Skip to main content

Posts

މާލެ ދަތުރު ކުރީގެ އަދަދާގުޅޭ

މާލޭގެ ކަންތައްތަކުގެ ވާހަކައަކީ ވަރަށްވެސް ޝަޢުޤުވެރި ވާހަކަ ތަކެކެވެ. ވަރަށްވެސް ސިޔާސީ ވާހަކަތަކެކެވެ. 24 ގަޑިއިރު މާލެވަނީ ސިޔާސީ އަވަދިނެތުމެއްގެ ތެރޭގައެވެ. އިންސާފުގެ މައިދާނުގެ ކަންތައްތައް ލޮލުން ދެކިލީމާ މިވާންއުޅޭ ގޮތެއްގެ ތަސްވީރު ވަރަށް ރީތިކޮށް ފެނެއެވެ.  މިއަދު މަސައްކަތުގެ ބައްދަލުވުން ނިންމާލަފައި ގެއަސްދިޔަ މަގުމަތީ ބޮޑު މަންޒަރުވެސް ފެނިއްޖެއެވެ. ރައީސް ނަޝީދު އިސްސަފުގައި ހުންނަވައިގެން ކުރިއަށް ގެންދިޔަ ރެލީ އެެކެވެ. ޒުވާނުންނެވެ. މުސްކުޅިންނެވެ. އަންހެނުންނެވެ. އަދަދު ހާދަ ގިނައެވެ. ހަމަތެދެކެވެ.  އެއްބަޔަކު ޑްރަމް ޖަހަނީ އެވެ. އަނެއް ބަޔަކު ޑަބިޔާ ތަޅަނީ އެވެ. އަނެއްބަޔަކު ބެރުދުންމާރި ތާޅަ ފިލި ފުމެނީ އެވެ. މިއޮތީ ވާ ކަމެކެވެ. މިކަންތައް ތަކާއި މަންޒަރުތައް ކެޕްޗަރ ކޮށްލީމެވެ.

މާލެ ދަތުރު

ވަރަށް ގިނަމީހުން ލިޔާ މައުލޫއެކެވެ. މިމައުލޫއަށް ލިޔަނީ ކީއްވެކަން މިހާރު އިހްސާސް ކުރެވިއްޖެއެވެ. ދަތުރަށް ފަށަންވީ ކިހާ ހިސާބަކުން ހެއްޔެވެ! ވައިފް ބުންޏެވެ. މިހާރު ފަށަންވީ އެވެ. މެންދަރު ކައިގެން ބައިސްކަލަށް އަރައިގެން ފަޔަށް ލެވުނުހާ ބާރެއް ލައިގެން ދުއްވާފައިދިޔައީ ގާތުމަލަ އަހަންމަދު ގާތަށެވެ. އޭނާގެ ފޯން ނަންބަރު ނެތީ މައެވެ.  ސަލާމް ގޮވާލާފައި އެތެރެއަށް ވަނީ ސަލާމް ބަލާގަތީމައެވެ. އެތެރެއަށް ވަންއިރު އަހުމަދު ހުރީ ފެންޑާގައެވެ. ގަޔަކުއެއްޗެއް ނެތެވެ. އުނުގައި ފަޓްލޫނު އޮތެވެ. އަޅުގަނޑަށް ބުނެވުނީ އަހަންމަދާއޭ! އަހަންމަދާއޭ ! މިއައީ ބޮޑުކަމެއް ޖެހިގެންނޭ!. " ކިހިނެއްހޭވީ"  އަހަންމަދު ބުންޏެވެ. އަހަންމަދަކީ ޒަމާންވީ ރަގަޅު ރައްޓެސެކެވެ. ވިޔަފާރިވެރިއެކެވެ. ލާންޗް ކެޕްޓަނެކެވެ. 1 ގަޑި 45 ކަށް ، މަނަފަރަށް ގެންގޮސް ދެވިދާނެތޯ އެހީމެވެ. މިހާރު ގަޑިން 1 ގަޑި 30 އެވެ. އިތުރު އެއްވެސް ވާހަކަ އެއް ނުދައްކާ " ނިކުމޭ" އަހަންމަދު ބުންޏެވެ. އަޅުގަނޑު ބުނީ މި ނިކުންނަނީ އެވެ.
ކަދުރު ކަދުރަކީ ފޮނި އަނގަޔަށް މީރު މޭވާ އެކެވެ.   ކަދުރަކީ ހަށިގަނޑަށް ހަކަތާއި ބާރު ގެނެސްދޭ އެއްޗެކެވެ. ބޭނުންކުރާތާ ½ ގަޑިއެއް ހާއިރުގެ ތެރޭގައި ހަށިގަނޑަށް އޭގެ ސަބަބުން ހަކަތަ ލިއްބައި ދެއެވެ. މިއީ އާންމުކޮށް ހުހަށް ކެއުމަށާއި ، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޚާއްޞަކޮށް ކަދުރަކީ މާތްވެގެންވާ ރަމަޟާންމަހުގެ ތެރޭގައި މުސްލިމުން އާންމުކޮށް ރޯދަ ވީއްލާގަޑީގައި ކައިއުޅޭ ވަރަށް އާންމު އެއްޗެކެވެ.

