ފަޅޮލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ފަޅޮލަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. ފަޅޮލުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އާންމުކޮށް ދޮން ފަޅޯ ބޭނުންކުރެވެނީ މޭވާގެ ގޮތުގައި ކެއުމަށާއި، ފަނިގިރައިގެން ބުއިމަށެވެ. ނަމަވެސް ދޮންނުވާ ނިލިފަޅޯ ބޭނުންކޮށްގެން ޖޭމު، އަސާރަ ފަދަ ތަކެތި ތައްޔާރު ކުރެއެވެ. އަދި ތަފާތު ސަލަޑް ތަކުގައި ވެސް ބޭނުންކުރެއެވެ. ދިވެހިރާއްޖޭގައި ފަޅޯ ހަކުރު ލައިގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ދީންވެރިވުމުގައި އެންމެން އެއްވަރު ނުވާނެކަން ގަބޫލުކުރަން ޖެހޭ

ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ މަސައްކަތް ކުރާ ބައެއް މީހުންނާއި، ﷲގެ ހެޔޮ ރަހުމަތުން ދީންވެރިވުމުގައި މަތީ ދަރަޖައަކަށް ދެވިފައި ތިބޭ ބައެއް މީހުންނަށް އެނޫން މީހުން ދީންވެރިވާ ދަރަޖަ ބަލައިގަންނަން ބައެއް ފަހަރު އުދަނގޫވެ އެވެ. އަދި ނަފްރަތާއި ރުޅިވެރިކަން އެމީހުންނާ މެދު ބާއްވަ އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިހެން މިވަނީ އެބައި މީހުންގެ އަހުންނަށްޓަކައި ހިތުގައި އޮންނަ ލޯތްބާއި އެ އަހުންނަށް ހެޔޮ ގޮތް މެދުވެރިވާން އެދުމުގެ އިހުސާސް އޮންނަލެއް ބޮޑުކަމުންނެވެ. އެހެން ނަމަވެސް ދެނެގަންނަން ޖެހޭ މުހިންމު ކަމަކީ ހަގީގީ ދިރިއުޅުމުގެ މާހައުލަށް ރުޖޫއަވާ އިރު ދީންވެރި ވުމުގައި ވެސް އެންމެން އެއްވަރު ނުވާނެ ކަމެވެ. އެހެންކަމުން މީސްތަކުންނާ މެދު ހުކުމްކުރުމުގައި އަދުލުވެރިވެ އޯގާތެރިވާން ޖެހޭނެ އެވެ.
ކަރާ ކަރާ އަކީ ބަރަބޮލުގެ ސިފަޔަށް ފިތް ނުޖަހައި އޮންނަ، ވެލެއްގައި އަޅާ މޭވާ އެކެވެ. މިއީ ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. މިއީ ފޮތިކޮށްގެންނާއި، ފަނިގިރައިގެން ބޭނުންކޮށް އުޅޭ މޭވާ އެކެވެ. މިއީ ހަށިގަނޑަށް ފައިދާހުރި ކޮންމެ ވަގުތަކު ވެސް ބޭނުންކުރެވިދާނެ ރަގަޅު މޭވާ އެކެވެ. ދިވެހި ނަން : ކަރާ އިގިރޭސި ނަން : Watermelon ޢިލްމީ ނަން : Citrullus Vulgaris/ Citrullus Lanatus ކަރަލުގެ ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް ލޮނުގެ ބާވަތްތައް ހަކަތަ 30 ކިލޯކެލަރީ ސޯޑިއަމް 1 މިލިގްރާމް ކާބޯހައިޑްރޭޓް 7.6 ގްރާމް ޕޮޓޭސިއަމް 112 މިލިގްރާމް ޕްރޮޓީން 0.6 ގްރާމް މަޢުދަންތައް ފެޓް 0.15 ގްރާމް ކެލްސިއަމް 7 މިލިގްރާމް ފައިބަރު 0.4 ގްރާމް ކޮޕަރ 42 މައިކްރޯ ގްރާމް ވިޓަމިންތައް ދަނގަޑު 0.24 މިލިގްރާމް ފޮލިކް އެސިޑް 3 މައިކްރޯ ގްރާމް މެގްނީޒިއަމް 10 މިލިގްރާމް ނިއެސިން 0.178 މިލިގްރާމް މެންގަނީޒް 0.038 މިލިގްރާމް ޕެންތޮނިކް އެސިޑް 0.221 މިލިގްރާމް ފޮސް