Skip to main content
އެމްޑީޕީ ސަރުކާރެއްގައި ނަޝީދު އައްޔަންކުރާ ކެބިނެޓްގެ ލީކްކޮށްލައިފި
ލީކުވި ލިޔުން، މި ލިޔުން އެމްވީޔޫތަށް ވެސް ވަނީ ލިބިފަ

ނޮވެމްބަރު 11 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އަނބުރާ ވެރިކަމަށް ވަޑައިގެންފިނަމަ އެކުލަވައިލައްވަން ނިންމާފައިވާ ކަމަށް ބުނާ ކެބިނެޓް މެންބަރުންގެ ރަސްމީ ލިސްޓް މިއަދު ސޯޝަލް މީޑިއާގައި ލީކްކޮށްލައިފި އެވެ.



 އެމްޑީޕީ ލޯގޯއިން އެ ލިޔުމުގައިވާ ގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި 16 މިނިސްޓްރީއެއް އެކުލަވާލާނެ އެވެ. އަދި ސީނިއާ މިނިސްޓަރުންގެ ގޮތުގައި 5 ބޭފުޅަކު ރައީސް ނަޝީދު އިސްކުރައްވާފައިވެ އެވެ.

 ސީނީއާ މިނިސްޓަރުކަން ދެއްވާ ބޭފުޅުންގެ ލިސްޓު ބުނާ ގޮތުން ސްޕެޝަލް އެންވޯއީގެ ހުންނަވާނީ ކުރިން އެމަގާމުގައި ހުންނެވި އިބުރާހިމް ހުސެއިން ޒަކީއެވެ. ޕޮލިޓިކަލް އެޑްވައިޒަރަކީ ނަޝީދު ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ހަސަން އަފީފެވެ.

 އެމްބެސެޑާ އެޓް ލާޖްގެ ގޮތުގައި މުހައްމަދު ލަތީފް ހަމަޖައްސަވާފައިވާއިރު އިންޓަނޭޝަނަލް ރިލޭޝަންސް އެޑްވައިޒަރަކީ ކެރެފާ އަހުމަދު ނަސީމެވެ. ސްޕެޝަލް އެޑްވައިޒާ އޮން ޓުއަރިޒަމް އެންޑް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ގޮތުގައި އަލީ ޝިޔާމެވެ.

 މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ މަގާމަށް އައްޔަންކުރައްވަނީ މީގެކުރިން އެމަގާމުގައި ހުންނެވުމަށްފަހު މަޖިލީހުން ރުހުން ނުލިބުމުން ފަހުން ނޭޝަނަލް ސެކިއުރިއުރިޓީ އެޑްވައިޒަރުގެ މަގާމު ފުރުއްވި އަމީން ފައިސަލެވެ. މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމަށް އައްޔަން ކުރައްވަނީ މީގެކުރިން ނަޝީދު ސަރުކާރުގައި ވެސް އެމަގާމު ފުރުއްވި މުހައްމަދު ޝިހާބެވެމިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ މަގާމަށް އައްޔަން ކުރައްވަނީ މަހުމޫދު ރާޒީ އެވެ. އޭނާއަކީ ނަޝީދު ސަރުކާރުގައި ވެސް އެމަގާމު ފުރުއްވި ބޭފުޅާ އެވެ. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރީ ކަލްޗަރުގެ މަގާމަށް އައްޔަން ކުރައްވަނީ ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދެވެ. 

 މިނިސްޓަރ އޮފް އެޑިއުކޭޝަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީއާއި ހަވާލުކުރައްވާއިރު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަގާމަށް އައްޔަންކުރައްވަނީ ޝެއިހް ހުސެއިން ރަޝީދެވެ. 

 މިނިސްޓަރ އޮފް ޖެންޑާ އެންޑް ހެލްތްގެ މަގާމަށް ކުރިން ވެސް އެމަގާމުގައި ހުންނެވި ޑރ. އާމިނަތު ޖަމީލް އައްޔަންކުރައްވާއިރު އެޓާނީ ޖެނެރަލްގެ މަގާމަށް ވެސް ހަމަޖައްސަވަނީ ކުރިން އެމަގާމުގައި ހުންނެވި ޑރ. އަހުމަދު އަލީ ސަވާދެވެ. 

 މިނިސްޓަރ އޮފް ޔޫތުގެ މަގާމަގަށް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ހަމަޖައްސަވާއިރު މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް އައްޔަންކުރެއްވުމަށް ހަމަޖެހިފައިވަނީ ލިޔުމުގައި ވާ ގޮތުން މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކެވެ. ޓްރާންސްޕޯޓް މިނިސްޓަރުކަން ދެއްވަނީ ކުރިން ވެސް އެމަގާމު ފުރުއްވި އާދިލް ސަލީމަށެވެ. 

 މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޒަރީކަން އަލީ ހާޝިމަށް ދެއްވާއިރު މިނިސްޓަރ އޮފް ފޮރިން އެފެއާޒްކަން ދެއްވަނީ ޑރ. އަހުމަދު ޝަހީދަށެވެ. މިދެބޭފުޅުން ވެސް ރައީސް ނަޝީދު ސަރުކާރުގައި މި ދެވުޒާރާ ހިންގަވާފައިވާ ކަން ފާޙަގަކޮށްލެވެ އެވެ.

 މީގެއިތުރުން މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ މަގަމާމަށް ކުރީގެ ބްރިގޭޑީއާ ޖެނެރަލް އިބުރާހިމް ދީދީ އައްޔަން ކުރައްވާއިރު މިނިސްޓަރ އޮފް ޓުއަރިޒަމް ކަމަށް އައްޔަންކުރައްވަނީ ކުރިން ވެސް އެމަގާމު ފުރުއްވި ޑރ. މަރިޔަމް ޒުލްފާއާއެވެ.

 އަދި މިނިސްޓަރ އޮފް އެނާޖީ އެންޑް ކްލައިމެޓް ޗޭންޖްގެ މަގާމަށް އައްޔަންކުރައްވަނީ މުހައްމަދު އަސްލަމެވެ. ރައީސް ނަޝީދު އެމްޑީޕީގެ ނެޝަނަލް އެގްޒެކެޓިވް ކޮމިޓީއަށް ފޮނުވާފައިވާ ލިޔުން މިއަދު ލީކް ކޮށްލި އިރު މި ލިޔުމާއި ބެހޭގޮތުން އެމްޑީޕީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.. 

\

Comments