Skip to main content

Posts

މެނިފެސްޓޯ ގިންތި ސުވާލު: ލެޕްޓޮޕްކޮބާ؟ މިބައިގާ ހިމެނޭނީ ކެންޑިޑޭޓުން ނިސްބަތްވާ ނުވަތަ ކޯލިޝަނުން އުފައްދާފައިވާ މެނިފެސްޓޯއިން އުފައްދާފައިވާ ސުވާލެކެވެ. މިސުވާލަށް ޖަވާބުދޭނީ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީ ނުވަތަ ކޯލިޝަނުގެ ކެންޑީޑޭޓުން މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއްކެންޑިޑޭޓެކެވެ. ( މެނިފެސްޓޯ ސުވާލުވާނީ ކުރިން ކެންޑިޑޭޓުންނާ ހިއްޞާކޮށްފައެވެ. ) މި ސުވާލަށް ޖަވާބު ދިނުމަށް ލިބޭނީ 2 މިނެޓްގެ ވަގުތުކޮޅެކެވެ. 

މުސްލިމުންގެ ސަގާފީ ކުރެހުންތަކުގައިވާ އަޖައިބު ކުރުވަނިވި ހިސާބު އިލްމު

ޕްރޮފެސާ ހަސަން އުގެއިލް   ތަފާތު އެކި ފަންނުތަކުގެ ޢިލްމު ދުނިޔެއަށް ތަޢާރަފްކުރުމުގައި މުސްލިމުން އަދާކޮށްފައިވާ ދައުރު އެއްވެސް މުސްލިމަކަށް އޮޅިފައިނުވާނެކަން ކަށަވަރެވެ. އަދި މުސްލިމުން އިންސާނިއްޔަތަށާއި، ދުނިޔެއަށް ތަޢާރަފުކޮށްފައިވާ ހިސާބު ޢިލްމާއި، ނުޖޫމީ އިލްމުގެ ބައިތަކާއި، ކުރެހުންތެރިކަން އަދި އިމާރާތް ފަރުމާކުރުން ފަދަ ކަންކަމަކީ ދުނިޔެ ހުނަރުވެރިކަމުގެ ރޮނގުން ކުރިއަރައިގެން ދިއުމަށް އަޅައިދިން މުހިންމު ބިންގާތަކެކެވެ. ހަމައެހެންމެ، މިއީ މިފަދަ ޢިލްމީ ދާއިރާތަކުން ކުރިއަރާފައިވާ މުޖުތަމައުތަކުގައި ވެސް މުސްލިމުންނަށް ގިނަގުނަ ތަޢުރީފު ލިބޭ ކަމެކެވެ  

ގާނޫނުތައް ހެދިފައިވަނީ އެންމެންގެ މައްޗަށްތޯ އެވެ.

ރަށުކައުންސިލްގެ އިޢުލާނެއްގައި ( (D)C-248/2014/66 ) ވެއެވެ. " މިހާރަކަށް އައިސް   ލޮނުމަސް އެޅުމުގެ މަސައްކަތްކުރާ ފަރާތްތަކުން އާންމުނަށް ދަތިވާގޮތަށް ލޮނުމަސް އެޅުމުގެ މަސައްކަތް ކުރާތީވެ އެކަމުގެ ޝަކުވާ ގިނަ އަދަދަކަށް މިއިދާރާއަށް މިއިދާރާއަށް ހުށަހެޅެމުން އެބަދެއެވެ."  ލޮނުމަސް އަޅާފަރާތްތަކުން ލޮނުމަސް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދަނީ ، ކުރިންވެސް އެމީހުން އެމަސައްކަތް ކުރަމުން ދިޔަގޮތަށެވެ. ހަންބުރިބުރީގައާއި ލޮނުމަސް އަޅާ ވަޅުބުރިބުރީގައެވެ. ރަށު ބަނދަރުގެ މަސްކަޑާގެ ދެކޮޅުގައި އޮންނަ ހުސްތަނުގައެވެ. " ވަކިމިހާރަކު އަހަރެމެން މިމަސައްކަތް( ލނުމަސް އެޅުން ) އާގޮތަކަށް ނުކުރަން، މިކުރަނީ ކުރިންވެސް ކުރިގޮތަށް. ހަމަ ކުރިންވެސް އެމަސައްކަތް ކުރިތަންތަނުގަ." ލޮނުމަސް އެޅުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންދާ އާދަމް ނަސީރު ބުންޏެވެ. " މީހުން މިހާރު ޝަކުވާ ކުރާގޮތެއް ނޭނގެ. ކުރިންވެސް މިމަސައްކަތް ކުރަމުން މިދިޔައީ ހުއްދައެއް ވަކިތާކުން ނުނަގަން. މިމަސައްކަތްކުރާތާ 10 ވަރަކަށް އަހަރުމިވަނީ. ހުއްދަނަގަންޖެހޭކަމެއް ވެސް އަހ...

