Skip to main content
ކަދުރު

ކަދުރަކީ ފޮނި އަނގަޔަށް މީރު މޭވާ އެކެވެ.  ކަދުރަކީ ހަށިގަނޑަށް ހަކަތާއި ބާރު ގެނެސްދޭ އެއްޗެކެވެ. ބޭނުންކުރާތާ ½ ގަޑިއެއް ހާއިރުގެ ތެރޭގައި ހަށިގަނޑަށް އޭގެ ސަބަބުން ހަކަތަ ލިއްބައި ދެއެވެ. މިއީ އާންމުކޮށް ހުހަށް ކެއުމަށާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޚާއްޞަކޮށް ކަދުރަކީ މާތްވެގެންވާ ރަމަޟާންމަހުގެ ތެރޭގައި މުސްލިމުން އާންމުކޮށް ރޯދަ ވީއްލާގަޑީގައި ކައިއުޅޭ ވަރަށް އާންމު އެއްޗެކެވެ.


ކަދުރުން ލިބޭ ޞިއްޙީ ފައިދާތައް
ދިވެހި ނަން : ކަދުރު
އިގިރޭސި ނަން : Date
ޢިލްމީ ނަން : Phoenix Dactylifera
ކަދުރުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
277 ކިލޯކެލަރީ
ސޯޑިއަމް
1 މިލިގްރާމް
ކާބޯހައިޑްރޭޓް
74.97 ގްރާމް
ޕޮޓޭސިއަމް
696 މިލިގްރާމް
ޕްރޮޓީން
1.81 ގްރާމް
މަޢުދަންތައް
ފެޓް
0.15 ގްރާމް
ކެލްސިއަމް
64 މިލިގްރާމް
ފައިބަރު
6.7 ގްރާމް
ކޮޕަރ
0.362މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.90 މިލިގްރާމް
ފޮލިކް އެސިޑް
15 މައިކްރޯ ގްރާމް
މެގްނީޒިއަމް
54 މިލިގްރާމް
ނިއެސިން
1.610 މިލިގްރާމް
މެންގަނީޒް
0.296 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.805 މިލިގްރާމް
ފޮސްފަރަސް
-          62 މިލިގްރާމް
ޕައިރިޑޮކްސިން
0.249 މިލިގްރާމް
ސިލެނިއަމް
-           -
ރައިބޯފްލެވިން
0.060 މިލިގްރާމް
ޒިންކް
0.44 މިލިގްރާމް
ތިއެމިން
0.050 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
149 އައިޔޫ
ކެރޮޓީން އަލްފާ

ވިޓަމިން ސީ

ކެރޮޓީން ބީޓާ
89 މައިކްރޯ ގްރާމް
ވިޓަމިން އީ

ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
2.7 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
23 މައިކްރޯ ގްރާމް


ލައިކޯޕީން





   












ބަނޑުހިކުން : ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުގެ ސަބަބުން "ބަނޑު ސާފުކޮށްދޭ"(Laxative) ކަމަށް ބުނާ މޭވާއެކެވެ. ކަދުރުގައި ފެނަށްގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. މިސަބަބާހުރެ ކަދުރަކީ ބަނޑުހިކުން ކުރިމަތިވެފައިވާ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ. ކަދުރުގައި ހިމެނޭ "ބަނޑު ސާފުކުރުމުގެ" ފައިދާ ލިބިގަތުމަށް ފުރިހަމަ އެއްރޭ ވަންދެން ކަދުރު ފޯކުރަން ފެނަށް އަޅާފައި ބަހައްޓަން ޖެހެއެވެ. ޖެހިގެން އަންނަ ދުވަހު ހެދުނު ފޯވެފައި ހުރި ކަދުރުތައް ގިރާލައިގެން ސަރުބަތުގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ. މިކަމުގެ ސަބަބުން ބަނޑު ފަސޭހަ ކޮށްދޭނެ އެވެ.

