ވަރަށް ގިނަމީހުން ލިޔާ މައުލޫއެކެވެ. މިމައުލޫއަށް ލިޔަނީ ކީއްވެކަން މިހާރު އިހްސާސް ކުރެވިއްޖެއެވެ. ދަތުރަށް ފަށަންވީ ކިހާ ހިސާބަކުން ހެއްޔެވެ! ވައިފް ބުންޏެވެ. މިހާރު ފަށަންވީ އެވެ. މެންދަރު ކައިގެން ބައިސްކަލަށް އަރައިގެން ފަޔަށް ލެވުނުހާ ބާރެއް ލައިގެން ދުއްވާފައިދިޔައީ ގާތުމަލަ އަހަންމަދު ގާތަށެވެ. އޭނާގެ ފޯން ނަންބަރު ނެތީ މައެވެ. ސަލާމް ގޮވާލާފައި އެތެރެއަށް ވަނީ ސަލާމް ބަލާގަތީމައެވެ. އެތެރެއަށް ވަންއިރު އަހުމަދު ހުރީ ފެންޑާގައެވެ. ގަޔަކުއެއްޗެއް ނެތެވެ. އުނުގައި ފަޓްލޫނު އޮތެވެ.
އަޅުގަނޑަށް ބުނެވުނީ އަހަންމަދާއޭ! އަހަންމަދާއޭ ! މިއައީ ބޮޑުކަމެއް ޖެހިގެންނޭ!.
" ކިހިނެއްހޭވީ" އަހަންމަދު ބުންޏެވެ. އަހަންމަދަކީ ޒަމާންވީ ރަގަޅު ރައްޓެސެކެވެ. ވިޔަފާރިވެރިއެކެވެ. ލާންޗް ކެޕްޓަނެކެވެ. 1 ގަޑި 45 ކަށް ، މަނަފަރަށް ގެންގޮސް ދެވިދާނެތޯ އެހީމެވެ. މިހާރު ގަޑިން 1 ގަޑި 30 އެވެ. އިތުރު އެއްވެސް ވާހަކަ އެއް ނުދައްކާ " ނިކުމޭ" އަހަންމަދު ބުންޏެވެ. އަޅުގަނޑު ބުނީ މި ނިކުންނަނީ އެވެ.
ދިޔަ ބާރު މިނުގައި ގެއަށް އައިސް އަންހެނުން ގާތުގައި ބުނީމެވެ. އަހަންމަދު ނިކުންނާށޭ ބުނެފިއެވެ. އަންހެނުން ދަތުރަށް ތައްޔާރުކޮށްފައިހުރި ހެދުންތައް ބެކްޕެކަށް ( ލެޕްޓޮޕް ދަބަހަށް ) އަވަސް އަވަހަށް ކޮށްޕާލީ މެވެ. ވޮލެޓް އޮތްތޯ ކަށަވަރުކޮށްލީމެވެ. އެއީ އެއާ ނުލާ ދަތުރު ނުކުރެވޭނެތީ އެވެ. އައިޑިކާޑާއި، ފައިސާ ކާޑް އޮންނާނީ ވޮލެޓް ގައެވެ.
ގެއިން ނައްޓާލުމުގެ ކުރިން މަނަފަރު ޑްރާންސްފަރ ހަމަޖައްސައިދިން އާދަނަށް ގުޅީމެވެ. އާދަނު ބުންޏެވެ. އަވަހަށް އަންނާށެވެ. ދަތުރަކީ ވީއައިޕީ ދަތުރެކެވެ.
ދަބަސް ބުރިކަށިމައްޗަށް އެއްލައިގެން ދުއްވުނުހައި ބާރެއްކޮށް އަތިރިއަށް ނިކުމެއްޖައީ މެވެ. އަހަންމަދެއް ނެތެވެ. ލާންޗްކުރޫ ހަސަން ހުއްޓެވެ. އަހަންމަދަށް ގުޅީ މެވެ. އަވަހަށް އަންނާށޭ ބުނީ މާ ބުންޏެވެ. އަދި 45 ނުވެޔެއްނޫންހޭ!. ޖަވާބުގައި ބުނީމެވެ. އެއީ މަނަފަރުގައި ހުންނަންޖެހޭ ވަގުތެވެ.