ނަޝީދު އިސްތިއުފާ ދެއްވަން ވަޑައިގެންނެވިއިރު، ކާރުކޮޅުގެ ބޭރުގައި ސިފައިން ބޫޓުންތަޅައި އިޝާރާތުން ހަޑިހުތުރު މަންޒަރުތައް ދައްކާފައިވޭ - ރިޔާޒް

ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން ވަޑައިގެންނެވިއިރު، ކާރުކޮޅުގެ ބޭރުގައި ސިފައިން ބޫޓުންތަޅައި އިޝާރާތުން ހަޑިހުތުރު މަންޒަރުތައް ދައްކާފައިވާ ކަމަށް ހުސްވި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ބަޣާވާތަކުން ވެރިކަން ބަދަލުކުރި އިރު، އެދުވަހުގެ ގިނަ ވަގުތުތައް ރައީސް ނަޝީދުގެ އަރިހުގައި ހޭދަކުރެއްވި ދާންދޫ ދާއިރާގެ މެންބަރު މުހަންމަދު ރިޔާޒް ވިދާޅުވެއްޖެއެވެ . އިންސާފްގެ މައިދާނުގައި  ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އެދުވަހު ސަލާމަތީ ބާރުތަކުން ހިންގީ ބަގާވާތެއްކަމަށާއި އެއީ ބަގާވާތަކަށް ނުވާނަމަ، ދެން ބަގާވާތެއް ނުހިނގާނެކަމަށެވެ .

އަހިވަށް

އަހިވަކަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ ، ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެ.މިއީ ގިނަ މީހުންނަށް މީރު މޭވާއެއް ނޫނެވެ. އެއީ އޭގައި ހިމެނޭ ވަހުގެ ސަބަބުންނެވެ. މިއީ ދިވެހިން މަދުން ނަމަވެސް ކައިއުޅޭ މޭވާއެކެވެ. އަހިވަކަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައް އެކުލެވޭ މޭވާ އެކެވެ.     ދިވެހި ނަން : އަހިވައް އިގިރޭސި ނަން : Noni Fruit ޢިލްމީ ނަން : Morinda Citrifolia އަހިވައް ޖޫހުގެ ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް ހިމެނޭ މިންވަރު ހަކަތަ 15.3 ކިލޯކެލަރީ ކާބޯހައިޑްރޭޓް 3.4 ގްރާމް ޕްރޮޓީން 0.43   ގްރާމް ވިޓަމިން ސީ 33.65 މިލިގްރާމް ޕޮޓޭސިއަމް 70 މިލިގްރާމް    
ނަސީމާ މުހައްމަދު ޢާއްމު ގޮތެއްގައި "ހަފްތާ" އަޅުގަނޑުމެން ކިޔަނީ ހަތް ދުވަހަށެވެ. މި ލަފްޒުގެ އަސްލަކީ ސާންސްކިރިތުގެ "ސަޕްޓާ"، ހަތް ދުވަހެވެ. ދިވެހި ބަހުން މި ލަފްޒު ބޭނުންކުރުމުގައި "ސ" ބަދަލުވެފައި މިވަނީ "ހ" އަކަށެވެ. "ޕ " ބަދަލުވެފައިވަނީ "ފ" އަކަށެވެ. މިއީ އިހުގެ ދިވެހިބަހަށް ވަރަށް ގިނައިން އައިސްފައިވާތީ ފެންނަ ބަދަލެކެވެ . ދިވެހިރާއްޖޭގައި "ހަފްތާ" މި ލަފްޒު ބޭނުންކުރަން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް އަޅުގަނޑުމެންނަށް އަދި ހޯދިފައެއް ނެތެވެ . ނަމަވެސް މާ ކުރީ ޒަމާނެއްގައި، ދުނިޔޭގެ އެކި ހިސާބުތަކުގައި ހަތަރު ދުވަހާއި ދިހަ ދުވަހުގެ މުއްދަތު ވެސް ހަފްތާ ފަދައިން ބައިބައިކޮށް ދުވަސްތަކުގެ ގްރޫޕް، ނުވަތަ ބައިތަކަށް ހަދައިގެން އުޅުނެވެ. ކިޔައި އުޅުނީ ތަފާތު އެކި ނަންނަމެވެ. ތާރީޚުން އެނގޭ ގޮތުގައި، ހަތް ދުވަސް ހިމެނޭ ހަފްތާ ފުރަތަމަ ބޭނުންކޮށް އުޅުނީ މީލާދީގެ ކުރީގެ ހަ ވަނަ ޤަރުނުގައި މެދު އިރުމަތީގެ ބެބިލޯނިއާ ކިޔާ ހިސާބުގަ އެވެ. ބެބިލޯނިއާ އަކީ މިޒަމާނުގެ އިރާޤުގައި އެވޭލާ ޒަމާނުގައި، ޤަދީމީ ޙ...

ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވެދެވަޑައިނުގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވެދެވަޑައިނުގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ މިއިލްތިމާސް ކުރެއްވީ، އެމަނިކުފާނު މިލަދުންމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ނަރުދުއަށް ވަޑައިގެން، ނަރުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ . ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންނާއި އަދި ކިޔަވާ ކުދިންވެސް، ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަކީ، އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއް ނޫނެވެ . އަދި ސްކޫލްތަކުގެ ވެރިންވެސް މަސައްކަތް ކުރައްވަންޖެހޭނީ، ކުދިންގެ މެދުގައި އިސްލާމްދީނަށް އޮތް ލޯތްބާއި، ޤައުމީ ލޯބި އިތުރުކުރުމަށް ކަމަށާއި، ހަމައެހެންމެ، އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރެއްވުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ .