ލިޔުނީ: ޝެއިޚް އަހުމަދު ދީދީ
އިބްނުސީނާއަކީ މުސްލިމުންގެ އެންމެބޮޑު ބޭސްވެރިޔާއެވެ. އާދަޔާޚިލާފަށް ހަނދާންގަދަ މައުލޫމާތު ވަރަސް މުއްސަނދި ލާމަޘީލު ޢިލްމީ ޝަޚުޞިއްޔަތެކެވެ. އިބްނުސީނާ ލިޔުއްވި ފޮތްތަކުގެ ޢަދަދު ސަތޭކައަށްވުރެން ގިނައެވެ. ބޭސްވެރިކަމުގައި ލިޔުއްވި އެންމެ މަޝްހޫރު ފޮތަކީ އަލްޤާނޫނުއެވެ. މިފޮތް އެކުލެވިފައިވަނީ ފަސް މުޖައްލަދަށެވެ. ފަސްވަނަ މުޖައްލަދުގައި ޢައްޠާރީބޭހުގެ ބާވަތްތަކާއި ޢަޤާޤީރުގެ ޔޫނާނީންނާއި ފާރިސީންނާއި ހިންދުމީހުންނާއި ޗައިނާމީހުން ބޭނުންކުރި ވަރަށްގިނަ މުފްރަދު ބޭހާއި މުރައްކަބު ބޭސް ބަޔާން ކުރައްވާފައިވެއެވެ.
އިބްނުސީނާގެ ފުރިހަމަ ނަމަކީ އަބޫޢަލިލްޙަސަން އިބްނު ސީނާ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 980މ. ގައި އަފްޣާނިސްތާނުގެ އުތުރު ރަށެއްކަމަށްވާ ޙަރްމައިތިން ގައެވެ. އެރަށް މިހާރު އޮތީ ތުރުކިސްތާނުގެ (އުޒުބަކިސްތާނުގެ) ބުޚާރާކާރީގައެވެ. އޭނާގެ މަންމައާއި ބައްޕައަކީ އަފްޣާނިސްތާނުގެ ދެބޭފުޅުންނެވެ. ހިޖުރީގޮތުން ހަތަރުވަނަ ޤަރުނުގެ ފަހުކޮޅުގައި އުމުރުން ދިހަ އަހަރުވެސް ފުރިހަމަ ނުވަނީސް އިބްނު ސީނާ ބުޚާރާ ސަހަރުގެ އެކިއެކި ތަޢުލީމީ މުއައްސަސާތަކަށް ވަޑައިގެން ފިޤުހު ޢިލްމާއި ޤުރުއާނުގެ ޢިލްމުކިޔަވައި މޮޅުވެވަޑައިގަތެވެ. އޭނާ ބޭހުގެ ޢިލްމު އެންމެ ފުރަތަމަ
އުނގެނިވަޑައިގަތީ ޢީސާ އިބުނު ޔަޙުޔައްނަޞްރާނީގެ އަރިހުންނެވެ.
އުމުރުފުޅުން 16 އަހަރުފުޅު ފުރިހަމަ ނުވަނީސް ޑަކްޓަރުންގެ އިމާމްކަމުގައި އިބްނުސީނާ ވެވަޑައިގަތެވެ. އޭނާގެ ފޮތް ކިތާބުލްޤާނޫނު ފިއްޠިއްބިއަކީ މީލަދީން 17 ވަނަ ޤަރުނުގެ މެދާހަމަޔަށް ދުނިޔޭގެ ބޭސްވެރި ޑަކްޓަރުންގެ އެނމް ބޮޑު މަރްޖަޢު ފޮތެވެ.
ދުނިޔޭގެ އިރުމަތީގެ ބިންތަކުގައިވާ އިސްލާމީ ޤައުމުތަކަށް އޭނާ ދަތުރުކުރެއްވިއެވެ. އެދުވަސްވަރު އިބްނުސީނާއަކީ ހަމްޛާނުގެ ވެރިޔާ ޝަމްސުއްދައުލާ އަބޫޠާހިރުގެ ވަޒީރެކެވެ. އޭނާ އަވަހާރަވީއިރު އުމުރުފުޅަކީ 58 އަހަރެވެ.
އިބްނުސީނާ 1037 ގައި އަވަހާރަވިއިރު އޭނާއަކީ މުސްލިމުންގެ އެންމެ ބޮޑު އެއްފައިލަސޫފެވެ. އަދި އޭނައަކީ މުސްލިމުންގެ ޖާލީނޫސްއެވެ. އޭނާ 270 ފޮތް ލިޔުއްވިއިރު ވަރަށްމަދު ފޮތެއްފިޔަވައި ހުރިހައިފޮތްތައް ލިޔުއްވީ އަރަބިބަހުންނެވެ. އޭނާގެ ގިނަފޮތްތައްވަނީ ގެއްލިފައެވެ. އިރުމައްޗާއި ހުޅަނގުގެ ލައިބްރަރީ ތަކުން މިހާރުފެންނަންއޮތީ 68 ފޮތެވެ. ސައެންސްގެ ހުރިހައި ރޮނގެއްގައި އޭނާ ފޮތްތައް ލިޔުއްވިނަމަވެސް އޭނާ އެންމެ ޝަޢުޤުވެރިވެވަޑައިގައިގަތީ ބޭސްވެރިކަމާއި ފަލްސަފާއަށެވެ. އޭނާއަކީ ބޭސްވެރިންގެ އަމީރު (ޕްރިންސް އޮފް ފިޒިޝަންސް) އެވެ.
ބޭހުގެ ރޮނގުންގައި 43 ފޮތް ލިޔުއްވިއެވެ. އަލްޤާނޫން ފިއްޠިއްބި ( ކޯޑް އޮފް މެޑިސިން) އަކީ ވިލިއަމް އޯސަރފަދަ މުއައްރިޚުން ސިފަކުރައްވާގޮތުގައި އެންމެ މަޝްހޫރު ބޭސްފޮތެވެ. މިފޮތުގައި އޭނާ ބޭސްވެރިކަމުގެ ބައިތައް ބަޔާންކުރައްވާފައިވަނީ ހަމަމިޒަމާނެކޭ ވެސް ދަދިއެއްގޮތަކަށެވެ. އެއީ މިސާލަކަށް: ބަލިތަކުގެ ސަބަބުތައް، ބަލިފެތުރުމާއި ބެހޭޢިލްމު (އެޕިޑިމިއޮލޮޖީ)، ބަލީގެ އާލާމަތްތަކާއި ބަލި ފޮށުމުން ހުށަހެޅޭކަންތައް (ސިމްޕްޓަމސް އެންޑް ސައިންސް)، ދޭނޭ ބޭސްފަރުވާއާއި ވާނެގޮތްކިޔައިދިނުން (ޓްރީޓްމެންޓް އެންޑް ޕްރޮގްނޮސިސް) މި ބައިތަކެވެ.

Comments