ތާރީޚުގެ ތެރެއިން ފަލަސްތީނާއި އިސްރާއީލު މައްސަލަ

ފަލަސްތީނުގެ ބިމުގެ މިލްކުވެރިކަމުގެ މައްސަލައަކީ ތާރީޚުގެ ގިނަ ސަފްހާތަކެއްގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ތާރީޚީ މައްސަލައެކެވެ. ފަލަސްތީނުގެ ބިމަށް އަތް ގަދަކުރުމުގެ ރޭވުންތައް ޔަހޫދިން އެންމެ ފުރަތަމަކޮށްފައިވަނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. މި ގޮތުން އޭރު ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅުނު މުއްސަނދި ޔަހޫދީންނާއި ޒަޔަނިސްޓުން ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ރޭވުންތައް ރާވާފައިވަނީ 1800ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ . ސުވިޓްޒަލޭންޑްގައި 1897 ވަނަ އަހަރު ޒަޔަނިސްޓް މޫވްމަންޓެއް އުފައްދައި، އެ މޫވްމެންޓްގެ ފުރަތަމަ ބައްދަލުވުން އެގައުމުގައި ބޭއްވި އެވެ. މި ބައްދަލުވުމުގައި ޒަޔަނިސްޓުންގެ ބޮޑުންގެ މަޝްހޫރު ޕްރޮޓޮކޯލްތައް އިއުލާންކުރިއެވެ. މި ޕްރޮޓޮކޯލްގައި ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ ޕްލޭނާއި ދުނިޔެއަށް އަތްގަދަކޮށް ދުނިޔޭގެ ބޮޑެތި ގައުމުތައް ޒަޔަނިސްޓް ހަރަކާތުގެ ދަށަށް ގެނައުމުގެ އެޖެންޑާ އެފަރާތްތަކުން ރަސްމީކޮށް އިއުލާނުކުރި އެވެ. އޭރު ފަލަސްޠީނު އޮތީ އަރަބި ގިނަ ގައުމުތައް ފަދައިން އުސްމާނީ ޚިލާފަތު...

ކުޑަކުދިންގެ ޕާކުގެ ވާހަކަ

ކުޑަކުދިންގެ ޕާކުގެ ވާހަކަ އިހަވަންދޫގެ ކުޑަކުދިންގެ ޕާރކަކީ 2009 ވަނަ އަހަރު އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް، ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތުގެ ތެރެއިން، އިހަވަންދޫގެ ރައްޔިތުންގެ ބަޖެޓުން ހޭދަކޮށްގެން އިމާރާކޮށްފައިވާ ޕާރކެކެވެ.  މި ޕާރކު ހަދާފއިވަނީ އިހަވަންދޫ ރާނާގެ މުހައްމަދު ރަޝީދުގެ ވެރިކަމުގައެވެ. ރައީސުލް ޖުމުހޫރިއްޔާ އައްޔަންކުރެއްވި ރަށުކައުންސިލެއްގެ ގޮތުގައި އެބޭފުޅާ އިހަވަންދޫގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ދުވަސްވަރުއެވެ.  އެއިރު " ޙޯމްމޭޑް: ސީސޯވް އާއި އެނބުރޭކުޑައާއި ތަފާތުވައްތަރުގެ ކުޅޭ ތަކެތި ޕާރކުގައި ހުއްޓެވެ. 

