ހއ އިހަވަންދޫ
ސްކޫލުގެ ޑެޕިއުޓީ ޕްރިނަސިޕަލުން ކަމަށްވާ މުހައްމަދު އަބުދުއް ސަމަދު އާއި އަބުދުލް ވާހިދު ދާއޫދު
ޖުމުހޫރީ ޕާޓީ އަށް ސޮއި ކުރައްވައިފި އެވެ.
ޖުމުހޫރީ ޕާޓީގެ
ލީޑަރ ގާސިމް އިބްރާހީމް ބޮޑުތިލަދުންމައްޗަށް
މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިދިޔަ ހޯމަ ދުވަހު އިހަވަންދޫ އަށް ވަޑައިގެން ސްކޫލުގެ
އިސްވެރިންނާއި ބޭއްވި ބައްދަލު ކުރެއްވުމެއްގައި 2
ޑެޕިއުޓީ ޕްރިންސިޕަލުގެ އިތުރުން ސްކޫލުގެ ސީނިއަރ
މެނޭޖްމެންޓާއި ގިނަ އަދަދެއްގެ ޓީޗަރުން ވަނީ ގާސިމްގެ ހާޒިރުގައި ސޮއި ކުރައްވަފައިވާ ކަމަށް އެސްކޫލުން ވާހަކަ
ދެއްކި މުވައްޒަފަކު ވަނީ ވިދާޅުވެފައި
އެވެ.
ޖޭޕީއަށް
ސޮއިކުރެއްވި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންގެ ތެރޭގައި ގްރެޖްއޭޓް
ލީޑިން ޓީޗަރ އާދަމް މޫސާ އާއި ޓްރެއިންޓް ލީޑިން ޓީޗަރ މުހައްމަދު އަރީބާއި،
ގްރެޖްއޭޓް ލީޑިން ޓީޗަރ އަބުދުﷲ ހަމީދާއި ކޮލިފައިޑް ލީޑިން ޓީޗަރ އަހުމަދު
ރަޝީދު އާއި ކޮލިފައިޑް ލީޑިން ޓީޗަރ މޫސާ ރަމީޒް ވެސް ހިމެނެއެވެ.
އިހަވަންދޫ
ސްކޫލުގެ އިސްވެރިންނާއި ގާސިމް ބައްދަލުކުރެއްވުމުގައި
ސްކޫލަށް ދިމާވެފައިވައި ދަތިތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އެބައްދަލު ކުރެއްވުމުގައި،
އެސްކޫލަށް 1 ލައްކަ ދިވެހި ރުފިޔާ އާއި 25 ސްމާޓް
ބޯޑާއި 12 ލެޕްޓޮޕްގެ އިތުރުން 6 އެއަރ ކޯނުގެ އިތުރުން
25 ކޮމްޕިއުޓަ ދެއްވާނެ ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.
ގާސިމް
އިބުރާހިމް ގެ ކެމްޕެއިން ދަތުރުތަކުގައި ގިނަ ސްކޫލު ތަކަށާއި ކުލަބް ޖަމްއިއްޔާތަކަށް އެކިވަރުގެ ތަކެއްޗާއި
ނަގުދު ފައިސާ ދެއްވާނެކަމަށް
ވައުދުވެވަޑައިގަންނަވަމުން ނެވެ.
ހއ އިހަވަންދޫ ސްކޫލުގެ ޕްރިންސިޕަލަށް ހުންނަވަނީ ޕާކިސްތާނުގެ ރައްޔިތެކެވެ.
Comments