·             ޑައެޓްރީ ފައިބަރުގެ ދެވައްތަރެއް ހުރެއެވެ. އެއީ ފެނަން ގިރޭ ވައްތަރާއި، ފެނަން ނުގިރޭ ވައްތަރެވެ. ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރަކީ ކާތަކެތި ގޮހޮރުގެ ތެރޭގައި ފަސޭހައިން ދައުރުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ފެންނަގިރޭ ވައްތަރަކީ، ލޭގެ ހަކުރުގެ މިންވަރު މަތިވުން ދަށްކޮށްގެން، ހަކުރު ބަލި ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދީފާނެ މާއްދާއެއް ކަމަށްވަނީ ބެލެވިފައެވެ. އަދި ފެނަށްގިރޭ ވައްތަރުގެ ފައިބަރަކީ ލޭގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ވެސް ދަށްކޮށްދޭ އެއްޗެކެވެ.
·              
ü     ގޮހޮރުގެ މައްސަލަތައް : ކަދުރުގައި ހިމެނޭ ނިކޮޓިނިކް ޕްރޮޕަޓީސް  ސަބަބުން ގޮހޮރުގެ އެކިއެކި މައްސަލަތަކަށް ލުއކަން ގެނެސް ދެއެވެ. ގަވާޢިދުން ކަދުރު ބޭނުންކުރާނަމަ، ގޮހޮރުގެ މައްސަލަތައް މެދުވެރިން ކުޑަކޮށް ދެއެވެ. އެއީ ހަށިގަނޑަށް ގެއްލުންދެނިވި ޖަރާސީމް ގޮހޮރުގައި އަށަގަތުން ހުއްޓުވައިދީގެންނާއި، ގޮހޮރުގައި އެކުލެވޭ ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާގެ ނިސްބަތް ގޮހޮރުގެ ތެރޭގައި ގިނަކޮށްގެންނެވެ

ü     ބަރުދަން އިތުރުކުރުން : ބުނެވޭގޮތުގައި ހަށިގަނޑަށް ފައިދާހުރި ޞިއްޙީ ކެއުމެއްގައި ނަމަ، ކަދުރު ހިމަނަންވާނެ އެވެ. ކަދުރުގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން އަދިވެސް ހަށިގަނޑަށް ބޭނުންތެރި ވިޓަމިންތައް ހުރެއެވެ. މާބޮޑަށް ހަށިގަނޑުގެ ބަރުދަން ލުއިވެ، ހިކެމުންދާނަމަ، އެކަމުގެ ފަރުވާއެއްގެ ގޮތުން ކަދުރާއި، ކިއުކަމްބާ ޗިސްކޮށްގެން ހަދާފައި ހުންނަ ޕޭސްޓާއި އެއްކޮށް ބޭނުންކުރުމުން، ހަށިގަނޑުގެ ބަރުދަން އިތުރުވާކަމަށް ބުނެއެވެ. އެއް ކިލޯގެ ކަދުރުގައި 3000 ކެލޮރީ ހުރެއެވެ.

ü     ޖިންސީ ވަޅޯކަން : ކަދުރަކީ އިންސާނާގެ ޖިންސީ އެދުންވެރިކަން ރަގަޅުކޮށްދޭ އެއްޗެކެވެ. ބަކަރީގެ ކިރުގެ ތެރެއަށް ކަދުރުމުށެއް އަޅައި، ފޯވަންދެން ބެެހެއްޓުމަށްފަހު، އެކިރާއި، މާމުއި، އަދި ހިމުންކޮށް މުގުރާފައި ހުރި ކާފޫރުތޮޅި އާއި އެއްކޮށްގެން، މިކްސްޗަރުން ގިރާލުމަށްފަހު، ބޭނުންކުރުމަކީ ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ ކަމެއްކަމަށް ބުނެއެވެ.

ü     ބޭރަށްހިންގުން : ދޮންވެފައި ހުންނަ ރޯ ކަދުރުގައި ޕޮޓޭސިއަމް ހުރެއެވެ. މިއީ ބޭރަށްހިންގުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ކަދުރަކީ ފަސޭހައިން ހަޖަމުވާ އެއްޗަކަށް ވުމުން ބޭރަށްހިންގުން ފަދަ ކަންތައްތައް ވަރަށް އަވަހަށް ކަދުރު ބޭނުންކުރާނަމަ ރަގަޅު ވެއެވެ.


ü     ވިހަވުން : ބަނގުއާވި މާގިނައިން ބޭނުންކުރުމުން ވިހަވެއްޖެނަމަ، އެކަން ފިލުވާލުމަށް ކަދުރަކީ އެންމެ ރަގަޅު އެއް މަޞްދަރެވެ. މިގޮތަށް ބަނގުއާވިން ވިހަވުމުން، ކަދުރު ބޭނުންކުރުމުން ވަރަށް ފަސޭހައިން ރަގަޅު ވެއެވެ. ރޭގަނޑު އެއްކޮށް ފެނުގައި ބަހައްޓައި، ފޯވުމުން ހެދުނުގައި ކަދުރު ބޭނުންކުރުމުން އެއިން ލިބޭ މަންފާއާއި ފައިދާ، އިތުރުކަމަށް ވެއެވެ.