ދަތުރު މަތީގައި މަނަފަރަށް ނުދެވި އުޅެނިކޮށް 45 ވެއްޖެއެވެ. ވަރަށް ދެރެވެއްޖައީމެވެ. އަހަންމަދު ކިޔައެވެ. 3 މިނެޓް ތެރޭ ޖައްސާނަމެވެ. ހާސްކަނޑާ ލާށެވެ. މަނަފަރަށް ދެވުނީ 1:55 ގައެވެ. މަނަފަރަށް ފޭބި އިރު އާދަމް ފާލަމުގައި ހުއްޓެވެ. އަޅުގަނޑު ފޭބި ތަނާ އާދަނު ސަލާމްކޮށްލާފައި ބުންޏެވެ. ޢަބުދުއްޞަމަދު ތޯ އެވެ. އަޅުގަނޑަކީ އާދަނެވެ. އަޅުގަނޑު ވެސް ބުނީ އާދެ! އަބުދުއްޞަމަދު އެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ. ކުޑަ ވަގުތު ކޮޅަކު ޖެޓީގައި މަޑުކުރުމަށްފަހު ވީއައިޕީ ލާންޗަށް އަރައިފީމެވެ. ދަތުރުކުރައްވާ ޙާއްޞަ މީހަކީ އެއްމެ މީހެކެވެ. މަނަފަރުގެ ސީނިއަރ ސްޓާފެއްކަން އެނގުނެވެ. އާދަމު އާ އެބޭފުޅާ ދެއްކެވި ވާހަކަތަކުންނެވެ.
އެއޮށްބޮޑު ލާންޗްގައި ދަތުރުކުރަނީ އެންމެ މީހެކެވެ. ދެން އިނީ އަޅުގަނޑެވެ. ދެމީހުންވެސް ފުރަތަމަ ތިބީ ލާންޗްގެ އެތެރޭގައެވެ. އެތެރެވަނީ އޭސީ ކޮށްފައެވެ. ގޮޑީގައި އިށިންތަނާ ކަރުގައި ޖެކެޓް އެޅުވި އެވެ. ވީއައިޕީ އެތެރޭގައި ކުޑަވަގުތުކޮޅަކު މަޑުކުރެއްވުމަށްފަހު އެބޭފުޅާ ބޭރަށް ނިކުންނެވީ އެވެ. ދެން ކުޑަކޮށް ފޫހިވާން ފެށީމާ ފޯނުން އެންގްރީ ބާޑް ޖައްސާލީމެވެ. 45 މިނެޓެއްހާ އިރުން ހަނިމާދޫ ޖެޓީއަށް ގާތްކޮށްފިއެވެ.
ރިޒަވޭޝަން އޮފީހަށްގޮސް ފްލައިޓުން ޖާގައެއްއޮތްތޯ އަހައިލީމެވެ. ފްލައިޓް ފުލްވެފައިވާކަމާއި ވެއިޓްލިސްޓްގައި 5 މީހުން ކިއުގައި ތިބިކަމަށް ވެއެވެ. އެހެންވެ، އެންމެ އަވަހަށްވެސް ޖާގައެއް ޔަގީންވާނީ ކޮން ފްލައިޓަކުންތޯ އަހާލީމާ ބުނީ، ހޮނިހިރު ދުވަހުގެ ހުރިހާ ފްލައިޓެއްވެސް ފުލްކަމަށެވެ. ވެއިޓްލިސްޓްކޮށް ލެވިދާނެ ކަމަށެވެ. އެހެންވެ ހުރިހާ ފްލައިޓަކަށް ވެއިޓްލިސްޓްކޮށްގެނ ރިޒަވޭޝަން އޮފީހުގައި ވަރަށް ދެރަވެފައި އިނީއެވެ.
އެންމެ ފަހުގެ ފައިނަލް ކޯލްވެސް ނިމި ހުރިހާ އެންމެން ފުލައިޓަށް އަރައިފިކަށް އެގިއްޖެއެވެ. ޓިކެޓް އޮފީހުން ސެކިއުރިޓީ އޮފީހަށް ގުޅާފައި ޖާގައެއް ދެވިދާނެ ކަމަށް ބުނުމުން ، އަޅުގަނޑަށް ފުރުޞަތެއް ދިނެއެވެ. އަވަހަށް ޓިކެޓް ނަގައިގެން ޗެކިންއަށްގޮސް ބޯޑިން ފާސް ހައްދައިގެން ، ޗެކްކޮށް ނިމި ބޯޓަށް އަރަން ނިކުން އިރު، ފެނުނީ ކުޑަކުޑަ ފުލައިޓެކެވެ. ޑޯނިޔާ ފްލައިޓެވެ. ޕްލައިޓަށް ދިޔަ މަގުމަތީގައި ވައިފް އަށް ގުޅާ އިންފޯމް ކޮށްލީމެވެ. ޖާގަ ލިބުނު ވާހަކަ އެވެ. މާލެ ދެވޭ ވާހަކަ އެވެ.
