Skip to main content

ރަމްޟާން މުބާރިކް

ރަމްޟާން މަހުގެ ތަހުނިޔާ

ބަރަކާތްތެރި ރޯދަ މަހުގެ ފުރަތަމަ10 ދުވަސް ފާއިތުވެގެން ދިޔައިރުވެސް ބުލޮގްގެ ކިޔުންތެރިންނަށް ރޯދަމަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދެންނެވުމުގެ ފުރުޞަތު ނުލިބުނީތީވެ ނިހާޔަތަށް ހިތާމަކޮށް ދެރަވެ، ރަމްޟާން މުބާރިކް ކިޔަމެވެ. 
އަހަރުގެ އެހެން ހުރިހާ މައްސަރުތަކަށް ވުރެ އުފާވެރި މާތް އަދި ހެޔޮކަމުގެ މައްސަރެކެވެ. ހުރިހާ މުސްލިމުން ވެސް މި މައްސަރަށް މަރުހަބާ ކިޔަނީ ހިނިތުންވުމާ އެކުގައެވެ. މީގެ އިތުރުން ރޯދައަށްޓަކައި ނަފްސުގެ ގޮތުން ވެސް ވަރަށް ބޮޑަށް ތައްޔާރީވާންޖެހެ އެވެ. އަޅުގަނޑުމެންގެ އަތުންފައިން ކުރެވޭ ގޯސް ކަންތައްތަކާއި ދުލުން ބުނެވޭ ނުރަނގަޅު ބަސްތަކުން ދުރުހެލިވުމަކީ އަބަދުމެ ކުރަންޖެހޭ ކަމަކަށްވާ އިރު، ވަކިން ހާއްސަ ގޮތެއްގައި ރޯދަ މަހު މި ކަންކަމަށް ސަމާލުވާންޖެހެ އެވެ. ރުޅި އިސްކުރުމާއި ރުޅި ގަދަވުމުން ދުރުހެލިވާންޖެހެ އެވެ. މީހުންނަށް ހެޔޮ ފޯރުވައި އެހީތެރިކަން އިތުރުކުރާންޖެހެ އެވެ.

މިއަހަރުގެ ރޯދަ މަސް ކުރިމަތިވީ ޖޫން ، ޖުލައި ގަދަ ކޮޅިގަނޑުގެ ތެރެއަށްވުމުން ލޮނުކާތަކެތި، ހޯދުމަށް ވަރަށް ދައްޗެވެ. ރަށުގެ ކުދި އަދި ބޮޑު ދޯނި ފަހަރު ފަރުމަހަށާއި ކަނޑުމަހަށް ބައެއް އޮޑިދޯނި ފަހަރު ދެއެވެ. ފަޅުތެރޭގައި މުށިމަސް ވެސް އޮވެއެވެ.
މުށިމަސް ދާޖަހައިގެން މަހަށް ދާތީވެ، ކައުންސިލްގެ އެދުމަށް އިއްޔެ ފުލުހުންވަނީ ކެމެރާ ބަހައްޓައިގެ މުށިމަސްޖަހާމީހުން ، ހޯދާ އެކަން ހުއްޓުވާފައެވެ.
ރޯދަ މަހު މަނާކަންތައްތައްކުރުމުން އަހަރެމެން ދުރުހެލިވާންޖެހެއެވެ.ދުވާލުގެ އަޅުކަމަށް ފަހުގައި ރޭގަނޑުގެ ގިނަ ވަގުތު ވެސް ހޭދަކުރަން އޮންނަނީ އަޅުކަމުގެ ތެރޭގަ އެވެ. ޤުރްއާން ކިޔެވުމާއި ނަމާދުކުރުމާއި ﷲ އަށް ޒިކުރުކުރުމާއި ދުއާކުރުމާއި ތަރާވީހް ނަމާދު ކުރުމާއި ރޭއަޅުކަންކުރުމުގަ އެވެ. މި ހުރިހާ ކަމަކުން އެނގެނީ ރޯދަ މަހަކީ އަޅުކަމުގެ މައްސަރެއް ކަމެވެ. އަހަރުގެ އެހެން ދުވަސްތަކާ ޚިލާފަށް ރޯދަ މަހުގެ ހުރިހާ ދުވަހެއްގެ ހުރިހާ ވަގުތެއް ވެސް އޮތީ އަޅުކަމާ ގުޅިފަ އެވެ. ރޯދަ މަހަށްޓަކައި މުއުމިނުން ހާއްސަ ގޮތެއްގައި ތައްޔާރުވަނީ މި ސަބަބާ ހެދި އެވެ.  

 

Comments