ü     ކެންސަރުން ރައްކާތެރިވުން: ކަދުރު ބޭނުންކުރުމަކީ އޭގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން އެތަކެއް ކެންސަރުން ދުރުކޮށް ރައްކާތެރިވުމުގައި އެހީތެރިވެދޭ ކަމެކެވެ.


ü     މައިދާގެ ކެންސަރު : މައިދާ ނުވަތަ ބަނޑުގެ ކެންސަރުތަކުން ރައްކާތެރިވުމަށް ކަދުރަކީ ބޭނުންތެރި އެއްޗެކެވެ. މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކަމުދާ "ޓޮނިކް"(Tonic) އެކެވެ. މިއީ ފަސޭހައިން ހަޖަމުވާ، އަދި ހަށިގަނޑަށް ބޭނުންވާ ހަކަތަ ވެސް ފޯރުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ކަދުރުގައި އެންޓި އޮކްސިޑެންޓް އެކުލެވިގެން ވުމަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށްދީ، ކެންސަރުފަދަ ބަލިތައް އުފަންވެގެން އައުން ކުޑަކޮށްދޭނެ ކަމެކެވެ.

ü     އަނގަ އަދި ފުއްޕާމޭގެ ކެންސަރު : ކަދުުރުގައި ވިޓަމިން އޭ ގިނަ މިންވަރަކަށް ހުރެއެވެ. ހޯދިފައިވާ ގޮތުގައި ވިޓަމިން އޭ ގިނައިން ހުންނަ ކާނާ ބޭނުންކުރުމަކީ އަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.


ü     ބައެއް އެހެން ކެންސަރުތައް : ކަދުރަކީ އެންޓި އޮކްސިޑެންޓްގެ ފްލޭވޮނޮއިޑްގެ ތެރޭގައި ހިމެނޭ، ބީޓާ ކެރޮޓީން، ލޫޓީން، އަދި ޒިއެޒެންތިން ހިމެނޭ މޭވާ އެކެވެ. މިއެންޓި އޮކްސިޑެންޓްތަކަށް ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކާއި، އެހެނިހެން ޓިޝޫތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކުރުމުގެ ކުޅަދާނަކަން ލިބިފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރު، އުރަމަތި، ޕްރޮސްޓޭޓް ގްލޭންޑް، ފުއްޕާމޭ، ޗިސްމޭ، އަދި ރަހިމުގެ މަސްގަނޑު ފަދަ ބައިތަކަށް ކެންސަރު ޖެހުމުން ދުރުކޮށް ދެއެވެ.

ü     ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދިނުން : ކަދުރުގައި ހަކުރުގެ އެންމެ ތަބީޢީ ބައިތައް ކަމުގައިވާ، ގުލްކޯޒު، ފްރަކްޓޯޒް، ލެކްޓޯޒް، އަދި ސުކްރޯޒް ހިމެނެއެވެ. ކިރުގެ ތެރެއަށް އަޅައިގެން ފޯކޮށްގެން ކަދުރު ބޭނުންކުރުމުން އެއިން ލިބިދޭ ފައިދާ ، އިތުރުކަމަށް ބުނެވެއެވެ.


ü     ހިތުގެ ދުޅަހެޔޮކަން : ކަދުރަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދުޖެހުން ކޮންޓްރޯލްކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން، މިއީ ހިތާއި ލޭހޮޅިތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދީ،  އަދި ނާރުތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދޭނެ ކަމެކެވެ. ސަބަބަކީ ޕޮޓޭސިއަމް ގިނައިން ހަށިގަނޑަށް އެތެރެވާ ވަރަކަށް، ސޯޑިއަމް ހަށިގަނޑުން ބޭރުވާ މިންވަރު މަތިވާތީ އެވެ. މިހެންވުމުން ލޭގެ ޕްރެޝަރު ދަށްވެ، ކޮންޓްރޯލް ވާގޮތް ދިމާވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ޕޮޓޭސިއަމް ގިނައިން ބޭނުންކުރުމަކީ ސްޓްރޯކް ޖެހުމުގެ ފުރުޞަތު ވެސް ކުޑަކޮށްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 400 މިލިގްރާމްގެ ޕޮޓޭސިއަމް ކާނާ އިން ހަށިގަނޑަށް ފޯރުކޮށްދެވޭނަމަ، އެމީހަކަށް ސްޓްރޯކް ޖެހުމުގެ ފުރުޞަތު 40 އިންސައްތަ ދަށްވެގެން ދެއެވެ. މީގެ އިތުރުން ކަދުރަކީ ހަށިގަނޑުގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ވެސް ދަށްކޮށްދޭ އެއްޗެކެވެ.