ފްލައިޓަށް އެރިއިރު ހުސްކޮށް އިނީ އެންމެ ޝީޓެކެވެ. އެއީ ށީޓް ނަންބަރު 1 ސީ އެވެ. އެހެންވެ، ބެކްޕެކް ކޮނޑުން ނަގައި ބައްދައިގެން ގުދަށް އޮވެގެން ގޮސް އެގޮނޑީގައި އިށީނީމެވެ. އިށިންތަނާ ފްލައިޓްގެ އިންޖީނު ޕައިލެޓް ސްޓަރޓް ކޮށްފިއެވެ. އެންމެކުރީ ގައި ހުރި ޝީޓްކަމުން ޕައިލެޓްން ތިބޭ ތަނުގައި ކުރާކަންތައްތަކާއި ބޯޑްގެ ނެވިގޭޝަން އިންޑިކޭޝަންތަކާއި ހުރިހާ ކަންތައްތަކެއް ވަރަށް ރީއްޗަށް ފެނެއެވެ. އެހެންވެ، މޮބައިލް ފޯން ނަގައި ޕްލޭން މޯޑަށް ބަދަލުކޮށްލުމަށްފަހު ފޮޓޯނަގަން ފެށީމެވެ.
ކެބިން ކްރޫ ދިން އިރުޝާދެއް އަޑެއް ނާހަމެވެ. ހަނިމާދޫ އިސްޓޭޝަނުން ފުލައިޓް ނައްޓާލައިފި އެވެ. ވަރަށް ބޮޑު ހިތް ހަމަޖެހުމަކާއި އުފާވެރިކަމުގެ ނޭވާއެއްލައިފީމެވެ. ދެން އިރުކޮޅަކުން ކެބިން ކުރޫ ގެނެސްދިނެވެ. ވެޓް ޓިޝޫއަކާއި ކަންތަފަތށް ޖަހާ އުނގުރިއެވެ. ކަންފަތަށް އުނގުރި ޖަހައި ހަމަޖެހިލީމެވެ.
އެތައްކިލޯމީޓަރެއް މަތިން އުދުހެމުން ވިލާތަކުގެ ތެރެއިން ، ވިލާތައް ކަފަމުން ތިޔަ އިރު، ހަމައެކަނި ވީ އުދަނގުލަކީ އިރުގެ ދޯދިތަކުން އަހަރެންގެ މޫނު ފިއްސަމުން ދިޔަކަމެވެ. އެދިލަހޫނުގެ އިހްސާސްތައް ، ދުރުކޮށްދިނީ އަހަރެންގެ ކެމެރާއެވެ. ރާއްޖޭގެ ގުދުރަތީ މަންޒަރުތަކަކީ ބަލާ ފޫހިނުވާނެ މަންޒަރުތަކެވެ. އަހަރެން ފޮޓޯ ނަގަމުން ދިޔައިރު ކެބިން ކްރޫ ޕެކެޓަކާއި ކިރު މެޓާއެއް ގެނެސް ދިނެވެ. ޕެކެޓް ބޯލީ އެއް ނޭވާއިންނެވެ. މެޓާކޮށްޕާލީ ފަޓްލޫނު ޖީބަށެވެ. ގަޑި އެއްހާ އިރުވެސް ނުވަނީސް އިބްރާހިން ނާސިރު އިންޓަރ ނޭޝަނަލް އެއަރ ޕޯޓަށް ޕްލައިޓް ތިރިކޮށްފިއެވެ.
ފްލައިޓުން ފޭބިގޮތަށް އެރައިވަލް ޓާމިނަލް ތެރެއަށް ވަންއިރު ފެންނަނީ އެތަނަށް ނުހަނު ބޮޑު ބަދަލެއް އައިސްފާވަކަމެވެ. ކުރިއެރުމެވެ. ތަރައްގީއެވެ. އެންމެ ކުރިއަރާފައިވާ ގައުމުތަކުން ފެންނަ މަންޒަރުތަކެވެ. އެންމެ ހައިރާންވެ މިންޒަރުތައްވެސް ފޮޓޯ ނެގުމަށް ޕްލޭޝްކޮށްލީ މެވެ.
ވައްޓާލި ވެރިކަމުގައި، އިދިކޮޅު ވެރިން ދެއްކީ އެއަރ ޕޯޓް ވިއްކާލި ވާހަކައެވެ. ޖީއެމް އާރަށް ދިންވާހަކަ އެވެ. އެއްވެސް ތަރައްގީ އެއް އެތަނަށް ނާންނަ ވާހަކަ އެވެ. ގަދަބަދަވި ކަމުން ވެރިކަން ވައްޓާލުމަށްފަހު ވެރިކަމަށް އަރައި އެއަރޕޯޓް ވާހަކައެއް ނުދައްކައެވެ. ޖީއެމް އާރު އޯކޭއެވެ. ހަމަ ބަރާބަރެވެ. މުޅި އެއަރ ޕޯޓަށް ތަރައްގީ އައިސްފި އެވެ . އެންމެ އަހަރެއްގައެވެ.
( ނުނިމޭ )
( ނުނިމޭ )













Comments