Skip to main content

ގާނޫނުތައް ހެދިފައިވަނީ އެންމެންގެ މައްޗަށްތޯ އެވެ.




ރަށުކައުންސިލްގެ އިޢުލާނެއްގައި ((D)C-248/2014/66 ) ވެއެވެ. " މިހާރަކަށް އައިސް  ލޮނުމަސް އެޅުމުގެ މަސައްކަތްކުރާ ފަރާތްތަކުން އާންމުނަށް ދަތިވާގޮތަށް ލޮނުމަސް އެޅުމުގެ މަސައްކަތް ކުރާތީވެ އެކަމުގެ ޝަކުވާ ގިނަ އަދަދަކަށް މިއިދާރާއަށް މިއިދާރާއަށް ހުށަހެޅެމުން އެބަދެއެވެ." 

ލޮނުމަސް އަޅާފަރާތްތަކުން ލޮނުމަސް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދަނީ ، ކުރިންވެސް އެމީހުން އެމަސައްކަތް ކުރަމުން ދިޔަގޮތަށެވެ. ހަންބުރިބުރީގައާއި ލޮނުމަސް އަޅާ ވަޅުބުރިބުރީގައެވެ. ރަށު ބަނދަރުގެ މަސްކަޑާގެ ދެކޮޅުގައި އޮންނަ ހުސްތަނުގައެވެ. " ވަކިމިހާރަކު އަހަރެމެން މިމަސައްކަތް( ލނުމަސް އެޅުން ) އާގޮތަކަށް ނުކުރަން، މިކުރަނީ ކުރިންވެސް ކުރިގޮތަށް. ހަމަ ކުރިންވެސް އެމަސައްކަތް ކުރިތަންތަނުގަ." ލޮނުމަސް އެޅުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންދާ އާދަމް ނަސީރު ބުންޏެވެ. " މީހުން މިހާރު ޝަކުވާ ކުރާގޮތެއް ނޭނގެ. ކުރިންވެސް މިމަސައްކަތް ކުރަމުން މިދިޔައީ ހުއްދައެއް ވަކިތާކުން ނުނަގަން. މިމަސައްކަތްކުރާތާ 10 ވަރަކަށް އަހަރުމިވަނީ. ހުއްދަނަގަންޖެހޭކަމެއް ވެސް އަހުންނަކަށް ނޭނގެ" 


ރަށުގެ ބަނދަރަށް ގޮސް އުޅޭ ރަށުގެ ރައްޔިތުންބުނަނީ ، ޝަކުވާކުރަނީ ލޮނުމަސް އަޅާތީނޫންކަމުގައެވެ. ކުނިވެފައިވާ ލޮނުމަސް އަވިއްޔާލާއިރު، އެމަހުން ދުވާކުނިވަސް ރަށުތެރެއަށް އަންނާތީވެ. ހުޅަނގު މޫސުގައި، އަވިނުދީ، ތިން ހަތަރު ދުވަސް ވިޔަސް ސީރާކުރަން އަޅާފައިހުންނަ ލޮނުމަސްތައް ކުނިވެ، ފުޅައަޅައެވެ. ކުނިގޮނޑުގައި ކުނިއަންދާއިރު އޮލަވިހަ ދުންތައް އެސަހައްދުގެ ގެތަކުގެ ސާފުވައި ނުސާފުކޮށްލާފަދައިން ، ކުނިވެފައިވާ މަސްތައް އަވިއްލުމުން، ކައުންސިލް އިދާރާގެ ޖައްވުކުނިކޮށްލާ އިއުލާންތައް ނެރެން މަޖުބޫރުވެއެވެ. ހުއްދަނުނަގައި ލޮނުމަސް އެޅުމަކީ މަނާކަމެއްކަން ކައުންސިލް ހުރިހާ މުވައްޒަފުންނަށް ހަނދާންވެއެވެ. ލޮނުމަސް އަޅާފަރާތްތަކުން އެމަސައްކަތް އެގޮތަށް ނުކުރުމަށް ހަނދާންވެސްކޮށްދެއެވެ. މިހުރިހާ ދުވަހަކު ލޮނުމަސްއަޅާ ދެތިން މީހަކު، ލޮނުމަސް އަޅަމުން ދިޔައީ ކައުންސިލްގެ  ލޮލުގެ ކުރިމަތީގައެވެ. 