ü     ލޭމަދުވުން : ކަދުރަކީ ދަގަނޑުން މުއްސަދިވެފައިވާ ކާނާގެ ބާވަތެކެވެ. މިސަބަބާހުރެ، ލޭމަދުވުން ކުރިމަތިވެފައިވާ މީހުންނަށް ލޭގެ ދަގަނޑުގެ ބައި ރަގަޅު ކުރުމުގެ ގޮތުން ކަދުރު ކެއުމަށް އިރުޝާދު ދެއެވެ.


ü     ލޮލުގެ ދުޅަހެޔޮކަން : ކަދުރުގައި މުހިއްމު އެންޓި އޮކްސިޑެންޓެއް ކަމުގައިވާ، ވިޓަމިން އޭ އެކުލެވުމަކީ ލޮލުގެ ފެނުމުގެ މައްސަލަ ހުންނަން އެހީތެރިކަން ފޯރުކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް ރޭގަނޑު ރޯނާވުމުގެ މައްސަލަ ހުންނަ މީހުންނަށް ކަދުރު ބޭނުންކުރުމުން އެކަމުގެ އުދަގޫ ކުޑަވާކަމަށް ބުނެއެވެ. މީގައި ހިމެނޭ މުހިއްމު ކެރޮޓިނޮއިޑެއް ކަމުގައިވާ ޒިއެޒެންތިންގެ ސަބަބުން އުމުރުން ދުވަސްވުމުން ދިމާވާ މެކިޔުލަރ ޑިޖެނެރޭޝަންގެ މައްސަލައިން ރައްކާތެރިވުމުގައި އެހީތެރި ވެދެއެވެ.

ü     ދަތްފަނިކެއުން : ކަދުރުގައި "ފްލޯރިން"(Flourine) ކިޔާ މާއްދާއެއް ހުރެއެވެ.އަދި ކެލްސިއަމް ވެސް ހުރެއެވެ. ފްލޯރިން އަކީ ދަތުގެ ބޭރުބައި ހެދި ބޮޑުވުމަށް ބޭނުންތެރި މާއްދާ އެކެވެ. އަދި މިއީ ދަތްފަނި ކެއުމުން ރައްކާތެރިކޮށްދޭ މާއްދާ އެއް ވެސް މެއެވެ. ކަދުރު ފަދަ ހިކިކޮށް ހުންނަ ކާނާ ބޭނުންކުރުމުން ވަރަށް ގިނަ ފަހަރު، ދެދަތް ދޭތެރޭގައި ކާތަކެތިކޮޅު ހަރުލާފައި ހުންނަ ގޮތް ވެއެވެ. އެހެންކަމުން ކަދުރު ކެއުމަށްފަހު ރަގަޅަށް ދަތް އުގުޅުމަކީ ދަތްފަނި ކެއުމުން ދުރުވެ ހުރުމަށް ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމެކެވެ.


ü     މާބަނޑު މީހުން : ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު މީހުން ކަދުރު ބޭނުންކުރުމަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. މިއީ ( ރަހިމުގެ މަސްތައް ވަރުގަދަވުމަކީ) ވިހަން ކައިރިވުމުން ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ބުނެވޭގޮތުގައި ވިހެއުމުގައި ތެރޭގައި ރަހިމުގެ ދޮރު ފުޅާކުރުމުގައި ވެސް ކަދުރު ބޭނުންކުރުން އެހީއަކަށް ވެއެވެ. އަދި ހަމަމިހެން ކަދުރު ބޭނުންކުރުމާއި، ވިހެއުމަށްފަހު އާދަޔާ ޚިލާފަށް ލޭބޭރުވުމާއި، ގުޅުމެއް ވާކަމަށް ވެސް ބުނެވެއެވެ. އެހެންކަމުން މިއީ މާބަނޑު މީހުންނަށް ފައިދާހުރި ކާނާއެއް ކަމުގައި ބެލެވެއެވެ.

ü     ގާތުންދޭ މައިން : ގާތުންދޭ ދުވަސްވަރު ކަދުރު ބޭނުންކުރުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގާތުން ދަރިފުޅަށް ފޯރުކޮށްދެވޭ ކިރުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭނެ ކަމެއް ކަމުގައި ބުނެވެއެވެ. އަދި މިދެންނެވި މާއްދާތަކުގެ ސަބަބުން ތުއްތު ދަރިފުޅު ބަލިތަކާއި ދުރުކޮށް ދެއެވެ.
މަޢުލޫމާތު:-

Comments

Popular posts from this blog

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ.