Skip to main content

މުޖައްރިބާތު

ސިހުރު އޮޕަރޭޝަން
ރަތްހާލެއް ބޭނުންކޮށްގެން އުސްފަސްގަނޑުގައި ސިހުރު ހަދަނީ


މި އޮޕަރޭޝަން ލާމަހާލާނީ ، ފޯމުލަކު ހަމީދު ސިހުރު ހަދާކަމުގެ ތުހުމަތުގައި ، ހަމީދު ހައްޔަރު ކުރުމަށް ހިންގި " އޮޕަރޭޝަން ސުލޫސުލްއަންވާރު ފީކިތާބިލް ފިރުއައުނުއް ސިހުރު" އެވެ. 

އަންހެނުންގެ ގައުމީ ވޮލީ  މުބާރާތަށް، ކުލަބު ޕޯލްސްޓަރ އަށް، ހަމީަދު ، ޑިފެންސިވް ބޫގަލް ހެދިކަމަށް ވަރަށް އިތުބާރުކުރެވޭ އެކުލަބު މަސްދަރެއް ރަށްގޮވާއަަޑަށް ބަސްބުންޏެވެ. ދެންފަހެ، ޕޮލިސްކުލަބާއި، އިމަގުންވެސް ފަނާކުރަނިވި ސައިކުލޮޖިކަލް ބުލެކް މެޖިކް ހެދިކަމަށް ޝައްކުކުރެވި ތުހުމަތުގެ އިނގިލި ދިއްކުރެވުނެވެ. 


"އޮޕަރޭޝަން މުޖައްރިބާތު" ހިންގަންޖެހުނީ، ކުލަބު ޕޯލްސްޓަރ އަށް ކަންވެރިކަން ކޮށްދިން، ކަންވެރިޔާ ރަށުން ފޮނުވާލާފައި، އެހެން ކުލަބުތަކަށް ގަދަ ސިހުރު ހެދި މީހުން ރަށުގައި އިއްޒަތާއި ޝަރަފާ އަބުރުވެރިކަމާއެކު، އުޅޭއުޅުުން ، ހަމީދުގެ ގާތުގައި ކަމެއްކޮށްދިނުމަށް އެދުނު ފަރާތްތަކުގެ އިއްޒަތާއި ކަރަމާތާއި ބާރުވެރިކަން ނިހާޔަތަށް ބަލިކަށިވާކަމެއް ކަމަށް، އެފަރާތްތަކަށް އިހުސާސްކުރެވުނު ހިނދުގައެވެ.  


މިއޮޕަރޭޝަންގެ އެއްވެސް ތަފްޞީލެއް އަދި މިވީތަނަށް ކަމާބެހޭ ފަރާތްތަކުން ހާމައެއްް ނުކުރެއެވެ. މިޒާތުގެ އޮޕަރޭޝަނެއް ދުނިޔޭގައި އެންމެ ފަހުން ހިންގާފައިވަނީ އެމެރިކާގެ ކެކްޓަސްގައި ރޫހާނީ އެފެދި މީހުންނަށް ހިނގާބިނގާވެ އުޅުމާއި ފުލުހުންގެ ވެހިކަލްތައްވެސް އެއަވަށުގައި ދުއްވަން ނުކުޅަދާނަވެގެނެވެ.

" އޮޕަރޭޝަން މުޖައްރިބާތު" ގައި ބަލާފާސްކޮށް އަތްފުނާއަޅާފައިވަނީ ވޮލީމުބާރާތައި މައިކަޕްގައި ޓީމްތަކަށް ސިހުރުކޮށްދިން ފަރާތްތަކުގެ ހިޔާވަހިތަކެވެ. އަދި ބައެއް ގޭގޭ ގަސްތުގައި ދޫކޮށްލާފައިވާތީ ފާސްކުރެވުނު ގޭތަކުގެ ވެރިން ނިހާޔަތަށް ކަންބޮޑުވެއެވެ. އެގޭތަކަކީ އުޑުވިލާގޭ މުހައްމަދު އިބްރާހިމް އުޅޭގެއާއި އަދި އިތުރުގޭތަކެއް ކަމަށްވެސް ބުނެވެއެވެ. އި އިތުރު ގޭތަކެއް އިތުރަކަށް ސާފެއް ނޫނެވެ.

މި އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރު ނުކުރިނަމަވެސް ފޫނުބެއްދޭވަރުގެ ގެއްލުން އިހަވަންދޫގެ ސިހުރަށްލޯބިކުރާ އޮޑިވެރިންނަށް ވަނީ ލިބިފައެވެ. ސަބަބަކީ، މަހެއް ތިޔަކޮށްލާނެ މިންވަރުވެސް ނުބައްހައްޓާ ހުރިހާ ފޮތްތަކެއް ކަހާލީމައެވެ.

މިހާރު މިފޮތްތައްދަނީ ފޮތްތައް ނެގި ފަރާތްތަކުން މުރާޖާކޮށް ދިރާސާކުރަމުންނެވެ. މިބުރު ހުއްދަނޫން ހުރިހާ ފަންޑިތައެއް ނައްތާލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.

ކުރިއަށްއޮތް އިންތިހާބުގައި ، ސިޔާސީ ފަރާތްތަކުން ދަނީ ސިހުރުވެރިންނާއި ކަންވެރިންގެ އެހީތެރިކަން ހޯދުމަށް ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ. އެހެންވެ، ސިހުރުވެރިންގެ ޑިމާންޑްވަނީ ވަރަށް ބޮޑުވެފައެވެ. އަދި ރަށްރަށުގައި ރަތްހާލާއި ކަޅުކުކުޅު އާލާކުރުމުގެ ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ.

މިއޮޕަރޭޝަން ނިމޭނެކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުރިހާ ސިހުރުވެރިން ހައްޔަރުކޮށްގެންނެވެ.

Comments