ތާރީޚީ ނަޒަރަކުން ފަލަސްޠީނާއި ޤުދުސް

ލިޔުނީ: އިޔާޒު ނަސީމް ފަލަސްޠީނަކީ މެދުތެރޭ ކަނޑާއި އުރުދުން ކޯރާ ދެމެދުގައި އޮތް ބިމެވެ . މިއަދު މި ބިން ވަނީ އެތައް ބަޔަކަށް ބައި ކުރެވިފައެވެ. އިސްރާއީލާއި ހުޅަނގު އައްސޭރި އާއި ޣައްޒާ އޮތީ ފަލަސްޠީނުގެ ބިމުގައެވެ. ހަމަ އެފަދައިން މިއަދުގެ އުރުދުން އާއި ލުބުނާނާއި ސޫރިޔާގެ އިމުގެ ތެރޭގައި ވެސް ޤަދީމީ ފަލަސްޠީނަށް ނިސްބަތްވާ ބިންތައް އެބަހުއްޓެވެ . ވަކި ވެރިކަމެއްގެ ގޮތުގައި 1921 ވަނަ އަހަރު އުރުދުންގެ ރަސްކަން ޤާއިމުވުމުގެ ކުރީގައި އުރުދުން ނުވަތަ އެއިރުގެ ނަމުން ނަމަ " އިމާރަތު ޝަރްޤުލް އުރްދުން" އަކީ ވެސް ފަލަސްޠީނަށް ނިސްބަތްވާ ބިމެއްގެ ގޮތުގައި އޮތްތަނެކެވެ. މިހާރުގެ ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ފަލަސްޠީނަކީ "އިމާރަތު ޝަރްޤުލް އުރުދުން" (ޓްރާންސްޖޯރޑާން) ނުހިމެނޭ ގޮތަށް "ފަލަސްޠީނުގެ ޤައުމީ ޤަރާރު" ގައި ބަޔާން ކުރެވިފައިވާ ފަދައިން 1920 ވަނަ އަހަރުން 1948 ވަނަ އަހަރަށް "ބްރިޓިޝް މޭންޑޭޓް ޕަލެސްޓައިން " ގެ ގޮތުގައި އޮތް ސަރަޙައްދެވެ .

ރަމްޟާން މުބާރިކް

ރަމްޟާން މަހުގެ ތަހުނިޔާ ބަރަކާތްތެރި ރޯދަ މަހުގެ ފުރަތަމަ10 ދުވަސް ފާއިތުވެގެން ދިޔައިރުވެސް ބުލޮގްގެ ކިޔުންތެރިންނަށް ރޯދަމަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދެންނެވުމުގެ ފުރުޞަތު ނުލިބުނީތީވެ ނިހާޔަތަށް ހިތާމަކޮށް ދެރަވެ، ރަމްޟާން މުބާރިކް ކިޔަމެވެ.  އަހަރުގެ އެހެން ހުރިހާ މައްސަރުތަކަށް ވުރެ އުފާވެރި މާތް އަދި ހެޔޮކަމުގެ މައްސަރެކެވެ. ހުރިހާ މުސްލިމުން ވެސް މި މައްސަރަށް މަރުހަބާ ކިޔަނީ ހިނިތުންވުމާ އެކުގައެވެ. މީގެ އިތުރުން ރޯދައަށްޓަކައި ނަފްސުގެ ގޮތުން ވެސް ވަރަށް ބޮޑަށް ތައްޔާރީވާންޖެހެ އެވެ. އަޅުގަނޑުމެންގެ އަތުންފައިން ކުރެވޭ ގޯސް ކަންތައްތަކާއި ދުލުން ބުނެވޭ ނުރަނގަޅު ބަސްތަކުން ދުރުހެލިވުމަކީ އަބަދުމެ ކުރަންޖެހޭ ކަމަކަށްވާ އިރު، ވަކިން ހާއްސަ ގޮތެއްގައި ރޯދަ މަހު މި ކަންކަމަށް ސަމާލުވާންޖެހެ އެވެ. ރުޅި އިސްކުރުމާއި ރުޅި ގަދަވުމުން ދުރުހެލިވާންޖެހެ އެވެ. މީހުންނަށް ހެޔޮ ފޯރުވައި އެހީތެރިކަން އިތުރުކުރާންޖެހެ އެވެ.