ރަށުގައި ފައިބަރު ދޯނި ބަންނަމީހުން، އެމަސައްކަތްކުރަނީ ހުއްދަނަގައިގެންނެވެ. ބިމުކުލިދައްކައިގެންނެވެ. ދޯނީގެ ރަޖިސްޓްރީ ނަންބަރު ހޯދައިގެންނެވެ. ބައެއް ފަރާތްތަކުން ހަރުގެވަޅުގެ ބިމުކުލި ނުދައްކާއިރު، ބަރާބަރަށް ބިމުކުލިދައްކާ މީހުންނާ، އެއްވެސް ތަފާތެއްނެތެވެ. ރައްޔިތުންގެ މާލިއްޔަތަށް ވަންނަންޖެހޭ އެތައްލައްކަ ރުފިޔާއެއް ހޯދަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެތައްމިލިއަން ރުފިޔާގެ އަގުބޮޑު ވިންޗެއް ދަބަރަށްވެގެން ދާއިރު، ރައްޔިތުންގެ ފައިސާއިން ބޮޑު ޚަރަދުކޮށްގެން އަޅަންފެށި ޕްރީސްކޫލް ތަނބުތަކާއި ބިންގާ ހަފުސްވާއިރު މިކަމާ ކަންބޮޑުވާ އެއްވެސް މަސްއޫލްވެރިޔަކު ނެތެވެ. ރަށުގެ އިދާރީ ހިންގުން ހަރުދަނާކޮށް ހިންގުމަށްޓަކައި ، ރައްޔިތުންނަށް އިތުރު ޚިދުމަތްތައް ދިނުމަށް ފޮނިވައުދުތަކާއި ހުވަފެންތައް ދައްކާ އުއްމީދުތަކުން ރައްޔިތުންގެ ހިތްތައް އުފާކޮށްދިން ކައުންސިލް އޮތީ ހޮވިގޮތަށް " ހައިބަރނޭޓް" ވެފައެވެ.

ރަގަޅު ވާހަކައެވެ. ގަވާއިދާ ޚިލާފަށް ލޮނުމަސް އަޅާމީހުންނާ މެދުވެސް ފިޔަވަޅު އަޅަންޖެހެއެވެ. އެންމެންނަށް ހަމަހަމަ އުޞޫލުތަކެއް އޮންނަންޖެހެއެވެ. އެހެންނޫނަމަ، ފިތުނަ ފަސާދަ އާއްމުވެ، މުޖުތަމަޢުގެ ހަމަޖެހުން ގެއްލިދާނެއެވެ. ލޮނުމަސް އަޅާމީހުން މަހަކު ދެލައްކަ ތިންލައްކާ ރުފިޔާގެ މަސް ބޯޑު ފަހަރުން މާލެ ފޮނުވާ، މަންފާ ހޯދާއިރު، އެމީހުންގެ އަތުންވެސް، ޖީއެސްޓީ ނަގަން ޖެހޭނެއެވެ. އެމަސައްކަތް ކުރާތަނުން ބިމުކުލި ނަގަންޖެހޭނެއެވެ. މާދަމާ ރަށުކައުންސިލް ދޮރުމަތީ ލޮނުމަސް އަޅަން ފަށާފާނެއެވެ. 

މިމައްސަލަތަކާއި މެދު އަމަލުކުރަންވީ ބަޔަކު ޝަކުވާކުރުމަކުން ނޫނެވެ. ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރާނެ ހަރުދަނާގޮތްތަކެއް ހަދައި، މިކަންތައްތަކާމެދު ވިސްނާ ފިކުރުކޮށް ، އަބަދުވެސް ޒިންދާރުވެ ޒިންމާތައް ނަންގަވާނަމަ، " މިއަދުން ފެށިގެން (14 އޮގަސްޓް 2014 ) 10 ދުވަހުގެ ތެރޭގައި ލޮނުމަސް އެޅުމުގެ  މަސައްކަތް ދެންނެވުނު ގޮތަށް އިސްލާޙު ނުކުރައްވާ އެސަރަހައްދުތަކުގައި މަސައްކަތް ކުރިއަށް ގެންދާނަމަ، " އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު" ގެ  ފަށުން ފިޔަވަޅު އެޅޭނޭވާހަކަ އަންގާކަށް ނުޖެހޭނެއެވެ. 

އެހެންވީމާ، 14 އޮގަސްޓް 2014 ވަނަ ދުވަހުން ފެށިގެން 10 ދުވަސްފަހުން ، ހުއްދަނުނަގައި ކައުންސިލްގެ ދޮރުމަތީގައި ލޮނުމަސް އެޅިޔަސް އޯކޭވާނެ ދޯ އެވެ.

Comments